ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު މަހާސިންތާ ނިންމާލައިފި

ރާއްޖޭގެ ޒަކާތު ހައުސްއިން އިންތިޒާމްކޮށްގެން މިއަދު ކުރިއަށްގެންދިޔަ ”ބައިނަލްއަޤުވާމީ ޒަކާތު މަހާސިންތާ 2025″ ނިންމާލައިފިއެވެ. . މިއަހަރުގެ ބައިނަލްއަގުވާމީ ޒަކާތު މަހާސިންތާގެ ޝިޢާރަކީ އިޖުތިމާޢީ އަދާލަތާއި ސުމޭކީ ޝާމިލުކަން ޤާއިމުކުރުމުގައި ޒަކާތުގެ ދައުރާއި ޒަމާނީ ވަޞީލަތްތަކާއެކު އިޖުތިމާޢީ ރައްކާތެރިކަން ކުރިއެރުވުމެވެ.  އެ މަހާސިންތާގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ޒަކާތު ހައުސްއާއި ވުޒާރާގެ އިސްވެރިންނާއި ރާއްޖޭގެ އިސްލާމީ ފައިނޭންސް ދާއިރާގައި ހަރަކާތްތެރިވާ އެކި ބޭފުޅުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.. އިންޓަނޭޝަނަލް ޒަކާތު […]

އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން ފޭރުނު މީހާ 3 ޗޮކްލެޓް ވަގަށް ނަގައިގެން ހައްޔަރުކޮށްފި

އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލާފައި ހުއްޓާ 3 ޗޮކްލެޓް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގ. ބެރުގެ، މުހައްމަދު ނަވީން އެވެ. ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރަން ނެރުނު އަމުރުގައި ބުނީ ފިހާރަޔަކުން ޗޮކްލެޓް ހިފައިގެންއތަނުން ބޭރަށް އޭނާ ދިޔައީ ފައިސާ ނުދައްކާ އެ ގެންދަން ނޫން ކަމަށެވެ.އަދި އޭނާ ދިޔައީ ފިހާރައިގެ ބޭރުގައި ހުރި މީހެއްގެ […]

ބީއެމްއެލް ބޭންކު ފަންޑުގެ އެހީގައި ވޭމަންޑޫ ސްކޫލުގައި ސެން ކްލާސްރޫމެއް ޤާއިމުކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ސެން ކުލާހެއް ތަރައްޤީކޮށްފިއެވެ . މިއީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެ ބޭންކުން އެހީ ދިން ވޭމަންޑޫ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެކެވެ. ބޭންކު ފަންޑުގެ އެހީގައި ވޭމަންޑޫ ސްކޫލުގައި ސެންސަރީ އަދި ވޮކޭޝަނަލް ކުލާސްރޫމެއް ތަރައްގީކޮށް މިހާރު ވަނީ ހުޅުވާފައެވެ. “އެ ކްލާސް ތަރައްގީކޮށްފައި ވަނީ ދަރިވަރުންގެ ގާބިލުކަން އިތުރުކުރުމާއި، އެހެން މިހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ […]

ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް “އިންޒެކް“ 2025 ރަސްމީކޮށް ފަށައިފި

ބައިނަލްއަޤުވާމީ ދެވަނަ ޒަކާތު ކޮންފަރެންސް، އިންޒެކް 2025 ރަސްމީކޮށް ފަށައިފިއެވެ. މިކަމަށްޓަކައި މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މެލޭޝިޔާގެ އިންސިފް ޔުނިވާސިޓީގެ އެސޯސިއޭޓް ޑީން، ޕްރޮފޮސެރ ޑރ. ޢާއިޝަތު މުނީޒާއެވެ. މި ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުގެ އިތުރުން ޒަކާތު ހައުސްއާއި ވުޒާރާގެ އިސްވެރިންނާއި ރާއްޖޭގެ އިސްލާމީ ފައިނޭންސް ދާއިރާގައި ހަރަކާތްތެރިވާ އެކި ބޭފުޅުންވެސް ވަނީ ބައިވެރިވެލައްވާފައެވެ. […]

ދަރަވަންދޫ ސިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފަށައިފި

ބ. ދަރަވަންދޫ ޞިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފަށައިފިއެވެ. ދަރަވަންދޫ ސިއްހީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވީ މިނިސްޓަރ އަބްދުﷲ ނާޘިމް އިބްރާމެއެވެ. ރާއްޖޭގައި މިހާރު ޑައިލެސިސްގެ ޚިދުމަތް ނުފެށި އޮތީ އދ. އަތޮޅާއި ވ. އަތޮޅާއި ފ. އަތޮޅުގެ އިތުރުން ދ.އަތޮޅުގައެވެ. ޑައިލިސިސްގެ ޚިދުމަތަކަކީ ކިޑްނީ ބަލި ތަހައްމަލް ކުރަމުންދާ މީހުންގެ ތެރެއިން ކިޑްނީގެ ފަންކްޝަން ވަކިވަރަކަށްވުރެ ދަށްވުމުން ކޮންމެ ހަފްތާއަކުވެސް 2 ނުވަތަ 3 ދުވަހު މެޝީންގެ އެހީގައި ހޯދާ ޚިދުމަތެކެވެ. ޑައިލިސިސް ހެދުމަށް […]

މާލޭގެ ހަތަރު އަވަށުގައި ވެސް ބާވެ، ތަޅައިލަން ޖެހޭ، ގިނަ އިމާރާތްތައް އެބަހުރި: މޭޔަރ ޢާޒިމް

މާލޭގެ ހަތަރު އަވަށުގައި ވެސް ބާވެ، ރެނދު ލައި، ތަޅައިލަންޖެހޭ، ގިނަ ޢިމާރާތްތައް މިހާރު ވެސް އެބަހުރި ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. ޢާޒިމް މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 208 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މޭޔަރ ޢާޒިމް ވިދާޅުވީ، މާލޭގެ ބައެއް ޢިމާރާތްތައް ބާވެ، ވެއްޓެން ކައިރިވެފައިވުމަކީ، ނުރައްކާތެރި ކަމެއް ކަމަށާއި އޭގެ ސަބަބުން، ރައްޔިތުންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ […]

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފި

ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު  ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަނބުރާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީއެވެ. ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ވަށާޖެހިފައިވާ ޤައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތަކަށް […]

އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ. އެންއައިސީގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އެ ކޮމިޝަނުގެ ހަތަރު މެންބަރުންގެ މެންބަރުކަމުގެ މުއްދަތު ހަމަވާތީއެވެ.އެހެންކަމުން އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރެއްވުމަށްޓަކައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ ހުޅުވާލާފައެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ފޯމު ބަލައިގަތުމަށް ހަމަޖެހިފައި ވަނީ، މިއަދުން ފެށިގެން 7 ސެޕްޓެންބަރު 2025 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް، ރަސްމީ ބަންދު […]

ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރަނީ

ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ މަޝްރޫއެއް ސަރުކާރުން ފަށަން ނިންމައިފިއެވެ. މިކަންހާމަކުރައްވާފައި ވަނީ އއ. އަތޮޅުގެ ރަށްތަކަށް ރައީސުލުޖްމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އއ. މަތިވެރީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޕިކްނިކް އައިލެންޑެއް ހަދައިދިނުމަށް ގިނަ އަތޮޅުތަކަކުން އެދޭ ކަމަށެވެ.ރަައީސް ވިދާޅުވީ ވަރަށް އަވަހަށް މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް ރަށް ނަގައި، އެ ރަށް އެއީ އެ އަތޮޅެއްގެ ރައްޔިތުންނާއި […]