ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޗްޑީސީން ތަރައްގީކުރި އިސްރަށްވެހިންގެ ނާދީ ހުޅުވައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ތަރައްގީކުރި އިސްރަށްވެހިންގެ ނާދީ މިއަދު ހުޅުވައިފިއެވެ. އެ ނާދީ ހުޅުވިފައި ހުންނާނީ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހެއްގެވެސް ހެނދުނު 08:00 އިން އިރުއޮއްސި 18:00 އަށެވެ. މި ނާދީ ހުޅުއްވައިދެއްވީ، މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ފަޔާޒް މަންސޫރު އެވެ. އެޗްޑީސީން ބުނީ މި ނާދީ ތަރައްޤީ ކޮށްފައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ވެސް ފަސޭހައިން […]
އެންޑީއޭގެ ފަރުވާއަށް ނުވެއްދި މިހާރު ބާކީ ތިބީ 100 އެއްހާ މީހުން:ލުބްނާ

ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ފަރުވާއަށް ނުވެއްދި މިހާރު ބާކީ ތިބީ 100 އެއްހާ މީހުން ކަމަށް އެންޑީއޭގެ ޗެއަރޕާސަން އަލްއުސްތާޛާ ލުބްނާ މުޙައްމަދު ޒާހިރު ހުސައިން ވިދާޅުވެއްޖެއެވެ. ލުބްނާ މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުންނެވެ. ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ލުބްނާ ވިދާޅުވީ ސަރުކާރާއި ހަވާލުވިއިރު 700އަށް ވުރެ ގިނަ މީހުން ފަރުވާއަށް ހުކުމްކޮށްފައި ތިބި ކަމަށާއި ނަމަވެސް މިހާރު އެ އަދަދު 150އަށް ތިރި ކުރެވިއްޖެ ކަމަށެވެ. ދައުލަތުގެ މީޑިއާގައި ވާހަކަ […]
ކަށިނެތް މިޔަރު

ކަށިނެތް މިޔަރު ނުވަތަ އިނގެރޭސި ބަހުން (Dalatias licha)ނުވަތަ (Kitefin shark)އަކީ މިޔަރުގެ ވައްތަރެކެވެ. މި މިޔަރަކީ ރާއްޖޭގައި ވަރަށް މަދުން އުޅޭ މިޔަރެކެވެ. މިބާވަތުގެ މިޔަރު އުޅެނީ އަތޮޅުންބޭރު މާކަނޑުގެ ވަރަށް ފުނުގައެވެ. މިއީ އާންމުކޮށް 37 މީޓަރުން ފެށިގެން 1800 މީޓަރާއި ދެމެދުގެ ފުނުގައިއުޅޭ މިޔަރެކެވެ. ނަމަވެސް ޢާއްމުގޮތެއްގައި އުޅެނީ 200 މީޓަރަށްވުރެ ފުނުގައެވެ. މިބާވަތުގެ މިޔަރު އެންމެ ބޮޑުވަނީ 1.6 މީޓަރަށެވެ. މިއީ ކަށިމިޔަރު އުޅޭ ސަރަޙައްދުތަކުގައި އުޅޭ ކަށިމިޔަރާއި ވަރަށް އެއްގޮތް […]
ފާއިތުވި ފަސްމަސްދުވަހު ރާއްޖެއިން ކެންސަރަށް ފަރުވާ ހޯދަން 217 މީހުން ރަޖިސްޓްރީ ވެފައިވޭ

ފާއިތުވި ފަސްމަސްދުވަހު ރާއްޖެއިން ކެންސަރަށް ފަރުވާ ހޯދަން 217 މީހުން ރަޖިސްޓްރީ ވެފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން މިހެން ބުނެފައި ވަނީ ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅިގެންނެވެ.މި އަހަރުގެ ދުނިޔޭގެ ކެންސަރު ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ ”ޔުނައިޓެޑް ބައި ޔުނީކް“އެވެ. އެޗްޕީއޭއިން ބުނީ މާލޭގެ ހޮސްޕިޓަލްތަކުން 2019 ވަނަ އަހަރުން ފެށިގެން މައުލޫމާތު އަދާހަމަކޮށް ޑިޖިޓަލްކޮށް ބަލަހައްޓަމުންދާ ކެންސަރު ބަލިމީހުންގެ މައުލޫމާތުގައި ރާއްޖޭގައި ކެންސަރުގެ ބާއްވަތްތަކުގައި […]
ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލުކޮށްފި

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައި ވަނިކޮށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަމުން އިސްތިއުފާދިން ފަޒުލް ރަޝީދު ދިރިއުޅޭ ގެއިން ފުލުހުން ގެންދިޔަ 1.4 މިލިއަން ރުފިޔާ އަނބުރާ އޭނާއާ ހަވާލުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ފަޒުލްގެ ގެއިން ފެނުނު ފައިސާއާ ގުޅޭ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު، އެ ފައިސާ މިހާރު ވަނީ އަނބުރާ ހަވާލުކޮށްފައި ކަމަށެވެ.ނަމަވެސް އެ ފައިސާ ހަވާލުކުރި ވަކި ތާރީޚެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.ކޯޓު އަމުރެއްގެ […]
ރާއްޖެ ޓީވީން ދެއްކި ލަވައެއްގައި ސަރުކާރަށް ފާޑުކިޔާފައި ވާތީ އެ މައްސަލަ ބަލަނީ

ރާއްޖެ ޓީވީން ދެއްކި ލަވައެއްގައި ސަރުކާރަށް ފާޑުކިޔާފައި ވާތީ އެ މައްސަލަ ބަލަން ނިންމައިފިއެވެ. ރާއްޖެ ޓީވީން މި ލަވަ ގެނެސްދީފައި ވަނީ މި ވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން މި ފަހުން ކުރިއަށްގެންދިޔަ ”ފުދިއްޖެ،ފުނޑިއްޖެ“ މުޒާހަރާގެ ކަވަރޭޖުގެ ތެރެއިންނެވެ. އެގޮތުން ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިއްޔެ ރާއްޖެ ޓީވީއަށް ފޮނުވި ލިޔުމެއްގައި ބުނީ އެ ކޮމިޝަނުން ބަލަމުންދަނީ ހުސްވި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ގެނެސްދިން […]
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި 16 ރަށެއްގައި ދަރުސްތަކެއް ބާއްވަނީ

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި 16 ރަށެއްގައި ދަރުސްތަކެއް ބާއްވަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ’މަޖާސިލް ރަމަޟާން’ގެ ނަމުގައި ސިލްސިލާ ދަރުސްތަކެއް ބާއްވަން ފަށާފައިވާ ކަމަށެވެ. މި ދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ތިން ހަފްތާގެ، ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހުގެ ރޭތަކުގައި މާލެއާއި ރާއްޖޭގެ އެކި ހިސާބުތަކުން 16 ރަށެއްގައެވެ. މި ސިލްސިލާގެ ދަރުސްތައް ރަށްރަށުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވުޒާރާއާއި […]
އެމްޕީއެލްގެ ސީއީއޯގެ މަޤާމުން ވަޖީހު ވަކިކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ ގެ މަޤާމުން މުހައްމަދު ވަޖީހު އިބްރާހިމް ވަކިކޮށްފިއެވެ. ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ދެންމެ ބުނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން ދަފްތަރު ނަންބަރު ރސ 4589، އަލްފާޟިލް މުޙައްމަދު ވަޖީހު އިބްރާހީމް، މިއަދު ވަކި ކޮށްފައިވާ ކަމަށެވެ
ހެޕިނަސް އިންޑެކްސް ލޯންޗްކޮށް ރާއްޖޭގެ ”ހެޕިނަސް އިންޑެކްސް“ ލޯގޯ އިފްތިތާޙުކޮށްފި

ދިވެހިންގެ އުފާވެރިކަން މިންކުރުމަށް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން އިސްނަގައިގެން އެކުލަވާލުމުގެ މަސައްކަތް ފައްޓަވާފައިވާ ”ހެޕިނަސް އިންޑެކްސް“ ލޯންޗްކޮށް ރާއްޖޭގެ ”ހެޕިނަސް އިންޑެކްސް“ ލޯގޯ އިފްތިތާޙުކޮށްފިއެވެ. ހެޕނަސް އިންޑެކްސް ލޯންޗްކޮށް ރާއްޖޭގެ ހެޕިނަސް އިންޑެކްސް ލޯގޯ އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާޖިދާ ވިދާޅުވީ ކޮންމެ އިންސާނަކާއެކުގައި ވެސް އުފާވެރިކަންވާ ކަމަށާއި، އެ މީހަކަށް ހިތާމައެއް […]
ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ގެނެވުނު ފަސް ވަނަ އިސްލާހާ ގުޅޭގޮތުން މަޝްވަރާކުރުމަށް ގުޅުންހުރި އިދާރާތަކާއެކު ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައެވެ. ފުލުހުން ބުނީ މި މަޝްވަރާ ބައްދަލުވުމަކީ ފުލުހުންގެ އެންޓި ސްކޭމް ސެންޓަރާއި ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އެގޮތުން މި ބައްދަލުވުމުގައި، ޓެލެކޮމިއުނިކޭޝަން އޮތޯރިޓީއާއި ދިރާގު އަދި އުރީދޫއާއި ބެންކު އޮފް މޯލްޑިވްސްއާއި މޯލްޑިވްސް […]