ރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރަން މަސައްކަތްކުރި 3 ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދެނީ!

ރޭ އިރު އޮއްސުނު ވަގުތު ހުޅުމާލެ އެންސިސް ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރަން މަސައްކަތްކުރި 3 ފުލުހަކަށް ދުމުގެ އަސަރުކޮށްގެން ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. ރޭ ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރެވިފައި ވަނީ ގާތްގަނޑަކަށް 4 ގަޑިއިރެއް ހާއިރު ފަހުންނެވެ. ފުލުހުން މިއަދު ބުނީ ރޭ ހުޅުމާލޭގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލް ކުރަން މަސައްކަތްކުރުމުގެ ތެރޭގައި ދުމުގެ އަސަރުކޮށްގެން ހުޅުމާލޭގައި މަސައްކަތްކުރާ 3 ފުލުހަކަށް ރެއިން ފެށިގެން ހޮސްޕިޓަލުގައި […]
ޓެލެގްރާމް ހެކްކުރާ މައްސަލަތައް އިތުރުވެއްޖެ!

ޓެލެގްރާމް ހެކްކުރާ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިއަދު ބުނީ ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމުން ފޮނުވާ ޕިޝިންގ ލިންކު މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަމަށެވެ. މި ލިންކުތައް އަންނަނީ އިތުބާރުކުރެވޭ ފަރާތަކުން ފޮނުވާ މެސެޖަކާއެކު ކަމަށާއި އެ މެސެޖުގައިވާ ލިންކަށް ފިތައިލުމުން ފޯނު ނަންބަރު ޖެހުމަށް ބުނެއެވެ. އަދި ފޯނަށް އަންނަ އޯޓީޕީއެއް ހިއްސާކުރުމަށް ބުނާ ކަމަށް ފުލުހުން ހާމަކުރެއެވެ. ފުލުހުން ވަނީ އިތުބާރުކުރެވޭ ނުވަތަ ގާތް […]
އާ ޓާމިނަލަކީ ސަލާމަތީ މިންގަނޑުތައް ފުރިހަމަ ތަނެއް: ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަކީ ސަލާމަތީ މިންގަނޑުތައް ފުރިހަމަ ތަނެއް ކަމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގެ ހެޑް، ޗީފް އިންސްޕެކްޓަރ އެވްސެކް އަހުމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކަށް ހާއްސަކޮށްގެން އެމްއޭސީއެލް އިން ސިލްސިލާކޮށް ގެނެސްދެމުން އަންނަ ވީޑިއޯ ސެގްމަންޓުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އާ ޓާމިނަލުގައި ގާއިމުކޮށްފައިވާ ބެގޭޖް ހޭންޑްލިން ސިސްޓަމް (ބީއެޗްއެސް) އަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ވަރަށް ފުރިހަމަ […]
އެމްބީއެސް އިން ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފި

މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް)އިން ހޮޓްލައިން ނަންބަރެއް ތައާރަފުކޮށްފިއެވެ. އެމްބީއެސް އިން ތަޢާރަފްކުރި ހޮޓްލައިން ނަންބަރަކީ 7333645 އެވެ. އެމްބީއެސްއާ ހަވާލާދީ ހެލްތު މިނިސްޓްރީން މިއަދު ބުނީ އެމްބީއެސް އިން ހޮޓްލައިން ނަންބަރެއް ތަޢާރަފްކޮށްފައި ވަނީ ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ޚިދުމަތް ހޯދުމުގައި ލުއި ފަސޭހަ ކުރުމުގެ މަޤްސަދުގައި ކަމަށެވެ. އެގޮތުން އެ އިދާރާ ހުޅުވާފައި ހުންނަ ގަޑިތަކުގައި މި ނަންބަރު މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. އެ ނަންބަރުން ވައިބާ އާއި […]
ރާއްޖޭގައި އަލަށް ބޭނުންކުރަން ފަށާ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި

މިހާރު ހުޅުވަން ތައްޔާރުވަމުން އަންނަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ފަސިންޖަރު ޓާމިނަލުގައި ބޭނުންކުރާ ފަސިންޖަރު ބޯޑިން ބްރިޖުތައް އޮޕަރޭޓް ކުރާނެ މުވައްޒަފުން ތަމްރީނުކޮށްފި އެވެ. ފަސިންޖަރު ބޯޑިން ބްރިޖަކީ ރައްކާތެރި ކަމާއެކު މަތިންދާބޯޓުން ޓާމިނަލްއަށް ފޭބުމަށް ގުޅާލެވޭ ބްރިޖެކެވެ. މި ބްރިޖުގެ ސަބަބުން ޓާމިނަލުން މަތިންދާބޯޓަށް އަދި މަތިންދާބޯޓުން ޓާމިނަލަށް ދިއުމަށް ބަސް ބޭނުންނުކޮށް މަތިންދާބޯޓުން ސީދާ ޓާމިނަލަށް ފޭބޭނެ އެވެ. މިއީ އާ ޓާމިނަލްއާއެކު ރާއްޖޭގައި އަލަށް ބޭނުންކުރަން ފަށާ ހިދުމަތެކެވެ. މި ފަސިންޖަރު […]
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަނާ ބޭހުގެ 32 ގުޅައާއެކު މާލެއިން މީހަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަނާ ބޭހުގެ 32 ގުޅައާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ. މަނާ ބޭހާއި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ ށ. ކޮމަންޑޫ / ސާތީ، ޙުސައިން ޝާނިމު (24އ) އެވެ. އޭނާ ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހުއެވެ. ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރުމަށްފަހު، އޭނާއާ ގުޅުންހުރި 3 ތަނެއް ބަލާ ފާސްކޮށް، 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ހޯދާފައިވާ […]
މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަ ބޭންކް ބޭނުންކުރުން މަނާކޮށްފި

ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަ ބޭންކް ބޭނުންކުރުން މަނާކޮށްފިއެވެ. އައިލެންޑް އެވިއޭޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށާއި އެ އެއާލައިނުން އަބަދުވެސް އިސްކުރާނީ ފަސިންޖަރުންގެ ރައްކާތެރިކަން ކަމަށެވެ. އެގޮތުން އަލަށް ނެރުނު މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން […]
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރުން ތަހުނިޔާ ފޮނުއްވައިފި

އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރުން ތަހުނިޔާ ފޮނުއްވައިފިއެވެ. ެ އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، މަރކޯ ރޫބިއޯ އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު، ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ. އެގޮތުން މިނިސްޓަރުގެ މެސެޖުގައި ވިދާޅުވީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ފޮރިން މިނިސްޓަރަށާއި ސަރުކާރާއި […]
ދިވެއްސަކު ބަންދުކޮށްގެން ގެންގުޅުނު މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މާލޭގެ ގެއެއްގައި ދިވެއްސަކު ބަންދުކޮށްގެން ގެންގުޅުނު މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. މި މައްސަލައިގައި ހައްޔަރުކުރީ ސ. ފޭދޫ، ސުވާސާގެ، އިބްރާހީމް ސައީދު (48 އ) އެވެ. ފުލުހުން އިއްޔެ ބުނީ މާލޭގެ ގެއެއްގައި ދިވެއްސަކު ރަހީނުކޮށްގެން ގެންގުޅޭކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ފުލުހުން ކުރި މަސައްކަތުން ގެއެއްގައި ބަންދުކޮށްފައި ހުރި އުމުރުން 44 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ސަލާމަތްކޮށްފައެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ ބުދަ ދުވަހުގެ […]
ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި

މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ހުރި ބިދޭސީއަކު ސަލާމަތްކޮށްފި އެވެ. ފުލުހުން މިއަދު ބުނީ މާލޭގެ ގެއެއްގައި ހުއްދަ ނޫން ގޮތުގައި މީހަކު ބަންދުކޮށްފައި ހުރިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 6:00 ހާއިރު ކަމަށެވެ. އަދި އެތަނުގެ ތަޅު ހަލާކުކޮށްލައިގެން އެމީހާ އެތަނުން ނެރެފައިވާ ކަމަށާއި އެއީ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ. މީގެ އިތުރުން އެ މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއްވެފައިވާ ކަމަށް ފާހަގަ ނުކުރެވޭ ކަމަށާއި އެ މީހާ އައިޖީއެމްއެޗަށް ގެންދެވި […]