ޓްރަމްޕްގެ ވެރިކަމާ ދެކޮޅަށް އެމެރިކާގައި އެތައް މިލިއަން ބަޔަކު މުޒާހަރާ ކުރަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ ވެރިކަމުގެ އުސޫލުތައް ކަމުނުދާކަމަށް ބުނެ، އެމެރިކާގެ ގިނަ ސިޓީ ތަކެއްގައި އެތައްމިލިއަން ބަޔަކު މުޒާހަރާ ކުރަމުން ދާކަމަށް ޚަބަރު ލިބެއެވެ. ”ނޯ ކިންގްސް“ ނުވަތަ ”ރަސްކަމެއް ބޭނުމެއްނޫން“ މި ސްލޯގަންގެ ދަށުން ފެށި މުޒާހަރާތައް ވަނީ ނިއުޔޯކް، ވޮޝިންގޓަން، ޗިކާގޯ، މިއާމީ، އަދި ލޮސްއެންޖަލިސް ގައި ދަނީ މުޒާހަރާ ކުރަމުންނެވެ. ނިއުޔޯކްގެ މަޝްހޫރު ޓައިމް ސްކޮޔާ އަދި ވަށައިގެންވާ މަގުތަކަށް އެތައްހާސް ބަޔަކު އެއްވެ މުޅިތަން ފުރާލާފައިވާއިރު އެމީހުން އުފުލި […]
މަންމަ

ކުޑަފިރިހެން ކުއްޖަކު،އުމުރުން ވަރަށް ކުޑައިރު އޭނާގެ ބައްޕަ މަރުވިއެވެ.އެދުވަހުގެ ފަހުން ކުއްޖާގެ ހުރިހާ ކަމެއް ކޮށްދެމުން އައީ މަންމަ އެކަންޏެވެ. ކުއްޖާ އަށް ކައްކާދިނުމާއި ސްކޫލްއަށް ބެނުންވާ އެއްޗެތި ހޯދާދިނުމާއި ސްކޫލްއަށް ގެންގޮސްގެނައުމާއި ހުރިހާކަމެއް ކޮށްދެނީ މަންމަ އެކަންޏެވެ. ދަރިފުޅުގެ ކިޔެވުމަށާ އެހެންވެސް ކަންކަމަށް ބޭނުންވާ ލާރި ހޯދަން މަސައްކަތް ކުރަމުން ދަރިފުޅުގެ ހުރިހާ ކަމެއް ކޮށްދެމުން އައީ އެއްވެސް ޝަކުވާއެއް ނެތިއެވެ. ދެމަފިރިން އެކުގައި ފެށިފައިވަނީ މާތަނަވަސް ދިރިއުޅުމެއް ނޫންކަމުން ފަހާފޮއްޓެއް ދޮންނަ މެޝިނެއް މިފަދަ […]
ޣައްޒާ ހަނގުރާމަ ހުއްޓާލުމާބެހޭ އެއްބަސްވުމަށް އިޒްރޭލުން އިހްތިރާމެއް ނުކުރާނެ: އީރާނުގެ ޚާރިޖީ ވަޒީރު އަރާޗީ

ޣައްޒާ ހަނގުރާމަ ހުއްޓާލުމާބެހޭ އެއްބަސްވުމުގައިވާ ޓަރމް ތަކަށް އިޒްރޭލުން އިހްތިރާމް ކުރާނެ ކަމަށް އޭނާ ގަބޫލު ނުކުރައްވާ ކަމުގައި އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާޗީ ވިދާޅުވެއްޖެ އެވެ. އަދި އިޒްރޭލުގެ މުޅި ސަރުކާރާމެދު ވެސް އިތުބާރު ގެއްލިފައިވާ ކަމަށް ވިދާޅުވެފައި ވެއެވެ. އަރާޗީ ވިދާޅުވީ ލުބްނާނުގައި ހިޒްބުﷲ ޖަމާއަތާއެކު މިދިޔަ ނޮވެމްބަރުމަހު ހެދި އެފަދަ އެއްބަސްވުމާ އިޒްރޭލުން އެތައް ފަހަރަކު ޚިލާފުވެފައިވާ ކަމުގައެވެ.އެހެންކަމުން ޣައްޒާގެ އެއްބަސް ވުމަށްވެސް އިހްތިރާމް ކޮށްފާނެ ކަމަށް ބެލޭނެ ތަނެއް ނެތް […]
ޝެއިޚް ހަސީނާއަށް މަރުގެ އަދަބު ދޭން ޕްރޮސެކިއުޓަރުން މަސައްކަތް ކުރަނީ

