ކަޅާއި ހުދުގެ ކުލަ ހަނދާންތައް…

ޒުވާނަކު އޭނާގެ ކާފައާ ސުވާލުކުރިއެވެ. މިހާރު މި ދެކޭ ކުރިއެރުންތަކާނުލައި ކާފަމެންގެ ޒަމާނުގައި ކާފަމެން ދިރިއުޅުނީ ކިހިނެއް ހެއްޔެވެ؟ އެ ޒަމާނުގައި… ކޮންމެ ގެއެއްގައި ޓީވީއެއް ނުހުރެއެވެ. އެއަރކޮންޑިޝަނަރެއް ނުހުރެއެވެ. ކޮމްޕިއުޓަރެއް ނުހުރެއެވެ.  ކޮންމެ ކޮންމެ މީހަކު ކާރެއް ނުގެންގުޅެއެވެ. މޯބައިލް ފޯނެެއް ނުގެންގުޅެއެވެ. އަދި ކީއްހެއްޔެވެ؟ އިންޓަރނެޓަކީ މީހުން ދަންނަވެސް އެއްޗެއް ނޫނެވެ. ކާފަ ވަރަށް ހަރުދަނާކަމާއެކު ޖަވާބުދިނެވެ. މިޒަމާނުގައި ކުދިން ތިޔަ އުޅެނީ ނޫންހެއްޔެވެ. ނަމާދުކުރުމެއް ނެތެވެ. މީހުންނަކަށް އިޙުތިރާމެއް ނުކުރެއެވެ. އަނެކާއާ އަޅައިލައި، ހާލު ބެލުމެއް ނޯވެއެވެ. ތެދުވެރިކަމެއް، އަމާނާތްތެރިކަމެއް […]