ފެހި ޤާނޫނުއަސާސީގައި ތިންބާރު، އެއްބާރު އަނެއްބާރާ ވަކިވީ ކޮން އިރަކުތޯ؟

އާދެ! ދިވެހިރާއްޖޭގައި 2008ގައި ތަޞްދީޤުކޮށް މިހާރު ޢަމަލު ކުރަމުންދާ ޤާނޫނުއަސާސީގައި ކޮންތަނެއްގައި ލިޔެފައި އޮތުމުންތޯ ދިވެހިރާއްޖޭގައި ވެރިކަން ހިންގުމުގެ ބާރު، ޤާނޫނު ހެދުމުގެ ބާރު އަދި ޢަދުލުއިންޞާފު ޤާއިމު ކުރުމުގެ ބާރު ވަކިވެފައި ވަނީ! އެއްވެސް މާއްދާއެއްގައި މިތިން ބާރު ވަކިވެފައިވާކަމަށް ލިޔެފައިވޭތޯއެވެ؟ ތިން ބާރުވަކިވުމަކީ ޤަބޫލުކުރެވޭ ފަލްސަފާއެކެވެ. ނުވަތަ މޮޑެލް އެކެވެ. އެއީ އެއްބާރު އަނެއް ބާރުގެ މައްޗަށް ވެރިވެ ނުގަތުމެވެ. އިނގިރޭސިބަހުން ނަމަ ޗެކް އެންޑް ބެލެންސް ސިސްޓަމެއް އޮތުމެވެ. ފެހި ޤާނޫނުއަސާސީ ދިރާސާ […]

އެތައް ބިލިއަން ޑޮލަރުގެ ނަފާ ދިވެހިރާއްޖެއަށް ގެއްލުން!

ދިވެހިރާއްޖެއަކީ ލިޔެވިފައިވާ ތާރިޚަށް އެކަނި ބެލިޔަސް މީލާދީ ގޮތުން މީގެ 870 (އަށްސަތޭކަހަތްދިހަ) އަހަރު ކުރިން މީހުން ދިރިއުޅެމުން އައިސްފައިވާ ޤައުމެއްކަން އެނގެން އެބައޮތެވެ. އެއީ މީލާދީ ގޮތުން 1153 ގައި ދިވެހިރާއްޖެ އިސްލާމްދީނުގެ ހިދާޔަތަށް ދިޔަ ހިސާބުންނެވެ. އަދި ދިވެހިރާއްޖެ ގުދުރަތީ ގޮތުން މިއޮންނަ އަށި، މޯލްޑިވްސް ރިޖުގެ އެންމެ ދެކުނުގައިވާ ރަށްތަކަކީ ފޯޅަވަހީގެ ރަށްތަކެވެ. ދިވެހިރާއްޖޭގެ ތާރީޚުގެ އެކިއެކި ހިސާބުގައި ފޯޅަވަހީގެ ވާހަކަ އެކިގޮތްތަށް ލިޔެވިފައި އެބަހުއްޓެވެ. ދިވެހީން، ޚާއްޞަކޮށް ދިވެހިރާއްޖޭގެ ދެކުނުގައި ދިރިއުޅޭ […]

ޚިޔާލީ ފަރަންސޭސި މަތިފުށް! މަތިފުށް އޮޅުވާލި ހުރަވީން!

ހިލާލީ ދަރިކޮޅުގެ އައްސުލްޠާން ޙަސަން ސިރީ ދިރިކުސަ ލޯކަ މަހާރަދުން މީލާދުން 1550 އިން 1551 އަށް ޙިޖުރީ ގޮތުން 957 އިން 958 އަށް / ރަސްކަން ކުރެއްވީ 01 އަހަރައި 10 މަސް (ނުވަ ވަނަ ޙަސަން ރަސްގެފާނު) އިންޑިއާގެ ކޮޗިން އަށް ވަޑައިގެން ޕޯޗުގީޒުންގެ މަތިވެރި ބޭކަނބަލެއް ކަމަށްވާ ޑޮނާ ލިއޮނޯ އާއި ކައިވެނި ބައްލަވައިގެން ލިބުނު ދަރީންގެ ތެރެއިން ޑޮމް ޖޯ ކިޔާ ދަރިކަލެއް ހުރެއެވެ. މި ޑޮމް ޖޯއަށް ޑޯނާ […]

ތިމާގެ ”ގެ“ އިން އަކައިންޗިއެއް ވެސް ދޫދޭން ބޭނުމެއްނުވެ، އެކަމަކު ފޯޅަވަހި ބޭނުމެއްނޫން!

