އެތައް ދިމާލަކުން ހަމާލާ ދެމުން ގެންދާނަމަ އިސްރާއީލު ސިފައިންގެ ފައިތައް ވަޅުޖެހިދާނެ

އިސްރާއީލުގެ އެންމެ މުގައްދަސް ދުވަސްތައް ކަމުގައި ބެލެވޭ ރޯޝް ހަޝާނާ ކުރިމަތި ވެފައިވާ މި ދަނޑިވަޅުގައި ލެބަނަންއަށް ހަމަލާދެމުން ގެންދާއިރު މަދުވެގެން 2 ދިމާއަކުން އިސްރާއީލުގެ ލަޝްކަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާކަން ސިއްރެއް ނުކުރެވުނެވެ. ގިނަ އަދަދެއްގެ ސިފައިން މަރުވެ އަދި އެތައްބަޔަކަށް ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިފައެވެ. މިއީ އިސްރާއީލުގެ ހަމަލާތަކުގައި އެއްވެސް ރަހުމެއްނެތި ލެބަނަންގެ އެތައް މައުސޫމް ރައްޔިތުން މަރަމުން ގެންދާއިރު އެ ގައުމުގެ ރައްޔިތުންގެ ހިތުގައިވެސް ވޭންތަކެއް އަޅަމުން ގެންދާނެކަން އިސްރާއީލުގެ ސިފައިންނަށް […]

އެކްސިސް އޮފް ރެޒިސްޓެންސްއަކީ ކޮންބައެއް

ފަހަކަށް އައިސް އިސްރާއީލުން ލެބަނަންގެ ހިޒްބުﷲ އާއި ދެކޮޅަށް ދެމުން ގެންދާ ހަމަލާތަކުގައި އެ ޖަމާއަތުގެ އެތައް ސަތޭކަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި ބައި މިލިއަނެއްހާ މީހުން ގެދޮރުންނެރެ ވިއްސިވިހާލިކޮށްލާފައެވެ. އީރާނުގެ ރައީސް މަސްއޫދު ޕެޒެންކިއާން ވިދާޅުވެފައިވަނީ އިސްރާއީލުން ދެމުންގެންދާ މި ހަމަލާތަކުގެ މައިގަނޑު ބޭނުމަކީ ކޮންމެވެސް ބަހަނާއެއްގައި އެމެރިކާއާއި އީރާނުގެ ކުރިމަތިލުމަކަށް މަގުފަހިކުރުމެވެ. އަދި އީރާނާ ދެކޮޅަށް އިސްރާއީލުން ހަނގުރާމައެއް ކުރަން ނުކެރޭނެ ކަމަށާއި އެހެންމެވެގެން އޭގެތެރެއަށް އެމެރިކާއިން ވައްދަން ނަތަންޔާހޫ ރާވަމުންގެންދާ ކުޅިގަނޑެއް […]

އަވަސް ކަޅިއަކުން ހިޒްބުﷲގެ ލީޑަރު ސައްޔިދު ހަސަން ނަސްރުﷲ  

ސައްޔިދު ހަސަން ނަސްރު ﷲ ދުނިޔޭގެ އަލިކަން ދެކިވަޑައިގަތީ  އުތުރު ބެއިރޫތުގެ ރަށްބޭރުގެ ފަގީރު އަވަށެއް ކަމުގައިވާ ބުރުޖް ހައްމޫދުގައި 1960 ވަނަ އަހަރު އޯގަސްޓް މަހުގެ 31 ވަނަ ދުވަހުއެވެ. ބައްޕާފުޅަކީ ދެކުނު ބެއިރޫތަށް ނިސްބަތް ވެވަޑައިގަންނަވާ ފަގީރު ތަރުކާރީ ވިއްކާ މީހެކެވެ. އެއްބަޑު އެއްބަފާ އިތުރު 8 ބޭފުޅުން އާއިލާގައި ތިއްބައެވެ. އިރާގުގެ ޝިޔައީންގެ މުގައްދަސް ސިޓީއެއް ކަމުގައިވާ ނަޖަފްގައި ސިޔާސީ އިލްމާއި ގުރުއާނުގެ އިލްމު ދަސްކުރައްވަން އިރާގުގައި އޮތް ސުންނީންގެ ވެރިކަމުގައި ޝިޔައީ […]

