ބާތުޑޭ

ހަވީރު އޮފީހުންގެޔަށް ދަމުން ކުއްލިއަކަށް އަހަރެން ބޭނުންވީ މިރޭ އެންމެ މަގްބޫލް ރެސްޓޯރެންޓުން މީރު ސެލެޑް އެއްކާލުމަށެވެ. އެހެންކަމުން ރެސްޓޯރަންޓާ ވަރަށް ކައިރިވެފައި ވުމާއި އެކު މަޑުމަޑުން ދުއްވާލާފަގޮސް ސްކޫޓީ ރެސްޓޯރަންޓް ކައިރިއަށް މަޑު ކޮށްލީމެވެ. އެތެރެޔަށް ވަދެ ކައުންޓަރު ކައިރިޔަށް ގޮސް ސެލެޑަށް އޯޑަރު ދިނުމަށްފަހު ތައްޔާރުވަންދެން ގޮނޑިއެއްގައި އިށީދެލިތަނާ ކުއްލިއަކަށް ލޮލުގައި އަޅައިގަތީ ޖެހިގެން ހުރި ބޫތުގައި ތިބި ބައްޕައަކާ ކުޑަފިރިހެން ކުއްޖެކެވެ. އެތަނަށް ދެވުނީތީވެސް ކުއްޖާ ވަރަށް އުފަލުން އިންހެން ހީވެއެވެ. އިރުކޮޅަކުން […]

ނިމުނު ޞަފަރުމަހު ފަންސާސް ދެމިލިއަނަށްވުރެ ގިނަ މީހުން ހަރަމްފުޅަށާއި މަސްޖިދުލް ނަބަވީއަށް ޒިޔާރަތް ކުރި!

ނިމުނު ޞަފަރު މަހުގެތެރޭގައި ފަންސާސް ދެމިލިއަން, އަށްސަތޭކަ ތޭވީސްހާސް, ނުވަސަތޭކަ ފަސްދޮޅަސް ދެ މީހުން މާތްވެގެންވާ ހަރަމް ފުޅަށާއި މަސްޖިދުއްނަބަވީއަށް ޒިޔާރަތް ކުރި ކަމަށް އެ ދެމިސްކިތުގެ ކަންކަން ބަލަހައްޓާ އިދާރާއިން ހާމަ ކޮށްފިއެވެ. މީގެ ތެރެއިން އެކާވީސް މިލިއަން ހަތަރުސަތޭކައަށް ވުރެގިނަ މީހުން މަސްޖިދުލް ހަރާމްއަށް ޒިޔާރަތްކޮށް އެ މިސްކިތުގައި ނަމާދު ކޮށްފައި ވެއެވެ. އަދި 51ހާހަށް ވުރެގިނަ މީހުންނަށް ގެފުޅު އަރިހުގައިވާ ޙިޖްރު އިސްމާއިލް ކިއުނު ތަންކޮޅުގައި ނަމާދު ކުރުމުގެ ފުރުސަތު ލިބުނު ކަމަށްވެސް […]

ފަލަސްތީނުގެ ރައީސް އދ.ގެ ޖެނެރަލް އެސެމްބްލީގައި ބައިވެރިވެ ވަޑައިގަތުމަށް އެމެރިކާއިން ހުރަސް އަޅައިފި

މިފެށޭ ސެޕްޓެމްބަރުމަހު ނިއުޔޯކްގައި އޮންނަ އދގެ ޖެނެރަލް އެސެމްބްލީ ގައި ބައިވެރިވުމަށް ދާން އުޅުނު ފަލަސްތީނުގެ 80 މެމްބަރުން ހިމެނޭ ވަފްދުގެ ވިސާ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ކެންސަލް ކޮށްފިއެވެ.ފަލަސްތީނުގެ ވަދުގެ އެންމެ އިސް ވެރިއަކަށް ހުންނެވީ ރައީސް މަހްމޫދު އައްބާސް އެވެ. ފަލަސްތީންގެ ވަފްދުގެ ވިސާ ބަންދުކޮށްލި މައްސަލަ ފަލަސްތީނިއަން އޮތޯރިޓީން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އަދި މިއީ 1947 ވަނަ އަހަރު ޕީއެލްއޯ އަށް އޮބްޒާވާ ސްޓޭޓަސް ދެމުން އެކުލަވާލެވުނު އެއްބަސްވުމާ ޚިލާފު […]

ކޮފީ ތަށި

ރަނގަޅު ނަތީޖާ ތަކަކާއެކު ކިޔެވުން ނިންމާލާ ހަޔާތުގެ ރާސްތާ ފަށާފައިވާ ޒުވާނުން ތަކެއް އެއްދުވަހަކު އެމީހުންނަށް ކިޔަވާދިން ޕްރޮފެސަރަކަށް ޒިޔާރަތް ކުރިއެވެ. މި ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ރަނގަޅު ވަޒީފާތައް ލިބިފައިވާ ނުވަތަ ރަގަޅު މަސައްކަތެއްފަށާ، ފެންނަ ފެނުމަށް ވަރަށް ކާމިޔާބު ކުދިންނެވެ. ޕްރޮފެސަރގެ ގެޔަށްގޮސް، އޭނާ ނިކުމެ އެކުދިންނާ ބައްދަލް ކޮށްލިއެވެ. ކުޑަކޮން ވާހަކަ ދައްކާލަން އިނުމަށްފަހު ޕްރޮފެސަރ ބުންޏެވެ. ދާނީ ކޮފީތައްޓެއް ބޯލައިގެންދޯއެވެ. ހަމަޖެހިލައިގެން ތިބޭށެވެ. މިހެން ބުނުމަށްފަހު އެތެރެޔަށް ވަދެގެން ހިގައްޖެއެވެ. […]

ތައިލަންޑްގެ ބޮޑުވަޒީރު ކުރެއްވި ފޯނުކޯލްއެއްގެ މައްސަލައިގައި ކޯޓުން އެ ކަމަނާ މަގާމުން ވަކިކޮށްފި

ތައިލަންޑްގެ ބޮޑުވަޒީރު ޕެޓޮންގޓާން ޝިނަވަޓްރާ، ކެމްބޯޑިޔާގެ ކުރީގެ ލީޑަރ ހުން ސެންއަށް ކުރެއްވި ފޯން ކޯލްއެއްގެ މައްސަލައިގައި ތައިލަންޑްގެ ކޮންސްޓިޓިއުޝަނަލް ކޯޓުން އެކަމަނާ މަގާމުން ވަކިކޮށްފިއެވެ. ޕެޓޮންގޓާން މަގާމުން ވަކި ކުރެވުނީ ”އެޓިކްސް“ ނުވަތަ ގެންގުޅެންޖެހޭ އުސޫލްތަކާ ޚިލާފް އިބާރާތްތަކެއް ފޯން ކޯލްގައި ބޭނުން ކުރެއްވި ކަމުގެ ކުށުގައެވެ. މިގޮތުން ތައިލަންޑާ ކެމްބޯޑިޔާގެ ގުޅުން ގޯސްވެފައިވާ ދަނޑިވަޅެއްގައި ހުންސެން އަށް ”އަންކަލް“ ވިދާޅުވެގެން ވާހަކަފުޅުދެއްކެވުމާއި އަދި އަމިއްލަ ގައުމު،ތައިލަންޑްގެ އަސްކަރިއްޔާގެ ހުރި އުނިކަންކަން ފާހަގަ ކުރައްވައި އެކަމަށް […]

ޗައިނާގެ މިލިޓަރީ ޕެރޭޑްގައި މި އަހަރު އުތުރުކޮރެޔާގެ ލީޑަރު ކިމް ބައިވެރިވެ ވަޑައިގަންނަވާނެ

ޗައިނާގައި ކޮންމެ އަހަރަކު ބާއްވާ ޚާއްސަ ސިޔާސީ ހަރަކާތެއް ކަމަށްވާ މިލިޓަރީ ޕެރޭޑް ބައްލަވާލެއްވުމަށް މިއަހަރު އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގ އުން ވަޑައިގަންނަވާނެކަން ޗައިނާއިން ހާމަ ކޮށްފިއެވެ. މި ރަސްމިއްޔާތުގައި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ވެސް ބައިވެރިވެ ވަޑައިގަންނަވާނެކަން ކުރިން ވަނީ ހާމަކޮށްފައެވެ.ކިމްގެ މިދަތުރުފުޅު ވެގެންދާނީ ކިމްއަށް ވަރަށް ޚާއްސަ ”މަލްޓިލެޓަރަލް“ އަދި ”އިންޓަނޭޝަނަލް“ ބައްދަލްވުމަށެވެ. ޚާއްސަކޮށް މިދަނޑިވަޅަކީ ޗައިނާ އިސްކޮން އޮންނަ ”ވަރލްޑް އޯޑަރ“ އެއް ވަރުގަދަ ކުރުމަށް ޗައިނާގެ ރައީސް […]

ޕާކިސްތާންގެ ޕަންޖާބް ޕްރޮވިންސަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ގިނަބަޔަކު އުސް ހިސާބުތަކަށް ބަދަލުކޮށްފި

