ރަނިލް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފި

ސަރުކާރުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތުގައި އިއްޔެ ހައްޔަރު ކުރެވުނު ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންގހާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.ރަނިލް އެޑްމިޓްކުރީ އޭނާ އިއްޔެ ގެންދެވުނު ވެލިކަޑަ ޖަލުގައި ހުންނަ ހޮސްޕިޓަލުގައި ކަމަށް ވެއެވެ. ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ ކުރިން ކޮލޮމްބޯ ފޯޓް މެޖިސްޓްރޭޓް ނިލުޕުލީ ލަންކާޕޫރާ ގެ އަމުރަކުން އޮގަސްޓް 26ހާހަމަޔަށް ވަނީ ރަނިލްގެ މައްސަލަ ރިމާޑް ކޮށްފަ، ނުވަތަ މެދުކަނޑާލާފައެވެ. ހުކުރު ދުވަހު ވިކްރަމަސިންގހާ ހައްޔަރު ކުރެވުނީ 2023 ވަނަ […]
ސަރުކާރުގެ ފައިސާއަށް ޚިޔާނަތްތެރި ވުމުގެ ކުށުގައި ސްރީލަންކާގެ ކުރީގެ ރައިސް ރަނިލް ވިކްރަމަސިންހާ ހައްޔަރު ކޮށްފި

ސަރުކާރުގެ ފައިސާ ނަހަމަގޮތުގައި ބޭނުންކުރެއްވުމުގެ ކުށުގައި ސްރީލަންކާގެ ކުރީގެ ރައިސް ރަނިލް ވިކްރަމަސިންގހާ ހައްޔަރު ކޮށްފި ކަމަށް ޚަބަރު ލިބެއެވެ. މިމައްސަލައިގައި ރަނިލްގެ މައްޗަށް ތިން ދައުވާއެއް އުފުލޭނެއެވެ.އެއީ ރައީސް ކަމުގައި ހުންނެވި ދުވަސްވަރު ގައުމުން ބޭރަށް ކުރެއްވި އަމިއްލަ ދަތުރު ތަކަކަށް ސަރުކާރު ފައިސާބޭނުން ކުރެއްވި ކަމުގެ ތުހުމަތުގައެވެ. ރަނިލް ވިކްރަމަސިންގހާ ހުކުރުދުވަހު ފުރަތަމަ ހާޒިރު ކުރެވުނީ ބަޔާން ނެގުމަށްޓަކައި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށެވެ. އެއަށްފަހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކޮށްފައިވެއެވެ. ރަނިލް […]
ސައޫދީ އަރަބިއްޔާގައިވެސް ކަރަންޓް ނަރުން ވައްކަން!

ސައޫދީ އަރަބިއްޔާގެ ރިޔާޟްގައި، ސްކޫލްތަކާއި އެފަދަ ބައެއް ސަރުކާރު އަދި އަމިއްލަ ތަންތަން ކަރަންޓް ވައިރުކޮށްފައިވާ ނަރުތައް ނައްޓާ، އެއިން ވައްކަން ކުރި ގައުމުން ބޭރުގެ ގިނަ ބަޔަކު ހައްޔަރު ކޮށްފިއެވެ. ސެކިއުރިޓީ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި މިމީހުން ނަރުތައް ނެއްޓުމަށްފަހު ހުއްދަނެތި ހިންގާ ގުދަންތަކުގައި ބަހައްޓައިގެން ނަރުތައް ވިއްކަމުން ގެންދެއެވެ.މިމީހުންނާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް މިހާރު ޕަބްލިކް ޕްރޮސެކިއުޓަރުގެ އޮފީހަށް ފޮނުވިފައިވާ ކަމަށް ޕަބްލިކް ސެކިއުރިޓީ އިދާރާއިން ބުނެފައިވެއެވެ. މި ވައްކަމުގެ ސަބަބުން ރިޔާޟް ގެ […]
މުޅި ޣައްޒާ ސިޓީ ހިޞޯރު ކުރުމަށް ޔަހޫދީ ފައުޖުން ހިންގާ އޮޕަރޭޝަން ފަށައިފި

