އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

ރ. އުގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ. އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރޭން މި މަހުގެ 14 ވަނަ ދުވަހު ނައްތާލާފައި ވަނީ 153 ފުޅި ބަނގުރަލާއި 37 ދަޅު ބަނގުރަލެވެ. މި ތަކެއްޗަކީ 2025 ފެބްރުއަރީ 21ވަނަ ދުވަހުން ފެށިގެން އަހަރުގެ މިހާތަނަށް، އިފުރު އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. މި ތަކެތި […]
ހއ. އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ހުދު ސަމާލު

މޫސުމާބެހޭ ގައުމީ އިދާރާއިން، ހއ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 15.30ން ފެށިގެން 20.30ގެ ނިޔަލަށެވެ. މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް ލަފާކުރެވޭކަމަށް އެ އިދާރާއިން ބުނެއެވެ. މީގެ އިތުރުން، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ޙިކުމަތްތެރި ކަންޒުކަހަނބު (2)

ކަންޒުކަހަނބު މަޑުމަޑުން ފަހަރަކު ފިޔަވަޅެއް އަޅަމުން ކުރިއަށް ދާންފެށިއެވެ. ކަންޒުކަހަނބު ދަތުރުކުރަން އޮތީ ފަސޭހަ ރާސްތާއެއް ނޫނެވެ. ކުރު މަގުން ދަތުރުކުރާކަށް ކަންޒުކަހަނބު ޚިޔާލެއް ނުކުރިއެވެ. އެއީ ކަށި ގަސްތަކުން ފުރިފައިވާ މަގަކަށް ވީތީއެވެ. ކަންޒުކަހަނބު ރޭހުގައި ކުރިއަށްދަނިކޮށް މަކުނުވަލެއްގައި ހައްޔަރުވެފައި އޮތް ރޯފަންފުޅަންގަކާ ދިމާވިއެވެ. ކަންޒުކަހަނބު އެސޮރު މަކުނުވަލުން ސަލާމަތްކޮށްދިނެވެ. އަނެއްކާވެސް ކަންޒުކަހަނބު ހިނގައިގަތެވެ. މިފަހަރު ދިމާވީ ފެންބޮވައިގެންފައިވާ މުގޮށިމީދަލަކާއެވެ. ކަންޒުކަހަނބު އެސޮރަށް އެކި ކަހަލަ ބެރީ ގެނެސްދިނެވެ. ކަންޒުކަހަނބު ހިނގަމުން ކުރިއަދިޔައިރު ދޭތެރެއަކުން މަޑުކޮށްލައިގެން […]
ށ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ހުދު ސަމާލު

މޫސުމާބެހޭ ގައުމީ އިދާރާއިން، ށ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 13.30ން ފެށިގެން 18.30ގެ ނިޔަލަށެވެ. މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ. މީގެ އިތުރުން ނި ވަގުތުގެ ތެރޭގައި އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފި

މޫސުމާބެހޭ ގައުމީ އިދާރާއިން، ހއ އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ. ހުދު ސަމާލު ނެރެފައިވަނީ މިއަދު 15.45ން ފެށިގެން 21.30ގެ ނިޔަލަށެވެ. މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށާއި، އަދި ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ބުނެއެވެ. މިގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑު ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް […]
ޙިކުމަތްތެރި ކަންޒުކަހަނބު

ބޮޑު ކޯރެއްގެ ބިއްދޮށުގައި ފޮއްގަސްތަކުން ފުރިފައިވާ ޖަންގައްޔެއް އޮތެވެ. އެތައް ބާވަތެއްގެ ޖަނަވާރާއި ދޫނިސޫފާސޫފި އެ ޖަންގަލީގައި އުޅެމުންދިޔައެވެ. ހުރިހާ ޖަނަވާރުން ނިންމީ ވަރުގަދަ ރޭހެއް ޖެހުމަށެވެ. ރޭސް ބާއްވަން ނިންމާފައިއޮތީ ޚަރީފު މޫސުން ފެށުމުގެ ކުރިން ހަނދު އެންމެ ފުރިހަމަވާ ރޭ ފާހަގަކުރުމަށެވެ. އެއީ ވާރޭ ތުނިކޮށްލައި، މޭވާތައް ފައްކާވެ، ހުރިހާ ދިރޭތަކެތި ސުލްހަވެރިކަމާއެކު އެއްތަންވެއުޅޭ ދުވަސްވަރު ކަމަށްވާތީއެވެ. ޖަންގަލީގެ ރަސްގެފާނު ސިންގާ އުސް ހިލައެއްގެ މައްޗަށް އަރައި އޭގެ ބަރު އަޑުން ގޮވާލިއެވެ. ”ރޭހުގައި […]
އަމީނިއްޔާއާއި އިސްކަންދަރު ސްކޫލުގެ ދަރިވަރުންނަށް ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ފަށައިފި

ދިވެހި ފުލުހުންގެ ޚިދުމަތުން ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ”ޓްރެފިކް މޮނީޓަރސް“ ޕްރޮގްރާމް އަމީނިއްޔާ ސްކޫލާއި އިސްކަންދަރު ސްކޫލުގެ ދަރިވަރުންނަށް ފަށައިފިއެވެ. މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލް ދަރިވަރުން އަހުލުވެރި ކުރުވުމަށްޓަކައި ބާއްވާ ޕްރޮގްރާމެކެވެ. އިއްޔެ ފެށި މި ޕްރޮގްރާމް ޝަރަފުވެރި ކޮށްދެއްވީ ގަލޮޅު ޕޮލިހުގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ލުޠުފީއެވެ. މި ރަސްމިއްޔާތުގައި، ރޯޑް ސޭފްޓީ އެންޑް ޕްރިވެންޝަނުގެ ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ދިމްހާމާއި އަފި […]
މާލޭގެ ބައެއް މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

މާލޭގެ ބައެއް މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ. މިގޮތުން މިއަދު ވަނީ މާލޭގެ ދެ ސަރަހައްދެއްގައި މަގު މަރާމާތުކުރުމުގެ މަސައްކަތް ފަށާފައެވެ. މިއަދު މަސައްކަތް ފަށާފައިވާ މަގުތަކުގެތެރޭގައި ސޯސަންމަގު އިސްލާމިކް ޔުނިވަރސިޓީ ސަރަހައްދާއި ހެންވޭރު ކާނިގޯޅީގައި ގަނބާފައިވާ ސަރަހައްދު ލެވެލްކޮށް، ގާއެތުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ. މާލެއާއި ހުޅުމާލެ ހިމެނޭހެން ވަރަށް ގިނަ މަގުތަކެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މިކަމުގެ ސަބަބުން ދުއްވާތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދާކަމުގެ ޝަކުވާ އާންމުން ކުރަމުންދާތާ ދުވަސްތަކެއް […]
ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެ

ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ކުރިއަށް އޮތް ތިން ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ. މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ، މި ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށާއި، އަދި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ. އަދި ޚާއްޞަކޮށް މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިގަދަވެ ކަނޑުގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ. އެންމެހާ ފަރާތްތަކުން މޫސުމާބެހޭ މަޢުލޫމާތު އަދާހަމަކުރުމަށާއި، މޫސުމާބެހޭ އިތުރު މަޢުލޫމާތު […]
ދަނޑުވެރިޔާއާއި ހިމާރު

އެއްފަހަރަކު ދަނޑުވެރިއަކު ގެންގުޅުނު ހިމާރެއް ފުން ވަޅުގަނޑަކަށް ވެއްޓުނެވެ. ހިމާރު ވަޅުން އެރޭތޯ މަސައްކަތްކުރަމުން ސަލާމަތަށް އެދި ހަޅޭއްލަވަމުންދިޔައެވެ. ދަނޑުވެރިޔާވެސް ހިމާރު ސަލާމަތްކުރާނެ ގޮތަކާމެދު ވިސްނަމުންދިޔައެވެ. އެތައްއިރަކު ވިސްނުމަށްފަހު ދަނޑުވެރިޔާ ހިތަށްއެރިއެވެ. މިއީ މުސްކުޅިވެ ގައިބާރު ދެރަވެފައި އޮތް ހިމާރެކެވެ. މާ ބޮޑު ބޭނުމެއްވެސް ހިފެނީއެއް ނޫނިއްޔާއެވެ. މިސޮރު ސަލާމަތް ކުރަން ނޫޅެ އެހެން ގޮތެއް ވިސްނިއްޔާ މާ ރަނގަޅުވާނެއެވެ. އޭނާ އެހިސާބުގަނޑު މީހުންނަށް ގޮވައި އެއްކުރިއެވެ. އަދި ވަޅަށް ފަސްއެޅުމަށް އެހީވުމަށް އެމީހުން ގާތުގައި އެދުނެވެ. […]