އިޒްރޭލުގެ މޮސާޑުން އީރާނުގެ އެތެރޭގައި ހިންގަމުން އައި ޑްރޯން އުފައްދާ ތަނެއް ފެނިއްޖެ

އިޒްރޭލުގެ ނެޝަނަލް އިންޓެލިޖަންސް އޭޖެންސީ މޮސާޑުން އީރާނުގެ އެތެރޭގައި ހިންގަމުން އައި، ތަންތަން ގޮއްވާލަން ބޭނުންކުރާ ޑްރޯން އުފައްދާ ތަނެއް ފެނިއްޖެ ކަމަށް އީރާނުގެ އިންޓެލިޖަންސް އިދާރާއިން ޚަބަރުދީފިއެވެ. ވެރިރަށް ތެހެރާންގައި ސިއްރުން ހިންގަމުން އައި ޑްރޯން އުފައްދާ ފެސިލިޓީ ފުލުހުން ރެއިޑްކުރިއިރު ހައިޓެކް ޑްރޯން އުފެއްދުމަށް ބޭނުންކުރާ ގިނަ އަދެއްގެ ބައިތައް ފެނި އަތުލާފައިވެއެވެ. މީގެ އިތުރުން އެތަން ހިންގުމުމަށް އެހީތެރިވެދިންކަމަށް ތުހުމަތު ކުރެވޭ އެތައްބަޔަކުވެސް ވަނީ ހައްޔަރު ކޮށްފައެވެ.އިޒްރޭލުގެ އަސްކަރިއްޔާއިން އީރާނާ ދެކޮޅަށް ޖޫންމަހު […]

”ސްކޭމް ކޯލް“ ސެންޓަރެއްގައި މަސައްކަތް ކުރަމުންދިޔަ 149 މީހުން ފުލުހުން ހައްޔަރު ކޮށްފި

ޕާކިސްތާންގެ ފައިސަލްއާބާދުގައި ހިންގަމުންގެންދިޔަ ސްކޭމް ކޯލް ސެންޓަރެއް އެގައުމުގެ ފުލުހުން ރެއިޑްކޮށް 149 މީހުން ހައްޔަރު ކޮށްފިއެވެ. ޕާކިސްތާންގެ ނެޝަނަލް ސައިބާކްރައިމް އިންވެސްޓިގޭޝަން އޭޖެންސީ އިން ބުނި ގޮތުގައި ފުލުހުން ހަރަކާތްތެރިވެފައިވަނީ އެސެންޓަރާބެހޭގޮތުން ލިބުނު އިންޓެލިޖަންސް މައުލޫމާތަކާ ގުޅިގެން ކަމުގައެވެ.ފައިސަލްއާބާދުގައި ހިންގަމުންގެންދިޔަ ސްކޭމް ކޯލް ސެންޓަރުން ކުރަމުން ގެންދިޔައީ ޕޮންޒީ ސްކީމް ތަކުގައި މީހުން ޖައްސާ ހީލަތްތެރިކަމާއެކު ބޮޑެތި އަދަދު ތަކުން ފައިސާ އަތުލުމުގެ މަސައްކަތް ކަމަށް ޚަބަރުތައް ބުނެއެވެ.ހައްޔަރު ކުރެވުނު މީހުންގެ ތެރޭގައި ޕާކިސްތާންގެ 78 […]

”ވިއްސާރަ ކުޑަ“

އަހަރެން ކުޑައިރު ކާފަ އަހަރެންގެ ގާތުގައި ބުނުއްވާ ވާހަކައެއް އޮވެއެވެ. އެ ބުނުއްވާ އެއްޗެއްގެ މާނަ އޭރަކު ނުވިސްނެއެވެ. ކާފަ ބުނުއްވައެވެ.”ހަމައެކަނި ވިއްސާރަ ވެހޭއިރު ކުޑައެއްހޯދަން އަންނަ ރައްޓެހިންނަށް ކުޑަ ނުދޭށެވެ.“ އޭރު އަހަރެންގެ ހިތަށް އަރައެވެ.ކާފަ ހަމަ މޮޅު އެއްޗެއް ބުނެލީއެވެ. އެކަމާމެދު މާބޮޑަކަށް ނުވިސްނަމެވެ.އެއްޗެކޭ ނުބުނެ ހިނިތުން ވެލުމަށްފަހު ކުރަން ހުންނަ ކަމެއް ކުރަން ދަނީއެވެ.ނަމަވެސް އަހަރެންވެސް ދުނިޔޭގައި އުޅެ، ފުރާފުރިހަމަވެ، ބޮޑުމީހަކަށް ވުމުން ކާފަ އެބުނުއްވާ އެއްޗެއްގެ މާނަޔާމެދު ވިސްނަން ފެށީމެވެ. ބައެއްރައްޓެހިން […]

