ދުވާލަކު ފަސްދޮޅަހުން، ފަންސާހުން މަރާ ހުސްކުރާއިރު މިކަން ހުއްޓުވާނެ ފަރާތެއްނެތް؟

އިޒްރޭލު ސިފައިންގެ ރަހުމެއްނެތް ހަމަލާ ތަކުގައި ކޮންމެ ދުވަހަކުވެސް ފަލަސްތީނުގެ ފަންސާހަކަށް ފަސްދޮޅަހަކަށް މީހުން ޝަހީދު ވަމުންދާކަމަށް ހަބަރުތަކުގެ ފަލަސުރުހީގައި ވެއެވެ.މިގޮތުން އާދީއްތަ ދުވަހުވެސް ވަނީ އުތުރު ޢައްޒާއިން އެކަނި 67 މީހުން ޝަހީދު ކޮށްލާފައެވެ. އިޒްރޭލް ސިފައިންގެ ހަމަލާތަކުން އާދީއްތަ ދުވަހު އެކަނި ޢައްޒާގެ އެކި ހިސާބުން 93 މީހުން މަރާލާފައި ވެއެވެ.މިހާރަކަށް އައިސް އިޒްރޭލުން ހަމަލާދެނީ އިންތިހާ ދަރަޖައިގެ ބަނޑުހައިހާލުގައިތިބޭ ރައްޔިތުން ކާއެތިކޮޅެއް ހޯދުމަށް އެއްވާ ތަންތަނަށެވެ. ހަމާސް ޖަމާއަތުން ހިންގާ ފަލަސްތީނުގެ ހެލްތު […]
ނާސިންގ ހޯމް

މައިކަލް އޭނާގެ މުސްކުޅި މަންމަ ޓެކްސީއަކަށް ލައިގެން ގެންގޮސް މުސްކުޅިން ބަލަހައްޓާ ތަނަކަށް ލުމަށްފަހު އެއްގޮތަކަށްވެސް މަންމަ ދެކިލަންވެސް ނުދެއެވެ. މަންމަ އެތަނަށް ދޫކޮށްލާފަ ދަމުން އަދި އަންނާނަމޭ ބުނި ނަމަވެސް އެހަނދާނެއް ނެތެވެ. ކޮންމެ ޗުއްޓީ ދުވަހަކު،ކޮންމެ އުފަންދުވަހަކު މައިކަލް އައިސްދާނެ ކަމުގެ އުންމީދުގައި މަންމަ ކުޑަދޮރުކައިރީ ބަލަން އިންތިޒާރުގައި އިނދެއެވެ.ނަމަވެސް މައިކަލް ނާދެއެވެ. ސެންޓަރުގެ މީހުން ލައްވާ ފޯނުންގުޅޭ ފަހަރަކުވެސް ބުނަނީ ބިޒީކަމުން ނުދެވެނީ ކަމުގައެވެ. މަންމަ އެހިތާމައިގައި ރޮއިރޮއި އިނދެއެވެ. މިހެންގޮސް އެއްރެޔަކު […]
ސައޫދީއަރަބިއްޔާގައި ގަވާއިދާއި ޚިލާފަށް އުޅެމުން ދިޔަ 23 ހާހަށް ވުރެ ގިނަ މީހުން ހައްޔަރު ކޮށްފި

ސައޫދީއަރަބިއްޔާ ގައި ހެދިފައިވާ ގަވާއިދުތަކާ ޚިލާފަށް އުޅެމުންދާ މީހުން ހޯދުމަށް އެންމެ ފަހުން ހިންގުނު އޮޕަރޭޝަންގެ ދަށުން 23،167 މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ޚަބަރު ލިބެއެވެ. މި މީހުންނަކީ އެތަނުގެ ރެސިޑެންސީ ގަވާއިދު،ލޭބަރ ގަވާއިދު، އަދި ބޯޑަރ ސެކިއުރިޓީ ގަވާއިދާއި ޚިލާފަށް އުޅެމުން އައިސްފައިވާ މީހުންނެވެ. ޖުލައިމަހުގެ 10ން 16 އަށް ހިންގުނު އޮޕަރޭޝަންގައި ރެސިޑެންސީ ގަވާއިދާއި ޚިލާފަށް އުޅެމުން އައި 14،525 މީހުން، ބޯޑަރ ސެކިއުރިޓީ ގާނޫނާ ޚިލާފަށް އުޅެމުން އައި 5،511 މީހުން […]
ހިތި ތަޖުރިބާ

