މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒު ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވައިފި

ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ސިފައިންނާއި ފުލުހުންނާ ބައްދަލުކުރައްވައިފިއެވެ. ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު އޮތް މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމާއެކު، އެ މަނިކުފާނަށް މަރުޙަބާ ވިދާޅުވީ، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، ދާޚިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ، އަދި ޕޮލީސް ކޮމިޝަނަރ އިސްމާޢީލް ނަވީންއެވެ. މި ރަސްމިއްޔާތަށް ވަޑައިގެންނެވުމުން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި، އެމަނިކުފާނަށް ޝަރަފުގެ […]
އިންޑިއާގެ ބޮޑު ވަޒީރު ރާއްޖެ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތައް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގެންފިއެވެ. ބޮޑު ވަޒީރު މޯދީ ރާއްޖެ ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. އަދި ރައީސްގެ އަރިހުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންފައި ވެއެވެ. ތަފްސީލް އަންނަނީ…
ފޮއްދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައިފި

ނ. ފޮއްދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅައި، އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. ފޮއްދޫގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުން އައު މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. ފޮއްދޫގައި ފުލުހުންގެ އައު މަރުކަޒު އިމާރާތްކުރުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ […]
ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ޕާކުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ފަށައިފި

ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ޕާކު ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް ފަށައިފިއެވެ. މިއީ އެޗްޑީސީއާއި އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އާއި މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރުއައި) ގުޅިގެން ”ކޮރަލް ގާޑެން ޕްރޮޖެކްޓް“ ނަމުގައި މިއަދު ފެށި ހަރަކާތެކެެވެ. އެޗްޑީސީން ވަނީ ހުޅުމާލޭގެ އިރުމަތީ ފަރުން ނެގި ވަކި ވައްތަރެއްްގެ މުރަކަ އެ ސަރަހައްދުގައި މޫދު އަޑީގައި އިންދާފައެވެ. އެގޮތުން އެ މުރަކަތައް ހެދި ބޮޑުވާ ގޮތް ބެލުމަށް ބޭނުންކުރާ ހާއްސަ ވަސީލަތެއް ކަމަށްވާ ”މާސް […]
މާލެ ދާރުލްއަރްޤަމްއާއި ހުޅުމާލެ ދާރުލް ސަލާމް އިމާރަތްކޮށްދޭނެ ފަރާތެއް ހޯދަނީ

މާލޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ވަޤުފް ޢިމާރަތްކަމަށްވާ ދާރުލް އަރުޤަމްއާއި ހުޅުމާލޭގައި އިމާރާތް ކުރަން ހަމަޖެހިފައިވާ ދާރުލް ސަލާމް ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދަން އިސްލާމިކް މިނިސްޓްރީން މިއަދު އިޢުލާންކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މާލޭގައި ދާރުލް އަރުޤަމް އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ މާލޭ ސިޓީގެ ހެންވޭރު އަވަށުގެ 64 ނަންބަރު ކޮށީގައި ކަމަށާއި ހުޅުމާލޭގައި ދާރުލް ސަލާމް އިމާރާތް ކުރުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި (ލޮޓް ނަންބަރު: 11646) ގައި ކަމަށެވެ. […]
ފަލަސްތީނުގެ މަސްޖިދުއް އިބްރާހީމީގެ ހިންގުން ބަދަލުކުރަން އިސްރާއީލުން ނިންމުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

އިސްރާއީލުން އިބްރާހީމްގެފާނު މިސްކިތް ނުވަތަ މަސްޖިދުއް އިބްރާހީމީ ހިންގުމާއި ބެލެހެއްޓުން ފަލަސްޠީނުގެ މިނިސްޓްރީ އޮފް އެންޑޮވަރމަންޓް އެންޑް ރިލިޖަސް އެފެއާޒްގެ އަތުން ނިގުޅައިގަނެ އިސްރާއީލުގެ ރިލިޖަސް ކައުންސިލަށް ހަވާލުކުރަން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ. ދިވެހި ސަރުކާރުން މިކަން ކުށްވެރިކުރީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ދާއިމީ މަންދޫބުންގެ ފެންވަރުގައި ބޭއްވި ބައްދަލުވުމުގައެވެ. އެގޮތުން އެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން އޯ.އައި.ސީ. […]
ޒަކިއްޔާގެ މަރަށް އިންސާފު ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ނ. ހޮޅުދޫގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެ ރަށު ޒަކިއްޔާ މޫސާ50އ ގެ މަރުގެ މައްސަލައިގައި ކަން ހިނގާދިޔަގޮތް ބެލުމަށާއި އިންސާފު ގާއިމު ކުރުމަށް ކުރެވެންހުރި ހުރިހާ ކަމެއް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އެ ޔަޤީންކަން ދެއްވީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ހޮޅުދޫއަށް ފައިބާވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަމުން ދިޔައިރު، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި […]
ފުޖިއާން ޕްރޮވިންސުން ރާއްޖެއަށްް ކުޅިވަރު ސާމާނު ހަދިޔާކޮށްފި

ފުޖިއާން ޕްރޮވިންސުން ގިނަ އަދަދެއްގެ ކުޅިވަރު ސާމާނު ރާއްޖެއަށް ހަދިޔާކޮށްފިއެވެ. އެ ސާމާނުތައް ހަދިޔާކުރުމަށް ބާސެލޯ ނަސަންދުރައިގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކުޅިވަރު ސާމާނާ ސަރުކާރުގެ ފަރާތުން ހަވާލުވެލެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އަދި ޗައިނާގެ ފަރާތުން ސާމާނު ހަވާލުކޮށްދެއްވީ ފުޖިއާން ޕްރޮވިންސްގެ ވައިސް ގަވަރުނަރު ވެއި ޝިއައޮކުއި އެވެ. ފުޖިއާން ޕްރޮވިންސުން ރާއްޖެއަށް ހަދިޔާކުރި ކުޅިވަރު ސާމާނުގެ ތެރޭގައި ގިނަ އަދަދެއްގެ ޖާޒީތަކާއި، ފުޓްބޯޅަ ފަދަ ސާމާނު ހިމެނެއެވެ. މި ރަސްމިއްޔާތުގައި […]
ގެއްލިގެން ހޯދަމުންދިޔަ ހަސަން ޔާމީން ވަނީ ބްރިޖުން ކަނޑަށް ފުންމާލާފައި

މާލެއިން ގެއްލިގެން ހޯދަމުން ދިޔަ ގ. ގާރނެޓް ހަސަން ޔާމީން (30އ) ވަނީ ބުރިޖު މަތީން ކަނޑަށް ފުންމާލައިފައިކަމަށް ފުލުހުން ބުނެފިއެވެ. ހަސަން ޔާމީން މި މަހުގެ 11 ވަނަ ދުވަހު ރޭގަނޑު 21:25 ހާއިރު މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއް ނުވެ، ގެއްލިފައިވާއިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ޖުލައި 14 ވަނަ ދުވަހު އެވެ. ފުލުހުން މިއަދު ބުނީ އޭނާ ހޯދުމަށް ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފޫޓޭޖް […]
މާފަރުގައި ޤާއިމުކުރާ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

ނ. މާފަރުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. އެކަމަށްޓަކައި މިއަދު ހެނދުނު މާފަރުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. މާފަރުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުން އައު މަރުކަޒުގެ ބިންގާ އަޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިހުސާންއެވެ. މާފަރުގައި ފުލުހުންގެ އައު މަރުކަޒު އިމާރާތް ކުރުމަށް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް […]