ޤައުމިއްޔަތަށް ޚިދުމަތް ކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޚާއްޞަ ޝަރަފު އުތީމު ރައްޔިތުންނަށް ދެއްވައިފިއެވެ. ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުތީމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އުތީމު ރައްޔިތުންގެ ފަރާތުން މި އިނާމާ ހަވާލުވެވަޑައިގަތީ އެ ރަށު ކައުންސިލުގެ ރައީސް ޢަބްދުﷲ ރަޝީދެވެ. މި އިނާމު އެރަށު ރައްޔިތުންނަށް ދެއްވުމަށް ނިންމެވީ އުތީމު ގަނޑުވަރު ބެލެހެއްޓުމުގައި 500 އަހަރުވަންދެން އުތީމު ރައްޔިތުން އަދާކޮށްފައިވާ ދައުރާއި، އެކަމަށް ދީފައިވާ އަހައްމިއްޔަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ […]
އަލިފާން ރޯވި ގޭގައި ދިރިއުޅުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

މިއަދު ހެނދުނުގެ ވަގުތެއްގައި އަލިފާންރޯވި މ. އަފްޒާގައި ދިރިއުޅުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި ކަމަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ. އެ ސެންޓަރުން މަޢުލޫމާތު ދިންގޮތުގައި، މި ހާދިސާގެ ސަބަބުން ދުމާއި، އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުން ލިބުމާ ގުޅިގެން، އެ އެޕާޓުމަންޓުގައި ދިރިއުޅުނު މީހުންނަށް 5 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚަރަދު ވަނީ ހަމަޖައްސާފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ އެ ގޭގެ 6ވަނަ ފަންގިފިލާގައި ހުރި އެޕާޓުމަންޓެއްގެ ބެލްކަނީގައި […]
ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާ ކަމަށް ބުނެ މަކަރުހެދި މީހަކު ހައްޔަރުކޮށްފި

ފޭސްބުކް މާކެޓްޕްލޭސްގައި ތަކެތި ވިއްކާކަމަށް ބުނެ އެކި މީހުންގެ އަތުން ފައިސާ ހޯދަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ސ. މީދޫ / ފުނޯސް، ޢަބްދުﷲ މިލްހާނު (33އ)އެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައި ވަނީ، އެންޓި-ސްކޭމް ސެންޓަރާއި ހުޅުމީދޫ ޕޮލިސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، މި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ސ. މީދޫން ކަމަށާއި، މި އޮޕަރޭޝަނަކީ، އެ ޚިދުމަތަށް އެކި ދުވަސް މަތިން ހުށަހަޅާފައިވާ ހީލަތް ހެދުމުގެ […]
5 ލައްކަ ރުފިޔާގެ އިނާމު

ވަގު ކަލޭގެ މިފަހަރު ސީދާ ގުޅީ އަހަންނަށެވެ. ލާރި ގެންގުޅޭ މީހެއްހެން އޭނާއަށް ހީވާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ވަގު ކަލޭގެ: ”މީ ބޭންކް އޮފް މޯލްޑިވްސްއިން އަޝްފާން އިނގޭތޯ؟ އަޅުގަނޑުމެން ކުރިއަށްގެންދިޔަ 5 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަންއެއްގަ ތިޔަ ބޭފުޅާގެ ނަންބަރު ވަނީ ހޮވިފަ.“ މަ: (އުފާވެފައި) ”ދެން ލަހެއް ފަހެއް ކުރާނެ ކަމެއް ނެތެއްނު. އިނާމު ބަލާ ދާންވީ ތަން ބުނޭ!“ ކުރިން އަހަރެންނަށް ވިސްނުނީ ގޯސް ކޮށެވެ. އަސްލު އެމީހާ […]
ވަކީލުކަމުގެ ވަގު ހުއްދައެއް ގެންގުޅުނު އަންހެނަކު ފަޅާއަރައި، މައްސަލަ ފުލުސް އޮފީހަށް

ގާނޫނީ ވަކީލުކަމުގެ ވަގު ހުއްދައެއް ތައްޔާރުކޮށްގެން ގެންގުޅުނު އަންހެނަކު ފަޅާއަރައި، އެ މައްސަލަ ބާ ކައުންސިލުން ފުލުސް އޮފީހަށް ހުށަހަޅައިފިއެވެ. މި މައްސަލަ ފަޅާއަރާފައިވަނީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގައި މަސައްކަތްކުރާ ލ. ފޮނަދޫ، ހަވޭލި، ފާޠިމަތު ޠޫބާ ޢަބްދުﷲގެ ވަކީލުކަމުގެ ހުއްދައަކީ ބާ ކައުންސިލުން ދޫކޮށްފައިވާ ހުއްދައެއްތޯ ބެލުމަށް ހުށަހެޅުމުން، އެކަން ބެލިބެލުމުގެ ތެރޭންނެވެ. މިކަމާ ގުޅޭގޮތުން ބާ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އޭނާއަކީ ބާ ކައުންސިލުން އެއްވެސް އިރެއްގައި ވަކީލުކަމުގެ ހުއްދަ ދޫކޮށްފައިވާ […]
ޢަބްދުއްރަޙްމާނުގެ މަރުގެ މައްސަލާގައި 3 މީހަކު ހައްޔަރުކޮށްފި

