އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިޔާއިން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފި

އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިޔާއިން ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފިއެވެ. މިއާއެކު ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ވަނީ ތިން ޤައުމުގެ ނިންމުމަށް މަރުޙަބާ ވިދާޅުވެ، އެ ނިންމުމަކީ ޔަހޫދީ ދައުލަތާ އެކު ފަލަސްޠީނުގެ ދައުލަތަށް ވެސް ސަލާމަތާއި ޞުލްޙައާއެކު ދިރިއުޅުމަށް މަގުފަހިކޮށްދޭނެ ކަމެއް ކަމަށް ވިދާޅުވެފައެވެ. އިނގިރޭސިވިލާތާއި ކެނެޑާ އަދި އޮސްޓްރޭލިޔާ ފަލަސްޠީނުގެ މިނިވަންކަން ލައިގަތުމާއި ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނެރުއްވި ވީޑިއޯ މެސެޖެއްގައިއެތިން ގައުމަށް މުޚާތަބް ކުރައްވާ ވިދާޅުވެފައިވަނީ އެތިން […]

ފިރިހެނަކު އޭނާގެ މައިދައިތައާއެކު ހިންގި ލޯބީގެ ގުޅުމާ ބެހޭ ފިލްމެއް

ފިރިހެނަކު އޭނާގެ މައިދައިތައާއެކު ހިންގި ލޯބީގެ ގުޅުމާއި ބެހޭ ފިލްމެއް އިންޑޮނީޝިޔާގައި ވައިރަލް ވެއްޖެއެވެ. ހަގީގީ ހާދިސާއެއްގެ މައްޗަށް ހަދާފައިވާ ފިލްމް ”ނޯމާ“ ގެ ވާހަކަ އެގައުމުގައި ވައިރަލްވެ އާންމުން އެވާހަކަ ދައްކަމުންދާތާ މިހާރު އެތައް މަހެއް ވެއްޖެއެވެ. މިފަދަ މައުލޫތަކަށް ހަދާ ފިލްމް ތަކަށް އާންމުންގެ ޝައުގުވެރިކަން ލިބުނު ނަމަވެސް ނޯމާ ފިލްމަށް މިހާ ސަމާލުކަން ލިބެމުން ދަނީ އެއީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ހެދި ފިލްމަކަށް ވާތީ ކަމަށް ވެއެވެ. އިންޑޮނީޝިޔާގެ ޖާވާ […]

ލޯތްބަކީ ގަދަކަމުން ހޯދޭނެ އެއްޗެއް ނޫނެވެ.

އަހަރެންނަށް މިއަހަރު ފުރޭނީ 63 އަހަރެވެ. ނަމަވެސް އަހަރެންގެ ސިފަ އަދިވެސް ވަރަށް ރީތިކަމަށް މީހުން ބުނެއެވެ. ހަށިގަނޑު ފަލަވެގެން ދިޔަކަ ނުދެމެވެ. ރީތި ހަށިގަނޑެކެވެ. ބޮލުގެ އިސްތަށިގަނޑު ކަޅުކޮށްލީމަ އަދި މާ ޒުވާންވާނެ ކަމަށް މީހުން ބުނެއެވެ. އަހަރެން ދެ ކައިވެނި ކުރީމެވެ. ނަމަވެސް އެ ދެކައިވެނިވެސް ވަނީ ފެއިލް ވެފައެވެ. ފުރަތަމަ ފިރިމީހާ އަހަރެން ދޫކޮށް ދިޔައީ ފަގީރު ކަމުން ދަތިބޮޑުވެ މައްސަލަތައް ޖެހެން ފެށުމުން އެކަންކަމާ ކުރިމަތިލާހާ ހިއްވަރު ނެތިގެންނެވެ. ދެވަނަ ފިރިމީހާ […]

ފަރަންސޭސި ”ފަސްޓްލޭޑީ“ އަކީ ފިރިހެނެއް ނޫންކަން ސާބިތު ކުރެއްވުމަށް ފިރިކަލުން ރައީސް މެކްރޯން ސައިންޓިފިކް ހެކި ހުށަހަޅުއްވަނީ

ފަރަންސޭސި ރައީސް އިމެނުއަލް މެކްރޯން ގެ އަނބިކަނބަލުން ބްރިޖިޓް މެކްރޯން އަކީ ފިރިހެނެއް ނޫންކަން ސާބިތު ކުރެއްވުމަށް އެދެކަނބަލުން އެމެރިކާގެ ކޯޓަކަށް ފޮޓޯ އަދި ސައިންޓިފިކް ހެކި ހުށަހަޅުއްވަން ގަސްތު ކުރައްވާކަމަށް އެދެކަނބަލުން ގެ ލޯޔަރު ހާމަކޮށްފިއެވެ. ލޯޔަރު ޓޮމް ކްލެޔަރ ބުނެފައިވާ ގޮތުގައި މެކްރޯން އާއި އަނބިކަނބަލުން މިގޮތަށް ނިންމެވީ  އޮވެންސް ނަމަކަށް ކިޔާ އިދިކޮޅު އިންފްލުއެންސަރަކު، ބްރިޖިޓް އުފަންވެފައިވަނީ ފިރިހެނެއްގެ ގޮތުގައި ކަމަށް ބުނެ، ސޯޝަލް މީޑިޔާގައި ކޮންޓެންޓް ފެތުރުމާއި ގުޅިގެން އޭނާއާއި ދެކޮޅަށް […]

ފިލިޕީންސްގައިވެސް ކޮރަޕްޝަނާ ”ނެޕޯބޭބީސް“ގެ މައްސަލަ އާއި ދެކޮޅަށް އާންމުން ތެދުވެއްޖެ

*ފިލިޕީންސްގައިވެސް ދުވަހަކު ނުނިމޭ، ނުވަތަ ވުޖޫދުގައި ނުވާ އަގުބޮޑު ޕްރޮޖެކްޓް ތައް ކޮރަޕްޓް ފަރާތްތަކާ ހަވާލުކުރަމުން ދާކަމަށްވޭ *ރައީސް ދާދި ފަހުން ފްލަޑް ކޮންޓްރޯލް ޑޭމެއް ހުޅުވާދެއްވަން ވަޑައިގެންނެވިއިރު ޑޭމް ވުޖޫދުގައިވެސް ނެތްކަން ވަނީ ހާމަވެފައި *މަޖިލީސް މެމްބަރުންނަކީ ”ކިނބޫތަކެއް“ގެ ގޮތުގައި ސިފަކޮށް އާންމުން ދަނީ އޭއައި ވީޑިއޯ ތައް ހަދަމުން ފިލިޕީންސްގެ ރަށްފުގެ ބައެއް ހިސާބުތަކާ ވެރިރަށް މެނީލާއާއި ދެމެދު އާންމުގޮތެއްގައި މިހާރު ދަތުރު ކުރަނީ ކެނޯ ބޯޓު ތަކުގައެވެ. އެއީ މަގުތަކުގައި ފެންބޮޑުވެފައިއޮންނާތީއެވެ. އެ […]

ދެ ދައުލަތުގެ ހައްލަކީ ހަޤީޤީ ހައްލެއް ނޫން: އީރާން

ފަލަސްތީން މައްސަލަޔަށް ހައްލެއް ހޯދުމަށް ކުރާ މަސައްކަތުގައި ދެ ދައުލަތުގެ ހައްލަކީ ހަޤީޤީ ހައްލެއް ނޫން ކަމުގައި އީރާނުން ބުނެފިއެވެ. ދޯހާގައި ކުރިޔަށް ދިޔަ އަރަބި އިސްލާމިކް ސަމިޓުން ފާސްކުރި ބަޔާނުގައިވާ ބައެއް ބައިތަކާ ދެކޮޅުކަން ހާމަ ކުރަމުން އީރާނުން ބުނެފައި ވަނީ ބަޔާނުގައި “ ދެ ދައުލަތުގެ ހައްލު“ އަދި އެމެރިކާ އިސްވެ ކުރިޔަށް ގެންދާ ”ޕީސް އިނީޝިއޭޓިވްސް“ މި އިބާރާތްތަކަށް އެއްބަސް ނުވާ ކަމުގައެވެ. މިނިވަން ނިއުސް ނެޓްވަރކެއް ކަމަށްވާ ”ޓީ އެމްޖޭ“ ގެ […]

އެ ކައިވެނި ރޭ

ކައިވެނީގެ ޕާޓީ ބާއްވާ ރެޔަކީ ވަރަށް އުފާވެރި ރެއެކެވެ. ނަމަވެސް އަހަރެންގެ ފިރިމީހާ ކުރިކަމަކުން އަހަރެންގެ ކައިވެނިރޭ ފުރަތަމަ ވެގެން ދިޔައީ ވަރަށްވެސް ހިތްދަތި،ލަދު ގަންނަންޖެހުނު ރެޔަކަށެވެ. ވަރަށް އޮމާންކޮން ކުރިޔަށްދިޔަ ޕާޓީ އަކަށްފަހު ކޭކުފަޅާ ވަގުތު ޖެހުމުން ދެމީހުން ގޮސް ކޭކުކައިރީ ހުއްޓުނު ވަގުތު ފިރިމީހާ އަހުމަދު މަޖަލަކަށް ހަދާފަ އަހަރެންގެ މޫނު ކޭކަށް ކޮއްޕާލިއެވެ.އެހެން ހެދުމުން އަހަރެންގެ އިސްތަށިގަނޑާ މޫނު އަދި މުޅި ހެދުމުގައި އޮތީ ކޭކުގެ އައިސިންގ ބޯކޮށް ހޭކިފައެވެ. ފިރިމީހާއަށް މިކަންވީ […]

