އިސްރަށްވެހިންނަށް އަމާޒުކޮށްގެން އިސްލާމްދީނާއި، އިސްލާމީ ޝަރީޢަތާބެހޭ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފި

އިސްރަށްވެހިންނަށް އަމާޒުކޮށްގެން އިސްލާމްދީނާއި، އިސްލާމީ ޝަރީޢަތާބެހޭ މަޢުލޫމާތު ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ. އާއިލީ ތަރައްޤީއާބެހޭ މިނިސްޓްރީން މިއަދު ބުނީ އެ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ މާލެ އިސްރަށްވެހިންގެ ނާދީއާއި އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއާއި ގުޅިގެން ކަމަށެވެ. މި ސެޝަން ތެރެއިން އިސްރަށްވެހިންނަށް ވަނީ އިސްލާމީ ޝަރީއަތާއި އިސްލާމީ ޝަރީޢަތުގެ ސިފަތަކާއި ގުޅޭ ގޮތުން މުހިންމު މަޢުލޫމާތު ހިއްސާކޮށްފައެވެ. އިސްރަށްވެހިންގެ ނާދީގައި ހިންގާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށްވެސް އޮންނާނެއެވެ. […]

ރައުދު އަނެއްކާވެސް ބަންދުން ދޫކޮށްލައިފި

ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު އަނެއްކާވެސް ބަންދުން ދޫކޮށްލައިފިއެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށް ފަހު، ރައުދު ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓަ ޖެނެރަލް(ޕީޖީ)ގެ އޮފީހުން އިރުޝާދު ދީފައިވާތީ ރޭގެ ވަގުތެއްގައި ރައުދު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ. ރައުދު ބަންދުން ދޫކޮށްލާފައި މިވަނީ މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ […]

ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި މައްސަލައެއް ބަލަން ފަށައިފި

ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި މައްސަލައެއް ފުލުހުން ބަަލަން ފަށައިފިއެވެ. މިކަމާއި ގުޅިގެން މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ފުލުހުން މިރޭ ބުނީ ތ. އަތޮޅުރަށެއްގައި ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލި މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިއަދު ހެނދުނު 10:55 ހާއިރު ކަމަށް ފުލުުހުން ހާމަކުރެއެވެ. މި ހާދިސާގައި އަނިޔާ ލިބުނު ކުއްޖާއަށް މި ވަގުތު ފަރުވާ ދެމުން […]

އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކޮށް ރަސްމީކޮށް ހުޅުވައިފި

އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކޮށް ރަސްމީކޮށް އެ ތަން ހުޅުވައިފިއެވެ. މިއަދު އޮރެންޖު ހިޔާގައި ބޭއްވި ރަސްމިއްޔާތެއްގައި މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.  މިރަސްމިއްޔާތުގައި މި އިމާރާތުގެ ވޯޑްތަކާއި ދެވޭ ޚިދުމަތްތަކާއި އެހެނިހެން ކަންކަން ރައީސް ވަނީ ބައްލަވާލައްވާފައެވެ. ތެލެސީމިއާ ސެންޓަރު ހުޅުމާލޭ، އޮރެންޖް ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް ކޮށްފައި ވަނީ ޤައުމީ ދިފާޢީ ބާރުންނެވެ. ތެލެސީމިއާ ސެންޓަރަށް ވަނީ ކުރީގެ ޑިޒައިނަށް ބައެއް ބަދަލު ގެންނަވާ، ކުޑަކުދިން ގަޔާވާފަދަ ގޮތަކަށް […]

 ޤާނޫނު ތަންފީޒުކުރުމުގައި ވަކި ފަރާތެއް އިސްތިސްނާވެގެނެއްނުވޭ: ރައީސް

ޤާނޫނު ތަންފީޒުކުރުމުގައި ވަކި ފަރާތެއް އިސްތިސްނާވެގެން ނުވާކަަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގައި ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤުކުރެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ނޫސްވެރިޔެއްގެ ސުވާލަށް ޖަވާބުދެއްވަމުންނެވެ. ”ގޭންގާއި ގޭންގްކުށްތަކުގެ މައްސަލަތައް ޙައްލުކުރެވިފައިނުވަނީ އެކަމަށް ޕޮލިޓިކަލް ވިލް ނެތި، އަމިއްލަ މަސްލަޙަތު އިސްކުރުމުން، ނަމަވެސް، މި ދައުރުގައި އެފަދަ މައްސަލަތަކަށް އެދެވޭ ފިޔަވަޅުތަކެއް އެޅި، ތަންފީޒީ އިދާރާތަކުގެ ދައުރު ފުޅާކޮށް، ވަކި ފަރާތެއް އިސްތިސްނާނުވާ ގޮތަށް، ޙަޤީޤީ މާނައިގައި […]

