ވަފާތެރި ލޯތްބަކަށް ލިބުނު ބަދަލު

ދެމަފިރިއެއްގެ ތެރެއިން ފިރިހެންމީހާ ވަރަށް ބޮޑަށް ބަލިވެ ކޯމާއަކަށް ހިނގައްޖެއެވެ. ބައެއްފަހަރު ހޭވެރިކަމަށް އައިސް އަނެއްކާ ކޯމާއަށް ގޮސް މިކަހަލަ ގޮތެއްގައި އެތައް މަހެއް ވަންދެން އޮވެއްޖެ އެވެ.މިހުރިހާ ދުވަހުވެސް ޒަރޫރީ ބޭނުމަކު މެނުވީ ފިރިމީހާގެ ކައިރިން ދުރަށް ވެސް ނުގޮސް އޭނާގެ އަނބިމީހާ،އޭނާގެ ޚިދުމަތުގައި ދެމިހުއްޓެވެ.ދުވަހަކަށް ފަހު ދުވަހެއް މާޒީ އާއި އެކުވަމުން ދާއިރު އޭނާގެ ފިރިމީހާގެ މައްޗަށް އޮތް ލޯތްބަށް ދެގޮތެއް ނުވެއެވެ. ފިރިމީހާގެ އަތުގައި ހިފަހައްޓާލައިގެން ފިރިމީހާ ކައިރީގައި އަންހެން މީހާ ރެޔާ […]

ޓީވީ ޝޯތައް ހޯސްޓް ކުރާ ފަރާތަކުން އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރިމައްސަލައެއްގައި ސްޓޭޝަންގެ އެންމެމަތީވެރިން އިސްތިއުފާދީފި

ޖަޕާންގެ އެންމެ ބޮޑުއެއް ޓީވީ ނެޓްވަރކް ކަމަށްވާ ފުޖީ ޓީވީގެ ޗެއާމަން އަދި ރައީސް އިސްތިއުފާދީފިއެވެ. ޓީވީ ނެޓްވަރކްގެ އެންމެ މަތީ ވެރިން އިސްތިއުފާދީފައި މިވަނީ އެނެޓްވަރަކަށް ނިސްބަތްވާ މަޝްހޫރު ހޯސްޓަކު،އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މަސްއަލައަކާއި ގުޅިގެން އާންމު ބެލުންތެރިންގެ ނުރުހުން ނެޓްވަރކް އަށް ރައްދުވާން ފެށުމުންނެވެ. ފުޖީޓީވީގެ މުވައްޒަފުން ބޭއްވި ޕާޓީއެއްގައި ހިނގިކަމަށްބުނާ އެހާދިސާ އަށް ފަހު ނެޓްވަރކްގެ ފަރާތުން އެކަން އޮއްބާލާ ފަސްއަޅަން މަސައްކަތް ކުރިކަމަށް ވެއެވެ. މިއާއެކު އާންމުންގެ ނުރުހުން ސްޓޭޝަނަށް އަމާޒުވެ […]

ނުދުއްވާ ބާއްވާފައިއޮތް މަތިންދާބޯޓުތަކެއްގެ ކުލީގެ ގޮތުގައި 3 އަހަރުވަންދެން މަހަކު 9މިލިއަން ޑޮލަރު ދައްކައިފި

އިންޖީނުގެ ސްޕެއާ ޕާޓްސް ނެތިގެން ނުދުއްވާ ބާއްވާފައި އޮތް ސްރީލަންކަން އެއާލައިންސްގެ ތިން މަތިންދާބޯޓުގެ ކުލީގެ ގޮތުގައި ތިންއަހަރުވަންދެން މަހަކު 9 މިލިއަން ޑޮލަރު އެ ކުންފުނިން ދައްކާފައިވާކަމަށް މިހާރުގެ ސަރުކާރުގެ މިނިސްޓަރަކު ވިދާޅުވެއްޖެއެވެ. ޓްރާންސްޕޯޓް ހައިވޭސް ޕޯޓްސް އެންޑް ސިވިލްއެވިއޭޝަން މިނިސްޓަރ ބިމާލް ރަތުނަޔަކަ ވިދާޅުވީ މި ތިންބޯޓުގެ ތެރެއިން އެއްބޯޓު މިހާރު ބޭނުންކުރަން ފެށިފައިވާ ކަމަށާ އަނެއް ދެ ބޯޓުވެސް އެޕްރިލް މަހު އޮޕަރޭޝަނަށް ނެރެވޭނެ ކަމުގައެވެ.މިނިސްޓަރު ވިދާޅުވީ ސްރީލަންކަން އެއާލައިންސް ޕްރައިވަޓައިޒް ކުރުމަށް […]

4.6މިލިއަން ރުޕީސްގެ ރެންޓް ދެއްކެވުމަށް ސަރުކާރުން މަހިންދަރާޖަޕަކްސާއަށް އަންގައިފި

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ،ސަރުކާރުގެ ޚަރަދުގައި ދިރިއުޅުއްވަމުންގެންދަވާ ބޮޑުގެޔަށް 4.6މިލިޔަން ރުޕީސްގެ ރެންޓް ދެއްކެވުމަށް ނުވަތަ ގެ ހުސްކުރެއްވުމަށް މިހާރުގެ ރައީސް އަނުރާ ކުމާރަ ޑިސަނާޔަކަ އަންގަވައިފިއެވެ. ކަޓުކުރުންޑާ ކިޔާ ސަރަހައްދުގައި އާދީއްތަދުވަހު ބޭއްވި ރަސްމީ އިހްތިފާލެއްގައި ވާހަކަފުޅު ދައްކަވަމުން ޑިސަނާޔަކަވަނީ ރާޖަޕަކްސާ ބޭނުންކުރައްވާ ގޭގެ ރެންޓް ކަނޑައަޅާފައިވަނީ ސަރުކާރުގެ ވެލުއޭޝަން ޑިޕާޓްމަންޓުން ކަމުގައެވެ.އަދި މަހަކު 4.6މިލިއަން ރުޕީސް އެއީ ބިމުގެ އަގުނުލާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.އަނޫރާ ކުމާރަ ޑިސަނާޔަކަ ވިދާޅުވީ ރައީސްކަން ކުރެއްވި ބޭފުޅުންނަށް ގާނޫނީ […]

މަންމަގެ ދެ އަތް

ޒުވާން ފިރިހެން ކުއްޖަކު އެއްދުވަހަކު މެނޭޖަރެއްގެ ވަޒީފާއަށް އެދި އިންޓަރވިއު އަށް ދިޔައެވެ.އިންޓަރވިއުގެ ފުރަތަމަ ބައިން އޭނާފާސް ވުމަށްފަހު ފަހުބައި ކުރިޔަށް ގެންދާނީ ކުންފުނީގެ ޑިރެކްޓަރު ކަމަށް އޭނާކައިރީގައި ބުނެވުނެވެ. އިންޓަރވިއުގެ ދެވަނަބައި ކުރިޔަށް ގެންދިޔައިރު،ޒުވާނާގެ ކިޔެވުމުގެ ދައުރުގައި މަތީވަނަތައް ހާސިލް ކޮށްފައިވާތަން ސީވީ ބެލުމުން ޑިރެކްޓަރަށް ފެނުނެވެ.އެހެން ކަމުން ސުވާލުކުރިއެވެ. ކިޔެވީ އެއްވެސް ސްކޮލަރޝިޕްއެއްގެ ދަށުންހެއްޔެވެ.މިސުވާލުގެ ޖަވާބުގައި ސްކޮލަރޝިޕެއް ނުލިބޭ ކަމަށް އޭނާ ބުންޏެވެ.ދެން ޑިރެކްޓަރު ސުވާލުކުރިއެވެ.ކިޔެވުމުގެ ޚަރަދުތައް ބެލެހެއްޓީ ބައްޕަހެއްޔެވެ. ޒުވާނާ ޖަވާބުގައި ބުންޏެވެ.އަޅުގަނޑުގެ […]

