ލޮލުކެހި

އަހަރެން ރީތި ހެދުން ލާތީ ތިބާއަށް ފެނިދާނެއެވެ. އެއީ އަގުބޮޑު ހެދުމަށް ނުވަތަ ވަރަށް އާ ހެދުމަށް ވެދާނެއެވެ. ބުނަންހެއްޔެވެ!  އެއީ އަހަރެންނަށް މީހުން ހަދިޔާކުރާ ހެދުމެވެ. ބާވެފައިވާ ހެދުން އަނެކާއަށް ދޭން ބޭނުންނުވާ، ހިތްހެޔޮ ބައެކެވެ. ދުވަހަކުވެސް އަހަރެން އާ ހެދުމެއް ގަނެގެން ނުލަމެވެ. ބުނެބަލާށެވެ! އަހަރެން މުއްސަނދި ހެއްޔެވެ؟ އަހަރެން އެކި އިރަށް އެކި ފައިވާނަށް އަރާތީ ތިބާއަށް ފެނިދާނެއެވެ. އެއީ އަގުބޮޑު، ރީތި ފައިވާނަށްވެސް ވެދާނެއެވެ. އަޑުއަހާށެވެ! އެއީ ހައްތަހާވެސް އަހަރެންނަށް މީހުން […]

ޒީ… 2

ރައްޓެއްސަކާ ބައްދަލުކޮށްލަން ކަމަށް ރީނާ ގާތުގައި ބުނެފައި އަހަރެން ގޭން ނުކުތީމެވެ. ކަނޑައެޅި ގަޑިއަށް ޒީ އުޅޭ ގެއަށް އަހަރެން ދިޔައިމެވެ. ދެވަނަ ފަންގިފިލާގެ ރަނގަބީލު ޖަހައިލުމުން ދޮރުހުޅުވައިދިނެވެ. އަހަރެން ވަނީމެވެ. ”އާދޭ އެތެރެއަށް!“ މަޑުމައިތިރި އަޑަކުން ޒީ ބުންޏެވެ. އަހަރެން އައުމުން ޒީ ވަރަށް އުފާވިއެވެ. ސޯފާއަށް އިޝާރާތްކުރަމުން އިށީނުމަށް ޒީ އަހަރެންގާތުގައި އެދުނެވެ. އަހަރެން އިށީނީމެވެ. ގޭތެރެ ވަރަށް ހަމަހިމޭނެވެ. ގޭގެ ތަރުތީބުކަމާއެކު އޮރެންޖުކުލައިގެ އަލީގެ ތެރޭން ގޭތެރެ ފެންނަނީ ވަރަށް ހިތްގައިމުކޮށެވެ. ގޭގެ […]

ޒީ… 1

”ދުއިސައްތަ ރުފިޔާ.“ ފައިވާން ހިފައިގެން ކައުންޓަރުދޮށަށް އައި ކަސްޓަމަރުގާތުގައި އަހަރެން ބުނީމެވެ. ”ޓްރާންސްފަރ ކޮށްލާނީ.“ އެވަގުތު އަހަރެންނަށް ސިއްސައިގެންގޮސް އެ މޫނަށް ބަލައިލެވުނެވެ.  ”ޒީ!“ ހައިރާންކަމާއެކު ދެމީހުންނަށް އެކަކު އަނެކަކަށް ބަލައިލެވުނެވެ. ”މިއޮތީ ނަމްބަރު!“ އަހަރެން ދައްކާލީ ޓްރާންފަރ ކުރަންވީ ނަމްބަރާއި ވައިބަރ ކުރަންވީ ނަމްބަރެވެ.  ސްލިޕް ފޮނުވާފައި އޮންނާނެއޭ ބުނެފައި ހިނިތުންވުމެއް އަހަރެންނަށް ހަދިޔާކުރުމަށްފަހު އޭނާ ނުކުމެގެން ހިނގައްޖެއެވެ. ބަހެއްވެސް ބުނާނެ ކުޅަދާނަކަމެއް އަހަރެންނަކަށް ނުލިބުނެވެ. ގަނޑުވެފައި އެތައް އިރަކު އިނދެވުނެވެ.  އަހަރެންނަށް ހޭވެރިކަންވީ ވައިބަރުން މެސެޖެއް ލިބުމުންނެވެ. ކުއްލިއަކަށް ޚިޔާލަށް […]