ތ. އަތޮޅުގައި އައިޑީ ކާޑުގެ ޚިދުމަތް ފަށައިފި

ތ. އަތޮޅުގައި އައިޑީ ކާޑުގެ ހިދުމަތް ފަށައިފިއެވެ. އެ އަތޮޅުގައި އައިޑީކާޑުގެ ޚިދުމަތް ފަށާފައި ވަނީ ތ. ވޭމަންޑޫގައެވެ. ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ބުނީ، ތ. އަތޮޅުގައި ވެސް އައިޑީ ކާޑުގެ ހިދުމަތް ފަށާފައިވާ ކަމަށެވެ. އަދި މިހާރު 27 ރަށަކުން އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރަމުން އަންނަ ކަމަށް ޑީއެންއާރުން ބުނެފައި ވެއެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ […]
އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް ރާއްޖެ ވަޑައިގެންފި

އިނގިރޭސިވިލާތައް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. އެގޮތުން، މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އިނގިރޭސިވިލާތުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. އޭގެ ތެރޭގައި، ހައުސް އޮފް ކޮމަންސްގެ ސްޕީކަރ، ރައިޓް އޮނޮރަބަލް ސަރ ލިންޑްސޭ ހޮއިލް އަދި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އެފެއާޒް، ރައިޓް އޮނަރަބަލް ޑޭވިޑް ލެމީ ހިމެނިވަޑައިގެންނެވިއެވެ. އަދި އެ ބޭފުޅުންނާއެކު މަޝްވަރާކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުން، […]
ވިނަރެސް ޓަވަރަކުން ޒުވާން ފިރިހެނަކު ވެއްޓިއްޖެ

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ވިނަރެސް ޓަވަރުން ޒުވާން ފިރިހެނަކު ވެއްޓިއްޖެ އެވެ. ފުލުުހުން ދެންމެ ބުނީ ވިނަރެސް ޓަވަރު އަށަކުން މީހަކު ވެއްޓިގެން ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ވެއްޓުނު މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ ވިނަރެސް ޓަވަރުގެ އަށަކުން ވެއްޓިފައި ވަނީ 18 އަހަރުގެ ދިވެހި ޒުވާން ފިރިހެނެއް ކަމަށެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު ހާމަކޮށްފި

ސަރުކާރުގެ ސިޔާސީ މަޤާމުތަކުގައި މިހާރު ތިއްބެވި މުވައްޒަފުންގެ އަދަދު ރައީސް އޮފީހުން ހާމަކުރައްވައިފިއެވެ. ރައީސް އޮފީހުން މިއަދު ވަނީ ސިޔާސީ މަޤާމުތަކަށް މިހާރު ޢައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ ޢަދަދާއި މުވައްޒަފުން ޢައްޔަނު ކުރައްވާފައިވާ އެކި ގިންތިތައް ހާމަކުރައްވާފައެވެ. އެގޮތުން ރައީސް އޮފީހުން ވިދާޅުވީ ސިޔާސީ މަޤާމުތަކަށް މިހާރު ޢައްޔަނު ކުރައްވާފައި ތިއްބެވި މުވައްޒަފުންގެ ޖުމްލަ ޢަދަދަކީ، 922 ކަމަށެވެ. ”ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިޢުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން ޢައްޔަނު […]
މާޅޮހުގައި އުމުރުން ދުވަސްވީ ފިރިހެނަކަށް ހަމަލާދީ މަރާލައިފި

ރޭ ދަންވަރު ނިދާފައި އޮއްވާ އއ. މާޅޮހުގައި އުމުރުން ދުވަސްވީ ފިރިހެނަކަށް ހަމަލާދީ މަރާލައިފިއެވެ. މަރާލައިފައިވަނީ އއ. މާޅޮހު އޯކިޑުމާގެ، އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމެވެ. ފުލުހުން މިއަދު ބުނީ، މާޅޮހުގެ ގެއެއްގައި ނިދާފައި އޮތް މީހަކަށް ބޮޑެތި ޒަޚަމްތަކެއް ދިނުމުން ރޭ ދަންވަރު 1:50 ހާއިރު އެ ރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުން ދިޔަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އޭނާއަށް ފަރުވާ ދެމުން އަންނަނިކޮށް ފަތިހުގެ ވަގުތެއްގައި މަރުވެފައިވާ […]
އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ބ.އަތޮޅުގައި މެޑިކަލް ކޭމްޕެއް!

