ވިސްނުންތެރި ޑޮކްޓަރު

ޑޮކްޓަރުކަން ކިޔަވައިގެން އައި ޒުވާނަކަށް ވަޒީފާއެއް ނުލިބި ގިނަ ދުވަސް ތަކެއްވަންދެން ހުންނަން ޖެހުނެވެ. އެންމެ ފަހުން އޭނާ އަމިއްލަ ކްލިނިކެއް ހުޅުވަން ނިންމިއެވެ. އޭނާގެ ކްލިނިކްގެ ބޭރުގައި ޚާއްސަ ބޯޑެއް ލިޔެފައި ބެހެއްޓިއެވެ. ”މިތަނުން 500 ރުފިޔާއަށް ކޮންމެ ބައްޔަކަށްވެސް ފަރުވާ ލިބޭނެއެވެ. ފަރުވާ ނުދެވިއްޖެނަމަ އެއްހާސް ރުފިޔާ ދޭނަމެވެ.“ މި ބޯޑު، ކްލިނިކްގެ ބޭރުގައި ހަރުކުރިތާ މާގިނަ އިރެއްނުވެ ޒުވާނަކު އެމަގުން ދަނިކޮށް އެއްކަލަ ބޯޑު ފެނިއްޖެއެވެ. އަދި ހިތަށް އެރިއެވެ. މަކަރެއް ހަދާލައިގެން […]
ރަޝިޔާގެ މުސްލިމުންނަށް ހަތަރު އަނބިންނާ އިނދެވޭ ގޮތަށް އޮތް އޮތުން ބާތިލުކޮށްފި

ރަޝިޔާގެ މުސްލިމް ފިރިހެނުންނަށް އެކަކަށްވުރެގިނަ އަނބިންނާ އިނދެވޭ ގޮތަށް އޮތް އޮތުން އެގައުމުގެ އެންމެ މަތީ އިސްލާމިކް ކައުންސިލުން ބަދަލުކޮށްފިއެވެ. ރަޝިޔާގެ އިސްލާމިކް ކައުންސިލް އޮފް ސްކޮލާސްގެ ފަރާތުން މިގޮތަށް ނިންމުމުގެ ކުރިން، ޑިސެމްބަރ 17 ވަނަ ދުވަހު ވަނީ މުސްލިމް ފިރިހެނުންނަށް ހަތަރު އަނބިން ހުއްދަވާ ހާލަތްތައް ހާމަކޮށް ފަތުވާއެއް ނެރެފައެވެ. އެއީ ކައިވެނީގައި ހުރިހާ އަނބިންނަށް ހަމަހަމަ ކޮން ހިތުމާއި ވަކިން ދިރިއުޅެވޭނެ ތަންތަން ހަމަޖައްސައި ދިނުމާއި އަދި ކޮންމެ އަންބަކަށް ހަމަހަމަޔަށް ފިރިމީހާ […]
މަންމަ

އެދުވަހު އަހަރެންގެ މަންމަ އަހަރެންގެ ގެޔަށް އައީ ކުރިން ބުނުމަކާ ނުލައެވެ. އައިއިރު ގެނައީ އެންމެ ކޮތަޅެކެވެ.އޭގައިވަނީ އިސްޓާކީނަކާ، ގޭތެރޭ އަރާކަހަލަ ފައިވާނަކާ، ފެންވަރައިގެން ނިކުންނަ އިރު ލާކަހަލަ ބާތު ރޯބް އަކާއި އެއްހެދުން އަދި ބާލީހު އުރައެކެވެ. އިސްޓާކީނުގައި ވަނީ ”މުޅިދުނިޔޭގައިވާ އެންމެ ބެސްޓް މާމަ“ މިހެން ރޮދިން ލިޔެފައެވެ.އެއީ އަހަރެންގެ ކުދިން މަންމަޔަށް ދިން ހަދިޔާއެކެވެ.އެދުވަހު އައި ގޮތަށް މަންމަ އުޅެމުން ދަނީ އަހަރެންނާއެކު އަހަރެންގެ ގޭގައެވެ. މިހާރު ތިންހަފްތާ ވީއެވެ. އަހަރެންނަށް ހީވަނީ […]
ވަޒިފާގެ ޕްރެޝަރު ބޮޑުވެ، މީހަކު އަމިއްލަ އިނގިލިތައް ބުރިކޮށްލައިފި

އިންޑިޔާގައި ހިނގި،ހައިރާން ކުރުވަނިވި ހާދިސާއެއްގައި، ވަޒީފާގެ ޕްރެޝަރު ބޮޑުވެ،މަސައްކަތުން ބަރީއަ ވުމަށްޓަކައި މީހަކު އަމިއްލަ އަތުގެ ހަތަރު އިނގިލި ބުރިކޮށްލައިފިއެވެ. ގުޖުރާތު ސްޓޭޓްގެ ފުލުހުން މައުލުމާތު ދީފައިވާ ގޮތުގައި ކޮމްޕިއުޓަރ އޮޕަރޭޓަރެއްގެ ވަޒީފާގައި އުޅުނު މި މީހާ މަސައްކަތް ކުރަމުން އައީ އޭނާގެ ތިމާގެ މީހެއްގެ ޑައިމަންޑް ފަރމް އެއްގެ އެކައުންޓްސް ޑިޕާޓްމަންޓުގައެވެ.އޭނާ ވަޒީފާގައި ކުރަންޖެހޭ މަސައްކަތް މާގިނަވެފައިވީ ނަމަވެސް ކެނޑެން އެދެން ނުކުކެރިފަހުރި ކަމަށް ވެއެވެ.މާޔޫރު ތަރަޕަރަ ކިޔާ އުމުރުން 32 އަހަރުގެ މިމީހާ އެފަދަ […]
ސައޫދީއަރަބިއްޔާގެ ފިނިހޫނުމިން މި ހަފްތާގައި ވަރަށް ބޮޑަށް ދަށަށް ދާނެކަމަށް ފޯކާސްޓް ކޮށްފި

ސައޫދީއަރަބިއްޔާގެ ފިނިހޫނުމިން މިހަފްތާ ގައި ވަރަށް ބޮޑަށް ދަށަށް ދާނެކަމަށް ފޯކާސްޓް ކޮށް އެކަމަށް ސަމާލުވެ ތައްޔާރު ވުމަށް އާންމުންނަށް އަންގަމުން އެބަގެންދެއެވެ. އެގައުމުގެ ނެޝަނަލް ސެނޓަރ ފޯ މިޓިއޮރޮލޮޖީ އިން ފޯކާސްޓް ކޮށްފައިވާ ގޮތުގައި ބައެއް ސަރަހައްދު ތަކުގެ ޓެމްޕަރޭޗަރު މައިނަސް ތިންޑިގްރީ ސެލްސިއަސް އާއި ހަމަޔަށް ދާނެއެވެ. މި ”ކޯޅްޑް ވޭވް“ ގެ ސަބަބުން އެގައުމުގެ ބޮޑުބަޔަކަށް 15 ޑިސެމްބަރުން 17 ޑިސެމްބަރަށް ވަރަށް ބޮޑަށް ފިނިވާނެއެވެ.އެންސީއެމް ގެ ތަރުޖަމާން ހުސެއިން އަލް ޤަޠާނީ […]
ބައިޑަން 39 ކުށްވެރިންނަށް މައާފު ދެއްވައި، 1،500 ފަރާތުގެ އަދަބު ލުއިކޮށްދެއްވައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް ލިބިވަޑައިގަންނަވާ ގާނޫނީ ބާރުގެ ދަށުން 39 ކުށްވެރިޔަކަށް މައާފު ދެއްވައި އިތުރު 1،500 މީހެއްގެ އަދަބު ލުއިކޮށްދެއްވައިފިއެވެ. ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި މިއީ ރިޔާސީ އަފްއާމެއްގެ ދަށުން އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުންނަށް މައާފު ދިން ފަހަރެވެ. މި މަހު ކުރީކޮޅު ރައީސް ބައިޑަން ވަނީ އެތައް ކުށްތަކެއް ސާބިތުވެ ހުކުމް އިއްވަން ތައްޔާރުވެފައިވާ އަމިއްލަ ދަރިކަލުން ހަންޓަރ ބައިޑަން އަށް ވެސް މައާފު ދެއްވާފައެވެ. މިއާއެކު […]
ކޮފީގެ އަގު ދުވަހަކު ނުދާހާ މައްޗަށް ހިނގައްޖެ

ދުނިޔޭގެ ބާޒާރުގައި ކޮފީގެ އަގު ދުވަހަކު ނުދާހާ މައްޗަށް ހިނގައްޖެ ކަމަށް ޚަބަރު ލިބެއެވެ. މިއީ ހެނދުނު ހޭލައިގެން ފުރަތަމަ ކޮފީތައްޓެއް ބޯން އާދަވެފައިވާ ފަރާތްތަކަށް ވަރަށް ހިތާމަވެރި ޚަބަރަކަށް ވާނެއެވެ. ކޮފީގެ އެންމެގިނަވައްތަރު ކަމަށްވާ އެރޭބިކާ ބީންސް ކިޔާވައްތަރުގެ ކޮފީގެ އަގު އަންގާރަ ދުވަހު ވަނީ އެއް ޕައުންޑް (ގާތްގަނޑަކަށް ބައިކިލޯ) 3.44ޑޮލަރަށް އަރާފައެވެ. މިއީ މިއަހަރުގެ މިހާތަނަށް ކޮފީ ލިބެން ހުރި އަގުތަކަށް ބަލާއިރު 80އިންސައްތައިގެ ބޮޑުވުމެއް ކަމަށް ވެއެވެ. މީގެ އިތުރުން ނިސްބަތުން […]
މިކަން މިހެންވީއެވެ.

