ޖެނެރޭޝަނަލް ބޭން ރައީސް ތަސްދީގުކުރައްވައިފި

ދުންފަތުގެ ޖެނެރޭޝަނަލް ބޭން ކަނޑައަޅުއްވައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލް ތަސްދީގު ކުރައްވާފައި ވަނީ އެކަމަށްޓަކައި ރައީސް އޮފީހުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ. މި އިޞްލާޙާއެކު އަންނާނެ ބައެއް ބަދަލުތަކުގެ ތެރޭގައި މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، 1 ޖެނުއަރީ 2007 ން ފެށިގެން، އޭގެ ފަހަށް ރާއްޖޭގައި އުފަންވެފައިވާ ހުރިހާ ކުދީންނަށް، އަދި މީގެ ފަހުން އުފަންވާނެ […]

 ނޭޗަރ ޕާކު ގާއިމުކުރަން އެމްޓީޑީސީއާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފި

 ހދ. ކޭލަކުނު އަދި ށ. ފަރުކޮޅުގެ ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކުގައި ނޭޗަރ ޕާކުތައް ގާއިމުކުރުމަށްޓަކައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.  އެގޮތުން މި މަސައްކަތްތައް ކުރިއަށް ގެންދާނީ މިނިސްޓްރީގެ ޓެކްނިކަލް ލަފައާ އެއްގޮތްވާ ގޮތުގެ މަތިން ހަތަރު މަރުހަލާއަކަށް ބަހާލައިގެން އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މި ނޭޗަރ ޕާކުތަކުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްގީކޮށް، އެކި ދާއިރާތަކަށް ފުޅާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ރަށްތަކުގެ ޤުދުރަތީ ރީތިކަމާއި، […]

މުލި-ނާލާފުށި ކޯޒްވޭ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފި

މ. މުއްޔާއި އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ނާލާފުށި ގުޅުވާލުމަށް ހަދާ ކޯޒްވޭގެ އަމަލީ މަސައްކަތް ސަރުކާރުން ފަށައިފި އެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާފައި ވަނީ މުލީ އެއާޕޯޓު ހުޅުވުމަށް އެ ރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު އެވެ. މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން 600 ދުވަސް ތެރޭގައި ނިންމަން އަމާޒު ހިފާފައިވާ މަސައްކަތެކެވެ. މުލި-ނާލާފުށި ކޯޒްވޭ އަކީ 565 […]

ދީންވެރި ދަރިއަކު ތަރުބިއްޔަތު ކުރެވޭނީ މައިންބަފައިން މާތްﷲ އަށް ކިޔަމަންގަނެ، ނަމޫނާ ދައްކައިގެން: ޝެއިޚް ފަހުމީ

ރަނގަޅު ދީންވެރި ދަރިއަކު ތަރުބިއްޔަތު ކުރެވޭނީ މައިންބަފަން ވެސް މާތް ﷲ އަށް ކިޔަމަންގަންނަ ބަޔަކަށްވެ އެއަމަލުތައް ދަރިންނަށް ނަމޫނާއަކަށް ދައްކައިގެން ކަމަށް އައްޝައިޚް އަޙްމަދު ފަހުމީ ދީދީ ވިދާޅުވެއްޖެއެވެ. ޝެއިހް މިހެން ވިދާޅުވީ އިޖުތިމާޢީ ނަޒަރަކުން ބެލެނިވެރިކަމާއި ބެހޭގޮތުން، މެންދުރު ޓީވީގެ މަޢުޟޫޢު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ. އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝެއިހް ވިދާޅުވީ ކޮންމެ ކުއްޖަކީވެސް ސާފު ފިތުރަތުގެ މަތިން ދުނިޔެއަށް އުފަންވާ ކުއްޖެއްކަމަށާއި، އެ ކުއްޖާ ވަކި ކަހަލަ މީހަކަށް ހަދަނީ އެކުއްޖާގެ […]

އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި 13 މަޝްރޫއެއް ހިންގަން އެއްބަސްވުންތަކުގައި ސޮއި ކޮށްފި

އިންޑިއާގެ ގްރާންޓް އެސިސްޓަންސް ސްކީމް ”ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްންޓް“ގެ ތިންވަނަ ފިޔަވަހީ ގެ ދަށުން 13 މަޝްރޫއެއް ދިވެހިރާއްޖޭގައި ހިންގުމަށް ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު 13 ފަހުމްނާމާގައި ސޮއި ކޮށްފިއެވެ. މި ރަސްމިއްޔާތު ބާއްވާފައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައެވެ. އެ ފަހުމްނާމާތަކުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ޖުމްލަ އަދަދަކީ 100 މިލިއަން ދިވެހި ރުފިޔާއެވެ. މި މަޝްރޫއުތަކަކީ ރާއްޖޭގެ ފެރީ ނިޒާމު ތަރައްގީކޮށް އެއްކޮށް މުޅި ރާއްޖެ ގުޅުވައި […]

