ފާއިތުވި މަހު ވޭޕުގެ މައްސަލަތަކުގައި 150,000 ރުފިޔާގެ ޖޫރިމަނާ

ފާއިތުވި އޯގަސްޓު މަހު، ވޭޕް ގެންގުޅެ އޭގެ ބޭނުންކޮށް ވިޔަފާރިކުރި ފަރާތްތައް ޖުމުލަ 150,000 (އެއްލައްކަ ފަންސާސްހާސް) ރުފިޔާއިން ޖޫރިމަނާކޮށްފައި ވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން ވޭޕާ ގުޅުންހުރި 11 މައްސަލައެއް މިދިޔަ މަހު ބަލާފައިވެއެވެ. އެއީ ވޭޕް ގެންގުޅުމުގެ 4 މައްސަލައާއި، ވޭޕް ބޭނުންކުރުމުގެ 4 މައްސަލައާއި، ވޭޕާ ގުޅުންހުރި އެހެނިހެން 3 މައްސަލައެކެވެ. މި މައްސަލަތަކުގައި، ޖޫރިމަނާކުރި 30 މީހުންގެ ތެރޭގައި ހިމެނެނީ ވޭޕް ބޭނުންކުރި […]
ކޮލަމާ ބޯޓު ފެނިއްޖެ، ކެޕްޓަން މިހާރު ވަނީ ނިޔާވެފައި

ރޭ ލ. އަތޮޅުން ފުރި ގއ. ކޮލަމާފުށީ ބޯޓެއް ކަމަށްވާ ”ކޮލަމާ“ ބޯޓު ފެނިފައިވާ ކަމަށާއި، ބޯޓުގެ ކެޕްޓަން ގއ. ކޮލަމާފުށި، ދޮންވެލި، އާދަމް ސަޢީދު (ސައީދުބެ) މިހާރު ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ. އެކެފަރަ ސަރަހައްދުން މި ބޯޓު ފެނުނުއިރު ކެޕްޓަން އޮތީ ޚަބަރުހުސްވެފައި ކަމަށާއި، ފުލުހުންގެ ލޯންޗެއްގައި ގއ. ވިލިނގިލީ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރުވެސް ނިޔާވެފައި ވާކަމަށް ހޮސްޕިޓަލާ ހަވާލާދީ ޚަބަރުލިބެއެވެ. މާލެއިން މުދާ ހިފައިގެން އެކި ރަށްރަށަށް ދަތުރުކުރާ ކޮލަމާ ބޯޓު ގެއްލިގެން ހޯދަންފެށީ، […]
އުކުޅަހުގައި ޒަޚަމްވި ބައްޕަ އިތުރު ފަރުވާއަށް މާލެއަށް

ނުކުޅެދުންތެރިކަން ހުންނަ ދަރިފުޅަކު ރޭ ވަޅިން ހަމަލަދިނުމުގެ ސަބަބުން ޒަޚަމްވި ބައްޕަ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ. ޚަބަރު ލިބިފައިވާގޮތުގައި، ބައްޕައަށް ހަމަލަދިން 26 އަހަރުގެ ދަރިފުޅަކީ މީގެ ދިހަވަރަކަށް އަހަރު ކުރިން ފެށިގެން ނަފުސާނީ ބައްޔަކަށް ފަރުވާދެމުން އަންނަ މީހެކެވެ. އޭނާ ބައްޕައަށް ހަމަދީފައިވަނީ ގަވަދުން ޖަހަންޖެހޭ އިންޖެކްޝަނެއް ޖެހުމުން އެކަމާ ރުޅިއައިސްގެންނެވެ. ޒަޚަމްވި ބައްޕައަށް ފުރަތަމަ ފަރުވާ ދީފައިވަނީ އއ. އުކުޅަހު ޞިއްޙީ މަރުކަޒުންނެވެ. ނަމަވެސް އޭނާގެ ބަނޑަށް ވަޅި ވަދެފައިވާ ދިމާއިން ދުޅަވެ […]
ބަނގުރަލުގެ މައްސަލައެއްގައި ޝްރީލަންކާގެ ތިން މީހުން ހައްޔަރުކޮށްފި

ބަނގުރާ ގެންގުޅެ، ބޭނުންކޮށް، އޭގެ ވިޔަފާރި ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ޝްރީލަންކާގެ ތިން މީހުން ހައްޔަރުކޮށްފި ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ، މި އޮގަސްޓު މަހުގެ 27 ވަނަ ދުވަހު މާލޭގައި ހިންގި މި އޮޕަރޭޝަނުގައި ހެންވޭރު ގެއަކާއި އަދި ސައިކަލެއް ބަލައިފާސްކުރިއިރު 19 ފުޅި ބަނގުރަލާއި 12 ދަޅު ބަނގުރާ ފެނިފައިވާކަމަށެވެ. މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން […]
މެލޭޝިއާ ފުލުހުން ބަލަމުންދާ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި

