އެންސިސް ގުދަނުގައި ރޯވުމާ ގުޅިގެން ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިންޑަސްޓްރިއަލް ޒޯނުގައި ހުންނަ އެންސިސް ގުދަނުގައި މިރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ދުން ބޯވަމުންދާތީ ސަމާލުވުމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ. ފުލުހުން ބުނީ އެ ސަރަހައްދުގައި ދުން ބޯވަމުންދާތީ ދުރު ފެންނަ މިންވަރު ދަނީ ދަށްވަމުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން، ނޭވާލުމުގެ ދަތިކަން ހުންނަ މީހުންނަށް ޞިއްޙީ ނުރައްކާ ދިމާވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންކަމުން ޒަރޫރީ ބޭނުންތަކުގައި ނޫނީ އެ ސަރަހައްދަށް ނުދިއުމަށާއި، ދުން […]
ތިނަދޫގައި ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ ނިޔާވެއްޖެ

މިދިޔަ މޭ މަހުގެ 27ވަނަ ދުވަހު، ގދ. ތިނަދޫގައި ކާރަކާއި ސައިކަލެއް ޖެހިގެން ހިނގި އެކްސިޑެންޓުގައި އަނިޔާވި އަންހެންމީހާ ނިޔާވެއްޖެއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ތިނަދޫގެ ކުރީގެ ހުކުރު މިސްކިތް ކައިރިން ދުއްވާފައި ދިޔަ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ސައިކަލު ދުއްވަން އިނީ ހާދިސާގައި އަނިޔާވި އަންހެންމީހާއެވެ. އޭނާއަށް، ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، ފަހުން ވަނީ އިމަޖެންސީގައި މާލެ ގެނެސް، އައިޖީއެމްއެޗުގައި ފަރުވާދީފައެވެ. ޚަބަރު ލިބިފައިވާގޮތުގައި، ސިކުނޑީގެ އޮޕަރޭޝަނަކަށްފަހު […]
ސޯޝަލް މިނިސްޓްރީގެ މަޢުލޫމާތު އާންމުކުރާ ޕޯޓަލް ފަރުމާކުރުމަށް ޕީޖީގެ ފަންނީ އެހީ ހޯދަނީ

މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުގެ، މަޢުލޫމާތު އާންމުކުރުމަށް ބޭނުންކުރާ ޕޯޓަލް އަލުން ފަރުމާކުރުމަށްޓަކައި ފަންނީ އެހީތެރިކަން ހޯދުމާގުޅޭ ފަހުމުނާމާއެއްގައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހާއެކު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ. މިއީ، ގާނޫނު ނަންބަރު 2009/12 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ގާނޫނު)ގެ 57ވަނަ މާއްދާގައި ބަޔާންކުރާ ”ޖިންސީ ގޯނާކުރާ މީހުންގެ މަޢުލޫމާތު އާންމުކުރާ ޕޯޓަލް“އެވެ. އެ މިނިސްޓްރީން ބުނީ، މި ޕޯޓަލް އަލުން ފަރުމާކުރުމުގެ މަގުސަދަކީ، ދަފުތަރު ހަރުދަނާކޮށް، އެ ފަރާތްތަކުގެ […]
މުސްލިމުންގެ ގަބުރުތައް ކޮނެގެން ނެގުން ހުއްދައެއް ނޫން، މިއީ ވަޢީދުގެ ބަސްފުޅު އައިސްފައިވާ ކަމެއް: ފަތުވާ މަޖިލިސް

