އޮގަސްޓު 30 ރާއްޖޭގެ އިންޖިނޭރުންގެ ދުވަސްކަމުގައި ކަނޑައަޅައިފި

އޮގަސްޓު 30 ރާއްޖޭގެ އިންޖިނޭރުންގެ ދުވަސްކަމުގައި ކަނޑައަޅައިފިއެވެ. ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ 30ވަނަ ދުވަހަކީ ”ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކަނޑައަޅައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ ރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާހުކުރެވުނު ދުވަހަކީ، އޮގަސްޓު މަހެއްގެ 30ވަނަ ދުވަސް ކަމަށްވާތީ އާއި އިންޖިނޭރުންގެ […]
ފިންޗް ދޫނި

ފިންޗް ދޫނިތަކަކީ ކުދި މެދު މިނުގެ ދޫނިތަކެކެވެ. މި ދޫނިތައް ނިސްބަތްވަނީ ފްރިންގިލިޑޭ އާއިލާއަށެވެ. މި ދޫނިތައް ފާހަގަކޮށްލެވެނީ އެ ދޫނިތަކުގެ ރީތި ކުލަތަކާއި، ރީތި އަޑުތަކާއި، އަދި ތަފާތު މާހައުލުތަކަށް ފަސޭހައިން އެޑަޕްޓްވުމުގެ ޤާބިލުކަމުންނެވެ. މުޅި ދުނިޔޭގައި 200 އަށްވުރެ ގިނަ ބާވަތުގެ ފިންޗް ދޫނި އުޅެއެވެ. ފިންޗް ދޫނިތައް އެންޓާޓިކާ ފިޔަވައި ހުރިހާ ބައްރުތަކެއްގައި އުޅެއެވެ. އެންމެ ގިނަ ބާވަތްތައް ފެންނަނީ އެމެރިކާ، ޔޫރަޕް އަދި އޭޝިޔާގައެވެ. މަޝްހޫރު ބައެއް ބާވަތްތަކުގެ ތެރޭގައި ހައުސް ފިންޗް، […]
އިސްރާއީލުން އިރާނަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

އިސްރާއީލުން އީރާންއަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ. އިސްރާއީލުން ރޭ ފަތިހުގެ ވަގުތެއްގައި އިސްލާމިކް ރިޕަބްލިކް އޮފް އީރާނަށް ދިން ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ހިލާފު މި އަމަލަކީ މެދުއިރުމަތީގެ ސުލްޙައާއި، ސަލާމަތަށް ހުށަހެޅިގެންދާ ނުރައްކަލެއް ކަމަށެވެ. އަދި މި އަމަލަކީ ސަރަހައްދުގެ ސަލާމަތަށް އިތުރަށް ނުރައްކާވާނެ ކަމެއް ކަމަށާއި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތަކާ ދިމާކޮށް އީރާނަށް ދިން […]
ހައްޖުވެރިންގެ ފުރަތަމަ ބެޗް ރާއްޖެއަށް އަތުވެއްޖެ

މިއަހަރު ރާއްޖެއިން ޙައްޖުގެ މަތިވެރި އަޅުކަމަށް ދިޔަ ޙައްޖުވެރިންގެ ފުރަތަމަ ބެޗު ރާއްޖެ އަތުވެއްޖެއެވެ. ޙައްޖުވެރިންގެ ފުރަތަމަ ފްލައިޓު ރާއްޖެ އައިސްފައި ވަނީ މިއަދު މެންދުރު އެވެ. ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގްރޫޕު ރާއްޖެއައިސްފައި ވަނީ މަދީނާގެ ޕްރިންސް މުޙައްމަދު ބިން ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރައިގެންނެވެ. ދިވެހި ޙައްޖާޖީންގެ ދެވަނަ ގްރޫޕު މި މަހުގެ 14 ވަނަ ދުވަހު އައުމަށް ހަމަޖެހިފައިވާއިރު ތިން ވަނަ ގްރޫޕުގެ ޙައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ […]
ކަނޑޫމާތިލަ ކައިރިއަށް ފީނަން ފޭބި ފަތުރުވެރިޔަކު ގެއްލިގެން ހޯދަނީ

ކަނޑޫމާތިލަ ކައިރިއަށް ފީނަން ފޭބި ފަތުރުވެރިޔަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަަށައިފިއެވެ. އެމްއެންޑީއެފުން ދެންމެ ބުނީ މާފުށީ ކައިރީ އޮންނަ ކަނޑޫމާ ތިލަ ކައިރިޔަށް، މިއަދު ހެނދުނު ޑައިވިނަށް ފޭބި ޖަޕާނުގެ ފަތުރުވެރިއަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މި ހާދިސާގައި ގެއްލިފައި ވަނީ، މިއަދު ހެނދުނު މާފުށި ގެސްޓުހައުސްއަކުން ފަތުރުވެރިން ގޮވައިގެން އެ ރަށް ކައިރީ އޮންނަ ކަނޑޫމާތިލަ ކައިރިއަށް ދިޔަ އުޅަނދަކުން ޑައިވިނަށް ފޭބި 26 އަހަރުގެ ޖަޕާނު ފިރިހެނެކެވެ. […]
އެއާ އިންޑިއާގެ ބޯޓު ވެއްޓުނު ހާދިސާއާ ގުޅިގެން މިނިސްޓަރު ޒަމީރު ތަޢުޒިޔާ ވިދާޅުވެއްޖެ

އިންޑިއާގެ އަހްމަދުއާބާދުން ފުރައިގެން އިނގިރޭސިވިލާތުގެ ލަންޑަނަށް ދަތުރުކުރަމުންދިޔަ އެއާ އިންޑިއާގެ މަތިންދާބޯޓެއް ވެއްޓި ގިނަ އަދަދެއްގެ މީހުން ނިޔާވި ހާދިސާއާ ގުޅިގެން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމް ”އެކްސް“ މެދުވެރިކޮށް ފޮނުއްވި މެސެޖުގައި ވަޒީރު ވިދާޅުވީ އަހްމަދުއާބާދު ކައިރިން އެއާ އިންޑިއާގެ ބޯޓު ވެއްޓުނު ހާދިސާއާމެދު ހިތާމަކުރައްވާ ކަމުގައެވެ. އެގޮތުން މިނިސްޓަރު ވަނީ މި ހާދިސާގައި ގެއްލުންވި ފަރާތްތަކާއި، އެ ފަރާތްތަކުގެ ޢާއިލާތަކުގެ އިތުރުންވެސް މި ހާދިސާގެ އަސަރުކުރި އެންމެހައި […]
ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒުވާން އަންހެނަކު ހޯދަނީ

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒުވާން އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. މި މައްސަލައިގައި ހޯދަން އިއުލާނުކޮށްފައި ވަނީ ހދ. މަކުނުދޫ / ލުބޯގަސްދޮށުގެ، ޢާއިޝަތު މަލީހާ (22އ) އެވެ. ފުލުހުން މިއަދު ބުނީ އެ އިދާރާގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ. މިގޮތުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން […]
އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވާން ފުލުހުން އެދިއްޖެ

އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން އެދިއްޖެއެވެ. އިންވެސްޓްމަންޓް ސްކޭމްތަކަށް ސަމާލުވުމަށް އެދި އެންޓި ސްކޭމް ސެންޓަރުން މިއަދު ބުނީ މިފަދަ ސްކޭމްތަކުގައި ހިމެނެނީ އާދަޔާ ޚިލާފް ބޮޑެތި ފައިދާ ލިބޭނެ ކަމަށް ބުނެ ހިންގާ އަސްލެއް ނެތް ސްކީމްތަކެއް ކަމަށެވެ. އެގޮތުން ހަމައެކަނި CMDA ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކާއެކު މުޢާމަލާތްކުރުމަށާއި އިންވެސްޓްމަންޓް ޕްލެޓް ފޯމްތައް ވެރިފައި ކުރުމަށްވެސް އެންޓި ސްކޭމް ސްނެޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ. އެ ސެންޓަރުން ވަނީ މިފަދަ […]
ހައްޖުވެރިން ބަލާ ވީހާވެސް މަދުބަޔަކު އެއާޕޯޓަށް ދާން އެދިއްޖެ

ހައްޖުވެރިން ބަލާ ވީހާވެސް މަދުބަޔަކު އެއާޕޯޓަށް ދާން (ހެލްތު ޕްރޮޓެކްޝަން އެޖެންސީ) އެޗްޕީއޭ އިން އެދިއްޖެއެވެ. ހައްޖުން އެނބުރި އައުމަށްފަހު ސަމާލުވާންވީ ކަންކަމާއި ގުޅޭގޮތުން ރޭ ޕީއެސްއެމް ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެޗްޕީއޭގެ ޕަބްލިކް ހެލްތު ކޯރޑިނޭޓަރ މުހައްމަދު ހަމްޒަތު ވަނީ ހައްޖުން އެނބުރި އަންނަމީހުންވެސް ރޯގާ ޖެހިގެން އަންނަކަމަށްވާނަމަ މާސްކު އަޅައިގެން އައުމަށް އިރުޝާދު ދެއްވާފައެވެ. އަދި ހައްޖުން އެނބުރި ރާއްޖެއައިސް ވެސް 14 ދުވަސް ތެރޭގައި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ […]
ޒުވާނުންނަށް އަމާޒުކޮށްގެން ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގްރާމެއް ބާއްވަނީ

ޒުވާނުންނަށް އަމާޒުކޮށްގެން ކެރިއާ އެކްސްޕްލޮރޭޝަން ޕްރޮގްރާމެއް ބާއްވަން ނިންމައިފިއެވެ. މިއީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސް އާއި އޫރީދޫ މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. ޔޫތު މިިނިސްޓްރީން ބުނީ މި ޕްރޮގްރާމު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހު 24 ވަނަ ދުވަހު ކަމަށެވެ. މި ޕްރޮގްރާމަކީ ޒުވާނުންނަށް ވަޒީފާގެ ދާއިރާތަކާއި، އެޕްރެންޓިސްޝިޕް ފުރުސަތުތަކާއި، އަދި ކުންފުނީގެ އޮނިގަނޑާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް އަމާޒުކޮށްގެން ބާއްވާ ޕްރޮގްރާމެކެވެ. ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގައި […]