ކަނޑު އަޑީގެ ޓަނަލް އަޅަނީ ހަމައެކަނި ޓްރާންސްޕޯޓް ބޭނުމަށްތަ؟

ދުނިޔޭގައި ފާހަގަކޮށްލެވޭ ގިނަ އަދަދެއްގެ ކަނޑުއަޑީގެ ޓަނަލްތައް މިހާރުވެސް ހުރިއިރު މިހާތަނަށް އެޅޭ އެންމެ ދިގު ޓަނަލް ޤަތަރުން އީރާނަށް އަޅަން އެދެގައުމުން ކަނޑައަޅައިފިއެވެ.އީރާނުގެ އޮފިޝަލަކު ހާމަ ކޮށްފައިވާ ގޮތުގައި މިކަމާބެހޭ ޕްރެލިމިނަރީ ސްޓަޑީތައް ހެދުމުގައި ހަރަކާތްތެރިވާނެ އީރާންގެ އެކްސްޕާޓުންގެ ގްރޫޕެއް މިހާރު ވަނީ އެކަށައަޅާފައެވެ. އަދި ކަމާބެހޭ ރަސްމީ ވާހަކަތައް ވަރަށް އަވަހަށް ދޯހާގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. އީރާނާއި ޤަތަރު ގުޅުވާލުމަށް ޕާޝިއަން ގަލްފް ހުރަސްކޮށް އަޅާ ޓަނަލްގެ ދިގުމިނުގައި 190 ކިލޯމީޓަރު ހުންނާނެއެވެ.މިއީ […]
ކޮވިޑް 19 ފެށިގެން އައިގޮތުގެ މައުލޫމާތު ހިއްސާކުރުމަށް ޑަބްލިއު އެޗްއޯއިން އަނެއްކާވެސް ޗައިނާ އަށް ގޮވާލައިފި

ކޮވިޑް 19 ޕެންޑަމިކް ފެށިގެން އައި ގޮތް ދެނެގަތުމަށްޓަކާ ބައްޔާބެހޭ ތަފްސީލް މައުލޫމާތު ނުވަތަ ޑޭޓާ ހިއްސާކުރުމަށް ޑަބްލިއު އެޗްއޯއިން އަނެއްކާވެސް ޗައިނާއަށް ގޮވާލައިފިއެވެ.ކޮވިޑް 19 ޕެންޑަމިކް ފުރަތަމަ ފެނިފައިވަނީ މީގެ ފަސް އަހަރު ކުރިން ޗައިނާގެ ވޫހާން އިންނެވެ.ވޫހާންގައި ”ނިއުމޯނިޔާ“ ޒާތު ބައްޔެއް ފެތުރެމުންދާކަން އެސިޓީގެ ސިއްހީއިދާރާ ތަކުން ފާހަގަކޮށްފައިވާތީ އެކަން ބަޔާންކޮށް 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 31 ވަނަ ދުވަހު ޑަބްލިއުއެޗްއޯއިން ބަޔާނެއް ނެރުނެވެ.ބަލި ފެތުރެމުންދާލެއް ބާރުކަމުން، އޭގެ 3ހަފްތާފަހުން ޗައިނާ ސަރުކާރުން،11 […]
މޭވާއަޅާ ގަހެއްގައި މޭވާއެޅުން ހުއްޓުނު ނަމަވެސް އެގަހުގެ ހިޔާ އެތައް ހިސާބަކަށް ފެތުރިފައި ވެއެވެ.

ކޮންމެވެސް ރަށެއްގައި ޒުވާންފުރައިގެ ދެމަފިރިންނާއި އުމުރުން ދުވަސްވީ ދެމަފިރިން އަވަށްޓެރިންގެ ގޮތުގައި އުޅެން ދިމާވިއެވެ. މިގޮތުގައި އުޅެމުން ދިޔައިރު ޒުވާން ދެމަފިރިންގެ ހިތުގައި މުސްކުޅި ދެމަފިރިންގެ މައްޗަށް ކުލުނާއި ހަމްދަރުދީ އުފެދި،އެކުވެރިކަން ބަދަހި ކުރަމުން ގެންދިޔައެވެ. މިގޮތުން ކޮންމެ ހަފްތާބަންދެންގައި މުސްކުޅި ދެމަފިރިންގެ ގެޔަށް ގޮސް ކޮފީއެއް ނުވަތަ ސައިތައްޓެއް ބޯލާ ހަދާލުމަކީ އެދެމަފިރިންގެ އާދަޔަކަށް ވަނީ ހަދާފައެވެ.މިގޮތުން އެގެޔަށްދާދުވަސްތަކުގައި،މުސްކުޅި އަންހެންމީހާ އައިސް ކޮންމެވެސް ފުޅިއެއްގެ ނޫނީ ދަޅެއްގެ މަތި ނަގަން މުސްކުޅިފިރިހެން މީހާ އަތަށް ދޭކަން […]
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އަވަހާރަވެއްޖެ

އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓަރ އުމުރުފުޅުން 100 އަހަރުގައި އަވަހާރަވެއްޖެއެވެ. ކާޓަރ އަވަހާރަވީ ޖޯޖިޔާގައި ހުންނަ އޭނާގެ އަމިއްލަ ގެކޮޅުގައެވެ. ޕީނަޓް ހެއްދުމުގެ މަސައްކަތުން އާމްދަނީ ހޯއްދަވަން ފެއްޓެވި ކާޓަރ ވެރިކަން ކުރައްވާފައިވަނީ 1977އިންފެށިގެން 1981 އަށެވެ.ޖިމީކާޓަރ ގެ ވެރިކަމުގެ ހަތަރު އަހަރުވަނީ ގިނަ ގޮންޖެހުން ތަކަކާ ކުރިމަތިލައްވާ، އަދި ކާމިޔާބީ ތަކެއް ހާސިލް ކުރައްވާފައެވެ. މިގޮތުން މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް ކުރެއްވި މަސައްކަތް ޕުޅުގެ ދަށުން އިސްރާއީލާ މިސްރާ ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ވަނީ […]
ދެކުނު ކޮރެޔާއަށް ދަތުރުކުރި މަތިންދާބޯޓެއް ވެއްޓި 120 މީހުން މަރުވެއްޖެ

ދެކުނު ކޮރެޔާގެ އެއާޕޯޓަކަށް ޖައްސަން އުޅުނު މަތިންދާބޯޓެއް މަގުން ކައްސާލާ ބޯޓުގައި އަލިފާން ރޯވުމުގެ ސަބަބުން 120 މީހުން މަރުވެއްޖެ ކަމަށް ހަބަރު ލިބެއެވެ.މިހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު އެތާގަޑިން 9 ޖެހިއިރުއެވެ.މަރުވިކަން އަދި ޔަގީން ވެފައިވަނީ 120 މީހުން ކަމުގައި ވީނަމަވެސް މިއަދަދު އަދި ވަރަށް ބޮޑަށް މައްޗަށް ދާނެކަމަށް ދަނީ ބެލެމުންނެވެ. ބެންކޮކުން ފުރައިގެން ދަތުރުކުރި ޖެޖޫ އެއާ ގެ ބޯޓު އުޅުނީ މުއާން އެއާޕޯޓްގައި ޖެއްސުމަށެށެވެ.ނަމަވެސް އޭގެ ކުރިން ބޯޓު ވަނީވެއްޓި އަދި […]
ކާފަ ދިން ޕީނަޓް ބަޓަރ ހުސްކުރި ފުޅި

އަހަރެންގެ ކާފަގެ އުމުރަކީ 90 އަހަރެވެ. ކާފަޔާ ބައްދަލްވާ ކޮންމެ ފަހަރަކުވެސް އަހަރެން ހެއްވާލުމަކީ ކާފަ ވަރަށް ކުރާހިތްވާކަމެކެވެ.ކާފަ އަދި ކުރާ އެހެން ކަމެއް އޮވެއެވެ.އެއީ ކުއްލި ކުއްލިއަށް އެކި ސުވާލުތައް ކުރުމެވެ. އެންމެ ފަހުން ކާފަޔާ ބައްދަލްވިރޭ ކުއްލިއަކަށް އެފަދަ ސުވާލެއް ކުރިއެވެ.“ދަރިފުޅު ގޭގަ ހުސްވާ ޕީނަޓްބަޓަރ ފުޅި ދޮވެ ރައްކާކުރަން ހެއްޔެވެ؟“ކުއްލިއަކަށް ކާފަ ކުރިސުވާލަށް ބުނާނެ އެއްޗެއް ނޭގި އިނދެފަ އާ ގަންނަމުން ބުނީމެވެ.“ނޫން-ނޫނެކެވެ.“ އަހަރެން ދިން ޖަވާބުން ކާފަ މާބޮޑަށް ހައިރާންވިކަމަކަށް ނުފެނުނެވެ. […]
ބައެއް މަގްބޫލް ސްމާޓް އަތުކުރީ ގަޑީގައި މަތީ ލެވެލަކަށް ވިހަ ކެމިކަލް

ބައެއް ބްރޭންޑް ތަކުގެ ސްމާޓް އަތުކުރީގަޑީގައި މަތީދަރަޖައަކަށް ވިހަ ކެމިކަލް އެއްކަމަށްވާ ”ޕީފާސް“ އެކުލެވޭކަން ފަހުގެ ސްޓަޑީ އަކުން ހާމަވެއްޖެއެވެ. މިސްޓަޑީ ހެދި ރިސާޗް ޓީމުން ވަނީ ތަފާތު ބްރޭންޑްތަކުގެ އަދި އެކި އަގުގެ ސްމާޓް އަތުކުރީ ގަޑީގެ 22 ކަމަރަކުން މި ކެމިކަލް ދެނެގަނެފައެވެ. ޕީފާސް ކެމިކަލް އެކުލެވޭ ގަޑީގެ ކަމަރުން ހަށިގަޑުގެ ތެރެޔަށް ކެމިކަލް ވަދެއެވެ. ޚާއްސަކޮން ދާހިއްލާ ވަގުތު ތަކުގައި އެކަމުގެ ނުރައްކާ ބޮޑުކަމަށް ރިސާޗަރުން ބުނެއެވެ. އެހެން ނަމަވެސް ދެރަކަމަކީ މިފަދަ […]
އުމުރުން ދުވަސްވުން

އުމުރުން ދުވަސްވީ މީހަކަށް ވުމަކީ މާފަސޭހަ ކަމެއްނޫނެވެ.އުމުރުން ދުވަސްވުމުން ކުރީގަ ކުރިގޮތަށް އެއްވެސް ކަމެއް ނުކުރެވެއެވެ.ކުރީގަ ހިނގާ އުޅުނުހާ ބާރަކަށް ނުހިނގެއެވެ.ކުރީގަ ތަންތަނަށް އަރާ އުޅެވުނު ނަމަވެސް މިހާރަކު ގޮނޑިއެއްގެ މައްޗަށްވެސް ނޭރެއެވެ. ކުރީގަ ފަހާ،މާޖަހާ ހެދިނަމަވެސް މިހާރަކު ނުހެދެއެވެ.ޚާއްސަކޮށް ފޮތް ކިޔާ އުޅުން ވަނީ ދަތިކަމަކަށް ވެފައެވެ. އެކަންކަމަށް މިއަދު ޖެހެނީ އަލްވަދާއު ކިޔާށެވެ. އަދި އަލަށް އުޅެން ޖެހޭ ގޮތްތަކަށް އާދަވާން ވަނީ ޖެހިފައެވެ. އުމުރުން ދުވަސްވީ މީހަކަށް ވުމަކީ މާފަސޭހަ ކަމެއްނޫނެވެ.ތިމާގެ އައު […]
އަޒަރުބައިޖާނުގައި ހިނގި ބޯޓުވެއްޓުމުގެ ހާދިސާ ތަހުގީގު ކުރަން އެ ޤައުމުގެ ރައީސް އަންގަވައިފި

އަޒަރުބައިޖާނުގައި ބުދަދުވަހު ހިނގި މަތިންދާބޯޓު ވެއްޓުމުގެ ހާދިސާ ތަހުގީގު ކުރުމަށް ޙާއްސަ ކޮމިޝަނެއް ހަދައި،އެކަން ކުރުމަށް އެ ޤައުމުގެ ރައީސް އިލްހާމް އަލިޔާވް އަންގަވައިފިއެވެ. އަޒަބައިޖާން އެއާލައިންސް ފްލައިޓް 8432ބުދަދުވަހު ވެއްޓިފައިވަނީ ކަޒަކް ސިޓީއެއް ކަމަށްވާ އަކްތައު ގައި އިމަޖެންސީ ކޮށް ޖައްސަން އުޅުމުގެ ތެރޭގައެވެ.އަޒަރުބައިޖާނުގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ރައީސް އަލިއާވް ވިދާޅުވި ގޮތުގައި އަލަށް އެކުލަވާލެވޭ ކޮމިޝަންގެ މަސައްކަތަކަށްވާނީ ބޯޓު ވެއްޓެން ދިމާވި ސަބަބު ފުރިހަމަޔަށް ބަލާ ތަހުގީގު ކުރުމަށްފަހު ރައީސް އަށާއި […]
މަންމައެއްގެ އާދޭސް

ކޮންމެވެސް ރަށެއްގައި ދެމަފިރިއަކު ވަރަށް ލޯބިން ރީތި ގެޔެއްގައި ބަލާ ބޮޑުކުރި ފިރިހެން ކުއްޖަކު އުޅުނެވެ.ކުއްޖާއަށް ދަތިވާ އެއްވެސް ކަމެއް އޮތަނުދީ އެދެމަފިރިން ދަރިފުޅު ގެންގުޅެމުން އައީ ވަރަށް ރަނގަޅަށެވެ. ދުވަސްތައް ފާއިތުވަމުންގޮސް ކުއްޖާ ކިޔެވުން ފުރިހަމަ ކޮށް މީހަކާ އިނދެ ދަރިއަކު ލިބުނުތަނާ، ބައްޕަ ވަރަށް ބޮޑަށް ބަލިވެގެން އޮތުމަށް ފަހު މަރުވެއްޖެ އެވެ.ބައްޕަ މަރުވުމުން ޖަނާޒާގެ ކަންތައް ނިންމުމަށްފަހު ފިރިހެން ކުއްޖާ ނިންމީ މަންމަ ގެންގޮސް މުސްކުޅިން ބަލާ ތަނަކަށް ލުމަށެވެ. ގޭގައި ބައިންދަންވެސް […]