މުޅި ޣައްޒާސިޓީ ހިޞޯރު ކުރުމަށް ޔަހޫދީ ފައުޖުން ހިންގާ އޮޕަރޭޝަންގެ ފުރަތަމަ ބުރު ބުރާސްފަތި ދުވަހު ފެށުމާއި ގުޅިގެން އެސަރަހައްދުގައި ދިރިއުޅޭ ފަލަސްތީނުގެ މިލިއަނެއްހާ މީހުން އެސަރަހައްދު ދޫކޮށް ދާންފަށައިފިއެވެ. ޣައްޒާ ސިޓީ އިސްތިޢުމާރުކޮށް، އެ ސަހަރުގައި ދިރިއުޅެމުންދާ މިލިޔަނެއްހާ ރައްޔިތުން އަޅުވެތި ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ އެ ރަށުގެ ރަށްބޭރަށް އަސްކަރީ ޓޭންކުފަހަރާއި ބަރުހަތިޔާރު ގިނަ އަދަދަކަށް ޖަމާކޮށްފައެވެ. އަދި، ނުރައްކާތެރި ހަތިޔާރުތައް ބޭނުން ކޮށްގެން އެ ރަށުގެ ޢާންމުން […]
އަމިއްލަޔަށް ވިސާއަށް އެދެވޭ ”ނުސުކް އުމްރާ“ގެ ޚިދުމަތް ތައާރަފް ކޮށްފި

ބޭރު ގައުމުތަކުގެ މީހުންނަށް،މެދުވެރިވާނެ ފަރާތެއް ނެތި އޮންލައިންކޮށް އަމިއްލަޔަށް އުމްރާ ވިސާއަށް އެދެވޭ ”ނުސުކް އުމްރާ“ ގެ ޚިދުމަތް ސައުދީއަރަބިއްޔާ ސަރުކާރުން ބުދަދުވަހު ތައާރަފް ކޮށްފިއެވެ. މިޚިދުމަތުގެ ދަށުން އުމްރާވެރިން ތިބޭނެ ތަންތަން ހަމަޖެއްސުމާއި އަދި ދަތުރު ކުރާނެ ވެހިކަލް ވެސް އަމިއްލަޔަށް ހަމަޖެއްސޭނެއެވެ. ސައޫދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ނުސުކް އުމްރާ ގެ ޚިދުމަތް ތައާރަފްކުރީ ބޭރު ގައުމުތަކުން އުމްރާވުމަށް ދަތުރު ކުރާ ފަރާތްތަކަށް ދަތުރުގެ ކަންކަން އިތުރަށް ފަސޭހަކޮށްދިނުމަށް އަމާޒު […]
އެމާ

އެއީ ހޮނިހިރު ދުވަހެކެވެ. އާދައިގެ މަތިން ހެނދުނު އަހަރެން ދިޔައީ ކުރިޔަށް އޮތް ހަފްތާއަށް ގެއަށް ބޭނުންވާ ސާމާނު ގަތުމަށް ކައިރީގައި ހުންނަ މޯލް އަށެވެ. ދެގަޑިއެއްހާއިރު އެތަނުގައި އުޅެފައި ކޮތަޅު ތަކުން ދެއަތް ފުރާލައިގެން އައިސް ގޭ ބޭރުދޮރުން ވަން ތަނާ އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެންގެ ފިރިމީހާ އަހުމަދު ހުރީ ގޭތެރެޔަށް ވަންނަ ދޮރުމަތީގައި،ޖެހިގެން ހުރިގޭ ޒުވާން އަންހެން ކުއްޖާ އެމާ ގޮވައިގެން ގައިގޯޅި ބައްދަލްވުމެއްގައެވެ. އެވަގުތު ފިލާހުރެ އެމީހުންގެ ވާހަކަ އަޑުއަހާލަން ހިތަށް […]
އިންޑިޔާގެ މުމްބާއީ އަށް ބޯކޮށް ވާރޭވެހި އާންމު ދިރިއުޅުން ހުއްޓުމަކަށް އައިސްފައި

އިންޑިޔާގެ ފައިނޭންޝަލް ކެޕިޓަލްގެ ނަމުން ނަންދީފައިވާ މުމްބާއީ އަށް ބޯކޮށްވާރޭވެހި މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ ކުރިމަތިވި ހާދިސާތަކުގައި 21 މީހުން މަރުވެފައިވާކަމަށް ޚަބަރު ލިބެއެވެ. ފެންބޮޑުވުމާއި ގުޅިގެން އާންމު ދިރިއުޅުމުގެ ކަންކަންވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިގޮތުން އެތައް މިލިއަން މީހުންގެ ދިރިއުޅުމުގެ ކަންކަމަށް އަސަރު ކޮށްފައިވާއިރު ފަންސާހަކަށް ފްލައިޓްކެންސަލްކޮށް ނުވަތަ ފަސްކޮށްފައިވާއިރު، ގިނަ އަދަދެއްގެ ރޭލު ދަތުރުތައްވެސް ކެންސަލް ކުރަން ޖެހުނު ކަމަށް ޚަބަރުތައް ބުނެއެވެ. މުމްބާއީގެ ގިނަ މަގުތަކެއްގައި އުނަގަނޑު ތާފެނަށް ފެން […]
އެމެރިކާއަށް ކިޔަވަންގޮސްތިބި ބޭރުގެ ކުދިންގެ ތެރެއިން ހަހާހަށްވުރެގިނަ ކުދިންގެ ”ސްޓޫޑަންޓް ވިސާ“ ކެންސަލް ކޮށްފި

