އެމެރިކާއިން އިތުރު ހަމަލާއެއްދީފިނަމަ ”ފުނޑުފުނޑުވާފަދަ“ ޖަވާބެއް ދޭނަން: އީރާން

އެމެރިކާއިން އީރާނަށް އިތުރު ހަމަލާއެއްދީފިނަމަ ”ފުނޑުފުނޑުވާފަދަ“ އިތުރު ޖަވާބެއް ދޭނެކަމަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ބުނެފިއެވެ. އައިއާރުޖީސީގެ ކޮމާންޑަރ އިން ޗީފް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ޕަކްޕޫރު ވިދާޅުވީ އެމެރިކާއިން އަނެއްކާވެސް އީރާނަށް ހަމަލާދީފިނަމަ އީރާނުން އެމެރިކާއަށް އިތުރު ފުނޑުފުނޑު ޖަވާބެއް ދޭނެ ކަމަށެވެ. އިސްރާއީލުގެ ވެރިކަން ދެމިއޮތުމަށްޓަކައި އެމެރިކާގެ ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަމަށްޓަކައި އިރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާ އޭނާ ވަނީ ކުށްވެރިކުރައްވާފައެވެ. އަދި އީރާނާ ދެކޮޅަށް އަނިޔާވެރިކަން ތަކުރާރުކޮށްފިނަމަ ތާރީހަށް ފިލާވަޅަކަށް […]

މަޝްރަހު ހޫނުވެފައިވާތީ މެދުއިރުމަތީގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ގާތުން ބަލަން ފަށައިފި

މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާތީ، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ފޮރިން މިނިސްޓްރީ އަދި މިޝަންތަކުން ވަރަށް ގާތުން ބަލަމުންދާކަން ހާމަކޮށްފިއެވެ. މިކަންހާމަކުރައްވާ ވަޒީރު ޑރ. ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިވަގުތު މި ސަރަޙައްދުގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާއެކު، އެ ޤައުމުތަކުގައި ދިރިއުޅުއްވާ ދިވެހިންގެ ހާލު ގާތުން ބަަލަމުން އަންނަ ކަމަށެވެ. އަދި އެ ގައުމުތަކަށް މި ވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދެއްވާ […]

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ކަރުދާސްކޮޅާއެކު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ކަރުދާސްކޮޅާއެކު ބ. ގޮއިދޫއިން މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ބ. ގޮއިދޫ / ފަތިސް، ޔާމީން ފައިޞަލް (34އ) އެވެ. އޭނާ ހައްޔަރުކުރުމަށް އޮޕަރޭޝަން ހިންގާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ފުލުހުން ބުނީ ޔާމީން ފައިސަލް ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 18 ކަރުދާސްކޮޅު ފެނިފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން އޭނާގެ […]

ހައްޖާއި ޢުމްރާއާއި ގުޅޭ ޚާއްސަ އެޕެއް ލޯންޗުކޮށްފި

ޙާޖީ އެމްވީ ނަމުގައި ޙައްޖާއި ޢުމްރާއާއި ގުޅޭ ޚާއްސަ އެޕެއް އިސްލާމިކް މިނިސްޓްރީން މިއަދު ލޯންޗުކޮށްފިއެވެ. މި އެޕް ލޯންޗުކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މޫސާ އަންވަރު ޙަސަންއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ހާޖީ އެމްވީ އެޕަކީ ފަސޭހައިން ޙައްޖާއި ޢުމްރާއާ ބެހޭ މަޢުލޫމާތު ލިބިގަތުމަށް އެކުލަވާލާފައިވާ އެޕެއްކަމަށެވެ. އަދި ޒިކުރުކުރުމާއި ޠަވާފާއި ސަޢުޔުގެ އަދަދު ކަށަވަރު ކުރާނެގޮތާއި ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކާއި ޙައްޖާއި ޢުމްރާއާ ގުޅޭ މައުލޫމާތު ހިމެނޭ ވީޑިއޯގެ […]

މާލޭގެ ގެއެއް ބަލައި ފާސްކޮށް 193 ގްރާމްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

 މާލޭގެ ގެއެއް ބަަލައިފާސްކޮށް 193 ގްރާމްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުުޅިގެން ހައްޔަރުކޮށްފައި ވަނީ ތ. ގުރައިދޫ / މަންޒިލް، އަޙްމަދު ސަމާޙް (38އ) އާއި މާލެ / މ. ޑޭޒީ، މުޙައްމަދު ޖުމައިލް (35އ) އެވެ. ފުލުހުން މިއަދު ބުނީ އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން، މި ޖޫން މަހުގެ 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން އެ […]

ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި އަނެއްކާވެސް ޒައިދާން ހައްޔަރުކޮށްފި

ގިނަ ފިހާރަތަކަކަށް ފޭކް ސްލިޕް ފޮނުވި މައްސަލައިގައި މީގެ ކުރިންވެސް އެތައް ފަހަރަކު ހައްޔަރު ކުރި ޒައިދާން މުޙައްމަދު ހާޝިމް (28އ) އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) އެވެ. ފުލުހުން […]

ކެނެޑާގެ އެހީގައި ރާއްޖޭގެ ތިމާވެށި ދިރާސާކުރަނީ

ކެނެޑާ ސަރުކާރުގެ އެހީގައި ރާއްޖޭގައި މޫސުމާއި ތިމާވެށީގެ ދިރާސާތައް ކުރިއަށް ގެންދިއުމަށް މަޝްވަރާތަކެއް ފަށައިފިއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ ކެނެޑާގެ ސެކަންޑް ސެކްރެޓަރީ ޕެޓްރިކް ޕިކަރިންގ ވަނީ މިއަދު ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާ ކެނެޑާގެ ފަންނީ އެހީތެރިކަމުގެ ޕާޓްނަރޝިޕް ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދެވޭ ”އެކްސްޕަރޓް ޑިޕްލޯއިމަންޓް މެކޭނިޒަމް“ މަޝްރޫޢުގެ ތެރެއިން ރާއްޖޭގައި މޫސުމާއި ތިމާވެށީގެ ދިރާސާތައް ކުރުމަށް އެކުލަވާލެވޭ އޮނިގަނޑާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. މި އޮނިގަނޑުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ […]

ބަންޑާރަ މިސްކިތް ރީތިކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މާލެ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ރީތިކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ބަންޑާރަ މިސްކިތް ރީތިކުރުމުގެ މަސައްކަތް ފަށައިފިއެވެ. މާލެ ސިޓީ ކައުންސިލުން މިއަދު ބުނީ ފާޙާނަބަރިއާއި ވުޟޫކުރާތަން ރީތިކޮށް، މިސްކިތުގެ ގޯތިތެރެ ފެހިކުރުމަށް ގަސް އިންދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ”މާލެ ސިޓީގެ މިސްކިތްތައް ބޭނުންކުރާ، ލޮބުވެތި ރައްޔިތުން ހިތްހަމަޖެހޭ ތަންތަނަށް އެ ތަންތަން ހެދުމަކީ ކައުންސިލްގެ އަމާޒެއް“ މޭޔަރު ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ މިސްކިތްތައް ރީތި ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، […]

ދޮގު ބަޔާން ދިން މައްސަލައިގައި ދާއޫދު މަގާމުން ވަކިކޮށްފި

ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯރ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުރި ދާއޫދު އަޙްމަދު އެ މަގާމުން ވަކިކޮށްފިއެވެ. ދާއޫދު އެ މަޤާމުން ވަކިކޮށްފައިވާކަން ހާމަކުރައްވާފައި ވަނީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ހީނާގެ ޕޯސްޓުގައި ވިދާޅުވީ 2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓް ތަންފީޒު ކުރެެއްވުމަށް އަޅުއްވާ ފިޔަވަޅުތަކުގެ ތެރެއިން، ތަޙުޤީޤަށް ދޮގު ބަޔާނެއްދީފައިވާކަމަށް ކޮމިޝަނުގެ ރިޕޯޓުގައި […]

ކިޑްނީ ޓްރާންސްޕްލާންޓު ކުރެވޭނެ ފެންވަރަށް އޮޕަރޭޝަން ތިއޭޓަރުތައް އަޕްގްރޭޑުކުރަން ޖެހޭ: ނާޒިމް

ކިޑްނީ ޓްރާންސްޕްލާންޓު ކުރުން ފަދަ ހިދުމަތްތައް ރާއްޖޭގައި ދެވޭނެ ފެންވަރަށް އޮޕަރޭޝަން ތިއޭޓަރުތައް އަޕްގްރޭޑުކުރަން ޖެހޭ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ނާޒިމް މިހެން ވިދާޅުވީ އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ. ރާއްޖޭގައި ސިއްހީ ނިޒާމުގެ ކަންކަން ތަރައްގީކުރުމުގައި ދެވަނަ މަރުހަލާއަކަށް ދާންޖެހޭ ކަމަށާއި ކިޑްނީ ޓްރާންސްޕްލާންޓު ކުރުން ފަދަ ހިދުމަތްތައް ރާއްޖޭގައި ދެވޭނެ ފެންވަރަށް އޮޕަރޭޝަން ތިއޭޓަރުތައް އަޕްގްރޭޑުކުރަން ޖެހޭ ކަމަށެވެ. ރާއްޖޭގެ ހޮސްޕިޓަލުތަކުން ކިޑްނީ ޓްރާންސްޕްލާންޓް ފަދަ ގުނަވަން ބަދަލުކުރުމުގެ އޮޕަރޭޝަންތައް […]