ހުރިހާ މޮޅަކާއި ކާމިޔާބީއެއް ލިބެނީ އީރާނަށް

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މި ގެނެސްދެނީ އެމެރިކާގެ ދަ ހިލްގެ ތަޖުރިބާކާރުން މި ދުވަސްވަރު މެދުއިރުމަތީގެ ނުރައްކާތެރިކަން ދިރާސާ ކުރުމަށްފަހު ހާމަކޮށްފައިވާ ރިޕޯޓެއްގެ ޚުލާސާއެކެވެ. މެދުއިރުމަތީގެ ހާލަތާ ދޭތެރޭ އަޅުގަނޑުމެން ކަންބޮޑުވެ ހިތާމަކުރަމުންދާއިރު ތަޖުރިބާކާރުންގެ ވިސްނުންތެރި ދިރާސާތަކުން ބުނެދޭ އެއްޗެއް އެނގުމަކީ ބޭނުންތެރިކަމެކެވެ. އާންމުގޮތެއްގައި މީޑިއާގެ ޚަބަރުތައް ގެނެސްދޭ ކޮންމެ ވަސީލަތަކުންވެސް ޚަބަރުތަކާއި މައުލޫމާތު ގެނެސްދޭނީ އެމީހުން ބޭނުންވާ ކުލައެއް ޖެއްސުމަށްފަހުގައެވެ. މިއީ އެންމެންނަށް އެނގޭ ތެދު ހަގީގަތެކެވެ. އެއާ ޚިލާފަށް ތަޖުރިބާކާރުންގެ ރައުޔު ވަރަށް ގިނަ ފަހަރަށް […]

މި ޒަމާނުގެ މާހައުލުގައި ކައިވެނީގެ ރިޝްތާއާ ދޭތެރޭ ވިސްނާލުން ބޭނުމެވެ.

އަޅުގަނޑުގެ މި ލިއުމަކީ މައުލާނާ ތާރިގް ޖަމީލް ދެއްވާފައިވާ ދަރުސެއްގެ އުސް އަލިތަކަށް ބަލައިގެން ތައްޔާރުކޮށްފައިވާ ލިއުމެކެވެ. އެބޭފުޅާ ދަރުސް ދިނުމުގައި ގެންގުޅުއްވާ ދޫ ފަސޭހަކަމާއި ބަސްމަގުގެ އޮމާންކަން އަޅުގަނޑުގެ މި ލިއުމުން ނުފެންނާނެކަން ގަބޫލު ކުރަމެވެ. ހަމަ އެފަދައިން މައޫޟުއުން ބޭރަށް ވަޑައިނުގެން ހުންނަވާ އެ ދަރުސްތަކަށް މީހުން ޝައުގުވެރި ކުރުވުމަށްޓަކައި ގެންގުޅުއްވާ ސަމާސާ މިޒާޖް ބޭނުންކުރުމަކީވެސް އަޅުގަނޑުގެ ކިބައިގާ ހުރި ފަންނުވެރިކަމެއް ނޫނެވެ. މި ހުރިހާ ލިމިޓޭޝަންތަކަކާއެކު ވެސް އަޅުގަނޑުގެ މި ލިއުމުން ދިވެހި […]

އިރާގުން ވަގަށްނެގި ކިއުނަފޯމް އަކުރުގެ ފިލާތަކާއި ސިހުރު ހާހޫރަ

ސިހުރު ހާހޫރަ އިންސާނުންގެ ދިރިއުޅުމުގެތެރެއަށް ވަދެގެން އައިޒަމާނެއް ތާރީޚުން އެނގޭކަށްނެތެވެ. ހަމައެއާއެކު އިންސާނުން ދިރިއުޅުމުގައި ސިހުރު ހާހޫރައާއި ތަފާތު ސިފަސިފައިގެ ބިލާހުތަކަށް އީމާން ނުވާ ދުވަސްވަރެއްވެސް އެނގޭކަށް ނެތޭ ބުނެވިދާނެއެވެ. މޫސާގެފާނާއި ސުލައިމާނުގެފާނުގެ ޒަމާނުގައިއުޅުނު މީހުންވެސް ސިހުރު ހާހޫރަ ބޭނުން ކުރިކަމަށް ތާރީޚުން އެނގެއެވެ. މި އުންމަތުގެ މާތް ނަބިއްޔާގެ ޒަމާނުގައިވެސް  ސިހުރު ހަދާއުޅުނުކަން ސިޔަރަތުން އެނގެއެވެ.  އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި މިހާރުވެސް ސިހުރު ހަދާމީހުންގެ ވާހަކަ ދޭތެރެދޭތެރެއުން ފަޅާއަރަމުން ދެއެވެ. ކަޅުކާޅު އޮޅުކޮށްގެން ގެންގުޅުނު […]