ގުޖުރާތުގައި ބްރިޖަކުން ބައެއް ވެއްޓި 15 މީހުން މަރުވެއްޖެ

އިންޑިޔާގެ ގުޖުރާތުގައި ބްރިޖަކުން ބައެއްވެއްޓި ބުދަދުވަހު ހިނގި ހާދިސާގައި މަރުވި މީހުންގެ އަދަދު 15އަށް އަރައިފިއެވެ. މިހާދިސާއަށްފަހު ސަލާމަތްވި ބައެއްމީހުން ބުނެފައިވާ ގޮތުގައި ބްރިޖްގެ ބައެއް ވެއްޓުމުގެ ކުރިން ބާރު ގޮވުމެއްކަހަލަ އަޑެއް އިވިފައިވެއެވެ.އަދި ބައެއްމީހުން ބިންހެލުމެއް އައީ ކަމަށް ހީކުރިކަމަށްވެސް ޚަބަރުތައް ބުނެފައި ވެއެވެ. ގުޖްރާތު ސަރުކާރުން ބުނެފައިވާ ގޮތުގައި ބްރިޖްގެ ބައެއް ވެއްޓެން ދިމާވި ސަބަބު އަދިވެސް ނޭގެއެވެ. އެކަން ބެލުމަށް ތަހުގީގު ކުރަމުން ދާކަމަށް ބުރާސްފަތި ދުވަހު ބުނެފައި ވެއެވެ.އިތުރު ދެމީހުންނާއެކު ވޭން […]

އިޒްރޭލަށް ކުރެއްވި ތާއީދާއި އެކު ”ކްރައުން ޕްރިންސް“ ރިޒާ ޕެހްލަވީ އަށް އަމިއްލަ ގައުމުގައި އޮތް ތާއީދު ގެއްލުނީތަ؟

އިޒްރޭލުން އިސްވެ އިރާނަށް އުދުވާނީ ހަމަލާތަކެއް ދިނުމާއި ގުޅިގެން ފެށިގެންދިޔަ 12 ދުވަހުގެ ހަނގުރާމަ ހުއްޓާލި ދުވަސް ކަމަށްވާ ޖޫން މަހުގެ 24 ވަނަ ދުވަހު، އިރާންގައި އެންމެ ފަހުން ހުންނެވި ޝާހްގެ ދަރިކަލުން ރިޒާ ޕެހްލަވީ ވަނީ ޕެރިހުގައި ވަގުތުން ދުރަށް ދެއްކި ނޫސް ކޮންފަރެންސެއް ބާއްވަވާފައެވެ. މި ޕްރެސް ކޮންފަރެންސްގައި ،އުމުރުފުޅުން މިހާރު 64 އަހަރުގެ ރިޒާ ޕެހްލަވީ ވަނީ އެމެރިކާއިން އިރާން ސަރުކާރާއެކު އަލުން ޑިޕްލޮމެޓިކް ވާހަކަ ތަކަށް ދިއުމަކީ އިރާން ސަރުކާރަށް […]

ޣައްޒާގައި ހުންނަ އިންޑޮނީޝިޔާ ހޮސްޕިޓަލުގެ ޑައިރެކްޓަރ ޝަހީދު ކޮށްލައިފި

އިންޑޮނީޝިޔާއިން ޣައްޒާގައި އަޅާދީ ހިންގަމުން އައި ހޮސްޕިޓަލުގެ ޑައިރެކްޓަރުގެ ގެޔަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ޑައިރެކްޓަރ ޑޮކްޓަރ މަރުވާން ސުލްތާން އާއި އޭނާގެ އާއިލާގެ އެތައްބަޔަކު ޝަހީދު ކޮށްލައިފިއެވެ. ޣައްޒާ ސިޓީގައި ހުންނަ ޑޮކްޓަރ މަރުވާން ސުލްތާންގެ ގެޔަށް ދިން ހަމަލާ ކުށްވެރި ކުރަމުން ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޑޮކްޓަރ މަރުވާން އަކީ ސިއްހީ ހިދުމަތުގައި އިޚުލާސްތެރިކަމާއިއެކު ގިނަ އަހަރުތަކެއްވަންދެން މަސައްކަތް ކުރަމުން އައިސްފައިވާ ފަރާތެކެވެ. އަދި އެފަދަ ރަހުމު ކުޑަގޮތަކަށް މެޑިކަލް […]

ސާރާ

ހަނގުރާމައެއްގައި ބައިވެރިވުމަށް ދިޔަ، ސާރާ ކިޔާ ޒުވާން އަންހެން ސިފައިންގެ މީހަކު، ދިޔަތާ އެއްއަހަރުފަހުން އެއްދުވަހަކު އޭނާގެ ގެޔަށް ފޯނު ކުރިއެވެ. އޭނަގެ ބައްޕަ ފޯނު ނެގުމުން ސާރާ ވަރަށް އުފަލުން ވާހަކަދައްކާލުމަށްފަހު ބުންނެވެ. ”ބައްޕާއެވެ. އަޅުގަނޑު މާދަމާ ގެޔަށް އެބަދަމެވެ.“ މި ވާހަކަ އަޑު އިވުމުން ކައިރީގައި އިން ސާރާގެ މަންމަ ވަރަށް އުފާވެލާފައި ބުންޏެވެ.“ތިޔައީ ހާދަ އުފާވެރި ޚަބަރެކެވެ. ދަރިފުޅަށް އެންމެ މީރު ކާއެއްޗެތި ހަދައިގެން މަންމަ އާއި ބައްޕަ ދަރިފުޅަށް އިންތިޒާރު ކުރާނަމެވެ.“އެވަގުތު […]

