ޢީދު ކުލަގަދަކޮށް ފާހަގަކުރަން އެހީތެރިވި ފަރާތްތަކަށް ރައީސް ޝުކުރު އަދާ ކުރައްވައިފި

1446 ވަނަ އަހަރުގެ ފިޠުރު ޢީދު، ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖައްސަވައި، ކުޑަކުދިންނާއި ޢާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމުގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޝުކުރު އަދާކުރައްވައިފިއެވެ. ރައީސް މުޢިއްޒު އެފަރާތްތަކުގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވައި ޝުކުރުއަދާކުރެއްވީ މިއަދު ހެނދުނު އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މި އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދު ބޮކި ދިއްލުމާއި، ޢީދު ހަވީރު ބޭއްވުމާއި، ހަވާ އެރުވުމާއި، ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް […]

ތިންވަނަ ބޮޑު ހަނގުރާމަ ފެށުން ދުރެއް ނޫން: ޔޫރަޕިއަން ޔުނިއަން

ތިންވަނަ ބޮޑު ހަނގުރާމަ ކޮންމެ ވަގުތަކުވެސް ފެށިދާނެ ކަމަށްބަލައި މަދުވެގެން 72 ގަޑިއިރަށް ފުދޭވަރަށް ކާ ބޯ ތަކެތި ރައްކާކުރުމަށް ޔޫރަޕިއަން ޔުނިއަންގެ 450 މިލިއަން ރައްޔިތުންނަށް އެ ޖަމާއަތުން އިލްތިމާސް ކޮށްފިއެވެ. ޔޫރަޕިއަން ކޮމިޝަންގެ އިލްތިމާސްގައި ބުނެފައިވަނީ އެ ނުރައްކާތެރިކަމަށް ކުރިމަތިލާންޖެހޭ ފުރަތަމަ ދުވަސްކޮޅު ދިރިއުޅުމުގެ ހާލަތު ވަރަށް ނާޒުކު ފައްތަރަކަށް ހިގަނދާނެކަމަށް ކޮންމެހެންވެސް ބަލަންޖެހޭނެއެވެ.                                               ޔޫރަޕިއަން ޔުނިއަންގެ އިލްތިމާސްގައި ޕޮލިޓިކޯއަށް މައުލޫމާތު ދީފައިވާ ގޮތުގައި ހަނގުރާމަ ފެށިއްޖެނަމަ ސައިބަރ އެޓޭކް އާއި ނުރައްކާތެރި […]

 އޭނާ މަސައްކަތްކުރީ ޝަރަފްވެރި ހަޔާތެއް ހޯދުމަށް: ޑރ. މޯމިތާގެ މައިންބަފައިން

އިންޑިޔާގެ ހޮސްޕިޓަލެއްގައި 31 އަހަރުގެ ޖޫނިއަރ ޑޮކްޓަރަކު ރޭޕްކޮށް ރަހުމު ކުޑަގޮތަކަށް މަރާލި މައްސަލައިގައި އާންމުންގެ ރުޅިގަނޑު އަދިވެސް މައިތިރި އެއް ނުވެއެވެ.އެމީހުން ގޮވަމުން ދަނީ ރަހުމެއްނެތި މި ދުނިޔެއާ ވަކިކޮށްލެވުނު ހިތްހެޔޮ އޯގާތެރި ޒުވާނާއަށް ފުރިހަމަ އިންސާފު ހޯދާ ދިނުމަށެވެ. ދާދި ފަހުން ބީބީސީގެ ފަރާތުން ވަނީ މަރާލެވުނު ޑޮކްޓަރު މޯމިތާގެ މަންމައާއި ބައްޕަ އާއި ބައްދަލު ކޮށްފައެވެ. އެމީހުން މޯމިތާ ސިފަ ކޮށްފައި ވަނީ އާއިލާ އަށް ވަރަށް ރަގަޅު، އުފާވެރި ހަޔާތެއް ހޯދުމަށް […]

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހަތް މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެއިން ހަތް މީހުން ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހަތް މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، މަސްތުވާތަކެތި ވިއްކާ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހުޅުމާލޭގެ ދެ އެޕާޓްމަންޓަކާއި ދެ ކާރު ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފައި ވެއެވެ. އެގޮތުން ބަލައިފާސްކުރުމުގެ ތެރެއިން ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 1085.71 ގްރާމު ކަމަށް […]

އާޕޯޓްތަކަށް ދިމާވާ އިމަޖެންސީއެއްގައި އެހީވުމަށް އެމްޕީއެލުން އެއްބަސްވެއްޖެ

އެއާޕޯޓްތަކަށް ދިމާވާ އިމަޖެންސީއެއްގައި އެހީވުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް(އާރްއޭސީއެލް) އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.   މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އިއްޔެ އެމްޕީއެލްގެ އޮފީހުގައެވެ. އެގޮތުން މި އެއްބަސްވުމުގެ މަގުސަދަކީ އެމަޖެންސީ ހާލަތެއްގައިވެސް އާރްއޭސީއެލް އިން އާންމުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް ބުރުލެއް ނާރާ އޮޕަރޭޝަން ކުރިއަށްގެންދެވޭނެ މަގު ފަހިކުރުމެވެ. މި އެއްބަސްވުމުގެ ދަށުން އެއާޕޯޓަށް ދިމާވެދާނެ ކުއްލި ހާލަތެއްގައި އެއާޕޯޓް އޮޕަރޭޝަނަލް ހާލަތަކަށް ގެނައުމަށްޓަކައި ކަނޑާއި […]