ކުޑަކުދިންނަށް ޖިންސީގޯނާ ކޮށްފައިވާ މީހުންގެ މަޢުލޫމާތު އިންޓަރޕޯލް ޤައުމުތަކަށް ދެނީ

ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީގޯނާ ކޮށްފައިވާ މީހުންގެ ތެރޭން ހުކުން ތަންފީޒުކޮށް ނިމިފައިވާ މީހުންގެ މަޢުލޫމާތު އިންޓަރޕޯލުގެ ޤައުމުތަކަށް ލިބޭގޮތަށް ގްރީން ނޯޓިސް ނެރެން ފަށައިފި ކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނެފައިވަނީ، ގާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނު)ގެ 57 ވަނަ މާއްދާގެ ދަށުން، ”ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންގެ ދަފްތަރު“ އާންމުކޮށްފައި ވާކަމަށެވެ. މި ދަފްތަރުގައި ހިމެނޭ މީހުންގެ ތެރޭން، ހުކުން ތަންފީޒުކޮށް، މުޖުތަމަޢަށް […]
ބޮޑުތަކުރުފާނުމަގުގައި ގަވައިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯވކުރަނީ

ހިތިގަސްމަގު ކަންމަތިން ފެށިގެން މެހެލިގޯޅިއާ ހަމައަށް، ބޮޑުތަކުރުފާނުމަގުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުަރާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ އާންމު ދަތުރުފަތުރާއި ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާގޮތަށް އުޅަނދުތައް ޕާކުކުރަމުންދާތީ އެކަން ހުއްޓުވައި، ދަތުރުފަތުރަށް ފަސޭހަވާނެގޮތަށް މަގުތައް ތަރުތީބުކުރުމުގެ ގޮތުން އެ ޚިދުމަތުން ކުރާ ކަމެއް ކަމަށެވެ. އަދި މިގޮތަށް ޓޯވކުރެވޭ އުޅަނދު ދުއްވި ފަރާތާމެދު ފިޔަވަޅުއަޅާނެ ކަމަށާއި، އެ އުޅަނދު އަނބުރައި ލިބޭނީ 48 […]
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ހުޅުވާލައިފިއެވެ. އެ މަރުކަޒުން ބުނީ، މި މުބާރާތުގައި މުއައްސަސާތަކާއި ސްކޫލްތަކާއި އަދި ޖަމްޢިއްޔާތަކަށްވެސް ބައިވެރިވެވޭނެ ކަމަށެވެ. މިގޮތުން، މި މަހުގެ 18ން 29ށް ހުޅުވާލާފައިވަނީ މުއައްސަސާތަކާއި ޖަމްޢިއްޔާތައް ރަޖިސްޓްރީކުރުމުގެ ފުރުސަތު ކަމަށާއި، މި ތަންތަނުން ބައިވެރިވާ ބައިވެރިން ރަޖިސްޓްރީވުމަށް ފަހުން ހުޅުވާލެވޭނެކަމަށް އެ މަރުކަޒުން ބުނެއެވެ. މި މުބާރާތް ބަހައިލެވިފައިވަނީ 3 ބަޔަކަށެވެ. އެއީ ސްކޫލްތަކުގެ ބަޔާއި ޙާފިޒުންގެ ބަޔާއި ކުލަބް ޖަމްޢިއްޔާތަކުގެ […]
މެއިންޓަނަންސް މަސައްކަތެއް ކުރާތީ، މިރޭ ދަންވަރު ބީއެމްއެލް ޚިދުމަތް މެދުކެނޑޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މެއިންޓަނަންސް މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، މިރޭ ދަންވަރު ޚިދުމަތް މެދުކެނޑިދާނެކަމަށް އެ ބޭންކުން ބުނެފިއެވެ. އިންޓަނެޓް ބޭންކިންގ، ބޭންކުގެ ވެބްސައިޓް، ޕީއޯއެސް މެޝިން، އޭޓީއެމް، ޕޭމަންޓް ގޭޓްވޭ، ކާޑު، އަދި ޑޮލަރު ބުކިންގ ޕޯޓަލްގެ ޚިދުމަތް މެދުކެނޑޭނެ ކަމަށް ބީއެމްއެލުން ބުނެފައިވަނީ މިރޭ ދަންވަރު 2:00ން ފަތިހު 5:00އާ ދެމެދު 30 މިނެޓުގެ ވަގުތުކޮޅަކަށް ކަމަށެވެ. ބީއެމްއެލުން ބުނެފައިވަނީ، މަސައްކަތް ކުރުމަށްޓަކައި އެ ވަގުތު އިޚްތިޔާރުކޮށްފައިވަނީ، އެއީ ކަސްޓަމަރުން އެންމެ މަދުން […]
ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޒަމްޢަތު އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް، ޒަމްޢަތު އަޙްމަދު ވަޙީދު އައްޔަންކުރައްވައިފިއެވެ. މި މަގާމަށް ޒަމްޢަތު އައްޔަންކުރައްވާފައި ވަނީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 6ވަނަ މާއްދާގެ (ހ)ގައި ވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ. 2006ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވަމުން އަންނަ ޒަމްޢަތުގެ ނަން ފާސްވީ 56 މެމްބަރުންގެ ވޯޓުންނެވެ. ޒަމްޢަތު ވަނީ އިސްލާމިކް ޔުނިވަރސިޓީން ނޫސްވެރިކަމުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލް ކުރައްވައިފައެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނުގެ […]
ލާމަރުކަޒީ ނިޒާމު އިސްލާހުކުރެވޭނީ ސަރުކާރާއި، މަޖިލީހާއި، ބޮޑު ދެ ޕާޓީ މަޝްވަރާކޮށްގެން: މެންބަރު ނަސީމް