ބަންގްލާދޭޝްގައި ކިޔަވާކުދިން އިސްވެތިބެ ކުރިޔަށް ގެންދިޔަ މުޒާހަރާ ތަކާއި ދެކޮޅަށް ސަރުކާރުން ބާރުގެ ބޭނުން ކުރި ގޮތުން ބޮޑުވަޒީރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދޭން ޖެހޭކަމަށް މިހާރު ކުރިޔަށްދާ ޝަރީއަތް ތަކުގެ ޕްރޮސެކިއުޓަރުން ބުނެފިއެވެ. ސަރުކާރާ ދެކޮޅު ފަރާތްތަކުން ފެށި މުޒާހަރާ ތައް ވަރުގަދަވެ، ތަންތަން ރޯކޮށް، ތަކެއްޗާއި ތަންތަނަށް ގެއްލުން ދޭން ފެށުމުން ޝެއިޚް ހަސީނާ ވަނީ ގައުމު ދޫކުރައްވާ އިންޑިޔާއަށް ދަތުރު ކުރައްވާފައެވެ. ހަސީނާގެ އަމުރަށް ސަރުކާރުގެ ފުލުހުންނާއި ސިފައިވަނީ މުޒާހަރާ […]
ދެވަނަ ޗާންސް

ޔުނިވަރސިޓީ އިމާރާތެއް ފޮޅާ ސާފު ކުރުމުގައި އުޅޭ މީހަކު އެއްދުވަހަކު އޭނާގެ މަސައްކަތުގައި އަވަދިނެތި އުޅުނެވެ. އޭނާއަކީ ކުރިން އެޔުނިވަރސިޓީގައި ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. ނަމަވެސް މީގެ ދިހަ އަހަރުކުރިން ދިމާވި އެކްސީޑެންޓަކަށްފަހު އޭނާގެ ހަނދާނުން ވަނީ ގިނަ ކަންތައްތަކެއް ފުހެވިފައެވެ. ލިބުނު ބޭރުފުށުގެ ޒަޚަމްތަކަށް ފަރުވާކޮށް ފަސޭހަވިނަމަވެސް އޭނާގެ ސިކުނޑިން ބައެއްވަނީ އުނިވެފައި ކަހަލައެވެ. ދިރިއުޅުމަށް ފައިސާ ބޭނުންވާތީ އޭނާ މަސައްކަތްކުރި ޔުނިވަރސިޓީން ވަޒީފާއެއް ލިބޭތޯ ބެލި ބެލުމުން ޖެނިޓަރ އެއްގެ ވަޒީފާ […]
ސައޫދީއަރަބިއްޔާގައި ކޮމާޝަލް ރެޖިސްޓްރޭޝަން ގެ 49 އިންސައްތަ ނިސްބަތްވަނީ އަންހެނުންނަށް

މިހިނގާ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ސައޫދީއަރަބިއްޔާގައި 128،000ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާއިރު އޭގެ ތެރެއިން 49 އިންސައްތަ ނިސްބަތްވަނީ އަންހެނުންނަށް ކަން ހާމަވެއްޖެއެވެ. މިއަހަރުގެ މިހާތަނަށް މިނިސްޓްރީ އޮފް ކޮމާސް އިން 128،000 ކޮމާޝަލް ރެޖިސްތްރޭޝަން ހަދާދީފައިވާއިރު، މުޅި ކިންގޑަމްގައި ހަދާދީފައިވާ ރެޖިސްޓްރޭޝަން ގެ އަދަދު ވަނީ 1.7 މިލިއަށް އަށް ވުރެ އިތުރު ވެފައެވެ. ހަދާދެވުނު ޖުމްލަ ކޮމާޝަލް ރަޖިސްޓްރީގެ ތެރެއިން 48 އިންސައްތަ ހަދާދީފައިވަނީ އަންހެން ވިޔަފާރި ވެރިންނަށެވެ. އަދި ވިޔަފާރި ތަކުގެ […]
ބަންގްލާދޭޝްގެ ގާމެންޓް ފެކްޓަރީ އެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 16 މީހުން މަރުވެއްޖެ

ބަންގްލާދޭޝް ގެ ގާމެންޓް ފެކްޓަރީ އެއްގައި އަލިފާންރޯވެ ހިނގި ހާދިސާ އެއްގައި އެތަނުގައި މަސައްކަތްކުރާ 16 މީހުން މަރުވެއްޖެއެވެ. އަދި މިއަދަދު މައްޗަށް ހިނގައިދާނެ ކަމުގެ ބިރުވެސް އެބައޮތްކަމަށް އޮފިޝަލުން ވިދާޅުވެފައިވެއެވެ. ރޯވި ފެކްޓަރީން 16 ހަށިގަނޑު ފެނިފައިވާ ކަމަށާ ކޮންބައެއްކަން ސާފުނުވާވަރަށް ހަށިތައް އަނދާފައިވާތީ ޑީއެންއޭ ހެދުމަށްފަހު ހަށިތައް އާއިލާތަކާ ހަވާލުކުރާނެ ކަމަށް ފަޔާ ސާރވިސް އިން ބުނެފައި ވެއެވެ. ޑާކާގެ މީރުޕޫރު ސަރަހައްދުގައި ހުންނަ ހަތަރު ފަންގިފިލާގެ ފެކްޓަރީގައި އަންގާރަ ދުވަހު ހިނގި ހާދިސާއަށް […]
ވެއިޓަރަކުން މެނޭޖަރަށް ބަދަލުވި ގޮތުގެ ވާހަކަ