ޕާކިސްތާންގެ ޕަންޖާބް ޕްރޮވިންސް އަށް ބޯކޮށް ވާރޭވެހި ބޮޑެތި ސަރަހައްދު ތަކެއްގައި ވަރަށް ބޮޑަށް ފެންބޮޑުވުމުގެ ސަބަބުން އެހިސާބުތަކުގައި ދިރިއުޅޭ ދެލައްކައެއްހާ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރެވިފައިވާކަމަށް ޚަބަރު ލިބެއެވެ. މިހާވަރަށް ފެންބޮޑުވެފައި ވަނީ ތިންކޯރެއް ފުރި، ބަންޑުން ދިއުމުގެ ސަބަބުންނާއިއެކު ކަމަށް ޚަބަރު ލިބެއެވެ. ބައެއް ހިސާބުތަކުގައި ފެންގަނޑު ބޮޑުވެފައިވާ ވަރުން މީހުން ސަލާމަތް ކުރުމަށް ބޮއްކުރާފަދަ ބޯޓުތައް ބޭނުން ކުރިކަމަށް ވެއެވެ. މިގޮތުން ބޯޓުތަކުގައި 32،000 ހަށް ވުރެގިނަ މީހުން ވަނީ ސަލާމަތް […]

މެލޭޝިޔާގައިވެސް އެންމެ ގިނައީ ބަންގްލާދޭޝްގެ މަސައްކަތްތެރިން

މެލޭޝިޔާގައި މަސައްކަތްކުރާ ބޭރުމީހުންގެ ތެރެއިން އެންމެ ގިނައީ ބަންގްލާދޭޝް މީހުން ކަން އެގައުމުގެ ހޯމް މިނިސްޓަރ ހާމަ ކުރައްވައިފިއެވެ.މިގޮތުން އަށް ލައްކަޔަށްވުރެގިނަ ބަންގްލޭޝްގެ ރައްޔިތުން، ލޭބަރާ އިންގެ ގޮތުގައި މިވަގުތުވެސް މެލޭޝިޔާގައި އުޅޭކަމަށް ވިދާޅުވެފައިވެއެވެ. މަޖިލީހުގައި ކުރެވުނު ސުވާލަކަށް އަންގާރަ ދުވަހު ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ވަރކް ވިސިޓް ފާސް މިހާތަނަށް ބަންގްލާދޭޝްގެ 803،332 މީހުންނަށް ދޫކޮށްފައިވާ ކަމަށާ އެއީ މެލޭޝިޔާގެ ފޮރިން ލޭބަރ ފޯސް ގެ 37 އިންސައްތަ ކަމުގައެވެ. މިނިސްޓަރ ސައިފުއްދީން ވިދާޅުވީ […]

ފަގީރު ކުއްޖާއާއި މޭވާ ފޮށިގަނޑު

އެއްދުވަހަކު މުއްސަނދި ބައްޕައަކު އޭނާގެ 8 އަހަރުގެ ފިރިހެން ދަރިފުޅު ގޮވައިގެން ބާޒާރު ކޮށްލަން ދިޔައެވެ. މޯލްއަށް ދިޔަ މަގުމަތީގައި ފާރެއްގެ ކައިރީގައި އިށީދެގެން އިން ހަމަ އެ ފުރައިގެ ފަގީރު ކުއްޖަކު އެ ދެ މީހުންނަށް ފެނުނެވެ. އެކުއްޖާޔާމެދު ބައްޕަގެ ހިތުގައި ހަމްދަރުދީ އުފެދި ވޮލަޓުން ކުޑަ ލާރިކޮޅެއްނަގައި އެކުއްޖާޔަށް ދިނެވެ. އަދި އެއްޗެއް ގަނެގެން ކާލާށޭ ބުންޏެވެ. މިހެން ބުނުމަށްފަހު ބައްޕަ ޖެހިގެން ހުރި ފިހާރަތެރެޔަށް ވަދެގެން ދިޔައެވެ. ފަގީރު ކުއްޖާޔަށް ލާރިދިންތަން ފެނި […]

ގައުމުގެ ޑިމޮކްރަސީ އެދަނީ ވަޅުލަމުން: މައިތިރިޕާލަ ސިރިސޭނާ

ސްރީލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންގހާ ހައްޔަރުކުރުމާއި ހަމައިން ގައުމުގެ ޑިމޮކްރަސީ ވަޅުލުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ސްރީލަންކާގެ ކުރީގެ ރައީސް މައިތިރިޕާލަ ސިރިސޭނާ އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ. މައިތިރި ވިދާޅުވި ގޮތުގައި ރަނިލް މިނިވަން ކުރުމަށް އެގައުމުގެ ހުރިހާ ޕާޓީތައް ގުޅިގެން ”ހަނގުރާމަ“ ކުރާނެއެވެ. ސްރީލަންކާގެ ކުރީގެ ރައީސް ޗަންދުރިކާ ކްމާރަތުންގާ ވެސް ވަނީ ރަނިލް ހައްޔަރު ކުރުމަކީ ޑިމޮކްރަސީ އަށް އެޅުނު ހުރަހެއްކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ ކަންކަމަކީ ގާނޫނީ ވެރިކަމަށް އޮތް ނުރައްކަލެއްކަމަށާ […]