ކައިވެނީގެ ހަދިޔާއަކަށް މީހަކު ދިން ”ޅަ ސިންގާ“އެއް ހިފުމުން ކޯޓުން އަދަބު ދީފި

ޕާކިސްތާންގެ ޔޫޓިބް ތަރިއެއްގެ ކައިވެނީގެ ހަދިޔާއަކަށް އޭނާޔަށް މީހަކު ދިން ޅަ ސިންގާއެއް ބަލައިގަތުމުން،އެކަމުގެ އަދަބެއްގެ ގޮތުގައި ޖަނަވާރުގެ ވެލްފެއާ އާއި ބެހޭ 12 ވީޑިއޯ ހެދުމަށް ކޯޓުން އޭނާގެ މައްޗަށް އަމުރު ކޮށްފިއެވެ. މިގޮތަށް ލަޔަން އަދި ލަޔަން ކަބް އަމިއްލަ މީހުން ގެންގުޅުމަކީ ޕާކިސްތާންގައިވެސް ގާނޫނީ ކުށެކެވެ. ކޯޓުން ރަޖަބް ބަޓް އަށް އަމުރު ކޮށްފައިވަނީ އެއް އަހަރުވަންދެން ކޮންމެ މަހަކު ޖަނަވާރުތައް ހިމާޔަތް ކުރުމުގެ މުހިންމުކަން ދައްކުވާދޭ ފަސްމިނިޓްގެ ވީޑިއޯ ރިޕޯޓެއް ތައްޔާރު […]

ސައޫދީއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަނާ ބޭސްތަކެއް ހިފަހައްޓައިފި

ކަނޑުމަގުން ސައޫދީއަރަބިއްޔާއަށް ވަގަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަނާބޭސްތަކެއް ފެނި،ހިފަހައްޓައިފިއެވެ.ސައޫދީ ޒަކާތު ޓެކްސް އެންޑް ކަސްޓަމްސް އޮތޯރިޓީ ”ޒަޓްކާ“ އިން ބުނެބުނެފައިވަނީ ޖިއްދާ އިސްލާމިކް ޕޯޓުން ސްމަގްލް ކުރަން އުޅުނު ގާތްގަޑަކަށް 1.5 މިލިއަން ކެޕްޓަގަން ކިޔާ މަނާބޭހުގެ ގުޅަ، ވަނީ އަތުލައިގަނެވިފައެވެ. ”ޒަޓްކާ“ އިން ބުނެފައިވާ ގޮތުގައި ބޭސްތައް ރައްކާކޮށްފައިހުރީ ލޯންޑްރީ މެޝިންތަކެއްގެ ބައިތަކެއްގެ ތެރޭގައެވެ.އަދި ބޭސްތައް ފެނިފައިވަނީ އެޑްވާންސް ކަސްޓަމް އިންސްޕެކްޝަޝް ޓެކްނީކް ބޭނުންކޮށްގެން ކުރިޔަށް ގެންދެވުނު ހޯދުނަތަކެއްގައި ކަމަށްވެސް ބުނެފައިއެވެ. ބޭސްތައް […]

ހަމާސް ޖަމާއަތުން ހިފަހައްޓާފައިތިބި އިޒްރޭލްގެ ހޮސްޓެޖުންގެ ތެރެއިން އިތުރު 4 މީހުން ދޫކޮށްލައިފި

ހަމާސް ޖަމާއަތުން ހިފަހައްޓާފައި ތިބި އިޒްރޭލްގެ ހޮސްޓެޖުންގެ ތެރެއިން ހަތަރު އަންހެންސިފައިން ހޮނިހިރު ދުވަހު މިނިވަންކޮށްފިއެވެ.ހިފެހެއްޓުނުތާ 15މަސް ދުވަސް ފަހުން ހޮސްޓެޖުން ދޫކުރުމުން އެމީހުންނާއި ހަވާލުވެފައިވަނީ ރެޑްކްރޮސްގެ އޮފިޝަލުންނެވެ.އިޒްރޭލްގެ ހަތަރު އަންހެން ސިފައިން ދޫކޮށްލުމުގެ ބަދަލުގައި އިޒްރޭލުންވެސް ވަނީ އިޒްރޭލް ޖަލުތަކުގައި ތިބި ފަލަސްތީނުގެ ގައިދީންގެ ތެރެއިން 200 މީހުން ދޫކުރާނެ ކަމަށް ވައުދު ވެފައެވެ. އަދި އެކަން ވަނީ ފަށާފައެވެ. އެކަމަށް ޚާއްސަކުރެވިފައިވާ ބޮޑު އެރީރާއަކަށް 4 ހޮސްޓެޖުން އެސްކޯޓްގައި ގެންދެވުނުއިރު އެތަނަށްވަނީ ވަރަށް ގިނަ […]

ބޮޑެތި ހޭންޑްބޭގަށް ލޯބިކުރާ ފަރާތްތަކަށް އުފާވެރި ހަބަރެއް

ތިޔައީ ގެއިން ބޭރަށް ނިކުތުމަށްފަހު ދެން ކުރިމަތިވެދާނެ ކޮންމެ ކަމަކަށް ތައްޔާރުވުމުގެ ގޮތުން،ބޭނުންވެދާނެ ހުރިހާ އެއްޗެތި ހިފައިގެން ނިކުންނަން ބޭނުންވާ މީހެއްނަމަ އުފާވެރި ހަބަރެއް އެބައޮތެވެ.އެއީ ބޮޑެތި ހޭންޑްބޭގް އަނެއްކާވެސް ފެޝަންއަށް އައިސްފިކަމުގެ އުފާވެރި ހަބަރެވެ. އެންމެ ފަހުގެ އެކްސެސަރީ ޓްރެންޑަކީ ސުޕަރސައިޒްގެ ހޭންޑްބޭގްއެވެ.މޭކަޕް ބޭގާ ފޯނު ޗާޖަރު،ފައިވާނެއް،ފެންފުޅިއާއި ކިޔަމުންދާފޮތް،އަތްމަތީ ކުޑައެއް،މިހެންގޮސްބޭނުން ހުރިހާއެއްޗެއް އަޅާލެވޭވަރުގެ ބޮޑު އަތްދަބަހެވެ.ޑިޒައިން ކުރާ ފަރާތްތަކުން އާންމުގޮތެއްގައި އެއްޗެއް ނެރޭއިރު ކޮންމެހެން އެއެއްޗަކުން ހިފޭ ބޭނުމަކަށް ނުބަލައެވެ.ނަމަވެސް އަތްދަބަހުގެ ކަންތަކުގައި ފަހުގެ ޓްރެންޑްތަކުން […]

ކެއްސަކަށް ކެއްސެއް

އަހުމަދު ބޯޓު ދަތުރު ކުރަން ދިޔައީ ވަރަށްވެސް ފޮނި އުންމީދު ތަކަކާއި އެކުގައެވެ. އޭނާ އެންމެ ލޯބިވާ އައިޝާ އާއި ކައިވެނިކޮށް އުފާވެރި ހަޔާތެއް ފެށުމަށް ފައިސާ އެއްކުރުމުގެ އުންމީދުގައެވެ.ދެއަހަރު ދުވަސްވަންދެން ދެކެމުން އައި ހުވަފެންތަކުގައި ކުލަޖައްސާލަން ކުރާ އިންތިޒާރު ހަގީގަތަކަށް ހެދުމުގެ އުންމީދެވެ. އައިޝާ އަކީ މާލޭގެ ގަދަރުވެރި އާއިލާއަކަށް ނިސްބަތްވާ އަންހެން ކުއްޖެއް ނަމަވެސް އަހުމަދަކީ ހދ އަތޮޅުގެ ރަށަކަށް ނިސްބަތްވާ ޒުވާނެކެވެ.ދެމީހުން ބައްދަލްވީ އެކުގައި ކުރި ޕިކްނިކް ދަތުރަކުންނެވެ.އެއަށްފަހު ރައްޓެހިކަމެއް އުފެދި،އެގުޅުން މަޑުމަޑުން […]