އަހަރެންނާ އަހުމަދުގެ ކައިވެނި ވަރަށް ވެސް އުފާވެރިއެވެ. ކައިވެންނަށް ވީ 3 އަހަރުތެރޭގައި ހަމަ ކޮންމެ ދުވަހަކު މަދުވެގެން އެއްފަހަރު އަހަރެން ދެކެ ލޯބިވާކަމަށް އޭނާ ބުނެއެވެ. އަހަރެން ވެސް އެނަދެކެއެހާ ލޯބިވެއެވެ. ދެމިހުންގެ މަސައްކަތުން ރީތި ކުޑަކުޑަ ގެޔެއް އަޅާފައިވާއިރު ގެ ރަޖިސްޓްރީ ކޮށްފައިވަނީ އަހަރެންގެ ނަމުގައެވެ. ކައިވެންޏަށް 3އަހަރުވެގެން މާގިނަ ދުވަހެއް ނުވެއެވެ. އެއްދުވަހަކު އަހަރެން އޮފީހުގަ އުޅެފަ ވަރުބަލިވެގެން ގެއަށް އައިއިރު އަހުމަދު ވަރަށް ހަމަޖެހިލައިގެން ސިޓިންގރޫމްގައި އިނެވެ. ކައިރީގައި އަންހެނަކު އިނެވެ.ބަނޑު […]
އިންސާނުން ދޮންނަ މެޝިނެއް ޖަޕާނުގެ އިންޖިނޭރުން ހަދައިފި

ބުރަކޮށް މަސައްކަތުގައި އުޅެ ދުވަސް ނިންމާލުމަށްފަހު ރަންގަޅަށް ފެންވަރާލަން ބޭނުންވާ،ނަމަވެސް އެކަމަށް ވަގުތު ނުލިބޭ މީހުންނަށް ކަމުދާނެ ޚާއްސަ ”ވޮޝިންގ މެޝިނެއް“ ޖަޕާނުގެ އިންޖިނޭރުން އުފައްދައިފިއެވެ. އޮސާކާގެ ކުންފުންޏަކުން ހަދާފައިވާ އިންސާނުން ދޮންނަ، ދޮންނަމެޝިނު ހިންގުމަށް ބޭނުން ކުރަނީ އޭއައި ޓެކްނޮލޮޖީ އެވެ.ސައިންސްކޯ ކުންފުނީ ގެ ފަރާތުން ހަދާފައިވާ މުސްތަގްބަލްގެ ”ހިއުމަން ވޮޝިންގ މެޝީން“ ބޭނުންކޮށްގެން ވަރަށް އަވަހަށް މުޅި ހަށިގަޑު ސާފުކޮން ދޮވެލާ އަދި ފެންހިއްކާދޭ ކަމަށް ވެއެވެ.އާދައިގެ ދޮންނަ މެޝިނަކާއެއްގޮތަށް މަސައްކަތް ކުރާ ”ހިއުމަން […]
އަސަދުގެ ގަނޑުވަރުންވެސް ފެނުނީ ލަގްޒަރީ ކާރުތަކުގެ ފްލީޓެއް

ވެރިކަމުން ގަދަކަމުން ދުރުކުރެވި މިހާރު ގައުމު ދޫކުރައްވާ ފިއްލަވާފައިވާ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ގަނޑުވަރަށް އިދިކޮޅު ހަނގުރާމަވެރިން ވަދެފައިވާއިރު އެތަނުން ވަރަށް ގިނަ އަދަދެއްގެ އަގުބޮޑެތި ކާރު ތައް ޖަމާކޮށްފައި ހުއްޓާ ފެނުނުކަމަށް ޚަބަރުތައް ބުނެއެވެ. މީގެތެރޭގައި މާސިޑީސް، ޕޯޝް، ފެރާރީ އަދި އޮޑިސް ކާރުތައް ގިނަ އަދަދަކަށް ހުރިކަމަށް ވެއެވެ. ވައިރަލް ވެފައިވާ ވީޑިއޯ ތަކުން ފެންނަ ގޮތުގައި ގަނޑުވަރަށް ވަން މީހުން ވަނީ ގަނޑުވަރުގެ ބޮޑު ގަރާޖުގައި ދެކޮޅަށް ދުވެ ހުރިހާ ތަނެއްބަލާ […]