ތަރައްގީގެ މަސައްކަތްތަކަށް ކުންފުންޏެއް އުފައްދަވައިފި

ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަސައްކަތްތަކަށް ހާއްސަކޮށްގެން ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އުފައްދަވައިފި އެވެ. އެ ކުންފުނި އުފައްދަވާފައި ވަނީ ”އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސޮލިއުޝަން ކޮމްޕެނީ ލިމިޓެޑް“ ގެ ނަމުގައި ޤާނޫނު ނަންބަރު 2023/7 (ކުންފުނީގެ ޤާނޫނު) ގެ 15 ވަނަ މާއްދާގެ ދަށުންނެވެ. އެ މަނިކުފާނު މި ކުންފުނި އުފައްދަވާފައިވަނީ މިއަދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވި ނަންބަރު 14/2025، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުންނެވެ. ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، މި […]
މި އަހަރު ރާއްޖެއިން ހައްޖަށްދާ ހައްޖާޖީންގެފަހު ގުރޫޕް ފުރައިފި

މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ދާ ޙައްޖުވެރިންގެ ފަހު ގުރޫޕް ފުރައިފިއެވެ. ޙައްޖުވެރިންގެ ފަހުު ގުރޫޕް ފުރާފައިވަނީ 15:20 ހާއިރު ސަޢުދީ އެއާލައިންގައެވެ. މިފްލައިޓުގައި 250 މީހުން ފުރާފައިވެއެވެ. މި ފްލައިޓް ޖިއްދާ އެއަރޕޯޓްގައި ޖައްސާނެކަމަށް ލަފާކުރަނީ ރާއްޖެ ގަޑިން 20:49 ހާއިރުއެވެ. ކުރީ އަހަރުތަކެކޭ އެއްގޮތަށް ޙައްޖުވެރިން އެއަރޕޯޓަށް ދިއުމުގައި މިއަހަރުވެސް ސަރުކާރުން ވަނީ ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދީފައެވެ. އެ ގޮތުން މާލެއާއި ހުޅުމާލެއިން ބަހުގައި ދަތުރުކުރެވޭނެ އިންތިޒާމްތައް ހަމަޖައްސާފައިވެއެވެ. ދިވެހި ޙައްޖުވެރިން މިފަހަރު […]
މަސްތުވާތަކެއްޗާއެކު ވިލިނގިލިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި / ޖާވިޔާ، ޖަޛްލާން ޢަލީ (28އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ވިލިނގިލީ ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން މި މެއި މަހުގެ 28 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި، އެ ރަށު މަގުމަތިން އޭނާ ހުއްޓުވަން […]
ޤައުމުގެ ތަރައްޤީއަށް ކަމެއްކޮށް ދިނުމުގެ މަންފާ ޙާޞިލްވާނީ، ޞިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރެވިގެން: ރައީސް

ރައްޔިތުންގެ ދިރިއުޅުމަށް އުފާފަގަތިކަން ގެނެސް، ޤައުމުގެ ތަރައްޤީއަށް ކަމެއްކޮށް ދިނުމުގެ ހަގީގީ މަންފާ ޙާޞިލްވާނީ، ޞިއްޙީ ދުޅަހެޔޮކަން ކަށަވަރު ކުރެވިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށް ބާސެލޯ ނަސަންދުރާގައި ރޭ ކުރިއަށް ދިޔަ ޚާއްޞަ ހަފްލާގައި ވާހަކަ ދައްކަވަމުންނެވެ. ރޭގެ ހަފްލާގައި ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ ޑިރެކްޓަރ ޖެނެރަލް، ޑޮކްޓަރ ޓެޑްރޯސް އަދަނޯމް ގެބްރިޔޭސުސްގެ ފަރާތުން ވަރލްޑް ނޯ ޓޮބެކޯ ޑޭއާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއަށް […]
އައިނު ހައްދަން އާސަންދައިންދޭ 1،000 ރުފިޔާގެ ބަދަލުގައި 2،000 ރުފިޔާ ދޭން ނިންމައިފި

އައިނު ހައްދަން އާސަންދައިންދޭ 1،000 ރުފިޔާގެ ބަދަލުގައި 2،000 ރުފިޔާ ދޭން ސަރުކާރުން ނިންމައިފިއެވެ. މިކަން އިއުލާނު ކުރައްވާފައި ވަނީ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުޢިއްޒު ވާހަކަދައްކަވަމުންނެވެ. އެގޮތުން ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ވެފައިވާ އެއް ވައުދަކީ އައިނު ހެއްދުމަށް އާސަންދައިން ދާ 1000 ރުފިޔާ ބޮޑުކޮށްދެއްވުން ކަމަށެވެ. އެ ވައުދާއި އެއްގޮތަށް އައިނު ހެއްދުމަށް އާސަންދައިން ދޭ 1000 ރުފިޔާ ބޮޑުކޮށްދޭން ނިންމަވާފައިވާ ކަމަށް […]
ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި މައްސަލައިގައި ހައްޔަރުކުރި ޓީޗަރު ދޫކޮށްލައިފި

