ގެއެއްގެ ދެވަނަ ފަންގިފިލައިން ވެއްޓުނު އަންހެނަކަށް ފަރުވާދެނީ

މާލޭގެ ގެއަކުން ރޭ ފަތިހުގެ ވަގުތެއްގައި ވެއްޓުނު އަންހެންނަކަށް އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފަރުވާދެމުންދާކަމުގެ މަޢުލޫމާތުލިބިއްޖެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މައްޗަންގޮޅީގައި ހުންނަ ގެއެއްގެ ދެވަނަ ފަންގިފިލައިން ވެއްޓިފައިވަނީ އުމުރުން 42 އަހަރުގެ ދިވެހި އަންހެނެކެވެ. ރޭ ފަތިހު 4.00ހާއިރު ވެއްޓުނު އެ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނައިރު، ފުލުހުން ބުނީ އޭނާގެ ފައިގެ ކުޑަހުޅު ނެއްޓި، ކަށިގަނޑު ބޭރަށް ނިކުމެފައިވާކަމަށެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުން ކަމަށްވާތީ، އިތުރު ތަފުސީލެއް ދީފައެއް […]
ބާންބޫން

”ދަރިފުޅާ! ދޮރު ތަޅުލާފަ މަޑުމަޑުން ނުކުމޭ ދޮރުމައްޗަށް! ބައްޕަ މި ކައިރިކުރަނީ.“ ސަމީރު އެ ގުޅީ އޭނާގެ ހައަހަރުގެ ދަރިފުޅަށެވެ. ”ލައްބަ“ އޭ ބުނެފައި ޝާން ފައިބައިގެން އައެވެ. އެ ދުވަހަކީ ޝާން ބައިވެރިވާ ޑުރާމާ މުބާރާތެއް އިސްކޫލުގައި އޮތް ދުވަހެކެވެ. ބޮޑު ރޯލެއް ކުޅުމަށް މުދައްރިސުން ޝާން އިޚްތިޔާރުކޮށްފައިވަނީ އޭނާގެ މޮޅު ހުނަރުގެ ސަބަބުންނެވެ. ވަގުތު ކުޑަތަންވަމުން އާދެއެވެ. ޝާން ހުރީ ބައްޕަ ލަސްވެގެން ކަންބޮޑުވެފައެވެ. ރޮވެން ކައިރިވެފައެވެ. އަނބުރައި ގެއަށް ވަދެވޭކަށްވެސް ނެތެވެ. ގެ […]
4 ބިލިއަން ރުފިޔާ ތަޢުލީމީ ދާއިރާއަށް ހޭދަކުރާއިރު ނަތީޖާ ދަށްކަމަށް ވަޒީރު ވިދާޅުވެއްޖެ

ތަޢުލީމީ ދާއިރާއަށް ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު 4 ބިލިއަން ރުފިޔާ ހޭދަކުރަމުންދާއިރު ކުދިންގެ ނަތީޖާ ރަނގަޅު ނޫންކަމަށް، ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 2022 ވަނަ އަހަރާއި 2023ވަނަ އަހަރުގެ އޯލެވެލްގެ ގަދަ ދިހައެއް ހޮވުމާއި، އޭލެވެލް ނިންމި ދަރިވަރުންނަށް އިނާމުދިނުމުގެ ޖަލްސާތަކުގެ ތެރޭން މިއަދު ހެނދުނު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިގޮތުން، 2013 އަދި 2014ވަނަ އަހަރުގެ އޯ ލެވެލްގެ ނަތީޖާއަށް ބަލާއިރުވެސް، މުޅި އިމްތިޙާނުގައި ބައިވެރިވި […]
ކިޑްނީ ބައްޔާމެދު ސަމާލުވުމަށް ޑޮކްޓަރުންގެ އިލްތިމާސެއް