އޭޑީކޭ ހޮސްޕިޓަލްގެ ފަރާތުން ބ.އަތޮޅުގައި މެޑިކަލް ކޭމްޕެއް ފަށައިފިއެވެ. ހެލްތު މިނިސްޓްރީން ބުނީ އޭޑީކޭ ހޮސްޕިޓަލާއި ބ.އަތޮޅު ކައުންސިލާއި އޭދަފުށި ކައުންސިލާއި، އެ އަތޮޅު ސިއްޙީ ޚިދުމަތްދޭ ތަންތަން ގުޅިގެން ބ.އަތޮޅުގައި މިއަދު ފެށި މެޑިކަލް ކޭމްޕްގައި ޑރ.އަށް ދެއްކުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ. ”އެންމެ ބަލި މީހުންނަށް އިސްކަން ދިނުމަށް ޓަކައި އެޕޮއިންޓްމެންޓް ދިނުމުގެ ކުރިން ސްކްރީން ކުރެވޭނެ“ އެ މިނިސްޓްރީން މައުލޫމާތުދެއެވެ. ހެލްތު މިނިސްޓްރީން ބުނީ މި މެޑިކަލް ކޭމްޕްގައި ފަރުވާ ދެވޭ […]
ވީއައިއޭގެ އާ ޓާމިނަލާއި ގުޅޭ މައުލޫމާތު ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ކަމާގުޅޭ ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށް ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ މިއަދު ހުޅުލޭ އައިލެންޑް ހޮޓަލުގައެވެ. މި ބައްދަލުވުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އެކްސްކޯގެ މެންބަރުންގެ ބައިވެރިވެވަޑައިގެންނެވި އެވެ. މި ބައްދަލުވުމުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ), ރެގިއުލޭޓަރީ އޮފް އޭވިއޭޝަން ސެކިއުރިޓީ (ޑާސާ), […]
ބިންވެރިޔާ ސްކީމުން ގުޅީފަޅުން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ދޫކުރަން ފަށައިފި

ބިންވެރިޔާ ސްކީމުން ގުޅީފަޅުން ގޯތި ލިބުނު މީހުނަށް ރަޖިސްޓްރީ ދޫކުރަން ފަށައިފިއެވެ. ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ ގުޅިގެން، ގުރުއަތު ނެގުމަށްފަހު ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފަށާފައި ވަނީ މިއަދު އެވެ. މިއަދު ހެނދުނު ފެށި މި މަސައްކަތް ކުރިއަށްދަނީ ހައުސިން މިނިސްޓްރީ ކުރިން ހިންގި އިމާރާތް ބިމުގައެވެ. ގުޅީފަޅަކީ މާލޭގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ ބޮޑު މަޝްރޫޢުތަކުގެ ތެރެއިން އެއް މަޝްރޫޢެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނީ ސަރުކާރުގެ […]
ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާފައި ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިފި

ސަލްމާން މިސްކިތުގެ ތިންވަނަ ފަންގިފިލާފައި ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިފިއެވެ. އެ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމްއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ވުޒާރާގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ. ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގައެވެ. […]
ޒަކަރިއްޔާ ދުއްވި ޑިންގީ ކަނޑުއަޑިން ފެނިއްޖެ

ޑިންގީއެއްގައި ގއ. ގައްދޫ އިން އެ އަތޮޅު ގަމަށް އެކަނި ދަތުރުކުރަމުން ދަނިކޮށް ގެއްލުނު ޒަކަރިއްޔާ މުޙައްމަދު 79އ ދަތުރުކުރި ޑިންގީ ކަނޑުއަޑިން ފެނިފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ. އެމްއެންޑީއެފުން ދެންމެ ބުނީ ޒަކަރިއްޔާ މުޙައްމަދު ހޯދުމަށް ކުރިއަށްގެންދާ އޮޕަރޭޝަންގެ ދަށުން މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި އޭނާ ދަތުރުކުރި ޑިންގީ ފެނިފައިވާ ކަމަށެވެ. އެގޮތުން އެ ޑިންގީ ފެނިފައި ވަނީ ގދ. ގައްދޫއާއި ގަމާއި ދެމެދު އޮންނަ ކަނޑު އޮޅީގެ 10 މީޓަރު އަޑިން ކަމަށް […]