މިއަހަރު ޔޫކްރެއިން އަށް 50ބިލިއަން ޑޮލަރުގެއެހީ ދޭން ޖީސެވަން ގައުމު ތަކުން ވައުދު ވެއްޖެ

ދުނިޔޭގައި އެންމެ ތަރައްގީވެފައިވާ ހަތް ގައުމު ޖީސެވަންގެ ވެރިން ގެ ސަމިޓް ބައްދަލްވުން އިޓަލީގެ ރީތި ސަރަހައްދެއްކަމަށްވާ ޕޫލިޔާ ގެ ރިސޯޓެއްގައި ބުރާފަތި ދުވަހު ފެށިފައިވެއެވެ. މިފަހަރުގެ ބައްދަލްވުމުގައި ވެރިން އެންމެ އިސްކަން ދެއްވާނެ މައްސަލަ ތަކުގެ ތެރޭގައި ޔޫކްރެއިން ހަނގުރާމަ އަދި ޣައްޒާ ހަނގުރާމަ ހުއްޓާލުމާބެހޭ ވާހަކަތައް ހިމެނެއެވެ.ޖޫން 13ން15އަށް ކުރިޔަށް ދާ ސަމިޓްގައި އެމެރިކާ،އިގިރޭސިވިލާތް،ކެނެޑާ،ޖަރމަނީ،އިޓަލީ،ޖަޕާން އަދި ފްރާންސްގެ ވެރިން ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ. ސަމިޓް ފެށެން ތައްޔާރުވެފައި ވަނިކޮން ފްރާންސްގެ ރިޔާސީ ގަނޑުވަރުގެ ފަރާތުން […]

ކުވޭތުގެ އިމާރާތުގައި ރޯވެ މަރުވީ އިންޑިޔާގެ 40 މީހުން

ކުވޭތުގައި ލޭބަރުން ބޭތިއްބުމަށް ހަދާފައިވާ އިމާރާތެއްގައި އިއްޔެ ރޯވި އަލިފާނުގައި މަރުވި 41މީހުންގެ ތެރޭގައި ހިމެނެނީ އިންޑިޔާގެ 40 މީހުންކަން ހާމަވެއްޖެ އެވެ. އިންޑިޔާ ސަރުކާރުން މިހާރުވަނީ މިމީހުންގެ ހަށިތައް ގެނައުމަށް އެއާފޯސް މަތިންދާބޯޓެއް ފޮނުވާނެކަން އަންގާފައެވެ. އިންޑިޔާގެ ޔޫނިއަން މިނިސްޓަރ ކިރްތީ ވަރުދަން ސިންގ ވިދާޅުވެފައިވާ ގޮތުގައި މަރުވި ބައެއް މީހުންގެ ހަށިތައް ކޮންބައެއްކަން ވަކި ނުވާވަރަށް ވަނީ އަނދާފައެވެ. އަދި މިހާރު ޑީއެންއޭ ޓެސްޓް ހަދަމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާތަނަށް ހެދުނު ޓެސްޓް […]

ރުޅި އިސްކުރުމުގެ ނަތީޖާ

އަހަރެންގެ އަންހެނުން އެއްރެޔަކު ވަރަށް ލަހުން ގެޔަށް އައެވެ. އޭރު އަހަރެން ހުރީ ރުޅިއައިސްގެން ހަލާކުވާ ވަރުވެފައެވެ. އަހަރެން ހަޅޭއްލަވައިގަތީމެވެ. މިއޮއްދަންވަރު ތިޔައީ ކޮންތާކު ތެޅިފަ ހެއްޔެވެ. އަހަރެންގެ ފޯނަށް ޖަވާބު ނުދިނީ ކީއްވެގެން ހެއްޔެވެ. ގޭގަ ކާނެ އެއްޗެއްވެސް ނެތްކަން ނޭނގޭ ހެއްޔެވެ. މިސުވާލު ތަކުގެ ޖަވާބުގައި އަންހެނުން ބުންޏެވެ. ހަނީއެވެ. މިއަދު ދިމާވި ކަންތައް ކިޔާދެންދެން މަޑުކޮށްބަލާށެވެ. ހާދަހާ ވަރުބަލިވެސް ވެއްޖެއެވެ. އަހަރެން ގެ ރުޅި ދިޔައީ ހައްތަހާ މައްޗަށެވެ. މަގޭ ސުވާލުތަކަށް ޖަވާބު […]

