މިއަދު ހަވީރު 4.00ން ފެށިގެން ވަކި ވަގުތުތަކެއްގައި ޖުމްހޫރީ މައިދާން ސަރަހައްދު ބަންދުކުރަނީ

މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކަށް، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު، މިއަދު ހަވީރު 4.00ން ފެށިގެން ވަކި ވަގުތުތަކެއްގައި ބަންދުކުރަން ނިންމައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، އެ ސަރަހައްދު ބަންދުކުރަން ނިންމާފައި ވަނީ މިނިވަން ދުވަހުގެ ހަރަކާތްތަކުގެ ފަރިތަކުރުންތަކެއް އޮންނާތީ، މިއަދުގެ 16:00ން 18:00ށް އަދި މިރޭ 20:00ން މިރޭގެ ފަރިތަކުރުންތައް ނިމެންދެން ކަމަށެވެ. މިނިވަން ދުވަހުގެ ހަރަކާތްތައް 3 ދުވަހަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، މި މަހުގެ 10ވަނަ ދުވަހުން ފެށިގެން 25ވަނަ ދުވަހާ ހަމައަށް […]
އެއާޕޯޓުގެ ޓެކްސީ ކިޔޫ ކުރީގެ ކާރގޯ ސަރަހައްދަށް ބަދަލުކޮށްފި

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އާ ޓަރމިނަލުގެ މަސައްކަތް ކުރުމަށްޓަކައި، އެއާޕޯޓުގެ ކާރު ދަތުރުތަކަށް ބައެއް ބަދަލު ގެނެސްފިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ރޭ 12.00ން ފެށިގެން ގެނައި މި ބަދަލުތަކުގެ ތެރޭގައި؛ އެމްއޭސީއެލްއިން ބުނީ، މި ދުވަސްވަރަކީ ޢުމްރާއަށް ގިނަ ބަޔަކު ފުރާ ދުވަސްވަރަކަށްވާތީ، މާލޭން އެއާޕޯޓަށް ދަތުރުކުރާ މީހުންނަށް ހެންވޭރު އެމްޓީސީސީ ފެރީ ޓަރމިނަލުން ފެރީގެ ޚިދުމަތް ލިބޭނެކަމަށެވެ. މީގެ އިތުރުން، ހުޅުމާލޭން އެއާޕޯޓަށް އަންނަ މީހުންނަށް އެމްޓީސީސީ ބަހުގެ ޚިދުމަތް ހަމަޖެހިފައި […]
އަނބިމީހާ ނުވަތަ ފިރިމީހާއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބުނަސް ގެދޮރުވެރިޔާ ފުލެޓެއް ނުގެއްލޭނެ

އަނބިމީހާ ނުވަތަ ފިރިމީހާއަށް ބިންވެރިޔާ ސްކީމުން ގޯތި ލިބިފައި ވީނަމަވެސް، ގެދޮރުވެރިޔާ ސްކީމުން ލިބިފައިވާ ފުލެޓެއް ނުގެއްލޭނެކަމަށް، އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އެ ވުޒާރާއިން ބުނީ، މިގޮތަށް ބަދަލު ގެންނަން ނިންމާފައިވަނީ، ފުލެޓު ލިބޭނީ ގޯތި ދޫކޮށްލުމުންކަމަށް ބުނެ ވުޒާރާއިން އާންމުކުރި އުސޫލާމެދު އާއްމުން ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށެވެ. ކުރީގެ އުސޫލުގައި ވާގޮތުން، ގެދޮރުވެރިޔާ ސްކީމުން ފުލެޓު ލިބޭނީ، ބިންވެރިޔާ ސްކީމުން އެމީހެއްގެ އަނބިމީހާ ނުވަތަ ފިރިމީހާއަށް ލިބިފައިވާ ގޯތި ދޫކޮށްލަން އެއްބަސްވާނަމައެވެ. […]
4000 ފުލެޓުގެ އެއްބަސްވުމުގައި ހޯމަ ދުވަހު ސޮއިކުރަން ފަށާނެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރުން އިމާރާތްކޮށްފައިވާ 4،000 ފުލެޓުގެ އެއްބަސްވުމުގައި ހޯމަ ދުވަހު ސޮއިކުރަން ފަށާނެކަމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ބުނެފިއެވެ. އެފްޑީސީން ހޮނިހިރު ދުވަހުގެ ރޭ ކުރި އިޢުލާނެއްގައި ބުނެފައިވަނީ، ސޮއިކުރުން ކުރިއަށްދާނީ ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި، އެކަމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކެއްގައި ކަމަށެވެ. އަދި މި ސަރަހައްދުތައް ކަނޑައެޅުމަށްފަހު އެފްޑީސީގެ ރަސްމީ ޗެނަލްތަކުގައި އަންގައި އިޢުލާންކުރާނެ ކަމަށެވެ. އެއްބަސްވުންތަކުގައި ސޮއިކުރާނީ އެ ކަމަށް ކަނޑައަޅާ ދުވަސްތަކުގެ ހެނދުނު 9ން ހަވީރު […]
މަސްތުވާތަކެއްޗާއެކު އަންހެނަކާއި ފިރިހެނަކު ހައްޔަރުކޮށްފި، އަންހެންމީހާއަކީ ފުލުހެއް

