ސްރީލަންކާ އަށް ބޯކޮން ވާރޭ ވެހި ހިނގި ހާދިސާތަކުގައި 7 މީހުން މަރުވެއްޖެ

މޫސުމުގެ ވާރޭ ކުރިމަތިވެފައިވާ ސްރީލަންކާ ގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުން ފަދަ ހާދިސާ ތަކުގައި ހަތް މީހުން މަރުވެފައިވާ ކަމަށް އެގައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ. މީގެ ތެރޭގައި އެއް އާއިލާ އެއްގެ ތިން މީހުން ހިމެނެއެވެ. ވާރޭވެހި ބޮޑު ސަރަހައްދު ތަކެއްގައި ފެންބޮޑުވެފައިވުމާއެކު އެތައް ސަރަހައްދަކުން ވަނީ ކަރަންޓުގެ ޚިދުމަތް ވެސް ކެޑިފައެވެ. އަދި ހޯމަ ދުވަހު ސްކޫލްތައްވެސް ވަނީ ބަންދު ކޮށްފައެވެ. ބިންގަނޑު ކަނޑައިގެން ގޮސް ހިތާމަވެރި ހާދިސާތައް ހިނގާފާނެ ކަމަށް […]
އުތުރު ކޮރެޔާއިން އަނެއްކާވެސް ކުނިއަޅާފައިވާ ހަންތަކެއް ދޫކޮށްފި

ދެ ކޮރެޔާ ގުޅޭ އިމާ ކައިރިޔަށް ކުނިއާޅާފައިވާ އިތުރު ބޮޑެތި ހަންތަކެއް ރޭގައި އުތުރުކޮރެޔާއިން ދޫކޮށްފައިވާ ކަމަށް އާދީއްތަ ދުވަހު ސޯލް އިން ބުނެފި އެވެ. މިފަދަ ހަމެއް ފެނިއްޖެ ނަމަ ސިފައިންނަށް ނުވަތަ ފުލުހުންނަށް ރިޕޯޓް ކުރުމަށް ސަރުކާރުން ވަނީ މީގެ އެއްދުވަސް ކުރިން އަންގާފައެވެ. މިފަދަ ހަމެއް ފެނުނު ނަމަވެސް އޭގައި އަތް ނުލުމަށާ ވަގުތުން ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ކުރުމަށް ވަނީ އަންގާފައެވެ. ސިގިރެޓް ބަޓް ތަކާ އަޅި،ފޮއްޗާ ކަރުދާހު ކުނިބުނީގެ އިތުރުން […]
ހަނުހުރުމަކީވެސް ހުނަރެކެވެ.

އެއްދުވަހަކު ހިމާރަކާ ޓައިގަރ އަކާއި ދެމެދު ޒުވާބެއް ފެށުނެވެ. ހިމާރު ބުނަނީ ވިނައިގައި ހުންނަނީ ނޫކުލަ ކަމުގައެވެ. ޓައިގަރ މިކަމާއި އެއްބަހެއް ނުވެއެވެ. އޭނަ ބުނަނީ ވިނައިގަ ހުންނަނީ ފެހި ކުލަ ކަމުގައެވެ. ދެވެރިންގެ ޒުވާބު ގަދަ ވެގެން ގޮސް އެންމެ ފަހުން ޖަންގަލީގެ ރަސްގެފާނު ލަޔަން ކައިރިޔަށް އިންސާފު ހޯދުމަށް ދިއުމަށް އެއްބަސް ވެއްޖެ އެވެ. ރަސްގެފާނުގެ އަރިހަށް ދިޔަ މަގުމަތީވެސް ހިމާރު އަޑުގެ ކޮޅަށް ގޮވާ ހަޅޭއްލަވަމުން ދިޔައެވެ. ވިނައިގަ ހުންނަނީ ނޫކުލައެވެ. ވިނައިގަ […]
ޓްރަމްޕް ކުށްވެރިވާކަމަށް ކަނޑައަޅައިފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ މައްޗަށް ކުރަމުން އައި ޝަރީއަތުގައި ޓްރަމްޕް ކުށްވެރިވާކަމަށް ކަނޑައަޅައިފިއެވެ.މައްސަލައިގަ ހިމެނޭ 34 ކުށްވެސް ޓްރަމްޕް ކުރައްވާފައިވާ ކަމަށް ޖޫރީ ވަނީ ކަނޑައަޅާފައެވެ. މިއީ އެމެރިކާގެ ރައީސްއަކު މިފަދަ ކުށެއް ކުރެއްވި ކަމަށް ކަނޑައެޅުނު ފުރަތަމަ ފަހަރެވެ. ޓްރަމްޕް ގެ މައްޗަށް ހުކުމް ކަނޑައެޅުން އޮންނާނީ ޖުލައި 11ވަނަ ދުވަހުއެވެ. މިކަމުގައި ޖަލު ހުކުމެއް އައިސްދާނެ ކަމަށް އެއްބަޔަކު ގަބޫލު ކުރާއިރު ޖޫރިމަނާއަކަށް ގޮސްދާނެ ކަމަށްވެސް އަނެއް ބަޔަކު ގަބޫލު […]
އުތުރު އަދި ސެންޓްރަލް އިންޑިޔާ އަށާ ޕާކިސްތާންގެ ކަރާޗީ އަށް އާދަޔާ ޚިލާފް ހޫނު ގަދަ މޫސުމެއް

