ސިންގަޕޫރުގެ ރައީސްގެ ދަޢުވަތަކަށް ރައީސް މުޢިއްޒު އެ ޤައުމަށް ވަޑައިގަންނަވަނީ

ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް ފުރަމާނަ ދަތުރުފުޅެއްގައި އެ ޤައުމަށް ވަޑައިގަންނަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އެގޮތުން މި ދަތުރުފުޅު ކުރިއަށްދާނީ މި ޖޫން މަހުގެ 29 ން އަންނަ ޖުލައި މަހުގެ 2 ށެވެ. ރައީސް އޮފީހުން ވިދާޅުވީ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. ރައީސް އޮފީހުން ވިދާޅުވީ ރައީސް މުޢިއްޒުގެ މި ދަތުރުފުޅުގައި ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމް އަދި ބޮޑުވަޒީރު ލޯރެންސް […]
ތިމާވެށީގެ ދުވަސް ފާހަގަ ކުރުމަށް މިނިސްޓަރ ޠާރިޤު ލ. އަތޮޅަށް ވަޑައިގެންފި

މި އަހަރުގެ ދުނިޔޭގެ ތިމާވެށި ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާއާއި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، މިނިސްޓަރ އޮފް ޓޫރިޒަމް އެންވަޔަރަންމަންޓް، ޠާރިޤް އިބްރާހީމް، ލ. އަތޮޅަށް ވަޑައިގެންފިއެވެ. އެ މަނިކުފާނު ލ. އަތޮޅަށް ވަޑައިގެންނެވީ، ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޚާއްސަ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެގޮތުން ދުނިޔޭގެ ތިމާވެށި ދުވަހުގެ މުނާސަބަތުގައި ލ. އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާގައި، ތިމާވެއްޓަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށް، ހޭލުންތެރިކަން […]
ޙަލާލު ޓޫރިޒަމް ތަރައްޤީކުރުމަށް ޚާއްޞަ ރަށްތަކެއް ކަނޑައަޅުއްވަން ނިންމަވައިފި

ޙަލާލު ޓޫރިޒަމް ތަރައްޤީކުރުމަށް ޚާއްޞަ ރަށްތަކެއް ކަނޑައަޅުއްވަން ސަރުކާރުން ނިންމަވައިފިއެވެ. މިކަންހާމަކުރައްވާ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވީ މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އެގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އަންނަ ހަފްތާގައި މިކަމާ ގުޅޭ އިތުރު ތަފްޞީލުތައް ހާމަކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ”ރާއްޖެއަކީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގައްޔާއި އަދި ޚާއްޞަކޮށް މެހުމާންދާރީ އަދާކުރުމުގައި، އެހެން ޤައުމުތަކަށް ނަމޫނާ ޤައުމެއް، […]
ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދަށް 11 ދުވަސް ޖަހައިފި

ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށް ބަންދަށް 11 ދުވަސް ޖަހައިފިއެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޝިފާއުﷲ ސައީދު (44އ) ދޮންވެލި/ ގއ. ކޮލަމާފުށި އެވެ. ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރީ މިދިޔަ ބުދަ ދުވަހުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި ކޮލަމާފުއްޓަށް އޭނާ މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އަދި އޭނާ ކޮލަމާފުށްޓަށް ގޮސްފައި ވަނީ އާރްޓީއެލް ފެރީގައި ކަމަށް ފުލުހުން ބުނެފައި ވެއެވެ. ފުލުހުން ބުނީ އޭނާ […]
ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ބޮޑެތި ބަލިތައް ތަަޙައްމަލް ކުރާ ފަރާތްތަކަށް އިންޝުއަރެންސެއް!

ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ބޮޑެތި ބަލިތައް ތަަޙައްމަލް ކުރާ ފަރާތްތަކަށް އިންޝުއަރެންސެއް ތަޢާރަފްކުރަން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ޒަކާތު ފަންޑުގެ ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކެންސަރު ފަދަ ދާއިމީ ބޮޑެތި ބަލިތައް ތަހައްމުލުކުރަމުންދާ ފަރާތްތަކުގެ ބޭސް ފަރުވާއަށް، މުޙައްރަމް 1447 އިން ފެށިގެން އިންޝުރެންސް ތަޢާރަފްކުރަން ނިންމާފައިވާ ކަމަށެވެ. މިކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އެލައިޑް އިންޝުރެންސާ ގުޅިގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ. އެގޮތުން އެ ފަރާތްތަކަށް […]
ދިގުމުއްދަތަށް ބޭސް ބޭނުންކުރާ މީހުންގެ ރަޖިސްޓްރީއެއް އެކުލަވާލަން ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

ދިގުމުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. ހެލްތު މިނިސްޓްރީން މިއަދު ބުނީ ގައިންގަޔައް ނާރާ ބަލިތަކުގެ މީހުންގެ ރަޖިސްޓްރީ ޤާއިމުކޮށް އެފަދަ ބަލިތަކުގައި އުޅޭ މީހުންގެ އެންމެހާ ކަންކަން ގާތުން މޮނިޓަރ ކުރުމަށް ސިއްޙީ ޚިދުމަތްތެރިން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ށ.އަތޮޅު ހޮސްޕިޓަލްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 22 އަދި 23 އަށެވެ. އަދި މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 11 […]
ބަންގިއާއި ޤަމަތާއި ދެމެދު ހޭދަކުރާ ވަގުތު އިތުރުކޮށް، ބަދަލުތަކެއް ގެނައުމަށް ނިންމައިފި

ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި ބަންގިއާއި ގަމަތާއި ދެމެދު ހޭދަކުރާ ވަގުތުތައް އެއް މިނެއްގައި ހިފެހެއްޓުމަށް ނިންމާ، ބަންގިއާއި ޤަމަތާއި ދެމެދު ހޭދަކުރާ ވަގުތު އިތުރުކޮށް، ބަދަލުތަކެއް ގެނައުމަށް ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން ދެންމެ ބުނީ މި ނިންމުން ނިންމާފައި ވަނީ މިސްކިތްތަކާއި ބެހޭ ޤައުމީ މަޖިލީހުގެ ލަފާގެ މަތިން ކަމަށެވެ. މި ނިންމުމަކީ ބަންގިއާއި ގަމަތާއި ދެމެދު މިހާރު ސުންނަތް ނަމާދު ކުރުމަށް ލިބޭ ވަގުތު ކުޑަވުމުގެ ސަބަބުން އާއްމުންގެ ޝަކުވާ ވުޒާރާއަށް ލިބުމާއި ގުޅިގެން އެކަމާއި […]
މިނިވަން ދުވަހާ ގުޅިގެން ޖުލައި 28 ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި

މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، 2025 ޖުލައި 28 ވާ ހޯމަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. ރައީސް އޮފީހުން ވިދާޅުވީ މި އަހަރަކީ، ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރޭ އަހަރު ކަމަށެވެ. އެހެންކަމުން މި އަހަރުގެ މިނިވަން ދުވަހާ ގުޅިގެން، ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖެހިފައިވާތީއާއި، މިނިވަން ދުވަހުގެ މުނާސަބަތުގައި ބަންދުވާ 2025 ޖުލައި 27 ވާ އާދީއްތަ ދުވަހު ބާއްވާ ހަރަކާތްތަކުގެ އިތުރުން، […]
ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު 133 ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. އެ ރަސްމިއްޔާތު ބާއްވާފައި ވަނީ އިސްކަންދަރު ބިލްޑިންގްގައެވެ. އެ ރަސްމިއްޔާތުގައި ހުވާކުރި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ޤާޟީ އަލްއުސްތާޛް ޢަބްދުލް ނާސިރު ޝަފީޤުއެވެ. މި ރަސްމިއްޔާތުގައި، ހެޑް އޮފް ވޯކްފޯސް ޕްލޭނިންގ އެންޑް މެނޭޖްމަންޓް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ޝަރީފް އަދި ހެޑް އޮފް ރެކްރޫޓްމަންޓް އެންޑް ޑިޕްލޯއިމަންޓް ޔުނިޓް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް […]
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފި

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލާން ހުޅުވާލައިފިއެވެ. ރައީސް އޮފީހުން މިއަދު ވިދާޅުވީ އެޗްއާރްސީއެމްގެ 2 މެންބަރެއްގެ މަގާމު ހުސްވެފައިވާތީ، އެ ކޮމިޝަނަށް މެމްބަރުން ޢައްޔަނުކުރެއްވުމަށްޓަކައި މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ. އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވޭނެއެވެ. އެޗްއާރްސީއެމްގެ މެންބަރުކަމުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު […]