މ. އަތޮޅުގެ ތިން ރަށެއްގައި ގަސް އިންދުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

މ. އަތޮޅުގެ ތިން ރަށެއްގައި ގަސް އިންދުމުގެ ޙަރަކާތްތަކެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މި ޙަރަކާތްތައް ކުރިއަށް ގެންދެވުނީ މ. މުލަކާއި، މ. ވޭވައް އަދި މ. ދިއްގަރުގައެވެ. މިއީ ސަރުކާރުން ކުރިއަށްގެންދާ ”ފަސް މިލިއަން ގަސް އިންދުމުގެ“ ބޮޑު މަޝްރޫޢުގެ ދަށުން ހިންގި ޕްރޮގްރާމެކެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ޚާއްސަ ޙަރަކާތްތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި، ސަރުކާރުގެ އިދާރާތަކުގެ އިތުރުން ރައްޔިތުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. ގިނަ އަދަދެއްގެ ގަސްތައް ވަނީ މި […]

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނަގަން ހަނދާންކޮށްދީފި

ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމުގެ މުއްދަތު މި މަހުގެ 17 އަށް ހަމަވާތީވެ، އެ މުއްދަތުގެ ކުރިން ލައިސަންސް ނަގަން ހަނދާންކޮށްދީފިއެވެ. އެޗްޕީއޭ އިން މިއަދު ކުރި އިއުލާނެއްގައި ވަނީ ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރުމަށް ނަގަންޖެހޭ ލައިސަންސް ނެގުމަށް ބޭނުންވާ ފަރާތްތަކުން ވަން ގަވް ޕޯޓަލް މެދުވެރިކޮށް އެ ހުއްދަ ހޯދުމުގެ ފުރުޞަތު 2025 އޭޕްރީލް 17 އިން ފެށިގެން ހުޅުވާލާ، 3 މަސް ދުވަހުގެ މުއްދަތެއް ދީފައިވާނެކަން އިއުލާންކޮށްފައެވެ އެހެންކަމުން އެ ހުއްދަ […]

މައިގްރަންޓް ހެލްތު ޕޮލިސީއާއެކު އެންމެންނަށް ސިއްޙީ ޚިދުމަތް ކަށަވަރުވާނެ: ހެލްތު މިނިސްޓަރު

ބިދޭސީންގެ ސިއްޙަތާ ބެހޭ ސިޔާސަތާއިއެކު ރާއްޖޭގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ސިއްޙީ ޚިދުމަތް ލިބޭނެގޮތް ކަށަވަރުވެގެންދާނެ ކަމަށް މިނިސްޓަރ އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ޞިއްޙަތާ ގުޅޭ ސިޔާސަތު ނުވަތަ ”ނެޝަނަލް މައިގްރަންޓް ހެލްތު ޕޮލިސީ“ އިފްތިތާޙްކުރުމަށް މިއަދު މީރުމާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ”ހުރިހާ އެންމެންނަށް ވެސް ހަމަހަމަކަމާއެކު ސިއްޙީ ޙިދުމަތް ލިބޭނެ ގޮތް ކަށަވަރުކޮށްދިނުމަކީ މިއަދު އަޅުގަނޑުމެން […]

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ތިން ފަހުމުނާމާއެއްގައި ސޮއިކޮށްފި

ރާއްޖެ އާއި ސިންގަޕޫރާ ދެމެދު ތިން ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. އެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ސިންގަޕޫރުގެ ބޮޑުވަޒީރު ލޯރެންސް ވޮންގް ބައިވެރިވެވަޑައިގެންފައިވެއެވެ. މި ރަސްމިއްޔާތުގައި ސޮއިކޮށްފައި ވަނީ: ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނޭ، މި ފަހުމުނާމާތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ކުރިއަށްގެންގޮސްފައިވަނީ ސިންގަޕޫރުގެ މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގައެވެ.

ލޭންޑިން ކުރާފްޓް ބަނޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ އެތެރޭގެ ތަހުގީގެއް!