އެމެރިކާގައި ގައުމުން ބޭރުގެ ދަރިވަރުންނަށް ދީފައިވާ ”ސްޓޫޑަންޓް ވިސާ“ ގެ ތެރެއިން ހަހާހަށް ވުރެގިނަ ވިސާ، އެގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ކެންސަލް ކޮށްފިއެވެ. މިގޮތަށް އަމަލު ކުރީ އެމެރިކާގައި ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކާ ޚިލާފް ވެފައިވާތީ އާއި ވިސާގެ މުއްދަތު ހަމަވުމަށް ފަހުވެސް އެގައުމުގައި ތިބިކަން އެނގިފައިވާތީކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެއެވެ. ކިޔެވުމަށް ދިން ވިސާކެންސަލް ކުރެވުނު ކުދިންގެ ތެރެއިން ގިނަ އަދަދެއްގެ ކުދިންނަކީ މާރާމާރީ ހިންގުމާ، މަސްތުގެ ހާލުގައި ވެހިކަލް ދުއްވުމާއި ވައްކަން ކުރުން އަދި […]
ކޮތަރަށް ކާން ދިނުން މަނާ ކުރުމުން މައްސަލަ ހޫނު ބަހުސަކަށް

އިންޑިޔާގެ މުމްބާއީގައި އާދަޔާޚިލާފަށް ކޮތަރު ގިނަވެފައިވުމާއި އެކު އާންމު ތަންތަނުގައި ކޮތަރަށް ކާން ދިނުން ސަރުކާރުން ދާދި ފަހުން މަނާކުރުމާއި ގުޅިގެން ސިވިކް އިދާރާތަކާއި ޕަބްލިކް ހެލްތު އެކްޓިވިސްޓުން އަދި ދޫންޏަށް ލޯބިކުރާފަރާތްތަކުގެ މެދުގައި ހޫނު ބަހުސެއް ފެށިފައިވާކަމަށް ޚަބަރު ލިބެއެވެ. އާންމުތަންތަނުގައި ކޮތަރަށް ކާންދިނުން މަނާކުރުމާއި ގުޅިގެން އެކަމާ ދެކޮޅަށް ނިކުތް ފަރާތްތަކާ ފުލުހުންނާ ދެމެދު މިމަހުވެސް ދެފަހަރެއްގެ މަތިން ކުރިމަތިލުންތައް ވަނީ ހިނގާފައެވެ. ކޮތަރަށް ކާންދޭ ތަންތަން ބެއްދުމަށް އަޅާފައިވާ ރަބަރު ޝީޓް ތައް […]
މައިދައިތަ

އެ ދުވަހު އަހަރެން ނުތެދުވެ އޮތީ ވަރަށް ގަދަޔަށް ހުން އައިސްގެންނެވެ. ތާމޯމީޓަރުން ހުންބެލިއިރު 39.5 ޑިގްރީ އަށް ހުރީ ހުން އަރާފައެވެ. ގައިގަ ނުރިއްސާތަންކޮޅެއް ނެތެވެ. ބޯހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. ތެދުވަން މަސައްކަތް ކުރިނަމަވެސް އެއްގޮތަކަށްވެސް ތެދުވެވޭ ގޮތެއް ނުވިއެވެ. އެހާލުގައި އިންދާ އަހަރެންގެ ކަންފަތުގައި ޖެހުނީ އަހަރެންގެ މައިދައިތަގެ ހަޅޭކުގެ އަޑެވެ. އަހަރެން ބަލާލިއިރު ދަތްކުނޑިވިކާ ބާރުކޮށްގެން، ގޮއްމުއްކަވާފަ ހުރެގެން ހަޅެއްލަވައެވެ. ދެލޯ ބޮޑުކޮށްގެން ހުރިވަރުންހީވަނީ ވައްދެ ކާށިކިބަހެންނެވެ. ހަޅެއްލަވަނީ އޭނަގެ ރައްޓެހިންތަކެއް […]