މެލޭޝިޔާ ސަރުކާރުންދޭ ”ހިޖްރަ ޕާސޯނަލިޓީ އޮފް ދަ އިޔަރ“ ސައޫދީގެ ހައްޖު މިނިސްޓަރަށް

ސައޫދީ އަރަބިއްޔާ ސަރުކާރުންދޭ ޝަރަފްވެރި އެވޯޑެއް ކަމަށްވާ ”ހިޖްރަ ޕަރސޯނަލިޓީ އޮފް ދަ އިޔަރ“، ސައޫދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީޤް އަލް ރާބިއާ އަށް އަރުވައިފިއެވެ. ”ޕްރޮފެޓްސް ހިޖްރަ އެވޯޑް“ގެ ނަމުންވެސް މަޝްހޫރުވެފައިވާ މި ބައިނަލްއަގްވާމީ އެވޯޑް މިނިސްޓަރ ރާބިއާ އަށް އަރުވާފައިވަނީ މެލޭޝިޔާގެ ރަސްގެފާނު އިބްރާހިމް ބިން އިސްކަންދަރެވެ. އެވޯޑް، މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީޤް އަލް ރާބިއާ އަށް އަރުވާފައިވަނީ ހައްޖު އަދި […]

އިޒްރޭލް އީރާނު ހަމަލާތަކުގައި ޝަހީދުވި އަސްކަރީ ވެރިންގެ ޖަނާޒާ ރަސްމީ އިއްޒަތުގައި ބާއްވައިފި

އިޒްރޭލާ އިރާނާ ދެމެދު ކުރިޔަށް ދިޔަ 12 ދުވަހުގެ ހަނގުރާމައިގައި ޝަހީދުވި އިސް މިލިޓަރީ ކޮމާންޑަރުންނާއި ނިއުކްލިއަރ ސައިންޓިސްޓުން ހިމެނޭހެން 60 މީހެއްގެ ޖަނާޒާ މިއަދު ރަސްމީ އިއްޒަތުގައި ބާއްފާފައިވެއެވެ. ވެރިރަށް ތެހްރާންގެ މެދުތެރޭގައިވާ ގަބުރުސްތާނެއްގައި ޖަނާޒާ ކުރިޔަށް ދިޔައީ ގިނަ ބައެއްގެ ހާޒިރުގައެވެ. ކަޅުހެދުމުގައި އެއްވެފައިވާ މީހުން ވަނީ މަރުވި މީހުންގެ ފޮޓޯތަކާއި އަދި އިރާނުގެ ދިދަ ބޭނުންކޮށް ހިތާމަ ފާޅުކުރުމުގެ ޝުއޫރުތައް ފާޅުކޮށްފައެވެ. މިއަދު ފަސްދާނުލެވުނު އެންމެ އިސް ބޭފުޅުންގެތެރޭގައި އެންމެ އިސް މިލިޓަރީ […]

ސައޫދީ އެއާލައިނެއްގެ ކެބިން މެނޭޖަރު ދަތުރު މަތީގައި މަރުވެއްޖެ

ސައޫދީ އަރަބިއްޔާގެ ޖިއްދާއިން ފުރައިގެން ލަންޑަން އަށް ދަތުރުކުރި ސައޫދީ އެއާލައިން ”ސައުދިއްޔާ“ގެ މަތިންދާބޯޓެއްގައި ޑިއުޓީގައި ހުރި ކެބިން މެނޭޖަރު ކުއްލިގޮތަކަށް މަރުވެއްޖެއެވެ. ބުރާސްފަތި ދުވަހު ހިނގި މި ހާދިސާގައި ކެބިން މެނޭޖަރު މުހްސިން ބިން ސައީދު އަލްޒަހްރާނީ މަރުވެފައި ވަނީ ސިއްހީ ކުއްލި މައްސަލައެއް ކުރިމަތިވުމުން ކެބިން ކްރޫ އަދި ބޯޓުގައި އެ ވަގުތު ތިބި ޑޮކްޓަރުންނާއި ނަރުހުން ފަރުވާދީދީ އޮއްވާ ކަމަށް ވެއެވެ. ހާދިސާ ކުރިމަތިވުމަށްފަހު ބޯޓުވަނީ އިމަޖެންސީކޮށް މިސްރުގެ ކައިރޯ އިންޓަނޭޝަނަލް އެއާޕޯޓްގައި […]