ތ. ގުރައިދޫ އެއަރޕޯޓު ތަަރައްޤީކުރަން ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ތ. ގުރައިދޫގައި އެއަރޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ. ގުރައިދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއުގެދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަންވެސް އެމްޓީސީސީން ވަނީ ނިންމާފައެވެ. އެގޮތުން އެ މަޝްރޫއުގެ ދަށުން، 13.80 ހެކްޓަރުގެ ބިން ހިއްކުން ހިމެނެއެވެ. އަދި 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއި،609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 106.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން ބުނީ […]
ތ.އަތޮޅުގެ 4 ރަށެއްގައި ކެންސަރަށް ސްކްރީންކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް!

ތ.އަތޮޅުގެ 4 ރަށެއްގައި ކެންސަރަށް ސްކްރީން ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކެއް ފަށާފައިވާކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ. މިޕްރޮގްރާމް ހިނގުމަށް ނިންމާފައިވަނީ ތ.ވިލުފުށި، ތ.މަޑިފުށި، ތ.ދިޔަމިގިލި، އަދި ތ.ބުރުނީގައެވެ. ތ.އަތޮޅުގެ ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކާއި ކެންސަރ ސޮސައިޓީއާއި ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމް ކުރިއަށްގެންދަނީ 18 ޖޫން އިން 21 ޖޫން އަށެވެ. ހެލްތު މިނިސްޓްރީން ބުނީ ކެންސަރަށް ސްކްރީން ކުރެވޭ މިޕްރޮގްރާމުގައި އުރަމަތީގެ ކެންސަރާއި، އަނގައިގެ ކެންސަރާއި، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރާއި، ޕްރޮސްޓޭޓް ކެންސަރާއި، ބޮޑު […]
ކަސްޓަމްސް އިން ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދެނީ

ކަސްޓަމްސްގެ މިއަހަރުގެ އަހަރީ ދުވަހާއި ގުޅިގެން އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ކ.ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު(އެޗްޕީއެސްއެން)އަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މިކަމަށްޓަކައި ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސްވެރިންނާއި މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ކަސްޓަމްސްގެ މި ނިންމުމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި ކަސްޓަމްސްގެ ސީއެސްއާރުގެ ދަށުން ކުރައްވަމުންގެންދަވާ މިފަދަ މަސައްކަތްތައް ފާހަގަކޮށް، އެހެނިހެން މުއައްސަސާތަކަށް […]
މާލެއިން 18 އަހަރުގެ ޒުވާން އަންހެނަކު ގެއްލިގެން ހޯދަނީ

މާލެއިން 18 އަހަރުގެ ޒުވާން އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ. ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، 18 އަހަރުގެ އަންހެނަކު ގެއްލިފައިވާ މައްސަލައެއް މިއަދު 13:00 ހާއިރު ރިޕޯޓުކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިގޮތުން ފުލުހުން ބުނީ އޭނާ ހޯދަނީ ރޭ ގެއިން ނިކުތް ގޮތަށް ޚަބަރެއް ވެފައިނުވާތީ ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން ކަމަށެވެ. މީގެ އިތުރުން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. […]
ކޮނޑޭގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

ގއ. ކޮނޑޭއަކީ ފަތުރުވެރިކަން ފުޅާވަމުން އަންނަ ރަށަކަށްވުމާއެކު އެ ރަށުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އެ ރަށު ކައުންސިލް މެމްބަރުންނާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ. އެ ބައްދަލުވުން ބާއްވާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު ޝަހީދު ޙުސައިން އާދަމް ބިލްޑިންނގގައެވެ. ފުލުހުން މިއަދު ބުނީ އެ ބައްދަލުކުރެއްވުމުގައި ކޮނޑޭގައި މީހުން ދިރިއުޅެންފެށިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ހަމަޖެހިފައިވާތީ އެކަމާގުޅޭ މަޝްވަރާތައްވެސް ކުރައްވާފައިވާ ކަމަށެވެ. […]
ރ. އަތޮޅު 2 ރަށެއްގައި ގަސް އިންދުމުގެ ޙަރަކާތްތަކެއް ކުރިއަށްގެންގޮސްފި

ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން، ރ. އަތޮޅު ދެ ރަށެއްގައި ޚާއްސަ ގަސް އިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ދެ ރަށަކީ، ރ. އިނގުރައިދޫ އަދި ރ. ފައިނުގައި ކަމަށެވެ. އެ މިނިސްޓްރީން ބުނީ އިނގުރައިދޫގައި ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ޙަރަކާތުގައި އިނގުރައިދޫ ކައުންސިލާއި، އާންމު ރައްޔިތުން ބައިވެރިވިއެވެ. މީގެ އިތުރުން، ތިމާވެށި ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ […]
ރައީސް ނަޝީދުއާއި ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅެނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނު އިސްވެ ހުންނަވާ އުފެއްދެވި ޕާޓީ ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅިވަޑައިގަންނަވަން މިއަދު ނިންމަވައިފިއެވެ. މިގޮތަށް ނިންމަވާފައި ވަނީ ޑިމޮކްރެޓްސްއިން މިއަދު ބޭއްވި ގައުމީ މަޖިލީހުގެ ޚާއްސަ ބައްދަލުވުމެއްގައި ފާސްކުރި ގަރާރަކުންނެވެ.
މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއެކު މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އދ. މާމިގިލި / ފުނަމާގެ، މުޙައްމަދު ޢާލިމް (22އ) އެވެ. ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ރޭ 00:41 އެހާކަންހާއިރު ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް 7 ގެ ގްރައުންޑް ފްލޯ ޕާކިންގ ޒޯނުން ކަމަށެވެ. އޭނާ ހައްޔަރު ކުރީ ޕާކިން ޒޯނަށް ސައިކަލެއްގައި ވަދެ ފުލުހުން ފެނުމުން އަވަސް އަވަހަށް ސައިކަލް ޕާކްކޮށްފައި […]
ހޮންކޮންގް މުބާރާތުން މެޑަލް ހޯދި ނެޓްބޯޅަ ދެ ޓީމާ މިނިސްޓަރު ބައްދަލުކުރައްވައިފި

ހޮންކޮންގް ޗެލެންޖް ކަޕް 2025ގައި 21 އަހަރުން ދަށުގެ ޤައުމީ ނެޓްބޯޅަ ޓީމުން ހޯދި ކާމިޔާބީ ފާހަގަކުރައްވައި، ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިޢު ދެ ޓީމާއި ބައްދަލުކުރައްވައިފިއެވެ. ހޮންކޮންގް ޗެލެންޖްކަޕް 2025 ގައި ވާދަކޮށް ސީނިއާ ގައުމީ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. އަދި ހޮންކޮންގް ބައުހީނިއާ ކަޕުގައި ވާދަކޮށް 21 އަހަރުން ދަށުގެ ގައުމީ ޓީމުން ވަނީ ލޯ މެޑަލް ހޯދާފައެވެ. ހެންވޭރު ބޯޅަގޭގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި މިނިސްޓަރު ރާފިއު ވަނީ ކުޅުންތެރިންނާއި […]
ސީޕީ ކަޕް ފުޓްސަލް މުބާރާތް ފަށައިފި

ކޮންމެ އަހަރަކު ބާއްވާ ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ)ގެ ވާދައިގެ ތައްޓަށް ކުޅެވޭ ފުޓްސަލް މުބާރާތް ފަށައިފިއެވެ. މިއީ ޕޮލިސް ކުލަބުން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. އެ މުބާރާތް ރޭ ފަށާފައި ވަނީ ރެހެންދި ފުޓްސަލް ދަނޑުގައެވެ. އެ މުބާރާތަކީ ފުލުހުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އާލާކޮށް ކުޅިވަރުގެ ތެރެއިން ފުޓްސަލް ކުޅުމަށް ޝައުގުވެރިވާ ފުލުހުންނަށް ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދައިދިނުމާއި ފުލުހުންގެ މެދުގައި ކުޅިވަރުގެ ރޫޙު ދިރުވައި އާލާކުރުމަށް ބާއްވާ މުބާރާތެކެވެ. އެގޮތުން އެއީ މުވައްޒަފުންނަށް […]