ނޮޅިވަރަމުގައި މޫދަށް އެރިއުޅެނިކޮށް އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ

ހދ. ނޮޅިވަރަމްގައި މޫދަށް އެރި އުޅެނިކޮށް އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ 65 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން މިރޭ ބުނީ އުމުރުން ދުވަސްވީ މީހަކު މިއަދުގެ 11:30 ހާއިރު މަސްގަންނަން ދިޔަފަހުން ހަބަރެއް ނުވެގެން ހަވީރު 17:45 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށެވެ. އެގޮތުން އޭނާ ހޯދަމުންދަނިކޮށް ފެނިފައި ވަނީ ނޮޅިވަރަމްގެ އޮޑިއެހެލާ ސަރަހައްދުގެ މޫދުގައި ނިޔާވެފައި އޮއްވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުން […]

ރައުދުގެ ބަންދަށް 5 ދުވަސް ޖަހައިފި

ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ ބަންދަށް ފަސް ދުވަސް ޖަހައިފިއެވެ.   ރައުދުގެ ބަންދަށް ފަސްދުވަސް ޖަހާފައި މިވަނީ އޭނާގެ ބަނދަށް ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސްވެސް ހަމަނުވަނީސް އިއްޔެ ހެނދުނު ބަންދުން ދޫކޮށްލުމަށްފަހު އިއްޔެގެ މެންދުރު ފަހުގެ ވަގުތެއްގެ އަލުން ފުލުހުންގެ ހައްޔަރަށް ގެންދިއުމަށްފަހުއެވެ. މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި […]

ރައުދު އަނެއްކާވެސް ހައްޔަރުކޮށްފި

ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު ބަންދުން ދޫކޮށްލުމަށްފަހު މާގިނައިރުތަކެއް ނުވަނީސް އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. ރައުދު ބަންދުން ދޫކޮށްލާފައި ވަނީ މިއަދު ހެނދުނުއެވެ. އޭނާ މިއަދު ބަންދުން ދޫކޮށްލާފައި ވަނީ އެންމެ ފަހުން އޭނާގެ ބަނދަށް ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސްވެސް ހަމަނުވަނީހެވެ. ބަންދުން ދޫކޮށްލުމަށްފަހު މިއަދު މެންދުުރުފަހުގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައި ވަނީ ކްރިމިނަލް ކޯޓުން ނެރުނު އާ […]

ރައުދު ބަންދުން ދޫކޮށްލައިފި

ހ. މިޓާޒްގޭގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ހައްޔަރުކުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލު ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ. ރައުދު ބަންދުން ދޫކޮށްލާފައި ވަނީ މިއަދު ހެނދުނުއެވެ. ހައިކޯޓުން މިއަދު ބުނީ ފުލުހުންގެ ބަންދުން ރައުދު ދޫކޮށްލާފައިވާތީ، ރައުދުގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އޭނާ ބަންދުން ދޫކޮށްލާފައި މިވަނީ އެންމެ ފަހުން އޭނާގެ ބަނދަށް ކްރިމިނަލް ކޯޓުން ޖަހާފައިވާ 20 ދުވަސް […]

ޖަލުތަކުގައި ތިބި ޤައިދީންނަށް ޤުރްޢާން އުގަންނައި ދިނުމަށް އެއްބަސްވުމެއްގައި ސޮއި ކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން، ޖަލުތަކުގައި ތިބި ޤައިދީންނަށް ކީރިތި ޤުރްޢާން އުނގަންނާދިނުމާ ގުޅޭގޮތުން ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒާއެކު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ. މި ފަހުމުނާމާގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ސަލްމާނު މިސްކިތުގައެވެ. އެމްސީއެސްގެ ފަރާތުން ފަހުމްނާމާގައި ސޮއި ކުރެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. އަދި ކީރިތި ޤުރްޢާނާ ބެހޭ ޤައުމީ މަރުކަޒުގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ އިސްލާމިކް އެފެއާޒް އަލްއުސްތާޛު […]