އެއްދުވަހަކު އުމުރުން ދުވަސްވީ އަންހެނަކު މަޝްހޫރު ރެސްޓޯރަންޓަކަށް ވަދެ މޭޒެއްގެ ކައިރީގައި އިށީނެވެ. އިރުކޮޅަކުން އަންހެން ވެއިޓަރަކު އައިސް ބޭނުންވަނީ ކޮން އެއްޗެއްތޯ ސުވާލު ކުރިއެވެ. އަންހެން މީހާ އެވަގުތު ވަރަށް ސިއްރު ސިއްރުން ކަހަލަ ގޮތަކަށް ވެއިޓަރު ކައިރީ ބުންޏެވެ. އަހަރެން އިއްޔޭން ފެށިގެން މިހުރީ އެއްޗެއް ނުކައެވެ. އަހަރެންގެ ހައިކަން ފިލާ ކަހަލަ ކޮންމެވެސް އާދައިގެ ކާއެއްޗެއް ގެނެސް ދީފިއްޔާ ވަރަށް ރަގަޅެވެ. އެކަމަކު އަހަރެން އަތުގަ ފައިސާއެއްވެސް ނެތެވެ. ދާދި ގާތުގައި ހުރި […]
ހަމާސް ޖަމާއަތުން ހިފަހައްޓާފައިވާ ރަހީނުން ދޫކުރަން ފެށިވަގުތާ ދިމާކޮށް ރައީސް ޓްރަމްޕް އިޒްރޭލަށް ވަޑައިގެންފި

ޣައްޒާ ހަނގުރާމަ ނިމުމަކަށް ގެނައުމާބެހޭގޮތުން ވެފައިވާ އެއްބަސްވުމުގެ ދަށުން ހަމާސްޖަމާއަތުން ދެގްރޫޕެއްގެ ހޮސްޓެޖުން މިނިވަން ކޮށްފިއެވެ. ފުރަތަމަ ދޫކުރި ގްރޫޕްގައި ހިމެނޭ ހަތް ރަހީނުން މިހާރުވަނީ އެމީހުންގެ އާއިލާތަކާ ގުޅިފައެވެ. ދެވަނަ ގްރޫޕްގައި ހިމެނޭ 13 ހޮސްޓެޖުން ބަލާ މެންދުރެއްހާއިރު ރެޑްކްރޮސްގެ ވެހިކަލްތައް ވަނީ ދެކުނު ޣައްޒާއަށް ގޮސްފައެވެ.އެއްބަސްވުމުގެ ދަށުން، އިޒްރޭލުންވެސް ޖަލަށް ލާފައިތިބި 250 ފަލަސްތީން ރައްޔިތުންނާއި ރަހީނުންގެ ގޮތުގައި ހިފަހައްޓާފައިތިބި 1،700އަށް ވުރެ ގިނަ މީހުން މިނިވަން ކުރާނެއެވެ. ދިރިތިބި އަސީރުންގެ އިތުރުން ދެފަރާތުންވެސް […]
ސައޫދީއަށް އެތެރެކުރަން އުޅެނިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

ސައޫދީ ޒަކާތު ޓެކްސް އެންޑް ކަސްޓަމްސް އޮތޯރިޓީ(ޒަޓްކާ)އިން ހާމަ ކޮށްފައިވާ ގޮތުގައި ސައޫދީ އަރަބިއްޔާއަށް މަސްތުވާތަކެއްޗާއި އެހެންވެސް މަނާތަކެތި އެތެރެ ކުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ހަފްތާ އެއްގެތެރޭގައި 1،534 ފަހަރު ތަކެތި ހިފަހައްޓާ އަތުލާފައި ވެއެވެ. މިގޮތުން އަތުލެވުނު ތަކެތީގެ ތެރޭގައި 101 ވައްތަރެއްގެ ނާކޮޓިކް ޑްރަގް ގެ އިތުތުން 709 ވައްތަރެއްގެ މަނާ ސަބްސްޓަންސް ހިމެނެއެވެ. މިއީ އެއްގަމާކަނޑު އަދި ވައިގެމަގުން އެތެރެ ކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހަފްތާއެއްގެތެރޭގައި އަތުލައިގަތް ތަކެއްޗެވެ. […]