ވަޠަނީ ޚިދުމަތަށް ބައިވެރިން ހޮވުމުގެ ފުރަތަމަ ބުރު ބާއްވައިފި

ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ހަރުދަނާ ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ފުރަތަމަ ބުރަށް ބައިވެރިވެރިން ހޮވުން މިއަދު މާލެ ސިޓީގައި ބާއްވައިފިއެވެ. މިއީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިއީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު، ޖިސްމާނީގޮތުންނާއި އަދި ނަފްސާނީގޮތުން ދުޅަހެޔޮ، މަސައްކަތަށް އަހުލުވެރި، އަޚުލާޤު ރަނގަޅު، ހަރުދަނާ ޖީލެއް ބިނާކުރެއްވުމަށް އެމަނިކުފާނު ފައްޓަވާފައިވާ ޕްރޮގްރާމެކެވެ. މިއަދު މާލެ ސިޓީގައި މިބައި ކުރިއަށްގެންގޮސްފައިވާއިރު، މި މަރުޙަލާ އެންމެ […]
ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް އަޅަނީ

ހުޅުމާލޭގައި ޒަމާނީ ފެންވަރުގެ ސިނަމާއެއް އެޅުމަށް، ބޭރުގެ އިންވެސްޓަރުންނާ ވާހަކަދައްކަވާފައިވާކަމަށް، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ގެނެސްދޭ ”އަހާ“ ފޯރަމުގައި ވާހަކަފުޅުދައްކަވަމުންނެވެ. މިހާރު ހުރި ސިނަމާ ކަމަށްވާ އޮލިމްޕަހުގެ ޖާގައިގެ ދަތިކަމާއި ވަސީލަތްތައް މަދުވުމުގެ ސަބަބުން، ފިލްމު އުފައްދާ މީހުންނަށް ދަތިތަކާ ދިމާވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، މަރާމާތަށް އޮލިމްޕަސް ބަންދުކޮށްފިނަމަ، ރާއްޖޭގެ ފިލްމު އިންޑަސްޓްރީއަށް […]
ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުގައި 1100 އެކްސިޑެންޓު

ފާއިތުވި 6 މަސްދުވަހުގެ ތެރޭގައި މާލޭ ސަރަހައްދުން އެކަނިވެސް 1101 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، މި އެކްސިޑެންޓުތަކުގެ ތެރޭގައި އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިނގާފައިވާ އެކްސިޑެންޓުތައް ކަމަށާއި، މި އެކްސިޑެންޓުތަކުގައި 61 މީހަކަށް ސީރިއަސް އަނިޔާތައް ލިބިފައިވާކަމަށެވެ. މި އަހަރުގެ މިހާތަނަށް ބަލާއިރު، ފުލުހުންނަށް އެންމެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވަނީ ފެބްރުއަރީ މަހުއެވެ. އެއީ 215 އެކްސިޑެންޓެވެ. ދެވަނައަށް އެންމެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވާ މޭ މަހު […]
ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ: ވަޒީރު

ފުލެޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެކަމަށް، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ގެނެސްދޭ ”އަހާ“ ފޯރަމުގައި އާންމުންގެ މީހަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މީގެކުރިން އެމަނިކުފާނު ވިދާޅުވެފައި ވަނީ، މި ޖުލައި މަހުގެ ފުރަތަމަ ހަފުތާގެތެރޭގައި ސޮއިކުރުމުގެ މަސައްކަތް ފަށާނެކަމަށެވެ. ނަމަވެސް އެ މަސައްކަތް ލަސްވަމުންދާތީ އާއްމުން ކަންބޮޑުވުން ދަނީ ފާޅުކުރަމުންނެވެ. އެމަނިކުފާނު […]
އދ. މާމިގިލި ކައިރިއަށް މިއަދު ފީނަން ފޭބި 15 އަހަރުގެ ކުއްޖަކު ނިޔާވެފައި އޮއްވާ ފެނިއްޖެ

އދ. މާމިގިލި ކައިރިއަށް މިއަދު ފީނަން ފޭބި 15 އަހަރުގެ ފިރިހެން ކުއްޖަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ. ފީނަން ފޭބި ފަހުން ޚަބަރެއް ނުވެގެން ހޯދަމުންދަނިކޮށް، ނިޔާވެފައި އޮއްވާ ފެނިފައިވަނީ މާމިިގިލީ ރޯޅި، ލޫޠު އަޙްމަދެވެ. އޭނާ ގެއްލިގެން ހޯދަންފެށީ، ރައްޓެހި ކުދިންތަކަކާއެކު ފީނަން ފޭބި ފަހުން ޚަބަރެއް ނުވެގެންނެވެ. ޚަބަރު ލިބިފައިވާގޮތުގައި އޭނާގެ ހަށިގަނޑު ފެނިފައިވަނީ، ފީނަން ފޭބި ސަރަހައްދާ ކައިރި ހިސާބެއްގެ މޫދު އަޑިންނެވެ. އޭނާ ފެނުމާއެކު ވަނީ މާމިގިލީ ޞިއްޙީ މަރުކަޒަށް ގެންގޮސްފައެވެ. […]
ރޭގެ އެކްސިޑެންޓުގައި އަނިޔާވި ފިރިހެންމީހާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި

މާފަންނު ބަސް ޓަރމިނަލް ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ ފިރިހެން މީހާއަށް ފަރުވާ ދެމުންދަނީ ވެންޓިލޭޓަރުގައި ކަމަށް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ބުނެފިއެވެ. މި އެކްސިޑެންޓުގައި ޖުމުލަ ތިން މީހަކަށް ބޮޑެތި ޒަޚަމުތަކެއް ލިބިފައިވާއިރު، އައިޖީއެމްއެޗުން ބުނީ، 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުން ދަނީ ވޯޑުގައި ކަމަށެވެ. މި ހާދިސާގައި ޒަޚަމުވި 17 އަހަރުގެ ކުއްޖާ ވަނީ ހޮސްޕިޓަލަށް ގެންދިޔަތާ އިރުކޮޅެއްގެ ތެރޭގައި ނިޔާވެފައެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ވަނީ ބާރު […]
”ހާލު ކިހިނެއް؟“ ޕްރޮގްރާމް މި އަހަރު ހުރިހާ އަތޮޅެއްގައި

”ހާލު ކިހިނެއް؟“ ޕްރޮގްރާމް މި އަހަރު ހުރިހާ އަތޮޅެއްގައި ފެށޭނެކަމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން މިދިޔަ އަހަރުގެ މޭ މަހުގެ 30 ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ، ދައުލަތުގެ ޚާއްޞަ ސަމާލުކަމާއި ރައްކާތެރިކަން ބޭނުންވާ މީހުން ދެނެގަނެ، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި، އެ ވުޒާރާގެ ވަޒީރުގެ ނައިބު މަރިޔަމް ލަހްފާ ވިދާޅުވީ މިމަހުގެ ތެރޭގައި […]
މާފަންނު ބަސް ޓާރމިނަލް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް

ބޮޑުތަކުރުފާނުމަގު، މާފަންނު ބަސް ޓާރމިނަލް ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހިފައި ކޮންޓްރޯލް ނުވެގެން ގޮސް ޕިކަޕެއްގައި ޖެހިގެން ކަމަށް މަޢުލޫމާތު ލިބެއެވެ. މި ހާދިސާގައި ތިން މީހަކަށް އަނިޔާވެފައިވާއިރު، އެކަކުގެ ހާލު ސީރިއަސް ކަމަށް ޚަބަރު ލިބިފައިވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަގޮތުގައި، ޕިކަޕުގެ ކުރިމަތިން، ބިންމަތީގައި ވަރަށް ގިނަ ލޭ ހުއްޓެވެ. އަދި ޕިކަޕުގެ […]
ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފި

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ 94ވަނަ ފުލެޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 21 މީހަކަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ. އެ ސެންޓަރުން ބުނީ، މި ހާދިސާއާ ގުޅިގެން 4 އެޕާޓުމަންޓަކުން މީހުން ހުސްކުރަންޖެހުނު ކަމަށެވެ. އެއީ އަލިފާނުގެ ސަބަބުން ލިބުނު ގެއްލުމާއި، އަދި ދުމާއި ފެނުގެ އަސަރުކޮށްގެން ކަމަށް އެ ސެންޓަރުން ވަނީ ބުނެފައެވެ. މި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ ފުލެޓުގެ ތިންވަނަ ފަންގިފިލާގައި ހުންނަ އެޕާޓުމަންޓެއްގައެވެ. އެ ތަނުގައި […]
އައިޖީއެމްއެޗްގައި ހުންނަ މިސްކިތް މަރާމާތަށްޓަކައި ބަންދުކޮށްފި

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ހުންނަ މިސްކިތް މަރާމާތަށްޓަކައި ބަންދުކޮށްފައިވާކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. އައިޖީއެމްއެޗުން ބުނީ، ވަގުތީގޮތުން މިސްކިތް ބަންދުކޮށްފައިވީނަމަވެސް، ކުރިއްސުރެ އެ ހޮސްޕިޓަލުގައި ނަމާދުކުރުމަށް ޚާއްޞަކޮށްފައިވާ ތަނުގައި ނަމާދުކުރެވޭނެ ކަމަށެވެ. މިއީ އެ ހޮސްޕިޓަލުގެ ހިތުގެ ބަލީގެ މަރުކަޒު ކުރިމަތީގައި ހުންނަ ނަމާދުގެއެވެ. މީގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލުގެ ފަސްވަނަ ފަންގިފިލާގައި ހުންނަ ނަމާދުގެ ބޭނުންކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފަައިވާކަމަށް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުން ބުނެއެވެ. މި މިސްކިތް މަރާމާތަށްޓަކައި މިއަދު ބަންދުކޮށްފައިވާއިރު، […]