ސާރާގެ ފިރިމީހާ އަހުމަދު އެއްދުވަހަކު އިމާރާތެއްގެ މަތިން ވެއްޓިގެން ހޮސްޕިޓަލަށް ގެންދިޔައެވެ. އެއްއަހަރުގެ ފިރިހެން ދަރިފުޅު ޕްރޭމް އަކަށް ލައިގެން ސާރާ އަވަސްއަވަހަށް ގޮސް ހޮސްޕިޓަލަށް ވަންއިރު އަހުމަދު ވީލްޗެއާއަކަށް ލައިގެން ޑޮކްޓަރު ތިއޭޓަރުން ނިކުންނަނީއެވެ. އޭނާ ފެނުމުން އަވަހަށް ގޮސް އަހުމަދު ގައިގައި ބައްދާލުމަށްފަހު ސާރާ ބުންޏެވެ. އަހަރެންހީކުރީ މަރުގެ އެތިފަހަރެއް ކަމަށެވެ.މިހެން ބުނުމުން ޑޮކްޓަރު ބުންޏެވެ.އާއެކެވެ. މިފަހަރު އަހުމަދު މަރުނުވެ ސަލާމަތް ވެއްޖެއެވެ.އެކަމަކު އޭނާގެ ދެފައިގެ ވާގިވަނީ ނެތިފައެވެ. އޭނާ ރަނގަޅަށް ބަލަހައްޓައިގެން ގެންގުޅެން […]
20އަހަރު ކޯމާގައި އޮންނެވުމަށްފަހު ސައޫދީ ޕްރިންސް އަލް ވަލީދް ބިން ޚާލިދު އަވަހާރަ ވެއްޖެ

”ސްލީޕިންގ ޕްރިންސް“ގެ ނަމުން މަޝްހޫރުވެފައިވާ ސައޫދީ ޕްރިންސް އަލް ވަލީދް ބިން ޚާލިދު އަވަހާރަވެއްޖެ އެވެ. އޭނާ އަވަހާރަވިކަން އިއުލާން ކުރައްވާފައިވަނީ ބައްޕަ،ޕްރިންސް ޚާލިދު ބިން ޠަލާލް އެވެ. ޕްރިންސް އަލް ވަލީދް ބިން ޚާލިދު ބިން ޠަލާލް ކޯމާގެ ހާލަތަށް ދިޔައީ ކިޔަވާ ވިދާޅުވަން ލަންޑަންގައި ހުންނެވިއިރު 2005 ވަނަ އަހަރު ހިނގި ނުރައްކާތެރި ޓްރެފިކް އެކްސީޑެންޓަކަށް ފަހުއެވެ. އެދުވަހުން ފެށިގެންވެސް ލައިފް ސަޕޯޓުން ނަގަން ބައްޕާފުޅު ޕްރިންސް ޚާލިދު ބިން ޠަލާލް ވަނީ ދެކޮޅު […]
ބައްޕަގެ ނަސޭހަތް

އެއްދުވަހަކު ތިން މީހުންގެ ކުޑަކުޑަ އާއިލާއެއް އެކުގައި ހެނދުނުގެ ނާސްތާ ކުރަން ތިއްބެވެ. އުމުރުން 20 އަހަރުގެ ފިރިހެން ދަރިފުޅާ މަންމަ އާއި ބައްޕައެވެ. ހުރިހާ ކަމެއް ދަނީ ބަރާބަރަށްހެން އިރުކޮޅަކަށް ހީވިއެވެ. ނަމަވެސް މިހެންތިއްބާ ކުއްލިއަކަށް ބައްޕަ ދަރިފުޅާ ދިމާލަށް ވަރަށް ބާރަށް ބުންޏެވެ. ހަމަ މިހާރު މިގޭން ނިކުމެގެން ދާށެވެ. މިގެޔަކު ދެން ކަލެޔަކަށް ނުހުރެވޭނެއެވެ. ހަމަ މިހާރު އެއްޗެހިކޮޅު ހިފައިގެން ނިކުމެގެން ދާށެވެ.މިހެން ބުނުމުން ކުއްޖާވެސް ކުއްޖާގެ މަންމަވެސް ވަރަށް ހައިރާން ވިއެވެ. […]
އިންޑޮނީޝިޔާގައި ބޭބީ ޓްރެފިކް ކުރާބަޔަކު ހައްޔަރުކޮށްފި: ބަނޑުގަ އޮއްވާ ދަރިފުޅު ރިޒާރވް ކޮށްފައި އެބަހުރި