އުތުރު އަދި ސެންޓްރަލް އިންޑިޔާ ގެ ބައެއް ހިސާބުތަކަށް މިހާރު ކުރިމަތި ވެފައިވާ އާދަޔާ ޚިލާފަށް ހޫނުގަދަ މޫސުމަކީ މިހާތަނަށް ރިކޯޑް ކުރެވުނު އެންމެ ހޫނު މޫސުން ކަމަށް ވެދާނެ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ. ފާއިތުވި 10 ވަރަކަށް ދުވަހު މިހިސާބުގެ 37 ސިޓީ އެއްގައި 45 ޑިގްރީ އަށް ވުރެ މަތީ ޓެމްޕަރޭޗަރު ތައް ރިކޯޑް ކޮށްފައިވެއެވެ. ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަ ތަކަށް ސަމާލުވުމަށް ސަރުކާރުން ދަނީ އަންގަމުންނެވެ. މިހާތަނަށްވެސް […]
ބަހެއް ފުރޮޅާލައި އަޑި ހިސާބަކަށް ވެއްޓުމުގެ ސަބަބުން 21 މީހުން މަރުވެއްޖެ

އިންޑިޔާގެ ޖަންމޫ ރީޖަންގައި ބަހެއް ފުރޮޅާލައި އަޑި ހިސާބަކަށް ވެއްޓުމުގެ ސަބަބުން 21 މީހުން މަރުވެ 60 މީހުންނަށް އަނިޔާތައް ލިބިއްޖެ އެވެ. އިދާރާ ތަކުން ހާމަ ކުރި ގޮތުގައި ބަހުން ދަތުރު ކޮށްފައިވަނީ ދީނީ އަޅުކަމެއްގައި ބައިވެރި ވުމަށް އުއްތަރަ ޕްރަދޭޝުން ޝިވް ޚޯރީ އަށް ދަތުރު ކުރި ބަޔެކެވެ. މިހަދިސާގައި ބަސް ވެއްޓިފައިވަނީ 150 ފޫޓު ފުން ވަޅުގަނޑަކަށް ކަމަށް ޚަބަރު ލިބެއެވެ. މިހިތާމަވެރި ހާދިސާއާއި ގުޅިގެން އިންޑިޔާގެ ރައީސް ޑްރުޕަޑީ މޫމޫ ވަނީ […]
ފިރިން ވިއްކާ ފިހާރަ

ނިމުމެއްނުވާ ބަހުސެއް އޮވެއެވެ. ކައިވެނި ރޫޅިގެން ދަނީ ފިރިމީހާގެ ފަރުވާކުޑަކަމުންތޯ ނުވަތަ އަންހެނުން ހިތްހަމަ ޖައްސާދޭން އުނދަގޫ ވެގެންތޯ، މިބަހުސެވެ. ބައެއް އަނބިން ބުނާ ގޮތުތައި ފިރިން ފޮނުވައިގެން ގަންނަ އެއްވެސް އެއްޗެއްވެސް ކަމަކު ނުދާނެއެވެ. ފިހާރައިން ކެރެޓެއް ގަންނަން ފޮނުވިޔަސް އެއްބައި އޮންނާނީ ގޯސްވެފައެވެ. ލިސްޓް ކުޑަކޮންވެސް ދިގު ވެއްޖެނަމަ އެއްބައި ހަނދާން ނައްތާލައެވެ. ނުވަތަ އޮޅުވާލައެވެ. ފިރިހެނުން ބުނާ ކަމަށް ވަނީ ކޮންމެ ގޮތަކަށް ކަންތައް ކޮށްދިން ކަމުގައި ވިޔަސް އަންހެނުން ހިތް ހަމަ […]
އިންޑިޔާ،ބަންގްލާދޭޝް އަށް ކުރިމަތިވި ތޫފާނުގައި 16 މީހުން މަރުވެއްޖެ