ބިރުވެރި އިންތިޒާރެއްގައި އިސްރާއީލުގެ ހައިފާ ބަނދަރު

އިސްރާއީލުގެ ސިނާއީ ބަނދަރު ހައިފާ އޮންނަނީ ލެބަނަންގެ ބޯރޑަރުން އެންމެ ވިއްސަކަށްމޭލު ދުރުގައެވެ. އިސްރާއީލުގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާއާއި އަގުބޮޑު ކެމިކަލްތަކާއި ބޮޑެތި ތެޔޮޓޭންކުތައް ބަހައްޓާފައި ހުރީ މި ބަނދަރު ސަރަހައްދުގައެވެ. 2006 ގައި އިސްރާއީލުން ލެބަނަންގެ ހިޒްބުއްލާ ޖަމާއަތާ ދެކޮޅަށް ހިންގި އުދުވާނުގައި ހިޒްބުއްލާ ގެ ހަމަލާތަކުން ހައިފާގެ އިމާރާތްތައް ވަނީ ވެއްޔަށް ހަދާލާފައެވެ. ހައިފާގައި ދިރިއުޅޭ އާންމުންގެ ހަނދާނުން އެ ދުވަސްތައް އަދި ފިލައިގެން ނުދެއެވެ. މިއަދު އަނެއްކާވެސް ހައިފާ މިވަނީ […]

ތާރީޚީ ގޮތުން 1994 ވަނަ އަހަރު އޯގަސްޓް މަހު 3 ވަނަ ދުވަސް

1948 ވަނައަހަރު އިސްރާއީލޭ ކިއުނު މިހާރުގެ ޓެރަރިސްޓް ގައުމު ވުޖޫދު ކުރެވުމަށްފަހު މެދުއިރުމަތީގެ ގައުމުތަކުގެ ވެރިންގެ ނިދި ގެއްލިގެން ހިނގައްޖެ ކަހަލައެވެ. ނުވަތަ  އެކަހަލަ މަންޒަރު ތަކެއް ސިފަކުރެވެން ފެށިއްޖެކަމުގައި ބުނެވިދާނެއެވެ. އިސްރާއީލުގެ ވަކިތަކުން ފަލަސްތީނު މިނިވަން ކުރުމުގެ ނަމުގައި ހަނގުރާމަތައް ކުރެވިގެންދިޔަތަން ފެނުނެވެ. ކޮންމެ ހަނގުރާމައެއް ނިމިގެންދިޔައީ އަރަބިންގެ އިތުރު ބިންތައް އިސްރާއީލަށް ލިބެމުންނެވެ. އަރަބިންގެ ލަޝްކަރު ތަކުގައި މުގޫ ލާފައި އޮތް ކޮރަޕްޝަނާ ފަސާދައިގެ ސަބަބުންނެވެ.  ގެއްލިގެންދިޔައީ މިސްރާއި ޖޯރޑްން އާއި ސީރިޔާއާއި ލެބަނަންގެ […]

ރައީސް ބައިޑްން ނިދީގައި ހިންގަވަމުން ހަނގުރާމައަކާ ދިމާލަށް

މިދިޔަ ހަފުތާއަކީ މެދުއިރުމަތީގައި ބަނަވެފައި އޮތް ހަނގުރާމައިގެ ވިލާގަނޑުން އަލިފާނުގެ ހުޅުން ވާރޭ ވެހުނު ހަފުތާއެއްކަމަށް ބައިނަލް އަގްވާމީ ބައެއް މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ. އިސްރާއީލުން ގަދަކަމުން ވެރިވެގެންފައިވާ ސީރިޔާގެ ގޯލާންގެ އުސްބިންތަކުގައި ފުޓްބޯޅަ ކުޅެންތިބި ބަޔަކަށް ހޮނިހިރު ދުވަހު އަމާޒުވިކަމަށް ބުނާ ހިޒްބު ﷲ ގެ ޙަމަލާއެއްގައި އެތަނުން 12 ކުދިން މަރުވުމާއި އޭގެ ރައްދުގައި އަންގާރަދުވަހުގެ ރޭގަނޑު އިސްރާއީލުން ދިން ރޮކެޓް ހަމަލާއެއްގައި ހިޒްބު ﷲ ގެ ކޮމާންޑަރ ފުއާދު ޝުކުރު އާއި އަދި […]