ޖަޕާނުގައި 100 އަހަރުން މަތީގެ ގާތްގަނޑަކަށް 100،000 މީހުން މިހާރު އެބަތިބި

އުމުރުން ދުވަސްވީ މީހުންގެ އައު ރިކޯޑެއް ޖަޕާނުގައި އަނެއްކާވެސް ގާއިމް ކުރެވި،ސަތޭކަ އަހަރުންމަތީގެ މީހުންގެ އަދަދު މީގެ ކުރިން ދުވަހަކުވެސް ނުދާހާ މައްޗަށް ގޮސްފައިވާ ކަމަށް ޚަބަރުލިބެއެވެ.     ސަރުކާރުން ހުކުރު ދުވަހު އާންމު ކުރި މައުލޫމާތުތައް ބުނާ ގޮތުން ސަތޭކައަހަރަށް ވުރެ އުމުރުން ދުވަސްވީ މީހުންގެ އަދަދު ވަނީ 99،763 އަށް އަރާފައެވެ. މީގެ ތެރެއިން 88 އިންސައްތަ އަކީ އަންހެނުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ. ޖަޕާނުގައި ސަތޭކަ އަހަރަށް ވުރެ އުމުން […]

ހަމަނުޖެހުން ބޮޑު ދުވަސް ތަކަކަށްފަހު ނޭޕާލްގައި ފުރަތަމަ އަންހެން ބޮޑުވަޒީރު މަގާމްގެ ހުވާ ކުރައްވައިފި

ނޭޕާލްގައި ކޮރަޕްޝަނާ ދެކޮޅަށް ހިންގި ވަރުގަދަ މުޒާހަރާތަކަށްފަހު ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު ބޮޑުވަޒީރުގެ މަގާމާ ހަވާލުވެ ވަޑައިގެންފިއެވެ. ހުކުރު ދުވަހުގެ ރޭ ހުވާކުރެއްވި އައު ބޮޑުވަޒީރަކީ ސުޕްރީމްކޯޓުގެ ޗީފް ޖަސްޓިސް ކަން ކުރިން ކުރައްވާފައިވާ ސުޝީލާ ކާކީ އެވެ.އުމުރުފުޅުން 73 އަހަރުގެ ސުޝީލާ ކާކީ އެ މަގާމަށް އައްޔަން ކުރަން އިހްތިޖާޖް ތަކުގެ އިސް ލީޑަރުން އެއްބަސް ވެފައިވަނީ ”ޑީލް“ އެއްގެ ދަށުން ކަމަށް ޚަބަރުލިބެއެވެ. ސަރުކާރުން ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް ބަންދު ކޮށްލުމުން އާންމުގެ […]

ޕާކިސްތާނުގެ ޕަންޖާބްގައި ފެންބޮޑުވެ ދެމިލިއަނެއްހާ މީހުން ހާލުގައި ޖެހިފައި

ޕާކިސްތާންގެ ޕަންޖާބުޕްރޮވިންސުގެ ބޮޑެތި ސަރަހައްދު ތަކެއްގައި ފެންބޮޑުވެ ދެމިލިއަނެއްހާ މީހުން ހާލުގައި ޖެހިފައި ވުމާއި އެކު އެމީހުން ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް ޚަބަރު ލިބެއެވެ. ޕަންޖާބްގެ އިތުރުން ސިންދު ޕްރޮވިންސުންވެސް އެއްލައްކަ ފަންސާސް ހާހެއްހާ މީހުން އެހެން ހިސާބުތަކަށް ބަދަލު ކުރެވިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓްގެ ޗީފް އިނާމް ހައިދަރު މާލިކް ބުރާސްފަތި ދުވަހު މައުލޫމާތު ދެއްވާފައި ވެއެވެ. ޕާކިސްތާނުގެ އިރުމަތީ ސަރަހައްދަށް މޫސުން ގޯސްވެ ޖޫން މަހުން ފެށިގެން އަންނަނީ ވިއްސާރަ […]