މުސްލިމުންގެ ގަބުރުތައް ކޮނެ، ގަބުރުސްތާނުގައި އާންމު ބޭނުމަށް ތަންތަން ހެދުމަކީ އިސްލާމްދީނުގައި ހުއްދަވެގެންވާ ކަމެއް ނޫން ކަމަށާއި، މި ކަމަކީ ވަޢީދުގެ ބަސްފުޅު (އިންޒާރުގެ ބަސްފުޅު) އައިސްފައިވާ ކަމެއް ކަމަށް، ދިވެހިރާއްޖޭގެ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވިދާޅުވެއްޖެއެވެ. ޖޫން މަހުގެ 24 ވަނަ ދުވަހު ޝާއިއުކުރައްވައި، މިއަދު ހިއްސާކުރައްވާފައިވާ މި ފަތުވާގައި ވަނީ މިކަމުގެ ހުރި ބިރުވެރިކަމާއި ނުބައިކަމުގެ ވާހަކަ ބަޔާންކުރައްވާފައިވާ އެތައް ހަދީސްތަކެއް ބަޔާންކުރައްވާފައެވެ. ގަބުރުތައް ކޮނެގެން ނަގައި، އެހެން ތަންތަނަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ […]
ޢަރަބިއްޔާގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ނިމޭނެ: ވަޒީރު

އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޢަރަބިއްޔާ ސްކޫލްގެ މަސައްކަތް ނިންމާލެވޭނެކަމަށް، ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެ ސްކޫލުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވުމަށްފަހު، ޕީއެސްއެމަށް ދެއްވި ބަސްދީގަތުމެއްގައެވެ. ވަޒީރު ވިދާޅުވީ، މިއީ ޒަމާނި ވަސީލަތްތަކާއެކު ބިނާކުރާ ސްކޫލެއް ކަމަށެވެ. މިގޮތުން، އެ ސްކޫލުގައި 42 ކްލާސް ރޫމާއި މަލްޓިޕަރޕަސް ހޯލަކާއި 4 ލިފްޓުގެ އިތުރުން ސްކޫލެއްގައި ހުންނަންޖެހޭ ހުރިހާ ވަސީލަތެއް ހުންނާނެކަމަށެވެ. މީގެ އިތުރުން އެ އިމާރާތުގައި […]
ގެދޮރުވެރިޔާ ސްކީމުގެ އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަމާ ގުޅިގެން ބަންޑާރަނައިބުގެ ލަފާފުޅެއް ހޯދަނީ

ގެދޮރުވެރިޔާ ސްކީމުގެ އެއްބަސްވުމުގައި ހިމެނޭ ގާނޫނާ ފުށުއަރާ ބައެއް ނުކުތާތަކާ ގުޅިގެން ބަންޑާރަނައިބުގެ ލަފާފުޅެއް ހޯދުމަށް، ގެދޮރުވެރިކަމާއި އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ. އެ ވުޒާރާއިން މިކަން ހާމަކޮށްފައިވަނީ، ގުޅީފަޅުން ދޫކޮށްފައިވާ ގޯތިތަކުގެ އެއްބަސްވުމާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. މި ނޫސްބަޔާނުގައި ބުނެފައިވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާ ގުޅިގެން އަލުން ގުރުއަތު ނަގައި، އެ ފަރާތްތަކަށް ލިބުނު ޕްލޮޓް ކަނޑައަޅާފައިވާކަމަށެވެ. އަދި ގުރުއަތު ނެގުމަށްފަހު، އޭރުގެ ސަރުކާރުން، ގޯތި ލިބުނު […]
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބޭ މީހުން އެމީހުންނަށް ލިބިފައިވާ ފުލެޓު ނުވަތަ ގޯތި ދޫކޮށްލަންޖެހޭނެ

ބިންވެރިޔާ ސްކީމުގެ ދަށުން ނިމިދިޔަ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް ލިބޭ މީހުން، ރާއްޖޭގެ އެއްވެސް ހިސާބަކުން ލިބިފައިވާ، ސަރުކާރުން ދޫކުރާ ފުލެޓެއް ނުވަތަ ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ އެފަދަ ގޯއްޗަކުން ލިބިފައިވާ ބައެއް، ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ދޫކޮށްލަން ޖެހޭނެކަމަށް، ގެދޮރުވެރިކަމާއި، އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން މިހެން ބުނެފައިވަނީ، ގުޅީފަޅުން ދީފައިވާ ގޯތިތަކުގެ އެއްބަސްވުމަށް ގެނެވިފައިވާ ބަދަލާ ގުޅޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެ ވުޒާރާއިން […]
ސްކޭމްތަކާ ގުޅޭގޮތުން އިސް ރަށްވެހިން ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފި

ސްކޭމްގެ މައްސަލަތަކުން އިސްރަށްވެހިން ރައްކާތެރިކުރުމަށްޓަކައި ހޭލުންތެރިކުރުވުމުގެ ސެޝަނެއް ބާއްވައިފިއެވެ. ޖުލައި 8ވަނަ ދުވަހު، އިސް ރަށްވެހިންގެ ނާދީގައި ކުރިއަށްގެންދިޔަ މި ސެޝަން އިންތިޒާމުކޮށްފައިވަނީ ހެންވޭރު ޕޮލިސް ނެއިބަރހުޑް ސަޕޯޓާއި އިސްރަށްވެހިންގެ ނާދީ ގުޅިގެންނެވެ. މި ސެޝަނުގައި ވަނީ، ސްކޭމްތަކުގެ ބާވަތްތަކާއި، އޮންލައިންކޮށް ހިންގާ މަކަރާއި ހީލަތުގެ ޢަމަލުތަކާއި، ފޯނުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތަކުން ރައްކާތެރިވާނެގޮތުގެ މަޢުލޫމާތު އިސް ރަށްވެހިންނަށް ދީފައެވެ. މީގެ އިތުރުން، ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ނުދަންނަ ނަންބަރުތަކުން ގުޅިޔަސް އަދި […]
އޭވިއޭޝަން ސެކިއުރިޓީ ކޯސްތައް ހުއްދަ ނުނަގައި ހިންގަމުންދާކަމުގެ ކަންބޮޑުވުން

އޭވިއޭޝަން ދާއިރާގެ ސެކިއުރިޓީ ކޯސްތައް ހުއްދަ ނުނަގައި ބައެއް ފަރާތްތަކުން ހިންގަމުންދާކަން ފަހަކަށް އައިސް ފާހަގަކުރެވިފައިވާކަމަށާއި، އެފަދަ ފަރާތްތަކުން ދޫކުރާ ސެޓްފިކެޓް ބަލައިނުގަންނާނެ ކަމަށް، ދިފާޢީ ވުޒާރާއިން ބުނެފިއެވެ. ދިފާޢީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޢާޒް ޙަލީމް ސޮއިކުރައްވާފައިވާ ސަރކިއުލާގައި ވަނީ، ރާއްޖޭގެ މަދަނީ އުދުހުމުގެ ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް ދޭންޖެހޭ ތަމްރީނުތައް ދިނުމަށް އެ ވުޒާރާއިން ހުއްދަ ނަގަންޖެހޭގޮތަށް، އެ ވުޒާރާއިން އެކުލަވާލާފައިވާ ”ނޭޝަނަލް ސިވިލް އޭވިއޭޝަން ސެކިއުރިޓީ ޓްރެއިނިންގ ޕޮލިސީ“ގައި ބަޔާން ކޮށްފައިވާނެކަމަށެވެ. އަދި […]
ހުޅުމާލޭ ހޮސްޕިޓަލުގެ ޚިދުމަތް ދަށްވަމުންދާ މައްސަލަ މަޖިލީހުން ބަލައެއްނުގަތް

ހުޅުމާލޭ ހޮސްޕިޓަލުގެ ޚިދުމަތް ދަށްވަމުންދާތީ، ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙުމަދު ޝަމްހީދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަންނަން ނިންމަވައިފިއެވެ. މި މައްސަލަ ބަލައިނުގަތުމަށް ނިންމެވީ ޖަލްސާއަށް ހާޒިރުވެވަޑައިގަތް 47 މެމްބަރުންގެ ތެރޭން 37 މެމްބަރުންގެ ވޯޓުންނެވެ. މައްސަލަ ބަލައިގަންނަން ފެނިވަޑައިގަންނަވާ ކަމަށް ވޯޓު ދެއްވީ 10 މެމްބަރުންނެވެ. މި މައްސަލަ ހުށަހަޅުއްވަމުން ޝަމްހީދު ވިދާޅުވީ، މާލެ ފިޔަވައި އެންމެ ބޮޑު އާބާދީއެއް އޮންނައިރު އެތަަނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް […]