ޣައްޒާގެ ކުޑަކުދިންނަށްދޭ ކިރާއި ކާނާ ހުސްވެފައިވުމުން ގިނަ އަދަދެއްގެ ކުދިން މަރުވުމުގެ ބިރު އެބައޮތް

ޣައްޒާގެ ކުޑަކުދިންނަށްދޭ ކިރާއި ކާނާގެ ބާވަތްތައް ހުސްވެފައި ވުމުގެ ސަބަބުން އެއްލައްކަޔަށް ވުރެ ގިނަ ކުޑަކުދިން، 40ހާސް އެންމެ ތުއްތުކުދިން ހިމެނޭ ގޮތުން ދާދި އަވަހަށް ބަނޑަށް މަރުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ގައްޒާގެ މީޑިޔާ އޮފީހުން ހޮނިހިރު ދުވަހު ބުނެފިއެވެ. މީޑިޔާ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިއަދުގެ ޣައްޒާގެ ހާލަތު ސިފަ ކުރެވެނީ ”ސްލޯ މޯޝަން“ ގައި ހިންގަމުންގެންދާ ގަތުލު އާންމެއްގެ ގޮތުގައެވެ. އަދި ހުރިހާ ބޯޑަރ ކްރޮސިންގތައް ބަންދުކޮށް، އިޒްރޭލުން […]

ދެލޯދެއްވާފައި ވިއަސް އަނދިރި މީހުންއުޅެއެވެ.

ބަހަކުން ދަތުރުކުރި ލޮލަށް ނުފެންނަ މީހަކަށް ނޭނގިގެން އިށީދެ އިނދެވުނީ އެބަހުގައި އަންހެނުންނަށް ޚާއްސަ ކޮށްފައިވާ ފަޅީގެ ގޮނޑިއެއްގައެވެ. އެވަގުތު އެބަހަށް އެރި އަންހެނަކު އޭނަޔާދިމާލަށް ހަޅޭއްލަވައިގަތެވެ. ތިޔައީ އަންހެނުންގެ ގޮނޑިއެކެވެ. ކަލެޔަށް ލިޔަން ކިޔަންވެސް ނޭނގެނީ ހެއްޔެވެ. ފިރިހެން މީހާ އެވަގުތު ކުއްލިއަކަށް ގޮޑިން ތެދުވެފަި ބުންޏެވެ.އަހަރެން މީ ލޮލަށް ނުފެންނަ މީހެކެވެ. އެހެންވެ އަހަރެންނަށް ނޭގުނީއެވެ. އަންހެން މީހާ އެވަގުތު ބާރަށް ހިނި ގަނޑެއް ޖަހާލިއެވެ. އަދި ބުންޏެވެ. ”ލޮލަށް ފެންނަންޏާ އެކަނި ދަތުރު […]

ސައޫދީ ރައްޔިތުން ނޫން މީހުންނަށް އެގައުމުން ބިން ގަތުމަށް މަގުފަހި ކޮށްދޭ ގާނޫނާއި އިތުރު ތަފްސީލްތައް ހާމަކޮށްފި

ގައުމުން ބޭރު މީހުންނަށް ސައޫދީއަރަބިއްޔާގައި ”ރިޔަލްއެސްޓޭޓް އޯނަރޝިޕް“ ނުވަތަ ބިންވެރިކަން އަދި އެޔާގުޅޭ ވިޔަފާރި ކުރުމުގެ ހުއްދަދިން ގާނޫނު އަދިއެޔާބެހޭ ގަވާއިދުތައް އެ ގައުމުން އިއުލާން ކޮށްފިއެވެ. މިގާނޫނު އެ ގައުމުގެ ކެބިނެޓުން ފާސްކޮށްފައި ވަނީ މި މަހުގެ ކުރީ ކޮޅުއެވެ. ވަރަށް ފުޅާ ދާއިރާއެއްގައި އެކުލަވާލާފައިވާ، ބޭރު މީހުންނަށް ބިންގަނެ ވިއްކުމާބެހޭ ގާނޫނު އަދި އެއާބެހޭ ގަވާއިދުތައް ގެޒެޓް ކުރެވިފައި ވަނީ ހުކުރު ދުވަހުއެވެ. އަދި މިގާނޫނަށް އަމަލު ކުރަންފަށާނީ 6މަސްދުވަސް ފަހުންނެވެ. ބޭރު މީހުންނަށް […]

ފްރާންސުން ފަލަސްތީނުގެ ދައުލަތް ގަބޫލުކުރަން ތައްޔާރު: މެކްރޯން

އަންނަ ސެޕްޓެމްބަރުމަހު އޮންނަ އދގެ ޖެނެރަލް އެސެމްބްލީގައި ފްރާންސުން ރަސްމީކޮށް ފަލަސްތީނުގެ ދައުލަތް ބަލައިގަންނާނެ ކަމަށް ފްރާންސްގެ ރައީސް އިމެނުއަލް މެކްރޯން ބުރާސްފަތި ދުވަހު ވިދާޅުވެފައިވެއެވެ. ފްރާންސުން މިގޮތަށް އަމަލު ކޮށްފިނަމަ ފްރާންސް ހިމެނިގެންދާނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތް ޖީ- ސެވަންގެ ފުރަތަމަ ގައުމު ކަމުގައެވެ. ފްރާންސްގެ އިތުރުން މިގްރޫޕްގައި ހިމެނެނީ އެމެރިކާ،އިގިރޭސިވިލާތް،އިޓަލީ،ޖަރމަނީ،ކެނެޑާ އަދި ޖަޕާނެވެ. ސޯޝަލްމީޑިޔާ ޕްލެޓްފޯމް އެކްސްގައި ލިއުއްވަމުން މެކްރޯން ވިދާޅުވެފައިވަނީ މިވަގުތު އެންމެ އިސްކަމެއް ދޭންޖެހިފައިވަނީ ޣައްޒާގެ ހަނގުރާމަ ހުއްޓުވުމާއިއެކު ފަލަސްތީން އާބާދީ […]

މޯދީ ރާއްޖެ ވަޑައިގެންނެވުމުގެ ކުރިން އިގިރޭސި ވިލާތަށް ކުރެއްވި ދަތުރުފުޅުގައި ޗާލްސް ރަސްގެފާނާ ބައްދަލު ކުރެއްވި

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަމޯދީ ހުކުރު ދުވަހު ހެނދުނު ފުރަމާނަ ދަތުރު ފުޅެއްގައި ރާއްޖެ ވަޑައިގެންފައިވާއިރު، ދަތުރުފުޅު ފައްޓަވާފައިވަނީ އިގިރޭސިވިލާތަށް ކުރެއްވި ދަތުރު ފުޅަކަށްފަހު އެގައުމުންނެވެ. މިދަތުރު ފުޅުގައި މޯދީވަނީ ޗާލްސް ރަސްގެފާނުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ވެސް ކުރައްވާފައެވެ. ރަސްގެފާނު، ނަރެންދުރަމޯދީއާ ބައްދަލް ކުރައްވާފައިވަނީ ނޯފޯކްގައި ހުންނަ ރަސްގެފާނުގެ ޕްރައިޓް އެސްޓޭޓްގައެވެ. މި ބައްދަލު ކުރެއްވުމުގައި މޯދީ ވަނީ ރަސްގެފާނަށް ޚާއްސަ ގަހެއްވެސް ހަދިޔާ ކުރައްވާފައެވެ. އޭގެ ކުރިން މޯދީވަނީ ބޮޑުވަޒީރު ކީރު ސްޓާމާ އާ ބައްދަލް […]

ބަންގްލާދޭޝް އަށް ބޯޓުވެއްޓުނު ހާދިސާ އަށްފަހު 20 ކުދިން ސަލާމަތް ކުރި ޓީޗަރު ވެސް ވީ މަރު

ބަންގްލާދޭޝްގެ ސްކޫލެއްގެ މައްޗަށް އެއާފޯސް ފައިޓަރ ޖެޓެއް ވެއްޓުނު ހާދިސާއަށްފަހު ކުދިން ސަލާމަތް ކުރުމަށް މަސައްކަތް ކުރި ޓީޗަރު، މުޅި ހަށިގަނޑު ފިހި،ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެއެވެ.ޓީޗަރު މަހްރީން ޗައުދްރީ ހާލުސީރިއަސްވެ އޮވެ އޭނާގެ ފިރިމީހާ ކައިރީ ބުނި ގޮތުގައި އޭނާޔަށް އިހުސާސްވީ ރޯވެފައިވާ ކްލާސްރޫމްތަކުގައި ތިބީވެސް އޭނާގެ އަމިއްލަ ކުދިންގެ ގޮތުގައި ކަމަށެވެ. އެހެންވެ ވީހާވެސް ގިނަ ކުދިން ސަލާމަތް ކުރެވޭތޯ ބެލީ ކަމަށް އޭނާބުނެފައި ވެއެވެ. މަހްރީން ޗައުދްރީ ގެ މަސައްކަތުން ވަނީ ވިއްސަކަށް […]

ދެބެންގެ ހަދިޔާ

ކޮންމެވެސް ރަށެއްގެ ކުޑަ އަވަށެއްގައި ދައްތައަކާއި ފިރިހެން ކޮއްކޮއެއް އެކުއެކުގައި ބޮޑުވަމުންއައެވެ. ކުދިންގެ އުމުރުން ދިހަވަރަކަށް އަހަރުގައި ބައްޕަވަނީ ކުއްލިއަކަށް މަރުވެފައެވެ. އެހެން ކަމުން ދެ ކުދިންގެ ކިޔެވުމާއި އެހެނިހެން ޚަރަދުތައް ބެލެހެއްޓުމަށް މަންމަ އައީ ދެ ވަޒީފާ އަދާކުރަމުންނެވެ. ދެ ކުދިންގެ ތެރެއިން ފިރިހެން ކުއްޖާ ބޭނުންވަނީ މޮޅު އިންޖިނޭރަކަށް ވުމަށެވެ. ނަމަވެސް އޭނާއަކީ އެހާ ކިޔެވުމަށް މޮޅު ކުއްޖެއް ނޫނެވެ. އަންހެން ކުއްޖާ ކިޔެވުމަށް ވަރަށް މޮޅެވެ. އޭނާ ބޭނުންވަނީ މޮޅު ޓީޗަރަކަށް ވާށެވެ.ހަޔަރ […]

މުއްދަތު ހަމަވެފައިވާ ކުޑަކުދިންގެ ކާނާގެ ތާރީޚް ބަދަލުކޮށް އަލުން ވިއްކަމުންދިޔަ 2 ގުދަނެއް ބަންދުކޮށްފި

ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި މުއްދަތު ހަމަވެފައިވާ ކުޑަކުދިންގެ ކާނާގެ މުއްދަތު ހަމަވާ ތާރީޚް ބަދަލުކޮށް އަލުން ޕެކް ކޮށް، ވިއްކުމަށްޓަކައި ދޫކުރަމުން ދިޔަ، ދެގުދަން ރެއިޑްކޮށް އެދެތަން ބަންދު ކޮށްފިއެވެ. އަދި ގަވާއިދާޚިލާފަށް ހިންގަމުން އައި ދެ ގުދަނުގައި ހުރި މުދަލުގެ ވެރިން މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. ސައޫދީ މިނިސްޓްރީ އޮފް ކޮމާސް އިން މައުލޫމާތު ދީފައިވާ ގޮތުގައި ދެ ގުދަން ރެއިޑް ކުރުމުގެ އޮޕަރޭޝަންގައި ވަނީ ފޭކް އެކްސްޕަޔަރީ ޑޭޓް ޖަހާފައިވާ 8 ޓަނުގެ […]

ދުވާލަކު ފަސްދޮޅަހުން، ފަންސާހުން މަރާ ހުސްކުރާއިރު މިކަން ހުއްޓުވާނެ ފަރާތެއްނެތް؟

އިޒްރޭލު ސިފައިންގެ ރަހުމެއްނެތް ހަމަލާ ތަކުގައި ކޮންމެ ދުވަހަކުވެސް ފަލަސްތީނުގެ ފަންސާހަކަށް ފަސްދޮޅަހަކަށް މީހުން ޝަހީދު ވަމުންދާކަމަށް ހަބަރުތަކުގެ ފަލަސުރުހީގައި ވެއެވެ.މިގޮތުން އާދީއްތަ ދުވަހުވެސް ވަނީ އުތުރު ޢައްޒާއިން އެކަނި 67 މީހުން ޝަހީދު ކޮށްލާފައެވެ. އިޒްރޭލް ސިފައިންގެ ހަމަލާތަކުން އާދީއްތަ ދުވަހު އެކަނި ޢައްޒާގެ އެކި ހިސާބުން 93 މީހުން މަރާލާފައި ވެއެވެ.މިހާރަކަށް އައިސް އިޒްރޭލުން ހަމަލާދެނީ އިންތިހާ ދަރަޖައިގެ ބަނޑުހައިހާލުގައިތިބޭ ރައްޔިތުން ކާއެތިކޮޅެއް ހޯދުމަށް އެއްވާ ތަންތަނަށެވެ. ހަމާސް ޖަމާއަތުން ހިންގާ ފަލަސްތީނުގެ ހެލްތު […]

ނާސިންގ ހޯމް

މައިކަލް އޭނާގެ މުސްކުޅި މަންމަ ޓެކްސީއަކަށް ލައިގެން ގެންގޮސް މުސްކުޅިން ބަލަހައްޓާ ތަނަކަށް ލުމަށްފަހު އެއްގޮތަކަށްވެސް މަންމަ ދެކިލަންވެސް ނުދެއެވެ. މަންމަ އެތަނަށް ދޫކޮށްލާފަ ދަމުން އަދި އަންނާނަމޭ ބުނި ނަމަވެސް އެހަނދާނެއް ނެތެވެ. ކޮންމެ ޗުއްޓީ ދުވަހަކު،ކޮންމެ އުފަންދުވަހަކު މައިކަލް އައިސްދާނެ ކަމުގެ އުންމީދުގައި މަންމަ ކުޑަދޮރުކައިރީ ބަލަން އިންތިޒާރުގައި އިނދެއެވެ.ނަމަވެސް މައިކަލް ނާދެއެވެ. ސެންޓަރުގެ މީހުން ލައްވާ ފޯނުންގުޅޭ ފަހަރަކުވެސް ބުނަނީ ބިޒީކަމުން ނުދެވެނީ ކަމުގައެވެ. މަންމަ އެހިތާމައިގައި ރޮއިރޮއި އިނދެއެވެ. މިހެންގޮސް އެއްރެޔަކު […]