ކިޑްނީ ބަލީގެ އެއްވެސް އަލާމަތްތައް ފެނިއްޖެނަމަ، ވީހާވެސް އަވަހަކަށް ޓެސްޓްކުރުމަށް، މި ބައްޔާބެހޭ ޑޮކްޓަރުން އިލްތިމާސްކުރައްވައިފިއެވެ. ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން، އައިޖީއެމްއެޗްގެ ސީނިއަރ ކޮންސަލްޓަންޓް އިން ނެފްރޮލޮޖީ ޑރ. އިބްރާހީމް ޝިހާމާއި، އެ ހޮސްޕިޓަލުގެ ނެފްރޮލޮޖީ ޑިޕާޓްމަންޓުގެ މެޑިކަލް އޮފިސަރު ޑރ. އާމިނަތު މިޒްނާ ވަނީ މިކަމާ ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. މިގޮތުން، އައިޖީއެމްއެޗްގައި 130 މީހުން، އަދި ހުޅުމާލޭ ހޮސްޕިޓަލުގައި 55 މީހުން ޑަޔަލިސިސް ހަދަމުންދާއިރު، ޑަޔަލިސިސްއަކީ ގަވާއިދުން ކޮންމެ ހަފުތާއަކު […]
މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހި، ނިރޮޅުމަގުގައި ކަފިހިހުރަހެއްގެ މަތިން ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލުން ޖެހުމުން މަޑުނުކޮށް ދިޔަ މީހަކު ހޯދައި، ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫ / މޫންލައިޓްވިލާ، މުޙައްމަދު ނާޝިއު (20އ) ކަމަށާއި، އޭނާގެ އަތުގައި ލައިސަންސް ނެތްކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 54 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި، އެ މީހާއަށް ސީރިއަށް އަނިޔާތަކެއް ލިބިފައިވާތީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. […]
ހަވާދުލީ އަލުވި

ބޭނުންވާ ތަކެތި:1 ކިލޯ އަލުވި2 ފިޔާ (މެދު ސައިޒުގެ)2 ހިކިމިރުސް1/4 ސައިސަމުސާ ރީނދޫ1/4 ސައިސަމުސާ މުގުރި އަސޭމިރުސް1/4 ސައިސަމުސާ ލޮނުމިރުސް ހަވާދުލޮނު ތައްޔާރުކުރާނެ ގޮތް:ރިހަޔަށް ކޮށާގޮތަށް އަލުވި ކޮށާފައި ލޮނުކޮޅެއް ލައިގެން ފެނުކައްކާލާށެވެ. އަލުވިތައް މަޑުވުމުން ބާލާފައި ފެން ފުރާނާލާށެވެ.ފިޔާ ތުނިކޮށް ކޮށާފައި، ހިކިމިރުސް ބޮޑެތިކޮށް ބުރިކޮށްލާށެވެ.ލޮނާއި ރީނދޫ އަޅައިގެން ތެޔޮފޮދެއްގައި ފިޔާ މީރުކޮށްލާށެވެ.އެއަށްފަހު ލޮނުމިރުސް ހަވާދު، އަސޭމިރުސް، އަޅައި އެއްކޮށްލާފައި އަލުވިކޮޅު އަޅައިގެން ރަނގަޅަށް އެއްކޮށްލާށެވެ. މި ގޮތަށް ފަސްވަރަކަށް މިނިޓު ވަންދެން އެއްކުރަމުން ކައްކާލާފައި […]
އެމްޓީސީސީން ހިއްކާފައިވާ ރަސްމާލޭގެ ބިމުގެ އަގަށްވާ 1.6 މިލިއަން ޑޮލަރު ދިނުމަށް ހުކުމްކޮށްފި

އެމްޓީސީސީން ހިއްކާފައިވާ ރަސްމާލޭގެ ބިމުގެ 10 ހެކްޓަރަށްވާ 1.6 މިލިއަން ޑޮލަރު ދިނުމަށް، އެ މަސައްކަތާ ފުރަތަމަ ހަވާލުވި ކުންފުނި ކަމަށްވާ ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން (ސީއެމްސީ)ގެ މައްޗަށް ސިވިލްކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ސިވިލްކޯޓުން މިގޮތަށް ހުކުމްކޮށްފައިވަނީ، ސީއެމްސީން އެ ފައިސާ އެމްޓީސީސީއަށް ދައްކާފައި ނުވާތީ އެ ކުންފުނިން އެ ކޯޓަށް މައްސަލަ ހުށަހެޅުމުންނެވެ. މި މައްސަލާގައި ސިވިލްކޯޓުން ކުރި ހުކުމުގައި ވަނީ، މި ފައިސާ 1 މަސްދުވަހުގެ ތެރޭގައި ސީއެމްސީން އެމްޓީސީސީއަށް ދައްކައި ޚަލާޞްކުރުމަށް […]
ސެޕްޓެމްބަރު މަހު ފަހުކޮޅު ފުލެޓުތައް ހަވާލުކުރެވޭނެ: ވަޒީރު