ލާމަރުކަޒީ ނިޒާމު ހިންގުމުގައި މިހާރު ދިމާވެފައިވާ ދަތިތަކަށް ހައްލެއް ގެނެވޭނީ، ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި ސިޔާސީ ބޮޑު ދެ ޕާޓީ ގުޅިގެން މަޝްވަރާކޮށްގެން ކަމަށް، ތުލުސްދޫ ދާއިރާގެ މެންބަރު އަޙުމަދު ނަސީމް ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ، މިހާތަނަށް ތިން މަޖިލީހަކުން ވަނީ މި ގާނޫނަށް އިސްލާހުތަކެއް ގެނެސްފައި ކަމަށެވެ. ނަމަވެސް މިހާތަނަށްވެސް މި މައްސަލައަށް ހައްލެއް ފެނިފައިނުވާއިރު، އޭނާ ދެނެވަޑައިގަންނަވާ ގޮތަކީ މިގޮތަށް މަޝްވަރާކުރުން ކަމަށް ވިދާޅުވިއެވެ. ހަމައެކަނި ރައްޔިތުންގެ […]
ގެއްލިގެން ހޯދަމުންދިޔަ ޒުވާނާ ފެނިއްޖެ

މާލޭން ގެއްލިގެން ހޯދަމުންދިޔަ ޒުވާން އަންހެންކުއްޖާ ފެނިއްޖެ ކަމަށް ފުލުހުން މަޢުލޫމާތުދީފިއެވެ. ފުލުހުން ބުނީ، އޭނާ ފެނިފައިވަނީ މާލޭން ކަމަށާއި، އޭނާގެ ހާލު ރަނގަޅު ކަމަށެވެ. އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖޫން 17ވަނަ ދުވަހުގެ މެންދުރުފަހު 1:00 ހާއިރު ކަމަށާއި، އެ ވަގުތުން ފެށިގެން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނީ، ޢާއިލާއިން މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ޖޫން 16ވަނަ ދުވަހުގެ ރޭ ގޭން ނުކުތް ފަހުން އޭނާގެ ޚަބަރެއް […]
މަސްތުވާތަކެތި ހުއްޓުވޭނީ ކަމާބެހޭ މުއައްސަސާތައް ގުޅިގެންކަމަށް ސީޕީ ވިދާޅުވެއްޖެ

މަސްތުވާތަކެތީގެ މައްސަލަ ހުއްޓުވޭނީ އެކަމަށްޓަކައި ހެދިފައިހުރި ހުރިހާ މުއައްސަސާއެއް ގުޅިގެން އެއް ލަނޑުދަނޑިއަކަށް މަސައްކަތްކޮށްގެން ކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. ނަވީން ވިދާޅުވީ، މިކަން ހުއްޓުވުމަށްޓަކައި ކަމާބެހޭ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. މި ގޮތުން، އެމީހުންނަށް ދޭންޖެހޭ ފަރުވާ ދިނުމާއި، އެ ތަކެއްޗަށް އޮންނަ ޑިމާންޑް މަދުކުރުމަށް މަސައްކަތް ކުރަންޖެހޭކަމަށާއި، އެއްވެސް ގޮތަކަށް ޑިމާންޑް އޮންނަ ކަމަށްވާނަމަ އެކަން […]
އެޑެކްސެލްއާއި އެޗްއެސްސީގައި އަމިއްލަގޮތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

މި އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހު ބާއްވާ އެޑެކްސެލް އޭލެވެލް އަދި އެޗްއެސްސީ އިމްތިޙާނުގައި އަމިއްލަގޮތުން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން ބުނީ، މި އިމްތިޙާނުތަކުގައި އަމިއްލަގޮތުން ބައިވެރިވާން އެދޭ ދަރިވަރުންނަށް ފޯމު ދޫކުރުމާއި ފައިސާ ބަލައިގަތުން ޖުލައި މަހުގެ 10 ވަނަ ދުވަހުގެ މެންދުރު 12.00އާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އެ ޑިޕާޓްމަންޓްގެ ކައުންޓަރުންނާއި އަދި ވެބްސައިޓް www.dpe.edu.mv އިން ފޯމު ލިބެން ހުންނާނެކަމަށާއި، އަދި އޮންލައިންކޮށް ހުށަހަޅަން ބޭނުންވާ […]
ޔުމްނު ވެއްޓުނު މައްސަލައިގެ ރިޕޯޓު އާންމުކޮށްފި

ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ޙައްވާ ޔުމްނު ވެއްޓުނު މައްސަލަ ތަޙުޤީޤުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު އާންމުކޮށްފިއެވެ. ރިޕޯޓު އާންމުކޮށްފައި މި ވަނީ، އެ ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ރައީސަށް ހުށަހެޅުމާއެކު، އެ ރިޕޯޓު އާންމުކުރަން އެމަނިކުފާނު އެންގެވުމާ ގުޅިގެންނެވެ. ރައީސް މުޢިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރިން ވިދާޅުވީ، ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓު ލިބިވަޑައިގެންފައި ވާކަމަށާއި، އެ ރިޕޯޓު އޮތްގޮތަށް އާންމުކުރަން އިރުޝާދުދެއްވާފައި ވާނެކަމަށެވެ. އެ ކޮމިޝަނުން ނެރުނު […]