އއ. މާޅޮހުގައި ޒަޚަމްތަކަކާއެކު އޮއްވާ ފެނުނު ޢަބްދުއްރަޙުމާން އާދަމްގެ މަރުގެ މައްސަލާގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައި ވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. އޭނާއަށް ހަމަލަދީ ޒަޚަމްކޮށްލާފައިވަނީ އޭނާގެ ގޭގައި ނިދާފައި އޮއްވައެވެ. އޭނާ ނިޔާވެފައިވަނީ ލިބިފައިވާ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް، މިދިޔަ ޖުލައި މަހުގެ 13ވަނަ ދުވަހުއެވެ. ޢަބްދުއްރަޙްމާނުގެ މަރުގެ ތަޙުޤީޤަށްޓަކައި ވަނީ އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދާފައެވެ. އޮޓޮޕްސީގެ ނަތީޖާ ދައްކާގޮތުން އޭނާ ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް ފުލުހުން […]
ކެއްސުމަށް ދޭ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕް ވިއްކުން މަނާކޮށްފި

ކެއްސުމަށް ދޭ ބޭހެއް ކަމަށްވާ ކޮފްސީ ސިރަޕް ވިއްކުން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ. އެ އޮތޯރިޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ރާއްޖެއަށް އެތެރެކުރެވޭ ބޭސްތަކަކީ ރައްކާތެރި، ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރު ކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގައި، މާކެޓިންގ ސަރވެއިލެންސްގައި ކޮފްސީ ސިރަޕް (cofsy syrup)ގެ ކޮލިޓީ މައްސަލަތަކެއް ފާހަގަކުރެވިފައި ވާކަމަށެވެ. އެހެންކަމާއެކު، މިއަދުން ފެށިގެން މި ބޭސް އެތެރެކުރުމާއި ވިއްކުން، އަދި މި ބޭސް ބޭނުންކުރުންވެސް އެ އޮތޯރިޓީން ވަނީ މަނާކޮށްފައެވެ. […]
ތޮއްޑޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރަނީ

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫގައި އިމާރާތްކުރަން ފަށާފައިވާ 30 އެނދުގެ ޞިއްޙީ މަރުކަޒު ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްޤީކުރުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. އަރިއަތޮޅު އުތުރުބުރިއަށް ކުރައްވާ ދަތުރުފުޅުގައި ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ، މިހާރު މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ޞިއްޙީ މަރުކަޒުގެ ބަދަލުގައި ދެން ކުރިއަށްގެންދާނީ ހޮސްޕިޓަލެއްގެ މަސައްކަތް ކަމަށެވެ. މި މަސައްކަތް ކުރިއަށްގެންދިއުމަށް ޞިއްޙީ ވުޒާރާގެ ލަފާވެސް ހޯއްދަވާފައި ވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް ބޭނުންވާ އޮޕަރޭޝަން […]
ލާމަރުކަޒީ ގާނޫނުގެ އިސްލާހުތަކާމެދު ވިސްނެވުމަށް ރައީސްގެ އަރިހުން ބޮޑުފޮޅުދޫ ކައުންސިލުގެ ރައީސް އެދިވަޑައިގެންފި

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ، އަދި ގެންނަ ބަދަލުތަކާމެދު އިތުރަށް ވިސްނެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހުން، އއ. ބޮޑުފޮޅުދޫ ކައުންސިލުގެ ރައީސް ޝުޖާޢު އާދަމް އެދިވަޑައިގެންފިއެވެ. އޭނާ މިކަމަށް އެދިވަޑައިގެންފައިވަނީ، ރައީސް މުޢިއްޒު އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ހެނދުނު ބޮޑުފޮޅުދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ޝުކުރު ދެންނެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ. އޭނާ ވިދާޅުވީ، ކައުންސިލުގެ އިދާރީ އޮނިގަނޑު މިހާރުވެސް އޮންނަނީ ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިގެން […]
18 އަހަރުން ދަށުގެ ކުދިން ކުށުގެ ވެށީގައި އިތުރުވަމުންދާކަން ވަނީ ފާހަގަކުރެވިފައި: ފުލުހުން

އުމުރުން 18 އަހަރު ނުފުރޭ ކުދިން ކުށުގެ ވެށީގައި އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާކަމަށް، ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ފަހަކަށްއައިސް 18 އަހަރުން ދަށުގެ ފިރިހެން ކުދިން ގުރޫޕު ހަދައިގެން ތަންތަނުގައި އެއްވެ ތިބޭކަން ފާހަގަކުރެވިފައި ވާކަމަށެވެ. މިފަދަ ކަންކަމުގެ ސަބަބުން ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅޭކަމުގެ ކަންބޮޑުވުން ފުލުހުން ވަނީ ފާޅުކޮށްފައެވެ. އޭގެތެރޭގައި ގްރޫމިންގގެ ޝިކާރައަކަށް ކުދިން ވުމާއި، ރައްކާތެރި މާހައުލުތަކަށް ހުށަހެޅިގެންދިއުމާއި، މައިންބަފައިންނަށް ފިލައިގެން ގެއިން ނުކުމެގެންގޮސް ތަންތަނުގައި […]