އިޒްރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް ރާއްޖޭގައި ބާއްވާ ބޮޑު އެއްވުން މާދަމާ

އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ޤަތުލުއާންމާއި އަނިޔާވެރިކަމާ ދެކޮޅަށް ބާއްވާ ޤައުމީ ބޮޑު އެއްވުން މާދަމާ ބޭއްވުމަށް ނިންމައިފިއެވެ. އެ އެއްވުން އިންތިޒާމުކުރާ ކޮމިޓީން ބުނިގޮތުގައި، މާދަމާ ހަވީރު 4:30ގައި އެއްވުން ފަށާނީ މާލޭގެ މާފަންނު ސްޓޭޑިއަމުންނެވެ. އަންހެންނާއި ފިރިހެނުންނަށް ވަކިން ތިބެވޭގޮތަށް އިންތިޒާމުކޮށްފައިވާ މި އެއްވުމުގައި ބައިވެރިވާން ބޭނުންވާ މީހުން ހަވީރު 4:00ށް އެ ސަރަހައްދަށް ޖަމާވުމަށް އެ ކޮމިޓީން ވަނީ އެދިފައެވެ. މި އެއްވުމުގައި ބޭނުންކުރާނެ ހުރިހާ އެއްޗެއްވެސް ފޯރުކޮށްދޭނީ އެ ކޮމިޓީން ކަމަށްވެސް ވަނީ […]
މިދިޔަ މަހު ލ. ގަމުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކު ނިޔާވެއްޖެ

މިދިޔަ ޖުލައި 6ވަނަ ދުވަހު ލ. ގަމުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އަންހެނަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެއެވެ. މި އެކްސިޑެންޓު ހިނގީ ލ. ފޮނަދޫން ގަމަށް ދިޔަ ސައިކަލެއް، މަގުމަތީގައި ހުރި ހޮޅިދަނޑިއެއްގައި ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އަނިޔާވީ އެ ސައިކަލުގައި ތިބި ދެ އަންހެނުންނަށެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި، ނިޔާވެފައިވަނީ ކ. ގުރައިދޫ އަންހެނެކެވެ. އޭނާ ނިޔާވެފައިވަނީ އިތުރު ފަރުވާއަށް މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް، މިއަދުގެ ވަގުތެއްގައެވެ.
ޒަކާތާ ގުޅޭ ބިލު މަޖިލީހުން ބަލައިގެންފި

ޒަކާތާ ގުޅޭ ކަންކަން ގާނޫނީ އޮނިގަނޑެއްގެ ދަށުން ބެލެހެއްޓުމަށް ސަރުކާރުން އެކުލަވާލައި މަޖިލީހަށް ހުށަހެޅުއްވި ބިލު މިއަދު މަޖިލީހުން ބަލައިގެންފިއެވެ. މިއީ ޒަކާތް ދެއްކުމާއި، ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ބެލެހެއްޓުމާ ގުޅޭގޮތުން ސަރުކާރުން ހުށަހެޅުއްވި ބިލެކެވެ. ބިލުގައި ވާގޮތުން، އެ ފަރާތެއްގެ މުދާ ހުރީ ރާއްޖޭގައި ކަމުގައި ވީނަމަވެސް، ނުވަތަ ރާއްޖެއިން ބޭރުގައި ކަމަށް ވީނަމަވެސް، ރާއްޖޭގައި ވަޒަންވެރިވެފައިވާ ކޮންމެ ފަރާތަކާއި، ރާއްޖޭގައި ވަޒަންވެރިވެގެން ނޫޅުނުނަމަވެސް […]
ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ 4 ބިދޭސީއަކު ހައްޔަރުކޮށްފި

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ހަތަރު ބިދޭސީއަކު ހައްޔަރުކޮށް، ޑީޕޯޓުުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފި ކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުތުމަގޭޝް މުރުގާން، އިންޑިއާ (32އ)އާއި، ދޭވާރާޖް ޖެބްރާޖް، އިންޑިއާ (42އ)އާއި، ޒެނިތު ފްރެންސިސް، އިންޑިއާ (38އ)އާއި ޢަބްދުލް މަންނާން، ބަންގްލަދޭޝް (37އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ފުލުހުން ބުނީ، މި މީހުން ހައްޔަރުކޮށްފައިވަނީ ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މި އޮގަސްޓު މަހުގެ […]
ވަޅި

އެއީ ސިނަމާލެ ބުރިޖު ހުޅުވި ދުވަސްވަރެވެ. އަހަރެން އޭރު ދިރިއުޅެނީ ހުޅުމާލޭގައެވެ. ވަޒީފާގެ ގޮތުން ކޮންމެ ދުވަހަކުވެސް އަހަރެން އަންނަންޖެހެނީ މާލެއަށެވެ. އޭރު ބަސް ނަގަން ދާން ޖެހެނީ މާފަންނު ބަސް ޓަރމިނަލަށެވެ. ޗާލު ޓަރމިނަލެކެވެ. ކުޑަވަރެއްގެ އެއާޕޯޓެއް ކަހަލައެވެ. ބޭރުގައި ބަގީޗާ ހައްދާފައި އޮންނައިރު، އެތެރެވެސް އެހާމެ ތަނަވަސްވެފައި ހިތްގައިމެވެ. އެތެރޭގައި ގޮނޑިބަރި ޖަހާފައި ހުންނައިރު ބޭރުގައިވެސް ދެތިން ބެންޗެއް ހުރެއެވެ. އަހަރެން އާންމުކޮށް އިންނަނީ ބޭރުގައި ހުންނަ ބެންޗުތަކުގައެވެ. ހިތްގައިމު ބަގީޗާއެކެވެ. މި ބަގީޗާގެ […]
އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައިފި

ބ. އޭދަފުށީގައި އިމިގްރޭޝަންގެ އޮފީހެއް ހުޅުވައި، ޕާސްޕޯޓުގެ ޚިދުމަތް ދޭންފަށައިފިއެވެ. މި އޮފީސް ހުޅުއްވައިދެއްވައި ޕާސްޕޯޓުގެ ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ރަސްމިއްޔާތުގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާނާއި، އިމިގްރޭޝަން ކޮންޓްރޯލަރު އަޙްމަދު ފަޞީޙުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އޮފީސް ހުޅުވައި، ޕާސްޕޯޓުގެ ޚިދުމަތް ފެށުމުގެ ގޮތުން ވަނީ ފުރަތަމަ ޕާސްޕޯޓު ވެރިފަރާތާ ހަވާލުކޮށްފައެވެ. ޕާސްޕޯޓު ހަވާލުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙުސާނެވެ. އިމިގްރޭޝަނުން މަޢުލޫމާތުދިންގޮތުގައި، […]
ވަޒީފާއިން ވަކިކުރިއިރު ދިފާޢުގައި ދެއްކި އެއްވެސް ވާހަކައަކަށް ރިޢާޔަތްކޮށްފައެއް ނުވޭ: ކުރީގެ ފަނޑިޔާރު ޢަލީ އާދަމް

ވަޒީފާއިން ވަކިކުރެއްވިއިރު، ދިފާޢުގައި ދެއްކެވި އެއްވެސް ވާހަކައަކަށް ރިޢާޔަތްކުރައްވާފައި ނުވާކަމަށް، ހދ ޖުޑީޝަރީ ދާއިރާގެ ކުރީގެ އިސް މެޖިސްޓްރޭޓް ޢަލީ އާދަމް ވިދާޅުވެއްޖެއެވެ. އޭނާ މިފަދައިން ވިދާޅުވެފައިވަނީ، ޚަޞްމަކަށް އޭނާ ގުޅުއްވައި މެސެޖުކުރެއްވިކަމުގެ ތުހުމަތުގައި ހުށަހެޅުނު މައްސަލައެއްގައި، 2023ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 12ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ 46 މެންބަރުންގެ އިއްތިފާޤުން އޭނާ މަޤާމުން ވަކިކުރެއްވި މައްސަލައާ ގުޅޭގޮތުން އޭނާގެ ފޭސްބުކް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ، ޒިންމާދާރު މަޤާމުތަކުގައި 27 […]
ކަރަންޓު ކެނޑޭ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް ޢާޒިމް އެދިވަޑައިގެންފި

ފަހަކަށްއައިސް މާލެ ސިޓީން ތަކުރާރުކޮށް ކަރަންޓު ކެނޑެމުންދާ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް، ކަމާ ގުޅުންހުރި އިދާރާތަކަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ. އެމަނިކުފާނުގެ ފޭސްބުކް ޕޭޖުގައި ހޮނިހިރު ދުވަހު ކުރެއްވި ޕޯސްޓެއްގައި ޢާޒިމް ވިދާޅުވީ، ކަރަންޓު ކެނޑުމުގެ މައްސަލައަކީ ރައްޔިތުންނަށް އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކެއް ދިމާވާ ކަމެއް ކަމަށެވެ. މި ކަމުގެ ސަބަބުން، ގޭބިސީތަކުގެ ސާމާނުތަކަށް ގެއްލުންވެ، ވިޔަފާރިތަކަށް ހުރަސްއެޅި، އާންމު ދިރިއުޅުމަށް ނޭދެވޭ އަސަރުތަކެއް ކުރާކަން ޢާޒިމް ވަނީ ފާހަގަކުރައްވާފައެވެ. […]
ބާރު ސްޕީޑުގައި ދުއްވި ކާރެއް މަޑުކުރަން އެންގުމުން ފުލުހުންގެ ސައިކަލެއްގައި ޖައްސައިފި

ހުޅުމާލޭގައި ބާރު ސްޕީޑުގައި ނުރައްކާތެރިކޮށް ދުއްވަމުންދިޔަ ކާރެއް މަޑުކުރަން އެންގުމުން، ފުލުހުންގެ ސައިކަލެއްގައި ޖައްސައި ވައްޓާލައިފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ކާރު މަޑުކުރަން އެންގުމުން އަމުރަށް ނުކިޔަމަންތެރިވެ، ހުޅުމާލެ 1އާއި ހުޅުމާލެ 2ގައި ދުއްވި ކަމަށެވެ. އަދި ކާރުގެ ފަހަތުން އެ ވަގުތު ދިޔަ ފުލުހުންގެ ސައިކަލުގައި ޖައްސައި ވައްޓާލި ކަމަށެވެ. މި ހާދިސާގައި ސައިކަލުގައި އިން ފުލުހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ، ހުޅުމާލޭގައި ހުންނަ ދިރާގު އޮފީހާ […]
މާލޭގެ ތިން ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑިދާނެ

މާލޭގެ ތިން ސަރަހައްދަކުން މިއަދު ކަރަންޓު ކެނޑިދާނެކަމަށް، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން ބުނެފިއެވެ. ސްޓެލްކޯއިން ބުނީ އެ ކުންފުނީގެ ކަރަންޓު ވިއުގައިގެ މަސައްކަތެއް ކުރުމަށް ހަމަޖެހިފައިވާތީ، މިއަދު މާލޭގެ ތިން ސަރަހައްދަކުން ކަރަންޓު ކެނޑިދާނެ ކަމަށް ބެލެވޭ ކަމަށެވެ. މިގޮތުން ކަރަންޓު ކެނޑޭނެ ކަމަށް ބެލެވޭ ސަރަހައްދުތަކަކީ: * ބޮޑުފުޅައްގޯޅި ހިމެނޭ ސަރަހައްދު. (10:00އާ 12:00އާ ދެމެދު) * މުނިޔާމަގާއި ޝާރިޢުވަރުދީ ހިމެނޭ ސަރަހައްދު. (14:00އާ 16:00އާ ދެމެދު) * ފާށަނާކިލެގެމަގު، އަލިކިލެގެފާނުމަގު، ބަނަފްސާގޯޅި، ބޮޑުފުޅައްގޯޅި، […]