އެމެރިކާއިން ޗައިނާއަށް ލަނޑުދޭން އުޅެގެން ލަނޑު ލިބުނީ އެމެރިކާއަށް

ޓްރަމްޕް ހިތުހުރި ގޮތަކަށް ހިތުހުރި ގައުމަކާ ދެކޮޅަށް ޓެރިފް ނުވަތަ ޓެކްސް އިއުލާން ކުރަމުންދާއިރު، އެގައުމުތަކުން ކަމެއްނުކޮށް ބަލަހައްޓައިގެން ތިބޭނެ ކަމަށް ޓްރަމްޕް ހީކުރުމަކީ މޮޔަ ވިސްނުމެކެވެ. ޗައިނާއާއި ދެކޮޅަށް ޓްރަމްޕް އިއުލާންކުރި ޓެކްސް ފިޔަވަޅުތަކާއި ގުޅިގެން ޗައިނާއިން ވަރުގަދަ ރައްދެއްދީ އެންމެން އާޝޯޚު ކޮށްލައިފިއެވެ.އެގައުމުން ފުރަތަމަވެސް އެޅިފިޔަވަޅަކީ އެމެރިކާއިން އިންޕޯޓް ކުރާގޮތަށް އޮތް 690ބިލިއަން ޑޮލަރުގެ މުދާ އިމްޕޯޓް ނުކުރާ ގޮތަށް ނިންމުމެވެ.މިއީ އެމެރިކާއިން އަހަރަކު އެކްސްޕޯޓް ކުރާ މުދަލުގެ ބޮޑު މިންވަރެކެވެ. އެހެން ކަމުން […]
އުފަން ދުވަހުގެ ހަދިޔާ

އަންހެނަކު އޭނާގެ 70ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް އަމިއްލަ ނަފްސަށް ޚާއްސަ ހަދިޔާއެއް ދިނުމަށް ނިންމިއެވެ. މިގޮތުން އުފަންދުވަހު އެރަށުގެ މަޝްހޫރު ހޮޓަލެއްގައި އެއްރޭ ހޭދަކޮށްލާ އަރާމުކޮށްލުމަށް ނިންމިއެވެ. އުފަން ދުވަސް އައުމުން ވަރަށް އުފަލުން ގޮސް ހޮޓަލުގައި އެރެޔަށް ޗެކް-އިން ވިއެވެ.އަރާމު ކޮޓަރިއެއްގައި ހިތްފަސޭހަ މާހައުލެއްގައި އުފަން ދުވަހާ އެރޭ ހޭދަކޮށްލުމަށެވެ. ހޮޓަލުގައި ހޭދަކުރި ވަގުތުތައް ވަރަށް ވެސް އުފާވެރިއެވެ. އަރާމު ނިންޖަކަށްފަހު ހެނދުނު ތެދުވެގެން ސައިބޮއި ހެދުމަށްފަހު ކަނޑައެޅިފައިވާ ގަޑިއަށް ރިސެޕްޝަން އަށް ގޮސް […]
ހަޤީޤީ މާފޮޅޭނީ މޫސުން ބަދަލުވިޔަސް ގަސް ދޫކޮށްނުލާ އެޔަށް ޚިދުމަތް ކޮށްގެންނެވެ.

ކޮންމެވެސް ރަށެއްގައި އުޅުނު ފިރިހެނަކަށް މުހިންމު ކަމެއްގައި ގޮތެއް ނިންމަން ދަތިވިއެވެ.އެކަމަކީ އޭނާ ހަޤީޤަތުގައި ލޯބިވަނީ އިނދެގެން އުޅޭ އަނބިމީހާ ދެކެތޯ ނުވަތަ ސިއްރު ލޯބިވެރިޔާ ދެކެތޯ، މިމައްސަލައެވެ. މިކަމުގައި ވިސްނާ ވިސްނާވެސް އޭނާއަށް ގޮތެއް ނިންމާކަށް ނޭގުނެވެ.އެންމެ ފަހުން ވިސްނޭ ހަރުފުރައިގެ މީހެއް ކައިރިޔަށް ގޮސް މިކަމުގައި އޭނާގެ ލަފަޔަކަށް އެދުނެވެ. އުމުރުން ދުވަސްވީމީހާ އޭނާގެ ވާހަކަތައް އަޑުއެހުމަށްފަހު މާގަސް އިންދާޒާތުގެ ދެޕޮޓް ގެނެސް އޭނާގެ ކުރިމަތީގައި ބެހެއްޓިއެވެ.އެކަތީގައިވަނީ ވަރަށް ރީތިކޮން ފަރިވެ ފޮޅިފައިވާ ރަތް […]
އެމެރިކާއިން އަނބުރާ ފޮނުވާލަން ކަނޑައަޅާފައިވާ މީހުންގެތެރޭގައި ސްރީލަންކާގެ ތިންހާހަށް ވުރެގިނަ މީހުން ހިމެނޭ

އެމެރިކާގެ ރައީސްކަމާ ދެވަނަ ފަހަރަށް ހަވާލުވެވަޑައިގެންނެވުމަށްހު ޑޮނަލްޑް ޓްރަމްޕް،އެތަނުގެ އިމިގްރޭޝަން ޕޮލިސީއަށް ގެންނެވި ބަދަލުގެ ދަށުން،1،445،549 މީހުން އެމެރިކާއިން އަނބުރާ ފޮނުވާލެއްވުމަށް ވަނީ ނިންމަވާފައެވެ.މީގެ ތެރޭގައި އަވަށްޓެރި ސްރީލަންކާ އަށް ނިސްބަތްވާ 3،065މީހުން ހިމެނެއެވެ. މި އެންމެންނަކީ ގަވާއިދުން އެމެރިކާގެ ރައްޔިތުންނަށް ބަދަލުނުވެ އެތަނުގައި ދިރިއުޅެމުން ގެންދާ މީހުން ކަމަށް ޓްރަމްޕްގެ ސަރުކާރުން ބުނެފައި ވެއެވެ. އަދި މިއީ ޤާނޫނީ ކުށެއްކަމަށް ބުނެފައި ވެއެވެ. މިގޮތަށް ފާހަގަ ކޮށްފައިވާ އެންމެން އަނބުރާ ފޮނުވާލުމުގެ ކަންތައް ބާރަށް ކުރިޔަށް […]
އޮސްޓްރޭލިޔާގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ހައިވޭއެއް ދެބުރިވެއްޖެ

އޮސްޓްރޭލިޔާގެ ކުއީންސްލަންޑަށް ބޯކޮށްވާރޭވެހި ފެންބޮޑުވެ ކުރިމަތިވަމުންދާ ކަންކަމަށް ހައްލު ހޯދާދިނުމަށް އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށް ޚަބަރުލިބެއެވެ.ފެންބޮޑުވުމުގެ ސަބަބުން އެތައްހާސްބަޔަކު ގެދޮރުދޫކޮށް ރައްކާތެރިކަން ހޯދުމަށް މަޖްބޫރުވެފައިވާއިރު ބޮޑެތި ހިސާބުތަކަކުން ވަނީ ކަރަންޓް ވެސް ކެނޑިފައެވެ. ފެންބޮޑުވުމުގެ ސަބަބުން ކުއީންސްލަންޑްގެ މުހިންމު ހައިވޭއެއް ދެބުރިވެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.އަދި މިކަމުގެ ސަބަބަބުން އެހީގެ މަސައްކަތަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ. ފެންބޮޑުވުމުގެ ސަބަބުން ދިމާވި ހާދިސާއެއްގައި 63 އަހަރުގެ އަންހެނަކު މަރުވެފައިވާއިރު ،ކުއީންސްލަންޑްގެ އުތުރުގެ ހިސާބުތައް ކަމަށްވާ […]
ނުބައި އަމަލުގެ ޝަޒާ ތިމާއަށް ލިބޭނެކަން ޔަގީނެވެ.

ކޮންމެވެސް ރަށެއްގެ ފަގީރު ހިސާބެއްގައި އުޅުނު އަންހެނެކެވެ.އޭނާ ކޮންމެ ދުވަހަކުވެސް އާއިލާގެ ކެއުމަށް ރޮށިފިހާއިރު އިތުރަށް އެއްރޮށިފިހެއެވެ.އަދި އެރޮށި ކުޑަދޮރުމަތީގައި ބާއްވައެވެ.އެއަށް ބޭނުން ޖެހިފައިވާ ކޮންމެވެސް އެހެން ފަގީރަކު ނަގާނެކަމަށް ބަލާފައެވެ. މިގޮތަށް ބާއްވާ ރޮށި ކޮންމެ ދުވަހަކުވެސް ނަގާ ސަލާންޖަހާ މީހަކު އުޅެއެވެ. އެހެން ނަމަވެސް އެމީހާ ރޮށިނަގައިގެން ދަމުން ކުޑަމިނުން ޝުކުރުގެ ބަހެއްވެސް ނުބުނެއެވެ. މިކަމާ އަންހެން މީހާ ހުންނަނީ ވަރަށް ރުޅިއައިސްފައެވެ. ސަލާންޖަހާމީހާ ޝުކުރުގެ ބަހެއް ނުބުނި ނަމަވެސް ކޮންމެ ދުވަހަކުވެސް ދަނީ […]
އުފާވެރި ކައިވެންޏެއް ދެމެހެއްޓުމަށް އިތުބާރު ކުރަން ޖެހެއެވެ.

އުފާވެރި ކައިވެންޏެއްގެ ތެރޭގައި ހަޔާތް ވެއަތު ކުރަމުންދިޔަ ޒުވާން ދެމަފިރިން އުޅުނެވެ. ދެމީހުންގެ ދެމެދު ހުރިހާކަމެއް އޮމާންކޮށް ކުރިޔަށް ދިޔަނަމަވެސް ރަގަޅު ކޮށްލަންޖެހޭ ކަމެއް ފިރިމީހާގެ އޮވެއެވެ.އެއީ އޮފީސް ގަޑި ނިމުމަށްފަހު ރައްޓެހިންނާއެކީ ބޭރަށް ގޮސްފަ ގެޔަށް އާދެވޭލެއް ލަސް ވުމެވެ. މިކަމާ އަންހެން މީހާ ވާހަކަ ދައްކާ ދައްކާވެސް އެކަން ރަނގަޅުވާ ގޮތެއް ނުވިއެވެ. މިގޮތަށް ދިމާވި އެއްރެޔެކެވެ. އަންހެން މީހާ ހިތަށް އެރިއެވެ. މިރޭ ލަނޑެއް ދޭނަމެވެ.މިހެން ހިތާ ފިރިމީހާއަށް ކުރު ނޯޓެއް ލިޔުނެވެ.އޭގައިވަނީ، […]
ކޮންމެ ހެއްލުމަކީ ގެއްލުމެކެވެ.

