އެ މަތިވެރި ޤުރުބާނީގެ އަގަކީ މިއީ ހެއްޔެވެ؟

އެއީ ލޮބުވެތި މަންމައެކެވެ. އެ މަންމަގެ ހުރިހާ ކުދިން ނުވަ މަހާއި ނުވަ ދުވަހު ބަނޑުގައި އުފުލާ، ވިހެއުމުގެ ގަދަ ފަދަ ވޭން ތަހައްމަލު ކުރީ ޝަކުވާއެއް ނެތިއެވެ. އެ މަންމަގެ ހަށީގައި ހުރި ފެންވަރަކުން ކުރެވުނުހާ މަސައްކަތެއް ކޮށް އެދަރިންނަށް އުފާވެރި މުސްތަޤުބަލެއް ހޯދައިދެވޭތޯ ހައްޓާއި ފުރާނައިން ޤުރުބާންވިއެވެ. ދެވުނުހާ ލޯތްބެއް ދީގެން، ލިބުނުހާ މީރުހާ ކާއެއްޗެއް ދީގެން އެ މަންމަގެ ކުޑަ ކުޑަ ދަރިންކޮޅު ބޮޑެތިވެ ވަރުގަދަ ޒުވާނުންނަށް ވީ ދާދި އަވަހަށެވެ. އެދަރިންކޮޅު މީހުންނާ އިނދެ މާމަ ކިޔާނެ ދަރިން ލިބުނު އިރު މަންމަގެ މޫނުގައި ރޫ ގިނަވެއްޖެއެވެ. މަންމަގެ ގައިބާރު ދެރަވެއްޖެއެވެ. އެ މަންމަގެ ހިތުގެ ފުންމިނުން ލޯބިވި […]