މި މަހުގެ 25 ވަނަ ދުވަހު މާލެ އިން ފުރައިގެން ޅ. އަތޮޅަށް ދަތުރުކުރި ސިވެކް ކުންފުނީގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ އެތެރޭގެ ތަހުގީގެއް ފަށައިފިއެވެ. އެ އުޅަނދުގައި ހަ މީހުން ދަތުރުކުރި އިރު އޭގެ ތެރޭގައި ދެ ސިފައިންނާއި އާންމު މީހަކާއި ތިން ބިދޭސީން ހިމެނެއެވެ. އެ ހާދިސާގައި ވޮރަންޓް އޮފިސަރު 2 އަލީ ހާމިދު ވަނީ ނިޔާވެފައެވެ. އަދި ބަނގްލަދޭޝްއަށް ނިސްބަތްވާ ބިދޭސީ ފަޅުވެރިޔަކު ގެއްލިގެން އަންނަނީ ހޯދަމުންނެވެ. […]

ރައީސް މުޢިއްޒު ސިންގަޕޫރުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވައިފި

ސިންގަޕޫރުގެ ބޮޑުވަޒީރު އަދި މާލީ ވަޒީރު، ހިޒް އެކްސަލަންސީ ލޯވްރެންސް ވޮންގްއާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މެންދުރުފަހު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގައި ސިންގަޕޫރުގެ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާފައެވެ. އެގޮތުން ވަކިން ޚާއްޞަކޮށް، މަސްވެރިކަމުގެ އެކްސްޕޯޓްތަކަށް އައު ބާޒާރުތައް ހޯދައި، އިޤްތިޞާދު ސިންދަފާތުކުރުމާ ގުޅޭ ގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ވާހަކަފުޅުދައްކަވާފައެވެ. ހަމައެހެންމެ 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ […]

4 ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް ބިނާކޮށްދޭނެ ފަރާތެއް ހޯދަނީ

ހަތަރު ރަށެއްގައި އިސްލާމީ މަރުކަޒާއި 10 ރަށެއްގައި މިސްކިތް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ. ފިނޭންސް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ މި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާކަމަށެވެ. އިސްލާމީ މަރުކަޒު ބިނާ ކުރަން ހަމަޖެހިފައިވާ ރަށްތަކަކީ:ހއ.އިހަވަންދުށ. ފުނަދޫޅ.ނައިފަރުގއ. ވިލިނގިލީ ފިނޭންސް މިނިސްޓްރީން ބުނީ އިހަވަންދޫ، ފުނަދޫ އަދި ވިލިނގިލީގައި އިސްލާމީ މަރުކަޒު ބިނާކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި […]

އިމިގްރޭޝަންގެ ގުދަނުން ވަގަށް ނެގި ތަކެތި ވިއްކަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފި

އިމިގްރޭޝަންގެ ގުދަނުން ވަގަށް ނެގި ތަކެތި ވިއްކަން އުޅެނިކޮށް މީހަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަން ގުދަނުން ވައްކަންކޮށްފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މި ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އެ މައްސަލައާ ގުޅިގެން، ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ / ދިލްބަހާރުގެ، އަޙްމަދު ނިއުޝަމް (36އ) އެވެ. ފުލުހުން މިއަދު ބުނީ އޯކިޑް ބިލްޑިންގގައި ހުންނަ، މޯލްޑިވްސް އިމިގްރޭޝަންގެ ގުދަނުން ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ ތަކެތި […]

މަސްތުވާތަކެތީގެ މައްސަލައެއްގައި ދުވާފަރުން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް!

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރ. ދުވާފަރުން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ. މި ޖޫން މަހުގެ 26 ވަނަ ދުވަހު ހިންގި ދުވާފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. ދުވާފަރު / ހުރަސްތާ، ޢަބްދުﷲ ޢަލީ (33އ) އެވެ. ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް […]

މާންދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

ލ. މާންދޫގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގައިފިއެވެ.   މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.  މި ޕްރޮގްރާމުގައި 250 އެއްހައި މުވައްޒަފުންނަށް މައުލޫމާތު ދީފައިވެއެވެ. ފުލުހުންގެ ބުނީ މި ޕްރޮގްރާމުގައި، ވަޒީފާއާ ބެހޭ ގާނޫނާ ގުޅުންހުރި ބައިތަކާއި، ސްކޭމް މައްސަލަތައް އަދި ޓްރެފިކް މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި ވަޒީފާއާ ބެހޭ ގާނޫނޫގެ މަގުސަދުތަކާއި، ވަޒީފާދޭ ފަރާތަށާއި ވަޒީފާ […]