ދީނީ އިލްމުވެރިޔާ ޝެއިހް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވެއްޖެ

ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިހް އިބްރާހިމް ފަރީދު ކުއްލި ގޮތަކަށް މިއަދު އަވަހާރަވެއްޖެއެވެ. އެނގިފައިވާ ގޮތުގައި ޝެއިހް އަވަހާރަވީ މެލޭޝިޔާގައި އޮތް ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް މެލޭޝިއާގެ އެއާޕޯޓަށް ފޭބި ތަނާއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށް ގިނައިން ދަރުސްތައް ބޭއްވެވި ޝެއިހް ފަރީދަކީ ޝެއިހް އަލީ ޒައިދުގެ ކޮއްކޮ އެވެ.

ކަނޑުތަކަކީ ދިވެހި އިޤްތިޞާދުގެ ހަކަތަ: ރައީސް

ކަނޑުތަކަކީ ދިވެހި ޤައުމު ރައްކާތެރިކަމާއެކު ދެމިއޮތުމުގެ މުހިން މަސްދަރެއް ކަމަށާ، ދިވެހި އިޤްތިޞާދުގެ ހަކަތައަކީވެސް އެއީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މި ފަދައިން ވިދާޅުވީ ބައިނަލްއަޤުވާމީ ފެންވަރުގައި މިއަދު ފާހަގަކުރާ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖުގައެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ކަނޑުތަކަކީ ދިވެހި ޤައުމު ރައްކާތެރިކަމާއެކު ދެމިއޮތުމުގެ މުހިން މަސްދަރެއް ކަމަށާ، ދިވެހި އިޤްތިޞާދުގެ ހަކަތައަކީވެސް އެއީ ކަމުގައި ވިދާޅުވިއެވެ. ދިވެހި ޘަޤާފަތް ބައްޓަންކުރުމުގެ އިތުރަށް، ދިވެހިވަންތަކަމުގެ ބިންގަލަކީވެސް […]

މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ 5 ވަނަ އޭޓީއާރު މަތިންދާބޯޓު ގެނެސްފި

ރާއްޖޭގެ ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ ފްލީޓަށް އިތުރުކުރާ 5 ވަނަ އޭޓީއާރު މަތިންދާބޯޓު ރާއްޖެ ގެނެސްފިއެވެ. އެ ބޯޓު ވެލަނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމާއެކު ވޯޓާ ސެލިއުޓެއް ވަނީ އަރުވާފައެވެ. އައިިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް ވިދާޅުވީ މި ބްރޭންޑް ނިއު މަތިންދާބޯޓު ގެނެވެމުން އެ އެއާލައިންގެ ޓެކްނިކަލް ރިލައިބިލިޓީ މިހާރު ވަނީ ވަރަށް ބޮޑަށް އިމްޕްރޫވްކުރެވިފައި ކަމަށެވެ. ހަމައެހެންމެ އެ އެއާލައިންގެ އޮންޓައިމް ޕާފޯމެންސްވެސް ވަރަށް ބޮޑަށް ރަނގަޅުކުރެވިގެންދާނެ ކަމަށާއި މިއީ އެންމެ […]

އަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް!

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ. ޓުއަރިޒަމް މިނިސްޓްރީން ބުނީ މިއީ މިހާތަނަށް ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން އަހަރު ތެރޭގައި އެންމެ އަވަހަށް ހަމަވި އަހަރު ކަމަށެވެ. އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ޓުއަރިޒަމް މިނިސްޓްރީއާއި އެމް.އެމް.ޕީ.އާރް.ސީ އަދި އެމްއޭސީއެލް ގުޅިގެން ހޫނު މަރުހަބާއެއް މިއަދު ވަނީ ކިޔާފައެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް […]

ވަގުތީ ގޮތުން ބަންދު ކުރި ފުނަދޫ އެއާޕޯޓް އަލުން އޮޕަރޭޝަނަށް ގެނެސްފި

މައްސަލައެއް ދިމާވުމުގެ ސަބަބުން ވަގުތީ ގޮތުން މިއަދު ބަންދު ކުރި ށ.ފުނަދޫ އެއާޕޯޓް އަލުން އޮޕަރޭޝަނަށް ގެނެސްފިއެވެ. މިކަންހާމަކޮށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީ އަހުމަދު މުބީން، ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ފުނަދޫ އެއާޕޯޓްގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލައި އެ އެއާޕޯޓް ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު މައްސަލަ ހައްލުކޮށް އަލުން އޮޕަރޭޝަންނަށް ގެނެވިފައިވާ ކަމަށާއި ފަސެންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަން ޖެހޭ ހުރިހާކަމެއް އެ ކުންފުނިން އަބަދުވެސް ކަށަވަރު ކުރާނެކަމަށެވެ. ހަމައެހެންމެ މިއީ ކުރީގެ ސަރުކާރުތަކުން […]

ފުނަދޫ އެއާޕޯޓް ވަގުތީ ގޮތުން ބަންދުކޮށްފި

ށ.ފުނަދޫ އެއާޕޯޓް ވަގުތީގޮތުން ބަންދުކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ މޯލްޑިވިއަން އިން މިއަދު ”އެކްސް“ ގައި ކުރި ޕޯސްޓެއްގައެވެ. އެ އެއާލައިނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، ފުނަދޫ އެއާޕޯޓް ބަންދުކޮށްފައިވާތީ މިއަދު އެ އެއާލައިންގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އެކަމުގެ ސަބަބުން ދަތުރުތަކަށް އަސަރުކުރި ފަސިންޖަރުންނަށް ދަތުރުކުރެވޭނެ އެހެން ގޮތްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވިއަނުން ބުނެފައިވެއެވެ. އަދި އެ ފަސިންޖަރުންނާއި މުއާމަލާތްކުރަމުން ގެންދާނެ ކަމަށް […]

ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ ޑިޒައިން ހެދުމަށް ސޮއިކޮށްފި

ވިލިމާލޭގައި ތަރައްޤީކުރަން ނިންމާފައިވާ 112 އެނދުގެ ހޮސްޕިޓަލްގެ ޑީޓެއިލް ޑިޒައިންގެ މަސައްކަތް ކުރުމަށް، ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު ލެޓަރ އޮފް އެކްސްޗޭންޖްގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާއެވެ. މި ރަސްނިއްޔާތުގައި މިިނިސްޓަރ އޮފް ހެލްތު އަބުދުالله ނާޒިމް […]

ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދަޢުވާކޮށްދޭން އެދި ޕީޖީ އޮފީހަށް ފޮނުވައިފި

ގެދޮރުވެރިޔާ ސްކީމާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދަޢުވާކޮށްދޭން އެދި އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިއަދު ފޮނުވައިފިއެވެ. އޭސީސީން ދައުވާކޮށްދޭން އެދިފައި ވަނީ 4 މީހެއްގެ މައްޗަށެވެ. އެ ހަތަރު މީހުންނަކީ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މަޤާމުގައި އޭރު ހުރި އަކްރަމް ކަމާލުއްދީންއާއި އެ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވްގެ މަޤާމުގައި އޭރު ހުރި މުޙައްމަދު ޢާރިފްއާއި އެ މިނިސްޓްރީގެ ސީނިއަރ […]

އީދު ބަންދުގައިވެސް އިމިގްރޭޝަނުން ޕާސްޕޯޓުގެ ހިދުމަތް ދޭނެ

ޙައްޖު ދުވަހާއި ބޮޑު އީދު ބަންދުގައިވެސް ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެެވެ. އިމިގްރޭޝަނުން އާންމުކޮށްފައިވާ ޕޯސްޓްގައި ބުނީ މި އަހަރުގެ ޙައްޖު ދުވަހާއި އީދު ބަންދަށް ލިބޭ އެހެން ހުރިހާ ދުވަހެއްގައިވެސް ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. ނަމަވެސް ޚިދުމަތް ނުލިބޭނެ ހަމައެކަނި ދުވަހަކީ އީދު ދުވަސްކަމަށް އިމިގްރޭޝަނުން ބުނެފައި ވެއެވެ. އެގޮތުން އިމިގްރޭޝަނުން ބުނީ މި ދުވަސްތަކުގެ ހެނދުނު 09:00 އިން މެންދުރުފަހު 14:00އަށް ޕާސްޕޯޓުގެ ޚިދުމަތަށް ނަމްބަރު ދޫކުރުމަށް […]

ލަންކާއިން ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ފަށައިފި

ސްރީލަންކާ ސަރުކާރުން ހަދިޔާކުރި ހައިވަކަރު ގަސްތައް ރިސޯޓުތަކަށް ބެހުމުގެ މަސައްކަތް ފަށައިފިއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން މިރޭ ބުނީ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ރާއްޖެއިން މަދުވެފައިވާ ގަހެއް ކަމުގައިވާ ހައިވަކަރު ގަސް ޝައުގުވެރިކަން ފާޅުކުރި ރިސޯޓުތަކަށް ހަދިޔާ ކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާ ކަމަށެވެ. އަދި މި ގަސްތަކަކީ، ސްރީލަންކާ ސަރުކާރުން 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ހަދިޔާކޮށްފައިވާ ގަސްތަކެއް ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ. އެ މިނިސްޓްރީން ބުނީ މި ގަސްތަކުގެ […]