ކޮންމެވެސް ރަށެއްގައި ވަރަށް ގިނައަދަކަށް ރާމާމަކުނު އުޅެއެވެ. މަކުނުގެ އުނދަގުލާއި ހެދި އެރަށުގެ މީހުންނަށް އޮންނަނީ އާންމު ދިރިއުޅުމުގެ ކަންތަކައިގެން ކުރިޔަށް ދިއުމަށްވެސް ދަތިވެފައެވެ. އެކަމަކު ހަދާނެ އެއްވެސް ގޮތެއް ނެތިފައި ތިބެނީ އެވެ. މިހެން ތިއްބާ މިރަށަށް އެއްދުވަހަކު ކޮންމެވެސް އެހެން ރަށެއްގެ ބޮޑު ވިޔަފާރިވެރިޔަކު ކަމަށް ބުނާ މީހަކު އަޔެވެ.އަދި އެރަށުގެ ރައްޔިތުން އެއްކުރުމަށްފަހު ބުންޏެވެ. މިރަށުގައި ރާމާމަކުނު ގިނަ ކަމުން ކަލޭމެންނަށް އުނދަގޫ ވެގެން އުޅޭ ޚަބަރު އަހަރެން އަހައިފީމެވެ.އަހަރެން ތިޔަ މައްސަލަޔަށް […]
ވަޒީފާއިން ކެނޑެން ބޭނުން ސަރުކާރު މުވައްޒަފުންނަށް 8 މަސް ދުވަހުގެ މުސާރަދޭން ޓްރަމްޕް ހުޅުވާލައިފި

އެމެރިކާގައި،ވަޒީފާ އިން ކެނޑެން ބޭނުން ސަރުކާރު މުވައްޒަފުންނަށް 8 މަސް ދުވަހުގެ މުސާރައާއި އެކު ވަކިކޮށްދޭނެ ޕެކެޖެއް،އެމުވައްޒަފުންނަށް ޓްރަމްޕް ހުށަހަޅުއްވައިފިއެވެ. މިއީ ސަރުކާރުގެ ސައިޒް ކުޑަ ކުރުމަށް ހިންގާ ޕްރޮގްރާމް އެއްގެ ދަށުން ކުރާކަމެކެވެ. އެތައް މިލިއަން މުވައްޒަފުންނަށް ފޮނުވި އީމެއިލް އެއްގައި ޓްރަމްޕް ގެ ސަރުކާރުން ވަނީ މި ރެސިގްނޭޝަން ޕްރޮގްރާމްގައި ބައިވެރިވާން ބޭނުން ފަރާތްތަކުން ފެބްރުއަރީ 6ވަނަ ދުވަހުގެ ކުރިން އެކަން އެންގުމަށް ބުނެފައެވެ.އެތާރީޚުން ފެށިގެން ވަޒީފާ ދޫކޮށްދާން އެއްބަސްވާ ފަރާތްތަކަށް 8 މަސްދުވަހުގެ […]
ޓްރަމްޕް މިފަހަރު ފުރަތަމަ ބައްދަލު ކުރައްވާ ބޭރުގެ ލީޑަރަކީ ނަތަންޔާހޫ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެ ރައީސްކަމުގެ ދެވަނަ ދައުރުގައި ފުރަތަމަ ބައްދަލް ކުރައްވާ ބޭރުގެ ލީޑަރަކީ އިސްރޭލްގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ ކަމަށް ނިންމަވައިފިއެވެ.މި ބައްދަލު ކުރެއްވުމަށްޓަކައި ފެބްރުއަރީ 4 ވަނަ ދުވަހު ވައިޓްހައުސް އަށް ވަޑައިގެންނެވުމަށް ނަޔަންޔާހޫ އަށް ވަނީ ޓްރަމްޕް ދައުވަތު ދެއްވާފައެވެ.މިކަން ވަނީ ނަތަންޔާހޫގެ އޮފީހުންވެސް ޔަގީން ކޮށްދީފައެވެ. ނަތަންޔާހޫ ދާދިފަހުން ވަނީ ޕްރޮސްޓްރޭޓް ސާޖަރީ ހައްދަވާފައެވެ.އަދިވެސް އެކަމުން މުޅިން ގަދަ ވެފައިނުވިނަމަވެސް މިދަތުރުފުޅު ކުރައްވާނެކަން ވަނީ ބޮޑުވަޒީރުގެ އޮފީހުން ހާމަކޮށްފައެވެ. […]