ކުވޭތުގެ އިމާރާތެއްގައި ރޯވެ 41 މީހުން މަރުވެއްޖެ

ކުވޭތުގެ ދެކުނުގެ ހިސާބެއް ކަމަށްވާ މަންގާފް ގައި މަސައްކަތްތެރިން ދިރިއުޅެމުން އައި އިމާރާތެއްގައި މިއަދު ވަރަށް ބޮޑަށް އަލިފާން ރޯވެ ހިނގި ހާދިސާތަކުގައި މަދުވެގެން 41 މީހުން މަރުވެއްޖެ ކަމަށް ޚަބަރުލިބެއެވެ.މިހާދިސާގައި މަރުވި މީހުންގެ ތެރޭގައި މަދުވެގެން އިންޑިޔާގެ 5 ރައްޔިތުން ހިމެނޭކަން ވަނީ އެނގިފަ އެވެ. އިންޓީރިއަރ އަދި ޑިފެންސް މިނިސްޓަރު ކަންވެސް ކުރައްވަމުންގެންދަވާ ކުވޭތުގެ ޑެޕިއުޓީ ޕްރައިމިނިސްޓަރ ޝެއިހް ފަހްދު ވަނީ މިއަދު އެތާގަޑިން ހެދުނު 6 ޖެހިއިރު ހިނގި މިހާދިސާ އަށް ފަހު، […]

އަގުބޮޑު ކާރެއް 15 ޑޮލަރަށް ލިބުނު ގޮތުގެ ވާހަކަ

ކޮންމެވެސް ގައުމެއްގައި އުޅުނު އުމުރުން 15 އަހަރުގެ ކުއްޖަކު އެއްދުވަހަކު އަގުބޮޑު ޕޯޝް ކާރެއްގައި ގެޔަށް ދިޔައެވެ. އެކުއްޖާ އެހާއަގުބޮޑު ކާރެއް ދުއްވާފަ އައިތަން ފެނިފަ އޭނަގެ މަންމައާއި ބައްޕަ ވަރަށް ކަންތައް ބޮޑުވެއްޖެއެވެ. އަދި ދެފަރާތުން ދެމީހުން ސުވާލު ކުރަން ފެށިއެވެ. ތިޔައީ ކާކުގެ ކާރެއް ހެއްޔެވެ. އަދި ދަރިފުޅު ދުއްވާފަ ތިޔައައީ ކީއްވެގެން ހެއްޔެވެ.ބުނީމަ އެކުއްޖާ ބުންޏެވެ.މިއީ މިހާރު އަޅުގަނޑުގެ ކާރެކެވެ.މިމަގުގަ އެހެރަ ބޮޑު ގޭ އަންހެން މީހާ އަޅުގަނޑަށް ވިއްކި ކާރެކެވެ. މިއަދު […]

އިންޑިޔާއަށް ކުރިމަތިވެފައިވާ ހީޓްވޭވް ގައި އިތުރު 8 މީހުން މަރުވެއްޖެ

އިންޑިޔާއަށް ކުރިމަތިވެފައިވާ އާދަޔާ ޚިލާފް ހޫނު މޫސުމުގައި އޮޑިއްސާ އިން 72ގަޑިއިރު ތެރޭ 8 މީހުން މަރުވެފައިވާ ކަމަށް ޚަބަރު ލިބެއެވެ. މޭމަހު ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހޫނު ގަދަ ވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލަ ތަކުގައި މަރޗް މަހުން މޭމަހުގެ ނިޔަލަށް 60 މީހުން މަރުވެފައި ވެއެވެ. ރަށް ފުށުގެ ހިސާބުތަކުން މަރުވި މީހުންގެ އަދަދުތައް ހާމަވެފައިނުވާތީ މަރުވި މީހުންގެ އަދަދު މިއަށްވުރެ މަތިވާނެ ކަމަށް ބެލެވެއެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި މިހާރު […]

ނަސީބުވެރި ބޮއް

އެއްޒަމާނެއްގައި ކޮންމެވެސް ހިސާބެއްގެ ޖަންގައްޔެއްގައި މުސްކުޅި ބޮކެއް އުޅުނެވެ.މިބޮކަށް ހުރިހާ ޖަނަވާރުތައް ދީފައިވާ ނަމަކީ ސޭކު މުސްކުޅި ބޮކެވެ.މި ބޮކުގެ ޚާއްސަ ސިފަޔަކީ ބުއްދީގެ ގޮތުން ވަރަށް ބޮޑަށް ދަށް ވުމެވެ. މިބޮކަށް ހަމަ އެއްވެސް ކަމެއް ފަހުމް ނުވާ ކަމަށް ވެއެވެ.ބޮއް ކަންތައް ކުރާ ގޮތުން އެހެން ހުރިހާ ޖަނަވާރު ތައް ތިބެނީ ހީހީ ކަމަށް ވެއެވެ. ބޮކަކީ އެއްވެސް އެއްޗެއް ކަމަށް ނުދެކި އެއަށް އެއްވެސް ޖަނަވާރަކު އިހުތިރާމް ނުކުރާކަމަށް ވެއެވެ. ބުއްދީގެ ގޮތުން […]