އިންޑޮނީޝިޔާގައި ބޭރު ގައުމުތަކަށް ތުއްތުކުދިން ވިއްކަމުން ގެންދިޔަބަޔަކު އެގައުމުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ. މި މީހުން 2023ން ފެށިގެން މަދުވެގެން 25 ބޭބީ ނުވަތަ އެންމެ ތުއްތު ފުރައިގެ ކުދިން ސިންގަޕޫރުގެ އެކިފަރާތްތަކަށް ވިއްކާފައިވާކަމަށް ވެއެވެ.އިންޑޮނީޝިޔާގެ ދެ ސިޓީއެއްގައި މި ހަރަކާތް ހިންގަމުން ދިޔައިރު މިކަމުގައި ބައިވެރިވި 13 މީހަކު ވަނީ މިހާރު ހައްޔަރު ކޮށްފައެވެ. އަދި ވަރަށް އަވަހަށް ބޭރަށް ފޮނުވުވުމަށް ތައްޔާރު ވަމުންދިޔަ ހަ ކުދިން ވަނީ ސަލާމަތް ކޮށްފައެވެ. މިހުރިހާ ކުދިންނަކީވެސް އެއްއަހަރުން […]
އެންމެ އުމުރުން ދުވަސްވީ މެރަތަން ދުވުންތެރިޔާ މަގުމަތީގެ އެކްސީޑެންޓެއްގައި މަރުވެއްޖެ

އެންމެ އުމުރުވަސްވީ މެރަތަން ދުވުންތެރިޔާކަމަށް ބެލެވޭ، އުމުރުން 114 އަހަރުގެ ފައުޖާ ސިންގް ގައިގައި ކާރަކުން ޖެހި ހިނގި އެކްސީޑެންޓެއްގައި އޭނާ މަރުވެއްޖެއެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ފައުޖާ ސިންގް ގައިގައި ކާރަކުން ޖެހި ހިނގި އެކްސީޑެންޓަށް ފަހު ހިސާބުގަނޑުގައި ތިބި މީހުން ހޮސްޕިޓަލަށް ގެންދިޔަ ނަމަވެސް އޭނާވަނީ ހޮސްޕިޓަލުގައި މަރުވެފައެވެ. ފުލުހުން މިހާރު ދަނީ ފައުޖާ ސިންގް ގައިގައި ޖެއްސި ކާރު ހޯދަމުން ކަމަށް ޚަބަރު ލިބެއެވެ.އިންޑިޔާ ގެ ޕަންޖާބަށް އުފަން ފައުޖާސިންގ ވަނީ […]
ބަރުދަން ލުއިކުރުމަށް ބޭނުންކުރާ ބޭސްތައް އަމިއްލަޔަށް ހޯދައިގެން ބޭނުން ނުކުރުމަށް ސައޫދީ ސިއްހީ އިދާރާއިން އަންގައިފި

ހަށިގަނޑުގެ ބަރުދަން ލުއި ކުރުމަށް މިހާރަކަށް އައިސް އެކި މީހުން ބޭނުން ކުރަމުން އަންނަ އޮޒެމްޕިކް އަދި މައުންޖޭރޯ ފަދަ ބޭސްތައް،ދާއިރާއިން މައުލޫމާތުލިބި ހުރި ފަރާތެއްގެ ސުޕަވައިޒް ކުރުމެއްނެތި އަމިއްލަޔަށް ބޭސް ހޯދައިގެން ބޭނުން ނުކުރުމަށް އަންގާ ސައޫދީއަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހެލްތު ޑޮކްޓަރ އަބުﷲ އަސީރީ އާންމު އިންޒާރެއް ނެރުއްވައިފިއެވެ. އަދި އެފަދަ ބޭސްތައް އަމިއްލަޔަށް ބޭނުން ކުރަމުން ދިއުމަކީ ސީރިއަސް ހެލްތު ”ރިސްކު“ ކުރިމަތިވެދާނެ ކަމެއްކަމަށް ޑޮކްޓަރ އަސީރީ ވިދާޅުވެފައި ވެއެވެ. އެކްސް […]
މަންމަ

މިއީ ރަޝިޔާގައި ހިނގާފައިވާ ހާދިސާއެއްގެ މައްޗަށް ލިޔެފައިވާ ވާހަކައެކެވެ. އަހަރެންގެ މަންމަ އަހަރެން ދޫކޮށްލީ ވިހޭތާ ދިހަވަރަކަށް ދުވަސްވެސް ނުވަނީހެވެ.އަގުހެޔޮ ރަޖާ ކޮޅަކަށްލާއޮޅާލައި ކުޑަ ބާސްކެޓަކަށް ލާފަ އަހަރެން ގެންގޮސްބާއްވާފަ އޮތީ ނުވެސް ދަންނަ ބައެއްގެ ގޭގެ ދޮރުމަތީގައެވެ. އަހަރެންގެ ފުރަތަމަ ރުއިމުގެ އަޑު އިވި އެމަންމަގެ ހިތުގައި ރަހުމެއް ނުއުފެދުނެވެ.ކުނި އުކާލާގޮތަށް ވަށިގަނޑަކަށް ލާފަ ގެންގޮސް އެއްލާލީއެވެ. އެގޭ ދެދެމަފިރިން ހެނދުނު ދޮރުހުޅުވާލިއިރު އަހަރެން ފެނި ވަރަށް ބޮޑަށް ހައިރާން ވިއެވެ. އަދި އެކަންކުރި މީހާ […]