މާލެއިން ދިވެހި އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިން ދިވެހި އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ. ފުލުހުން މިއަދު ބުނީ ގެއްލިގެން ހޯދަމުންދަނީ ތ. ތިމަރަފުށި، ސަލްވާ، ފާޠިމަތު ޝަހުދާ (31އ) ކަމަށެވެ. އެގޮތުން މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން ފާޠިމަތު ޝަހުދާ ހަބަރެއް ނުވެ ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު 20:00 އެހާކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ޝަހުދާ އެންމެ […]
ސީޕީ ޝުޖާއު އިސްތިއުފާ ދެއްްވައިފި

ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު މަަގާމުގެ އިސްތިއުފާ ހުށައެޅުއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ސީޕީ ޝުޖާއުގެ އިސްތިއުފާ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށެވެ. ސީޕީ ޝުޖާއު މަގާމުން އިސްތިއުފާ ދެއްވާފައި ވާއިރު މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ގެއެއްގެ ފުރާޅުމަތީގައި ވެއްޓިފައި އޮއްވާ ފެނުނު، ހައްވާ ޔުމްނު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން އިންސާފުވެރި […]
އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފި

ގދ. ތިނަދޫ ޑރ.އަބުދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފުރަތަމަ ފަހަރަށް ލެޕްރޮސްކޯޕިކް ސަރޖަރީ ހަދައިފިއެވެ. ހެލްތު މިިނިސްޓްރީން ބުނީ މި ސަރޖަރީ ހަދާފައި ވަނީ އިއްޔެއިން ފެށިގެން މާދަމާގެ ނިޔަލަށް އެ ހޮސްޕިޓަލުގައި ކުރިއަށް ގެންދާ އޮޕަރޭޝަން ޑޮކްޓަރުންގެ ޚާއްޞަ ކޭމްޕްގައި ކަމަށެވެ. މި ޓީމުގައި އައިޖީއެމްއެޗްގައި މަސައްކަތް ކުރާ އެކި ދާއިރާތަކުގެ ޚާއްޞަ އޮޕަރޭޝަން ޑޮކްޓަރުންގެ ޓީމެއް ބައިވެރިވެއެވެ. އެގޮތުން މި ޓީމުގައި ހަރަކާތްތެރިވާ ޑރ. އަބުދުﷲ އުބެއިދު ވިދާޅުވީ ރީޖަނަލް ހޮސްޕިޓަލެއްގައި މިފަދަ އޮޕަރޭޝަނެއް ކުރެވުމަކީ […]
ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން އޮފިޝަލުން ޗައިނާގެ ނާސަރީތަކަށް ޒިޔާާރާތެއް!

ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން އޮފިޝަލުން ޗައިނާގެ ނާސަރީތަކަށް ޒިޔާާރާތް ކޮށްފިއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ފަސް މިލިއަން ގަސް ޕްރޮގްރާމްގެ އޮފިޝަލުން، ޑެޕިއުޓީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އަޙްމަދު އަތީފްގެ އިސްނެންގެވުމުގެ ދަށުން، ޗައިނާގެ ޕީޕަލްސް ރިޕަބްލިކަށް ކުރައްވަމުންދާ ދަތުރުގައި ފުޖިއަން އަދި ޒަންގްޒޯ ސިޓީތަކުގެ ނާސަރީތަކަށް ޒިޔާރަތްކުރައްވާފައިވާ ކަމަށެވެ. މިއީ ދިވެހިރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ތެރެއިން ކުރެވޭ ދަތުރެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެފައި […]
އީރާނާ ދެކޮޅަށް ހަނގުރާމަކުރުމަކުން ހައްލަކަށް ނުދެވޭނެ

އީރާނުގެ ނިއުކްލިއަރ މަޝްރޫއުގެ މަޝްވަރާތައް ރައީސް ޓްރަމްޕް ފެއްޓެވުމާއެކު އެމެރިކާއިން ބޭނުންވާ ނަތީޖާއަކީ ކޮބައިކަންވެސް އޮޅިއްޖެއެވެ. ރައީސް ޓްރަމްޕްގެ ޚާއްސަ މުޝީރު ސްޓީވް ވިޓްކޯފް އޭޕްރިލް 14 ވަނަ ދުވަހު ފޮކްސް ނިއުސްގެ ސީން ހެނިޓީ އާއެކުދެއްކި ވާހަކަތައްވެސް ދިމާލެއް ނުވެއެވެ. އެ ދުވަހުގެ ވާހަކައިގާ ވިޓްކޯފް ވިދާޅުވެފައިވަނީ އީރާނުން ފައްކާ ކޮށްފައިހުރި ޔުރޭނިއަމް 3.67 އަށް ދަށްކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު ޖެހިގެން އައި ދުވަހު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އީރާނުން ޔުރޭނިއަމް […]
ރައުދުގެ ބަންދަށް 5 ދުވަސް ޖަހައިފި!

ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ޒުވާން އަންހެން ކުއްޖަކު ވެއްޓުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލުގެ ބަންދަށް ފަސް ދުވަސް ޖަހައިފި އެވެ. އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރައުދު އަހްމަދު ޒިލާލް ހައްޔަރުކޮށްފައި ވަނީ ރޭ 6:20 އެހާ ކަންހާއިރުއެވެ. ފުލުހުން މިއަދު ބުނީ، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސް ޖަހައިފައިވާ ކަމަށެވެ. މިދިޔަ ހުކުރުދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި […]
ﷲ ތަޢާލާ އެންމެ ރުހިވޮޑިގެންވާ ޢަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނުން: ޚުތުބާ

ﷲ ތަޢާލާ އެންމެ ރުހިވޮޑިގެންވާ ޢަމަލަކީ މުސްލިމެއްގެ ހިތަށް އުފާވެރިކަމެއް ގެނެސްދިނުން ކަމަށް މަސްޖިދުއް ނަބަވީގެ އިމާމް އަދި ޚަތީބު ޑރ. ސަލާހުލް ބުދައިރު މިއަދު ދެއްވި ހުތުބާގައި ވިދާޅުވެއްޖެ އެވެ. މިއަދުގެ ހުކުުރު ހުތުބާގެ މައުޟޫއަކީ ”ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއް ކަމުގައި ވާށެވެ.“ ހުތުބާގައި ބުނީ މާތް ﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްގު ކަމަށާއި މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ޤަދަރުވެރިކަމުގައި ކަމަށެވެ. އަދި މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ […]
ކޮލެޖް އޮފް ފިޝަރީޒްގެ ފުރަތަމަ ބެޗްގެ ދަރިވަރުން މެރިން ސައިންސް ޑިގްރީ ހާސިލްކޮށްފި

ކޮލެޖް އޮފް ފިޝަރީޒްގެ ފުރަތަމަ ބެޗްގެ ދަރިވަރުން މެރިން ސައިންސް ޑިގްރީ ހާސިލްކޮށްފިއެވެ. މިއީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މި ކޮލެޖުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ޢިލްމީ، ފަންނީ އަދި ހުނަރުވެރި ޒުވާނުން އުފެއްދުމެވެ. މި ކޮލެޖުގެ ކޯސްތަކުގައި ދަރިވަރުންނަށް މަސްވެރިކަމުގެ ދާއިރާގެ އެންމެ ޒަމާނީ ހޯދުންތަކާއި، ކަނޑުގެ ދިރުންތަކާއި، ތިމާވެށީގެ ދިރާސާތަކާ ބެހޭ މަޢުލޫމާތު ދެވެއެވެ. އަދި މީގެ އިތުރުން މަސްވެރިކަމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަން އުންގަންނައިދިނުމަށް […]
އަންހެންކުއްޖާ ވެއްޓުނު މައްސަލައިގައި ތުހުމަތުވާ ރައުދު ހައްޔަރުކޮށްފި

މާލޭގެ ގެއެއް ފުރާޅު މައްޗަށް ޒުވާން އަންހެންކުއްޖަކު ވެއްޓުނު މައްސަލާގައި ތުހުމަތު ކުރެވޭ ރައުދު އަހްމަދު ޒިލާލް މިރޭ ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ ވަޓްސްއެޕް ގްރޫޕަށް ފޮނުވި މެސެޖެއްގައި ބުނީ މި މަހުގެ 18 ވަނަ ދުވަހުގެ ރޭ ހ. މިޓާޒްގޭގެ (ގުދަން ހުރި ގެ) މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ގ. އެރިޔަދޫ، ރައުދު އަހްމަދު ޒިލާލް، 21 މިރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މިރޭ […]
އަންހެންކުއްޖާ ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކުރަމުންދާ ގޮތާމެދު އެޗްއާރްސީއެމްއިން ކަންބޮޑުވުން ފާޅުކޮށްފި

މާލޭގެ އިމާރާތަކުން ފުރާޅެެއް މައްޗަށް ޒުވާން އަންހެންކުއްޖަކު ވެއްޓުނު ހާދިސާގައި ފުލުހުން އަމަލުކުރަމުންދާ ގޮތާމެދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ މައްސަލަ އާ ގުޅިގެން އިދާރާތަކުން އަމަލުކުރަމުންދާ ގޮތް އެޗްއާރްސީއެމުން ތަހުގީގު ކުރަމުންދާކަން ހާމަކޮށް އެ ހާދިސާ ތަހުގީގު ކުރުމުގައި ފުލުހުންގެ އިހުމާލުތަކެއްވާ ކަމަށާއި މައްސަލައިގައި ޝާމިލުވާ ފަރާތްތަކަކީ ދައުލަތުގެ އިސް ފަރާތްތަކާ ގުޅުންހުރި ފަރާތްތަކެއް ކަމުން ތަހުގީގަށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެ ކުރާ ބޮޑެތި […]