އިސްރާއީލުން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުންދާ ހަމަލާތައް ރާއްޖޭން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި

ޣައްޒާގައި އިސްރާއީލުން ހުއްޓުމެއްނެތި ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ. ފޮރިން މިނިސްޓްރީން ރޭ ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި އިއްޔެ އެކަނިވެސް ކުށެއްނެތް 100 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލާފައިވާ ކަމަށެވެ. އަދި މި ހަމަލާތަކަކީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާއި، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ޤާނޫނާއި އަދި ބައިނަލްއަޤްވާމީ އިންސާނިއްޔަތުކަމުގެ ޤާނޫނާ ސީދާ ޚިލާފު ޢަމަލުތަކެއް ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވެއެވެ. ”އިސްރާއީލުން […]

ރައުދުގެ ބަންދު އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި

ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބަންދު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ. އެގޮތުން މި މަހުގެ 10 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ނެރުނު ފަސް ދުވަހުގެ ބަންދު އަމުރެއް އިސްތިއުނާފް ކުރަން ރައުދުގެ ވަކީލު ހައި ކޯޓަށް ހުށަހަޅައި އެ އަމުރު ވަނީ މިހާރު އިސްތިއުނާފުކޮށްފައެވެ. ރައުދުގެ ބަންދު އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރީ މައިގަނޑު […]

ހުޅުމާލެ ހޮސްޕިޓަލުގައި 14 އެނދުގެ އިމަރޖެންސީ ރޫމެއް ތަރައްޤީކޮށް ޚިދުމަތްފަށަން ތައްޔާރުވެއްޖެ

ހުޅުމާލޭ ހޮސްޕިޓަލުގައި ތަރައްޤީކުރި 14 އެނދުގެ އިމަރޖެންސީ ރޫމްގެ މަސައްކަތް ނިމި ޚިދުމަތްފަށަން ތައްޔާރުވެއްޖެއެވެ. ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން، ހުޅުމާލޭ ހޮސްޕިޓަލުގެ ޑިރެކްޓަރ ޖެނެރަލް، މޫސާ ކަލީމް ޤާސިމް ވިދާޅުވީ، ހޮސްޕިޓަލުގެ އިމަރޖެންސީ ވޯޑުގެ އެނދުތައް މަދުވުމުގެ ސަބަބުން ހޮސްޕިޓަލަށް ކުއްލި ފަރުވާ ހޯދުމަށްދާ ފަރާތްތައް އެހެން ހޮސްޕިޓަލުތަކަށް ފޮނުވާލަން ޖެހިފައިވާ ކަމަށެވެ. ނަމަވެސް އަލަށް ތަރައްޤީކުރި އިމަޖެންސީ ރޫމުގެ މަސައްކަތް ނިމި މިހަފްތާގެ ތެރޭގައި އެއްކޮށް ނިންމާ ޚިދުމަތްދޭން ފަށަން ތައްޔާރުވެފައިވާ ކަމަށް އޭނާ […]

ގުޅިފަޅުން ދޫކުރި ގޯތިތައް ހިއްކި ސަރަހައްދުން ދޫކުރާ ގޮތަށް ބަދަލުކޮށްފި

ބިންވެރިޔާ ސްކީމުގެ ދަށުން ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ކުރީ ސަރުކާރުން ދޫކުރި ގޯތިތައް ހިއްކި ސަރަހައްދުން ދޫކުރާ ގޮތަށް ނިންމައިފިއެވެ. ގުޅިފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ދޫކޮށްފައިވާ ގޯތިތައް ހިއްކި ސަރަހައްދުން ދޫކުރާ ގޮތަށް ބަދަލުކޮށް އާ ލޭންޑް ޔޫސް ޕްލޭން ވަނީ ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި އާންމުކޮށްފައެވެ.އެގޮތުން އެ އިއުލާނުގައި ބުނީ ކުރީގެ ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓްރީން މިދިޔަ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ގެޒެޓުކޮށްފައިވާ ގުޅިފަޅުގެ […]

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް މޫސާ ރިޟްވާން

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް މ.ހާވިލާ، މޫސާ ރިޟްވާން އިއްޔެ ޢައްޔަންކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރިޟްވާން އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅައިގެން މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ. ރިޟްވާން ވަނީ 2016ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލަރސް ޙާޞިލްކުރައްވާފައެވެ. އަދި މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2009 ވަނަ އަހަރުން ފެށިގެން އޭނާ ވަނީ ޢަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ އިދާރާތަކާއި […]