އިންޑިޔާ ގެ އައްސޭރިފަށުގެ ހިސާބުތަކާ ބަންގްލާދޭޝް ގެ ދެކުނުގެ ހިސާބުތަކަށް ކުރިމަތިވި ތޫފާނުގައި 16 މީހުން މަރުވެއްޖެ ކަމަށް ޚަބަރުލިބެއެވެ. މިހިސާބުތަކަށް އާދީއްތަ ދުވަހު ހަވީރު ކުރިމަތިވި ތޫފާނުގައި ގަޑިއަކު 110 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހިފައި ވެއެވެ. އަދި ބޯކޮށް ވާރޭ ވެހި ބިންތިރި ހިސާބު ތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެފައި ވެއެވެ. ސައިކްލޯން ރިމާލް ގެ ނަމުން ނަންދީފައިވާ ތޫފާން ކުރިމަތިވުމުގެ ކުރިން މިލިއަނެއްހާ މީހުން ރައްކާތެރި ހިސާބު ތަކަށް ގެންގޮސްފައިވާ ކަމަށް އިދާރާ ތަކުން […]
އެންމެ ގިނަ ދުވަހު ވަޒީފާގައި ދެމިހުރި ޕްލައިޓް އެޓެންޑަންޓް މަރުވެއްޖެ

އެންމެ ގިނަ ދުވަހު ވަޒީފާގައި ދެމިހުރި ޕްލައިޓް އެޓެންޑަންޓް ބެޓީ ނޭޝް އުމުރުން 88 އަހަރު ގައި މަރުވެއްޖެއެވެ. ބެޓީ މަރުވި އިރު އޭނާ ގާތްގަނޑަކަށް 70 އަހަރު އެދާއިރާއަށް ޚިދުމަތް ކޮށްފައި ވެއެވެ. 1957.ބެޓީ ނޭޝް މަރުވި އިރު ހުރީ އެމެރިކަން އެއާލައިންސްގެ ވަޒީފާގައެވެ. އެހެން ކަމުން އޭނާ މަރުވި ޚަބަރު އިއުލާންކޮށްފައިވަނީ އެފަރާތުން އެކްސްގައި ކުރި ޕޯސްޓެއްގަ އެވެ. ވަނަ އަހަރު އުމުރުން 21 އަހަރުގައި ވަޒީފާ އަދާކުރަން ފެށި ބެޓީ އަށް ވަނީ […]
ހަމައެކަނި މައުންޓަން ޑިއު ދިން ކުއްޖަކު މަރުވުމުން މަންމަ ޖަލަށް

އެމެރިކާގެ އަންހެނަކު، ހަތަރު އަހަރުގެ ދަރިފުޅަށް ކޯލްޑް ޑްރިންކެއް ކަމަށްވާ ”މައުންޓަން ޑިއު“ އެކަނި ދިނުމުން ކުއްޖާ މަރުވުމާއި ގުޅިގެން 13 އަހަރަށް ވުރެ ގިނަ ދުވަހަށް ޖަލަށް ލައިފި އެވެ. ހަކުރު ބަލީގެ ސީރިއަސް ބައްޔެއްގައި ކުއްޖާ މަރުވެފައިވަނީ 2022 ވަނަ އަހަރުއެވެ. ކާމިޓީ ހޮއެބް ކިޔާ ކުއްޖާ މަރުވި އިރު އަގައިގެ ދަތްތައްވެސް ވަނީ ހަލާކުވެގެން ގޮސްފައި ކަމަށް ވެއެވެ. މި ހާދިސާގައި ކާމިޓީގެ ބައްޕަ ވެސް ވަނީ ކުއްޖާގެ މަރަށް ނުސީދާ ގޮތުން […]