ދަރިވަރެއްގެ އިނގިލި އަނބުރާލައި ހުޅުން ނައްޓާލި މައްސަލައިގައި ހައްޔަރުކުރި ބިދޭސީ ޓީޗަރު ދޫކޮށްލައިފިއެވެ. މިކަމާއި ގުޅިގެން ފުލުހުން މިއަދު ބުނީ ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށްފަހު ކޯޓަށް ހާޒިރުނުކޮށް އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.މި މަހުގެ 27 ވަނަ ދުވަހު ފުލުހުން ބުނީ ތ. އަތޮޅު ރަށެއްގައި ބިދޭސީ ޓީޗަރަކު ދަރިވަރެއްގެ އިނގިލި އަނބުރާލާ ހުޅުން ނައްޓާލި މައްސަލައެއް އެ ދުވަހު ހެނދުނު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާ ލިބުނު ކުއްޖާއަށް ވަނީ ފަރުވާ އެ […]
ހަތަރު ރަށެއްގައި ރަސްމީކޮށް ޑަޔަލިސިސްގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވައިފި

ހަތަރު ރަށެއްގައި ސަރުކާރުން ޤާއިމުކުރި ޑަޔަލިސިސްގެ ޚިދުމަތް ރަސްމީކޮށް ރައީސް ފައްޓަވައިދެއްވައިފިއެވެ. އެ ހަތަރު ރަށުގެ ޑަޔަލިސިސް ޚިދުމަތް ފައްޓަވައިދެއްވާފައި ވަނީ ބާސެލޯ ނަސަންދުރާގައި ބޭއްވި ދުނިޔޭގެ ޞިއްހަތު ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެގޮތުން އެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ އަތޮޅު ހޮސްޕިޓަލް އަދި ގއ އަތޮޅު ހޮސްޕިޓަލުގެއެވެ. މިއަހަރުގެ ފެބުރުއަރީ މަހު ހއ އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒު، އަދި 2024 ވަނަ […]
ބަންޑާރަނައިބުގެ އޮފީހުގެ ބިލު ރައީސް ތަޞްދީޤުކުރައްވައިފި

ބަންޑާރަނައިބުގެ އޮފީހުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ތަޞްދީޤުކުރައްވައިފިއެވެ. ރައީސް މި ބިލް ތަސްދީގުކުރެއްވުމުން ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު ވުޖޫދުވީއެވެ. އަދި ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކޮށްފައެވެ. މި ބިލަކީ، 15 މޭ 2025 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 32 ވަނަ ޖަލްސާގައި ފާސްކުރެއްވި ބިލެކެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައި ވަނީ […]
ރައީސުލްޖުމްހޫރިއްޔާ ”މީޑިއާ ފެންޑާ“ ރަސްމީކޮށް ހުޅުވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ”މީޑިއާ ފެންޑާ“ ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު މީޑީއާ ފެންޑާގައެވެ. މިއީ ރައީސް އޮފީހަށް ވަދެނުކުމެވާ ދެކުނުފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. ރައީސް އޮފީހުން ވިދާޅުވީ އެ ތަން ބަލަހައްޓަން ހަމަޖެހިފައި ވަނީ ރައީސް އޮފީހުގެ ބައެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. އެގޮތުން މީޑިއާ ފެންޑާގެ ސަލާމަތީ ކަންކަމާއި، އިދާރީ ކަންކަން ހިނގަމުންދާނީ ރައީސުލްޖުމްހޫރިއްޔާގެ […]
މޫނުބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ ވައްކަންކުރި ފިރިހެންމީހާގެ ބަންދަށް 15 ދުވަސް!

މޫނުބުރުގާ އަޅައިގެން ފިހާރައަކަށް ވަދެ ވައްކަންކުރި ފިރިހެންމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ ހައްޔަރުކުރީ ފިހާރައަކުން 67،500ރ. ގެ ”އޮމެގާ“ ބްރޭންޑުގެ ގަޑިއެއް ވަގަށް ނެގި ކަމުގެ ތުހުމުތުގައި ކަމަށެވެ. އަދި ސީސީޓީ ފުޓޭޖް ސްނެޕްޝޮޓްތަކާއި ބަޔާންތަކުން އޭނާ މޫނު ބުރުގާ އަޅައިގެން ފިހާރަ ތެރެއަށް ވަދެ ގަޑި ނަގާފައިވާކަން އެނގޭ ކަމަށް ކޯޓު […]