ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލާ ރައްޔިތުންނަށް އެލަވަންސެއް ދިނުމާމެދު ދިރާސާއެއް ހަދަނީ

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓައިލާ ރަށްރަށުގެ ކޮންމެ ރައްޔިތެއްގެ ބެންކު އެކައުންޓަށް އެލަވަންސެއް ޖަމާކުރުމާމެދު ދިރާސާއެއް ހެދުމަށް އަންގަވާފައި ވާނެކަމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މި ހަފުތާގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާގުޅޭ ވަޒީރުންނަށް މިކަން ހުށަހަޅުއްވާފައި ވާނެކަމަށެވެ. އެގޮތުން، އެކަމާ ގުޅޭގޮތުން ދިރާސާއެއް ހައްދަވައި، ކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރެއްވުމަށް އަންގަވާފައި ވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައްޔިތުން ދުންފަތާ ދުރުކުރުމުގެ ގޮތުން އެކި […]
އަލިފާނުގެ ހާދިސާ ހިނގި ފުލެޓުގައި މީހުންނަށް ދިރިނޫޅެވޭވަރަށް ވަނީ ގެއްލުންވެފައި

މިއަދު ހެނދުނުގެ ވަގުތެއްގައި އަލިފާނުގެ ހާދިސާ ހިނގި ވިނަރެސް ފުލެޓުގައި މީހުންނަށް ދިރިނޫޅެވޭވަރަށް ވަނީ ގެއްލުންލިބިފައި ކަމަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ. އެ ފުލެޓުގައި ދިރިއުޅެމުންދިޔަ 4 މީހުންނަށް މިހާރު ވަނީ ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައި ކަމަށްވެސް އެ ސެންޓަރުން ބުނެއެވެ. މީގެ އިތުރުން، ކެއުމާއި އަދި 2 މީހަކަށް އަންނައުނުވެސް ފޯރުކޮށްދީފައި ވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން މަޢުލޫމާތުދެއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެންއެންޑީއެފް)އިން ބުނީ، އަލިފާން ރޯވީ ވިނަރެސް […]
އެމްބީބީއޭގެ އޮފީސް ފަޅާލައި ވައްކަންކޮށްފި

ގަލޮޅު ޔޫތު ސެންޓަރުގައި ހުންނަ، މޯލްޑިވްސް ބޮޑީބޯޑިންގ އެސޯސިއޭޝަން (އެމްބީބީއޭ)ގެ އޮފީސް ފަޅާލައި ވައްކަންކޮށްފިކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ. އެ އެސޯސިއޭޝަނުން ބުނީ، ވައްކަންކޮށްފައިވަނީ ރޭ ދަންވަރާއި ހެނދުނާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. އެތަން ފަޅާލައި ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި؛ ޑެލް އިންސްޕިރޯން ”15 ލެޕްޓޮޕަކާއި، ލެނޯވޯ 4 ޓެބްލެޓާއި، 2 ހާޑް ޑިސްކާއި، ސެމްސަންގް ފޯނަކާއި އެނޫންވެސް ބައެއް ސަާމާނު ހިމެނޭކަމަށް އެ އެސޯސިއޭޝަނުން ބުނެއެވެ. މި ތަކެތި ވިއްކަން އުޅޭކަން، ނުވަތަ އެނޫންވެސް […]
ވިނަރެސްގެ އެޕާޓްމަންޓެއްގައި ރޯވެ އަނދައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ހެނދުނު ރޯވެ، ވަރަށް ބޮޑަށް އަނދައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސް (އެންއެންޑީއެފް)އިން ބުނީ، އަލިފާން ރޯވީ ވިނަރެސް ފްލެޓް 9ގެ ބީ ބްލޮކުގެ 13ވަނަ ފަންގިފިލާގެ 6ވަނަ އެޕާޓްމަންޓުގައި ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 7.41ގައި ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ ކަމަށާއި، އެ އެޕާޓްމަންޓްގެ ކޮޓަރިއެއްގެ ތެރޭގައި ހުރި ބަންކް ބެޑެއްގެ […]
ރައީސް ޞާލިޙު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު، 2028ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވަން ނިންމަވައިފިއެވެ. އެމަނިކުފާނު މިކަން އިޢުލާންކުރައްވާފައިވަނީ އާދީއްތަ ދުވަހުގެ ރޭ، އެމަނިކުފާނަށް ތާއީދުކުރައްވާ މެންބަރުންނާއެކު ބޭއްވެވި ފަރިއްކޮޅެއްގައެވެ. ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އެމަނިކުފާނު ހާމަކުރައްވާފައި މި ވަނީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމަށް ތައްޔާރުވެވަޑައިގެންފައި ވަނިކޮށެވެ. 2023ގެ ރިޔާސީ އިންތިޚާބާ ގާތްވެފައި ވަނިކޮށް، ރައީސް ނަޝީދާއި ރައީސް ޞާލިޙުގެ މެދުގައި އުފެދުނު ޚިޔާލުތަފާތުވުމެއްގެ ތެރޭގައި ރައީސް […]
އުޅަނދުތަކަށް ލިބޭ ގެއްލުމުގެ ބަދަލު ދިނުމަށް އިންޝުއަރެންސް ޕެކޭޖެއް

އެއްގަމު އުޅަނދުތަކަށް ލިބޭ ގެއްލުންތަކުގެ ބަދަލު ދިނުމަށްޓަކައި އިތުރު އިންޝުއަރެންސެއް، ކުރިއަށް އޮތް ދޮޅުމަސް ނުވަތަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ތަޢާރަފުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ދިވެހިރާއްޖޭގެ އަޑުގެ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި މިނިސްޓަރު އަމީން ވިދާޅުވީ، ޓްރެފިކުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ޑްރާފްޓްކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. މިހާރު އޮންނަގޮތުން، އިންޖީނުލީ އެއްގަމު އުޅަނދުތަކުގެ ތަރޑް ޕާޓީ އިންޝުއަރެންސް ހެއްދުމަކީ ލާޒިމްކުރާ ކަމެކެވެ. އެއީ އެ […]
ކާނުތައް ސާފުކުރުމުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ: މޭޔަރު ޢާޒިމް

މާލެ ސިޓީގެ މަގުތަކުގެ ކާނުތައް ސާފުކުރުމަށް، މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭން 60 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ. މޭޔަރު މިފަދައިން ވިދާޅުވީ، ލޮނުޒިޔާރަތްމަގުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލެއްވުމަށްފަހު މީޑިއާއަށް ދެއްވި ބަސްދީގަތުމެއްގައެވެ. މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަކީވެސް ކާނުތައް ފުރިގެން ދިމާވާ މައްސަލައެއްކަން މޭޔަރު ވަނީ ފާހަގަކުރައްވާފައެވެ. މޭޔަރު އިތުރަށް ވިދާޅުވީ، މި އަހަރު ނިމުމުގެ […]
އަނަސްގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ މީހުން ބަންދުކުރަން ސުޕްރީމްކޯޓުން އަމުރުކޮށްފި

2017ވަނަ އަހަރުގެ ތެރޭގައި ލިޓަސް ސަރވިސް ސެންޓަރުތެރޭގައި ގުރޫޕަކުން ހަމަލަދިން މުޙައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވާ މީހުން ބަންދުނުކުރުމަށް ހައިކޯޓުން ދެވަނަ ފަހަރަށް ނިންމި ނިންމުން ބާތިލުކޮށް، އެ މީހުން ބަންދުކުރަން ސުޕްރީމްކޯޓުން އަމުރުކޮށްފިއެވެ. ރ. މީދޫ، ފެންފިޔާޒުގޭ މުޙައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދަޢުވާ އުފުލާފައިވަނީ ޅ. ކުރެންދޫ އަސުރުމާގޭ އަޙުމަދު ޒަޔާނާއި، މ. ލޮނުމިދިލިގޭ އަފްރާޙު ޢަބްދުރައްޒާޤާއި، އަދި މ. ދިމިޝްޤު، ޢުޘްމާން ޝަރީފުގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް އުފުލާފައިވަނީ […]
ޕައިލެޓުންނަށް މި ވަގުތު ވަޒީފާގެ ފުރުސަތު ނެތުމުން ލޯނު ސްކީމަށް ހުޅުވައެއްނުލާނެ

ޕައިލެޓުންނަށް މި ވަގުތު ވަޒީފާގެ ފުރުސަތު ނެތުމާއި އަދި އިތުރަށް ފުރުސަތުތައް ހުޅުވެމުންނުދާތީ، މި ދާއިރާއިން ކިޔެވުމަށް ލޯނުގެ ފުރުސަތު ހުޅުވާނުލާނެކަމަށް، ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ޕައިލެޓުކަން ކިޔަވައިގެން ވަޒީފާ ނުލިބޭ މައްސަލަ ހައްލުކުރަން ސަރުކާރުން ކުރަނީ ކޮން ކަމެއްތޯއާއި ޕައިލެޓުކަން ކިޔަވަން ލޯނަށް ހުޅުވާލާނެތޯ، ދިވެހިރާއްޖޭގެ އަޑުގެ ”އަހާށޭ ބުނާނަން“ ޕްރޮގްރާމުގައި ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ، ކެޑޭޓް ޕައިލެޓުން ލައިގެން ރާއްޖޭގައި އެއްވެސް އެއަރލައިނެއް އޮޕަރޭޓު […]
ޓީމޫއިން ގަންނަ މުދާ ރެޑްބޮކްސްއަށް ފޮނުވަނީ

އޮންލައިން ވިޔަފާރި ފްލެޓްފޯމެއް ކަމަށްވާ ޓީމޫއިން ގަންނަ މުދާ ރެޑްބޮކްސްއަށް ފޮނުވަންފަށައިފިއެވެ. ޓީމޫއިން ގަންނަ ތަކެތި މީގެ ކުރިން ލިބެމުންދަނީ ހަމައެކަނި ޕޯސްޓް އޮފީސް މެދުވެރިކޮށެވެ. ޓީމޫއިން ގަންނަ ތަކެތި އޭރު ހަމައެކަނި ޕޯސްޓް އޮފީހުން ލިބޭ ގޮތަށް އޮތުމުން، ޕޯސްޓު އޮފީސް ތޮއްޖެހި، އިތުރު ވަގުތުވެސް މަސައްކަތްކުރަން ޖެހުނެވެ. އެހެންވުމާއެކުވެސް، މި ދިޔަ ބޮޑު އީދާ ދިމާކޮށް އޯޑަރުކޮށްފައިވާ ވަރަށް ގިނަ މުދާ ލިބޭގޮތް ނުވުމުން އާންމުންނާއި ވިޔަފާރިވެރިންގެ ޝަކުވާތައް އިތުރުވެގެން އިތުރުވެގެންދިޔައެވެ.