ކެތްތެރިކަމުގެ ނަތީޖާ

ކޮންމެވެސް ރަށެއްގައި މުސްކުޅި ދެމަފިރިން އުޅުނެވެ. ބަލާބެލުމަށް ވަރަށް ގުޅޭ ވަރަށް ހަމަޖެހޭ ދެމަފިރިންނެވެ. ވަރަށް ލޯބިން އުޅެ އެކުގައި ހަޔާތް ވޭތިކޮށް ނިމެން ކައިރި ވެފައިވާއިރު، އެކަމާބެހޭ ގޮތުން ފިރިމީހާ ސުވާލު ނުކުރުމަށް އަންހެން މީހާ އެދިފައިވާ ކަރުދާހު ފޮއްޓެއް ފޮރުވައިގެން އޭނާ ގެންގުޅެއެވެ. ކޮންމެއަކަސް ހަޔާތުގެ އެކި މަރުހަލާތައް ދެމީހުން އެކުގައި ކަޑައްތު ކުރަމުން އައިސް މުސްކުޅި އުމުރަށް އެޅިފައިވަނިކޮން އަންހެން މީހާ ކުއްލިއަކަށް ވަރަށް ބޮޑަށް ބަލި ވެއްޖެ އެވެ. ޑަކްޓަރުންނާ ހަކީމުން […]

 ކޮއެލިޝަން ހަދަން ޖެހުމުން މޯދީ ”ހަންބްލް“ ވެދާނެތަ؟

އިންޑިޔާއަކީ ސަރުކާރު ގާއިމް ކުރުމުގައި ކޮއެލިޝަން ހަދަންޖެހުމާ ބީރައްޓެހި ގައުމެއް ނޫނެވެ. އެންމެ ބޮޑު ޑިމޮކްރަސީ ކަމުގައިވާ އިންޑިޔާގައި މިހާތަނަށް ހަޕާޓީ ނުވަތަ ބާރަވަރަކަށް ޕާޓީ ގުޅިގެންވެސް ސަރުކާރުތައް އުފައްދާފައި އެބަހުއްޓެވެ. 2089ން 2004އަށް 6 އާންމު އިންތިޚާބް ބާއްވާފައިވާއިރު އެއިން އެއްވެސް އިންތިޚާބަކުން އެއްޕާޓީ އަށް އެކަނި އަޤުލަބިއްޔަތު ލިބިފައެއްނުވެއެވެ.އެއަށްފަހު އުފެއްދި ބައެއް ކޮއެލިޝަން ސަރުކާރުތަކުގެ ތެރޭގައި ވަރަށް މައްސަލަ ބޮޑުވެގެން ވެސް ދިޔައެވެ. 1989ން 1999އަށް ކޮއެލިޝަން 8 ސަރުކާރު އުފައްދާފައިވާއިރު ގިނަ ސަރުކާރުތައް […]

އަމިއްލަ ހުވަފެންތަކާ ކުރާ އުންމީދުތައް އެންމެންނާ ހިއްސާ ނުކުރާށެވެ.

ފިރިހެން ކުއްޖަކު އޭނަގެ ކާފަ ކައިރީގައި ބުންޏެވެ. އެއީ ތެދެއްތޯއެވެ. އެއްވެސް މީހަކު އޭނާގެ އަމިއްލަ ހުވަފެންތަކާ ކުރާ އުންމީދުތައް އެހެން މީހުންނަށް ކިޔާދޭކަށް ނުވާނެ ތޯއެވެ. ބުނީމަ ކާފަ ބުންޏެވެ. ތިޔަހެން ތިޔައެހީ ކީއްވެގެން ހެއްޔެވެ. ބުނީމަ އެކުއްޖާބުންޏެވެ. މަންމަވެސް ބައްޕަ ވެސް ބުނުއްވިއެވެ. ދެން ކާފަ ބުންޏެވެ. އިހަށް ގެޔަށްގޮސް މަސްބާނާ ސާމާނު ހިފައިގެން އައިސް މިއޮއްކޯރުން މަސްކޮޅެއް ބާނާލަމާ ހިގާށެވެ. މިހެން ބުނުމަށްފަހު މަސްބާނާތަކެތި ހިފައިގެން އައިސް މަސްބާނަން ފަށައިފި އެވެ. ދާދި […]