އަންނަ ސެޕްޓެމްބަރު ފަހުކޮޅު 4000 ފުލެޓު އޭގެ ޙައްޤުވެރިންނާ ހަވާލުކުރެވޭނެ ކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، ފުލެޓުތައް ނިމެމުންދާ ވަރަކަށް އެގްރީމެންޓުގެ ކަންކަން ނިންމައި، ވެރިފަރާތާ ހަވާލުކުރަމުން ގެންދާނެ ކަމަށެވެ. ”މިގޮތަށް ހަވާލުކުރަމުން ގެންދާއިރު، ޕްރޮޖެކްޓުގެ ސްކޯޕް ތެރޭގަ ހިމެނިފައެއްނުވޭ ފެނާ ނަރުދަމާއާ ކަރަންޓާ ގުޅުމުގެ މަސައްކަތެއް. އެހެންވީމަ އަޅުގަނޑުމެން މިހާރު ސްޓެލްކޯއާ އެމްޑަބްލިއުއެސްސީއާ ގުޅިގެން ވީހާވެސް އަވަހަކަށް އެ ޚިދުމަތްތައް ދިނުމުގެ މަސައްކަތް […]
ތޮއްޑޫގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ތުއްތު ކުއްޖަކަށް އަނިޔާވެއްޖެ

އއ. ތޮއްޑޫގައި ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ސައިކަލަކުން ޖެހި އުމުރުން އެއް އަހަރުގެ ފިރިހެން ކުއްޖަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެއެވެ. މި އެކްސިޑެންޓުގައި އަނިޔާވި ކުއްޖާގެ ހާލު ސީރިއަސް ކަމަށާއި، އެކުއްޖާ އިމަޖެންސީގައި މާލެ ގެނެސް މިހާރު ދަނީ އައިޖީއެމްއެޗުގައި ފަރުވާދެމުން ކަމަށް ޚަބަރު ލިބެއެވެ. ދެ ފިރިހެނުން ތިބި މި ސައިކަލު ޓޯވކޮށްފައި ވީނަމަވެސް، މި މައްސަލާގައި މީހަކު ހައްޔަރުކުރި ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.
އާންމު ބަލިތަކާބެހޭ ފުރަތަމަ ކްލިނިކުގެ މަސައްކަތް ދޮޅުމަހުން ނިމޭނެ: ޞިއްޙީ ވަޒީރު

މާލޭގައި ހުޅުވުމަށް ހަމަޖެހިފައިވާ އާންމު ބަލިތަކާބެހޭ ކްލިނިކްތަކުގެ ތެރޭން ފުރަތަމަ ކްލިނިކުގެ މަސައްކަތް ދޮޅުމަސްދުވަހުގެ ތެރޭގައި ނިމޭނެކަމަށް، ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް ވިދާޅުވެއްޖެއެވެ. އެސްއެސްޓީވީއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، މިއީ ސަރުކާރުގެ މައި ހޮސްޕިޓަލް ކަމަށްވާ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަށް ޑޮކްޓަރަށް ދެއްކުމަށް ދާ މީހުންގެ ކިޔޫ ކުޑަކުރުމަށްޓަކައި ހުޅުވާ ކްލިނިކްތަކެއް ކަމަށެވެ. މިގޮތުން ހުޅުވާ ފުރަތަމަ ކްލިނިކް ހުޅުވުމަށް ހަމަޖެހިފައިވަނީ މާފަންނުގައި ހުންނަ ކޮރެލް ބޮލެވާޑް އިމާރާތުގައި ކަމަށް […]