ގުޅީފަޅު ބައިނަލް އަގްވާމީ ބަނދަރު
މިދުވަސްކޮޅު ރާއްޖޭގެ ނޫސްތަކުން ފެންނަ އެންމެ ފަލަ އެއްސުރުޚީއަކީ ގުޅީފަޅުގައި ބައިނަލް އަގްވާމީ ބަނދަރެއް ހެދުމާމެދު ޢާންމުންގެ ޚިޔާލަށް ހުޅުވާލާފާއޮތް ޚަބަރެކެވެ. އެހެންކަމުން މިކަމުގައި އަޅުގަނޑަށް ފެންނަ ޚިޔާލެއްވެސް ފާޅު ކުރުމުގެ ފުރުސަތު ލިބިފައިއޮތީމާ ގިނަބަޔަކަށް ފެންނާނެގޮތަކަށް އަޅުގަނޑުގެ ޚިޔާލު ފާޅުކުރަން ގަސްދުކުރީއެވެ. ބައިނަލް އަގްވާމީ ބަނދަރެކޭ އޮތީމާ އަޅުގަނޑު ގަބޫލުކުރަނީ މިދައްކަނީ ބައިނަލް އަގްވާމީ ބަނދަރުތަކަށް ކަނޑުދަތުރު ކުރާ އުޅަނދުފަހަރަށް ބޭނުންވާ ތަފާތު ޚިދުމަތަތަކާއި ވަޞީލަތްތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ހުޅުވަން ގަސްދުކުރާތަނެއް ކަމުގައެވެ. ވަގުތުފާއިތުވެ މާބޮޑަށް […]