ރައްޔިތުންގެ ވެރިކަމާއި އަމިއްލަ ވެރިކަމުގެ ތަފާތު

ދެ ރަޙްމަތްތެރިއަކު ހަވީރު ފިނިކޮށްލަން އަތިިރިމަތީހޮޅުއަށީގައި އިށީނދެލައިގެންތިބެ އެކިއެކި ކަންކމާބެހޭގޮތުން ޚިޔާލު ބަދަލު ކުރަމުން ގެންދިޔަ ދުވަހެކެވެ. ވާހަކަ ދެއްކުމުގެ ތެރޭގައި އެއް ރަޙްމަތްެތެރިޔަކު ބުންޏެވެ. މިއަދު ނިކަން ސިޔާސަތާ ބެހިލަމާހެއްޔެވެ. އާނ ! ކުރީ ޒަމާނުގައި އެއީ ބޮޑުވެގެންވާ އަދަބުލިބޭ ކުށަކަށްވިޔަސް މިހާރު އެބުނަނީ އެއީ ކޮންމެމީހަކުވެސް ދައްކަންވީ ވާހަކައެއް ކަމަށްތާއެވެ ! މުޅި ދުނިޔޭގަައިވެސް ކޮންމެ ގައުމެއްގައިވެސް ކޮންމެ ރައްޔިތަކުވެސް ބޭނުންވާނީ ރައްޔިތުންގެ ވެރިކަމެކެވެ. އެހެންނަމަވެސް، އަހަރެމެންގެ ތެރޭގައި ގިނައިން ބުނެއުޅެނީ އަމިއްލަ ވެރިކަމެކޭ […]