ދިވެހި ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފިއެވެ. މި މަހުގެ 18ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، ޢާއިޝަތު ޝިޔާޒާ (31އ) އާއި ހއ. ދިއްދޫ / ހަޒާރުމާގެ، ސައިފުﷲ އަޙްމަދު (26އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ފުލުހުންގެ ބުނީ، މީގެ ތެރޭން ޢާއިޝަތު ޝިޔާޒާއަކީ ފުލުހެއް ކަމަށާއި، މި މައްސަލައާ ގުޅިގެން އޭނާ ވަނީ ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކުރެވިފައި […]
ގެއްލުނު ޒުވާނާ ހޯދުމަށް ސީސީޓީވީ ފުޓޭޖްތައް ބަލަނީ

މީގެ ހަފުތާއެއް ކުރިން ގެއްލިފައިވާ ގ. ގާނެޓް، ޙަސަން ޔާމީން ހޯދުމަށްޓަކައި ސީސީޓީވީ ފުޓޭޖްތައް ބަލަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، މި މަހުގެ 11ވަނަ ދުވަހުގެ ރޭ ގެއިން ނުކުތްފަހުން ޢާއިލާއަށް އޭނާގެ ޚަބަރެއްވެފައި ނުވާކަން ޢާއިލާގެ ފަރާތުން ފުލުހުންނަށް އަންގާފައިވަނީ މި މަހުގެ 14ވަނަ ދުވަހުގެ ރޭ ކަމަށެވެ. ޔާމީން ގެއްލުނުތާ ހަފުތާއެއް ވެފައިވާއިރު، ފުލުހުން ބުނެފައިވަނީ، ގެއްލިގެން ހުށަހަޅާ މީހުންގެ މަޢުލޫމާތު ފޯމު ފުރައި، ފުލުހުންގެ ކަމާ ގުޅުންހުރި އިދާރާތަކަށާއި […]
ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވުމާއެކު، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އިލްތިމާސްކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ، މި ދުވަސްވަރު ހުޅަނގުމޫސުމުގެ ބާރުގަދަވެ، މޫސުން ގޯސްވާނެކަމަށާއި، އަދި ވިލާގަނޑުގައި އިތުރަށް ވައިބާރުވެ ކަނޑު ގަދަވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރާކަމަށެވެ. އަދި، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް […]
އައިޖީއެމްއެޗްގެ އައިނު ފިހާރަ މި މަހުގެ ފަހުކޮޅު ހުޅުވާނެ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިނު ފިހާރަ މި މަހުގެ ފަހުކޮޅު ހުޅުވާނެކަމަށް، އެ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ޙަލީމް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ، އޭރުން އަމިއްލަ އަތުން ޚަރަދެއް ނުގޮސް އައިނު ލިބޭނެކަމަށެވެ. އައިނު ހެއްދުމަށް އާސަންދައިން ކޮންމެ ދެ އަހަރަކުން އެއް އަހަރު ދޭ 1000 ރުފިޔާ، މިދިޔަ މަހުން ފެށިގެން 2،000 ރުފިޔާއަށް ބޮޑުކުރައްވައި، އައިޖީއެމްއެޗުގައި އައިނުގެ ޚިދުމަތް ފެއްޓެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެއާއެކު، ހޮސްޕިޓަލުގައި […]
ހުޅުމާލެއާ މާލެއާ ދޭތެރޭ އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް

ހުޅުމާލެއާ މާލެއާ ދެމެދު އޮންނަ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި އެކްސިޑެންޓު ހިނގާފައިވަނީ ކޮންޓްރޯލްނުވެ ދިޔަ ސައިކަލެއް ކާރެއްގައި ޖެހިގެން ކަމަށް، މަންޒަރު ދުށް ފަރާތަކުން މަޢުލޫމާތު ދީފައިވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަގޮތުގައި، ކާރުގެ ކުރިމަތިން، ބިންމަތީގައި ވަރަށް ގިނަ ލޭ ހުއްޓެވެ. އަދި ހެލްމެޓެއްގެ ބައެއް ކަމަށް ބެލެވޭ އެއްޗެއްވެސް އެ ދިމާއިން ބިންމަތީގައި އޮތެވެ. މި ހާދިސާގައި، ސައިކަލުގައި ތިބި ދެ އަންހެނުންގެ ތެރޭން އެކަކަށް އަނިޔާވީ، ކާރުގެ ބިއްލޫރިގަނޑުގައި […]
މާޅޮހުގައި މަރާލި ޢަބްދުއްރަޙްމާނުގެ އަނބިމީހާގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފި

އއ. މާޅޮހުގައި ތޫނު އެއްޗަކުން ހަމަލަދީ މަރާލި ޢަބްދުއްރަޙްމާން އާދަމްގެ އަނބިމީހާ، ނާޡިމާ އިބްރާހީމްގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފިއެވެ. ޢަބްދުއްރަޙުމާނަށް ހަމަލަދީފައިވަނީ އޭނާގެ ގޭގައި ނިދާފައި އޮއްވާ، މި މަހުގެ 13 ވިލޭރޭ ދަންވަރުގެ ވަގުތެއްގައެވެ. އުމުރުން 65 އަހަރުގެ ޢަބްދުއްރަޙްމާން ޒަޚަމްތަކަކާއެކު ފެނިފައިވަނީ އޭނާ ދިރިއުޅެމުންދިޔަ ގޭގައި ނިދާފައި އޮއްވައެވެ. އޭނާ ނިޔާވެފައިވަނީ ލިބިފައިވާ ޒަހަމްތަކަށް އއ. މާޅޮހު ޞިއްޙީ މަރުކަޒުގައި ފަރުވާ ދެމުން ދަނިކޮށެވެ. ޢަބްދުއްރަޙްމާނަށް ހަމަލަދިންއިރު އެގޭގައި ދިރިއުޅެމުންދިޔައީ އޭނާއާއި […]