އަލްގައިދާ ޖަމާއަތުގެ ލީޑަރަކު ޔަމަނުގައި މަރާލައިފި

އަލްގައިދާ ޖަމާއަތުގެ ލީޑަރަކު ޔަމަނުގެ މަރިބް ޕްރޮވިންސްގައި މަރާލައިފިއެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޓެރަރިސްޓް ޖަމާއަތްތަކުގެ މެދުގައި ހިނގި އެތެރޭގެ ހަމަނުޖެހުންތަކާ ގުޅިގެން މަރިބް ޕްރޮވިންސްގައި އަލްގައިދާ ތަކްފީރީ ޖަމާއަތުގެ އިސް ލީޑަރުންގެ ތެރެއިން އެކަކު ވަނީ މަރުވެފައެވެ. އޭނާ މަރުވެފައި ވަނީ ޔަމަނުގެ މަރިބް ޕްރޮވިންސްގެ ވާދީ އުބައިދާ ސަރަހައްދުގައި މޮޓޯސައިކަލް ބޮމެއް ގޮއްވާލުމާ ގުޅިގެންނެވެ. އެ ގައުމުގެ ފުލުހުންނާ ހަވާލާދީ ޔަމަނުގެ މީޑިއާތަކުން ބުނީ ޓެރަރިސްޓް ޖަމާއަތުގެ ލީޑަރު މަރާލާފައި ވަނީ އެމެރިކާއާއި […]

ކޮޗިން އެއާޕޯޓްގެ ކެފޭއެއް ކައިރީ ހުރި ކުނި ވަޅަކަށް ވެއްޓި 3 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ކޮޗިން އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ހުރި ކެފޭއެއްގެ ފަހަތުގައި ހުރި ކުނި ވަޅުގަނޑަކަށް ވެއްޓި ރާޖަސްތާނުގެ ތިން އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ. މަރުވެފައި ވަނީ ރާޖަސްތާނަށް ނިސްބަތްވާ ސައުރަބްގެ 3 އަހަރުގެ ދަރިފުޅު ރިތަން ޖާޖޫއެވެ. ކޮޗިން އިންޓަނޭޝަނަލް އެއާޕޯޓް ލިމިޓެޑް (ސީއައިއޭއެލް) އިން ނެރުނު ބަޔާނެއްގައި ބުނީ މި ހާދިސާ ހިނގާފައިވަނީ ޑޮމެސްޓިކް ޓާމިނަލްގެ ބޭރުގައި ހުންނަ ‘އަނާ ސާރާ’ ކެފޭގެ ފަހަތުގައި ކަމަށެވެ. އެ ގައުމުގެ ފުލުހުންނާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ […]

މަގުމަތީގައި އަޑުގަދަ ކުރަމުންދިޔަ ކުއްޖަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެއްޖެ!

ރަށެއްގެ މަގުމަތީގައި އަޑުގަދަ ކުރަމުންދިޔަ ކުއްޖަކަށް ފުލުހަކު އަނިޔާ ކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެ މައްސަލަބަލަން ފަށައިފިއެވެ. ފުލުހުން ބުނީ މި މަހުގެ ހަ ވަނަ ދުވަހު ރ.މީދޫގެ މަގުމަތީގައި އަޑުގަދަކޮށް ހަޅޭލަވަމުންދިޔަ ކުދިންތަކަކަށް އެގޮތަށް އެކަންތައް ނުކުރުމަށް އޮފް ޑިއުޓީގައި ހުރި ފުލުހަކު ނަސޭހަތްތެރިވެފައިވާ ކަމަށާއި އެކަން ނުހުއްޓާނެ ކަމަށް ބުނެ އެ ކުދިން ޖަދަލުކޮށް ޒާތީ މައުލޫމާތު ހިއްސާ ކުރުމަށް ދެކޮޅު ހަދާފައިވާ ކަަމަށެވެ. އެހެންކަމުން ޕޮލިސް ސްޓޭޝަނަށް ހާޒިރު ވުމަށް އެންގުމުން […]

މަސްތުގެހާލުގައިހުރެ ސައިިކަލެއްގައި ރޯކޮށްލި ފުވައްމުލަކު މީހާގެ ބަންދަށް 5 ދުވަސް!

މަސްތުގެހާލުގައި ހުރެގެން ސައިިކަލެއްގައި ރޯކޮށްލި ފުވައްމުލަކު މީހެއްގެ ބަންދަށް 5 ދުވަސްޖަަހައިފިއެވެ. މި މައްސަލައާ ގުޅިގެން ކްރިމިނަލްކޯޓުން ބަންދަށް 5 ދުވަސް ޖަހާފައި ވަނީ ފުވައްމުލަކަށް ނިސްބަތްވާ 21 އަހަރުގެ ޒުވާން ފިރިހެނަަކަށެވެ. އޭނާ ހައްޔަރުކުރުމަށް ނެރުނު ބަންދު އަމުރުގައި ބުނީ ޖަނަވަރީ މަގު ވެލިގާ ހާޑުވެއާ ކައިރީގައި ބަހައްޓާފައި ހުރި ސައިކަލެއްގައި އަލިފާން ރޯކޮށްލި ކަމަށް ތުހުމަތު ކުރެވޭ ކަމަށާއި އެ ސައިކަލަށް ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އަދި އޭނާ ވަނީ މިކަން ކުރިކަމަށް ޝަރީއަތުގެ […]

މި އަހަރު ނިމެންވާއިރަށް ރަސްމާލެ ހިއްކާ ނިންމަނީ!

މި އަހަރު ނިމެންވާއިރަށް ރަސްމާލެ ހިއްކާ ނިންމަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.  ރައީސް މުޢިއްޒު މިހެން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ. މިއަދުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލުކުރުމަށް ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ”ދިމާވި ތަފާތު ދަތިތަކާއެކު ވެސް ސަރުކާރުގެ އަމާޒަކީ، މި އަހަރު ބިންހިއްކުން ނިންމައި 2026 ވަނަ އަހަރުގައި އަސާސީ ހިދުމަތްތައް ގާއިމްކުރުމާއި މަގު ހެދުމާއި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފެށުން،“ކަމަށެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ ގުޅީފަޅުން އިތުރު 85 ހެކްޓަރު ހިއްކުމަށް ފައިސާ އާއި ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު […]

ކުށުގެ ވެށީގައި ގޮތް ހުސްވެފައި ތިބި ޒުވާނުންނާ ދައުލަތުން ހަވާލުވާނެ:ރައީސް

ކުށުގެ ވެށީގައި ރާއްޖޭގެ ޒުވާނުންގެ، ޒުވާން އުމުރު ބޭކާރުވެގެންދާ ދިއުން ނިމުމަކަށް ގެނައުމަށް އެ ޒުވާނުންނާ ދައުލަތުން ހަވާލުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.  ރައީސް މުޢިއްޒު މިހެން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ. މިއަދުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ދިރިއުޅުމުގައި ކުރާނެ އެއްވެސް ކަމެއް ނެތި، ގޯޅިގޯޅީ ކަންކަންމަތީގައި، ކުށުގެ ވެށީގައި ޒުވާން އުމުރު ބޭކާރުވެގެންދާން މިހާރު އެތައް ޒުވާނުންނަކަށް މަޖުބޫރުވެފައި މި […]

ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރުވާ އާމްދަނީ ޚަރަދު ކުރާނީ ދުންފަތުގެ އިސްތިއުމާލު ކުރުމުންޖެހޭ ބަލިތަކުން ދުރުވުމަށް!

ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރުވާ އާމްދަނީ އެއްކޮށް ޚަރަދުކުރަން ނިންމާފައި ވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމުންޖެހޭ ބަލިތަކުން ދުރުހެލިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  ރައީސް މުޢިއްޒު މިހެން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ. މިއަދުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ސިނގިރޭޓުގެ އަގަށް ގެނައި ބަދަލާއެކު އިތުރަށް ލިބޭ އާމްދަނީއެއް އެއްކޮށް ޚަރަދުކުރަން ނިންމާފައި ވާނީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ޖެހޭ ބަލިތަކުން ދުރުވުމަށް ހިންގަންޖެހޭ ޕްރިވެންޓިވް […]

ދައުލަތުން ދިފާއީ ވަކީލުންގެ ޚިދުމަތް ދިނުމަށް ޚާއްސަ އޮފީހެއް ޤާއިމުކުރަން ވަނީ ނިންމާފައި:ރައީސް

ދައުލަތުން ދިފާއީ ވަކީލުންގެ ޚިދުމަތް ދިނުމަށް ޚާއްސަ އޮފީހެއް ޤާއިމުކުރަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  ރައީސް މުޢިއްޒު މިހެން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ. މިއަދުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވަނީ ޖިނާއީ އަދުލުގެ ނިޒާމަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައްސަލައިގެ އަޑުއެހުންތައް ލަސްވަމުންދިއުމާއި ހުކުމާ ހަމައަށް ވާސިލުނުވެ ދިގުލައިގެން ދިއުންކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން މިކަން ހައްލުކުރުމަށްޓަކައި އެކަށީގެންވާ އަވަސް […]

ބިމުގެ ބިލަކާއި ބޯހިޔާކަމާ ގުޅޭ ބިލެއް މި އަހަރު މަޖިލީހަށް ހުށަހަޅަނީ

ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތައް ހައްލުކުރުމަށްޓަކައި މި އަހަރު މުޅިން އާ ބިމުގެ ބިލަކާއި ބޯހިޔާކަމާ ގުޅޭ ބިލަކާއި ރިއަލް އެސްޓޭޓާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށްޓަކާ މުޅިން އަލަށް އެކުލަވާލެވޭ ބިމުގެ ބިލަކާއި […]

ގެދޮރުވެރިޔާ ސްކީމުގެ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މި މަހު އިއުލާނު ކުރަނީ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ފޭސް2 ގައި އިމާރާތް ކުރަމުން އަންނަ 4،000 ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މި މަސް ނިމުމުގެ ކުރިން އިއުލާނު ކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.  ރައީސް މުޢިއްޒު މިހެން ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުންނެވެ. ރައީސް ވިދާޅުވީ ފްލެޓު ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރާނެ ކަމަށެވެ. […]