ތަރިކައިން ނުވަތަ އެނޫންވެސް ގޮތަކުން ތިމާއަށް ގެދޮރު އެޅުމަށް ނޫނީ އިޤްތިޞާދީ ނަފާ ލިބޭ ބިމުން އަކައިންޗިއެއް ވެސް އެހެން މީހަކަށް ތިމާމެން ދޭކަށް ބޭނުމެއް ނުވެއެވެ. މައިންބަފައިންގެ ގޯތި ދަރިންނަށް ތަރިކައިން ލިބޭ ލިބުމުގައި ދަރީންގެ ދެމެދުގައި އޮންނަ ވާދަވެރިކަން ފެނި ބައެއް ފަހަރު ހިތަށް އަރަނީ އެ ގޯތި ތެރޭގައި ހަނގުރާމައެއް ފެށޭނީ ކޮން އިރަކުން ބާއެވެ. އެހާވެސް ބިމުން ލިބޭ ބަޔާ މެދު ފާރަވެރި ވެއެވެ. މިކަން ވަރަށް ރަނގަޅަށް ތަރިކަ ބަހައިދޭ […]

 އެމްޑީޕީއަށް ނޫނެކޭ ބުނި ފަނާކުރަނިވި ޕޮލިސީތައް ދަމަހަށްޓާކަށް ޕީއެންސީ އެއް ބޭނުމެއް ނުވޭ

2008ގައި ޕަރޓީ ސިސްޓަމް ދިވެހިރާއްޖެ އަށް ގަދަކަމުން ގެނައުމަށްފަހުގައި މިވީ 17 ވަރަކަށް އަހަރު ތެރޭގައި އެމް.ޑީ.ޕީ އަށް ވެރިކަން ކުރަން ލިބުމުން ދިވެހިރާއްޖޭގެ ގިނަ ކަންކަން ދިޔައީ ބޮއްސުން ލަމުންނެވެ. ޚާއްޞަކޮށް 2018 އިން 2023 އަށް ކުރި އެމް.ޑީ.ޕީ ގެ ވެރިކަމުން އިންޑިއާގެ އަޅުވެތިކަމަށް ދިވެހިރާއްޖެ ކޮށްޕާލީ ކައިރި މުސްތަޤްބަލެއްގައި އެނުބައި ކެހިވެރި މަޅިން ދިވެހިރާއްޖެ މީން ޒަމާނަކު ސަލާމާތް ނުވާނޭ މިންވަރަށެވެ. ބައެއް މީހުން ބުނެއެވެ. އިންޑިއާގެ ބިރިޔާނި އަދި ގުލާބުޖާމުން އޯކޭ […]

ދިވެހިރާއްޖޭގައި އުމުރުން ސާޅީސް ވުމުން….

ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރިކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ، ( ދިވެހިރާއްޖޭގެ މިނިވަން ކަމުގެ ބަޠަލު) 26 ޖުލައި 1965 ގައި ދިވެހިރާއްޖެ މިނިވަން ކުރެއްވީ ވަރަށްވެސް ފޮނި އުންމީދު ތަކެއްގައެވެ. އެކިލެގެފާނު ދިވެހި ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ތަނަވަސް ކުރެއްވުމަށް އެތަކެއް މަސައްކަތެއް ކުރެއްވިއެވެ. އެގޮތުން ދެކުނު އޭޝިއާގެ އެއްވެސް ޤައުމެއްގައި ކުލަޓީވީގެ ޚިދުމަތް ނެތީސް 1978 ގައި ދިވެހިރާއްޖޭގައި ކުލަޓީވީގެ ޚިދުމަތް ފެށްޓެވިއެވެ. ބޭރުގެ ތަޖުރިބާކާރުން ދިވެހިރާއްޖޭގައި ޓުއަރިޒަމް ނުވަތަ ފަތުރުވެރިކަން […]

ބޮޑުމުރީދުގެ އަންހެންދަރި ޤުރުބާންކޮށް އަތިރީގެއަށް ދޮށިމޭނާކިލެގެފާނުކަން. (1)

(އަތިރީގޭ ޙުސައިން ދޮށިމޭނާކިލެގެފާނުގެ ދަރީންގެ ……) އައްސުލްޠާން ޙަސަން ނޫރައްދީން އިސްކަންދަރު (އެއްވަނަ) ސިރީ ކުލަސުންދުރަ ބޮވަނަ މަހާރަދުންގެ ދެވަނަ އަނބިކަނބަލަށްވީ ހުރާ ދޮންމަރުދުރު ފަޑިއްތަކުރުފާނުގެ އިބްރާހީމް އެދުރުތަކުރުފާނުގެ ބޮޑުމުރީދު ތަކުރުފާނުގެ ދަރިކަނބަލެއް ކަމުގައިވާ ދޮންމަނިކެ ފަހުން ދޮންދީދީއެވެ. މި ކައިވެނިފުޅު ކުރެވުނުތަނާ ބޮޑުމުރީދު ތަކުރުފާނުގެ ޙުސައިން މަނިކަށް ދޮށިމޭނާކިލެގެ ކަމަށް ކޮލިލެވިއްޖެއެވެ. ދިވެހިރާއްޖޭގެ ރަސްކަމުގެ ކޮއިލުގެ ތެރޭގައިވެސް އަންހެންކަނބަލުންގެ ބާރު ގަދަކަމުންނެވެ. މިވީ އަތިރީގޭ އައުލާދަށް ލިބުނު ބޮޑު ހަދިޔާ އަކަށެވެ. ބޮޑުމުރީދުގެ ދަރި ހުސައިނަށް […]

ވެރިޔަކު މަސްވެރިންލައްވާ އިންޖީނުގެތައް ހިންގުމުގެ ހިތި ނަތީޖާ

ދިވެހީންގެ ލޭނާރަކީ ނުވަތަ މައިބަދައަކީ މަސްވެރިކަމެވެ. އަހަރުމެންގެ ކާބަފައިން ދިންހާ އަވީގައި ވެހުނުހާ ވާރޭގައި މަސްވެރިކަން ކޮށް އުޅުނީ ވަރަށްވެސް ދަތި ޙާލުގައެވެ.  މިޒަމާނުގައި ކާބަފައިން އެކުރެއްވި ބުރަ މަސައްކަތުގެ ޒައްރެއްގެ މިންވަރުވެސް އިޙްސާސް ނުކުރެވޭނެއެވެ. ވާނީވެސް އެހެން ނޫންތޯއެވެ.މަސްދޯނި ފަހަރުގައި 1974ގައި އިންޖީނު އެޅުނު ހިސާބުން ދިވެހި މަސްވެރިން ކުރަމުން އައި ހިތްދަތި ތަޖުރިބާ ހަނދާނުން ފުހެވިއްޖެކަހަލައެވެ. ކާބަފައިން މަސްވެރިކަން ކުރީ ރިޔަލު ދޯނި ފަހަރުގައެވެ. ވިއްސާރައިގެ ގަދައިގައި ޖެހިއްޖެނަމަ ރިޔާ ހަލާކުވެ އާ ރިޔަލެއް […]

މިސުރުން ގެންނެވި މަޚުމާ ތާކިހަލުގެ އަނދިރި ފަރާތް

ދިވެހީންގެ ތެރެއިން 1970 ގެ އަހަރުގެ ތެރޭގައި މިސުރުން ކިޔަވައިގެން އައި މައްޗަންގޮޅީ ކިނބިގަސްދޮށުގެ / ކާމިނިގޭ މައުމޫން ޢަބްދުލްޤައްޔޫމް (ފަހުން ރައީސް މައުމޫން) ފަރުދާގެ ފުރަގަހުގައި ހުންނަވައިގެން، ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ކުރައްވަމުން އައި ވެރިކަން ކަމުނުގޮސްގެން ދިޔައީ އެކިއެކި ގޮތް ގޮތުން އެ ވެރިކަމަށް ފާޑު ކިޔައި އަދި ޢަމަލީ ގޮތުން އެވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. އެކިއެކި ބުރާސްފައްޗެވެ. ކުޑަ ބުރާސްފަތި ބޮޑު ބުރާސްފަތި ކަހަލަ ދުވަސް ދުވަހެވެ. މިފަދަ […]

“އެއް ލެޕްޓޮޕާއި, އެއް ރިސޯޓުން“ ޤައުމު ހިންގުންވީ ބޮޑު މުސީބާތަކަށް!

އަނެއްކާވެސް ދިރިހުށްޓާ ފެނުނު މަންޒަރެއްގެ ވާހަކައެވެ. 2008 ގައި ކުރެވުނު ކެމްޕޭނެއްގެ ތެރޭގައި ބޭފުޅަކު ވިދާޅުވިއެވެ. މި ޤައުމު ހިންގުމަށް ބޭނުންވަނީ “އެއް ލެޕްޓޮޕާއި އެއް ރިސޯޓު“ ގެ ނަފާއެވެ. ރައްޔިތުން މިކަމާ ވީ އުފަލެއްގެ ބޮޑުކަމުން ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައެވެ. ރަށްރަށުގެ ކަތީބުންގެ ސިސްޓަމް ކަމުނުގޮސްގެން އެޓޮލްސް މިނިސްޓްރީ ހިންގެވި ވިޔަފާރިވެރިއެއްގެ ބަހަށް ލާމަރުކަޒީ ނިޒާމު ދިވެހިރާއްޖެއަށް ފާކުރާން ވެސް ޖެހިއްޖެއެވެ. އެ ވިޔަފާރިވެރިޔާއަށް ހީވީ މިއީ ސިންގަޕޫރުހެންނެވެ. […]