މެލޭޝިއާ ފުލުހުން ބަލަމުންދާ މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މީޑިއާއަށް ހިއްސާކުރި މެސެޖެއްގައި ވަނީ، މެލޭޝިއާ ފުލުހުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ޢަބްދުލް ބާޠިން މުޙައްމަދު ކިޔާ ދިވެއްސަކު ހައްޔަރުކުރިކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. މި މައްސައާގުޅޭ އިތުރު ތަފުސީލެއް ހާމަކޮށްފައި ނުވިނަމަވެސް، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ އޭނާއާގުޅޭ ގެވެށި އަނިޔާގެ މައްސަލައެއް ބަލަމުން ކަމަށް އެ ޚިދުމަތުން ވަނީ ބުނެފައެވެ. މެލޭޝިއާ ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ކޮން މައްސައެއްގައިކަން އަދި […]
ދަރިން ބަލާނެ ގޮތް ދަސްކޮށްދިން ބާޒު

އެއްފަހަރަކު ބާޒަކާ މާބަނޑު އަންހެނަކު ދިމާވިއެވެ. ބާޒު: ކަމަނާގެ ހާލު ރަނގަޅުހެއްޔެވެ؟ އަންހެންމީހާ: އަހަރެން އެބަ ވަރަށް ބިރުގަނެއެވެ. އަހަރެން މިއިނީ ވިހަންވެފައެވެ. އަހަރެން ބޭނުންވަނީ އަހަރެންގެ ދަރިފުޅަށް އެންމެ މޮޅު އެންމެ އަރާމު ދިރިއުޅުން ހޯދައިދޭށެވެ. އެކަމަކު އަހަރެންނަށް ދަރިން ބެލެނީ އެންމެ ރަނގަޅަށްކަން އެނގޭނީ ކިހިނެއްހެއްޔެވެ؟ ބާޒު: ދަރިން ބެލުމަކީ އެކުދިންނަށް އެންމެ އަރާމު ދިރިއުޅުން ހޯދައިދިނުމެއް ނޫނެވެ. އެކަން އޮތީ އޭގެ ހަމަ ސީދާ އިދިކޮޅަށެވެ. ޅަ ބާޒުތައް އުފަންވުމުން އަހަރެންގެ ހާލީގެ […]
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު މީހަކު ހައްޔަރުކޮށްފި

މާލޭގައި ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާއާއެކު މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، މަސްތުވާތަކެތި ގެންގުޅެ، އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންިސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން މި މަހު 27 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައި ވަކަމަށެވެ. މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު / ކަފިދޫގެ، ހާރޫން ޖައިލަމް (23އ) ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. […]
މީޑިއާ ބިލުގައި އެއްބަސްނުވެވޭ ކަންކަން އެބަހުރި: މިނިސްޓަރު

މީޑިއާތަކާ ގުޅޭގޮތުން ހުށަހެޅިފައިވާ ބިލުގައި އެއްބަސްވެވަޑައިނުގެންނެވޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަޙީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ. ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލް ޙަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު އިއްޔެ ވަނީ މަޖިލީހަށް ބަލައިގެންފައެވެ. އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ މި ބިލާގުޅޭ މަސައްކަތް ފެށުމަށް ތާވަލުކޮށްފައެވެ. އެ ބިލާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް ނޫސްވެރިން މިއަދުވެސް ރައީސް އޮފީސް […]
ސަރުކާރުގެ ދެވަނަ އައިނު ފިހާރަ ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފި

އައިނު ހެދުމުގެ ހުރިހާ ޚަރަދެއް އާސަންދައިގެ ދަށުން ހަމަޖައްސައިދޭ ދެވަނަ އައިނު ފިހާރަ، ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ. ”އެމްސީޖީއެޗް އޮޕްޓިކަލްސް ހުޅުމާލެ“ގެ ނަމުގައި ހުޅުވި މި އައިނު ފިހާރަ ރަަސްމީކޮށް ހުޅުވައިދެއްވީ އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހުޅުމާލޭ ހޮސްޕިޓަލުގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިއީ އާންމުންނަށް ކުރިމަތިވެފައިވާ ބޮޑެތި ދަތިތަކަށް (ޚާއްޞަކޮށް އައިނުގެ އަގުބޮޑުކަމާއި އެކަމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް) ހައްލެއް ހޯއްދަވައިދެއްވުމަށް […]
ނޫސްވެރިން ހައްޔަރުކުރީ އެއްވުން މަނާ ސަރަހައްދަކަށް އެއްވުމުން: ފުލުހުން

އިއްޔެ ކުރި އިހުތިޖާޖުގައި ނޫސްވެރިންތަކެއް ހައްޔަރުކޮށްފައިވަނީ އެއްވެ އުޅުން މަނާ ސަރަހައްދަކަށް އެއްވެ އިހުތިޖާޖު ކުރުމުން ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ ފުލުހުން މިހެން ބުނެފައިވަނި ނޫސްވެރިންގެ ބިލަށް ގެންނަ އިސްލާހުތަކާ ދެކޮޅަށް އިހުތިޖާޖުކުރި ނޫސްވެރިންތަކެއް ހައްޔަރުކުރި ކަމަށް ޚަބަރުތައް ފެތުރުމާ ގުޅިގެން ނެރުނު ނޫސްބަޔާނެއްގައެވެ. ފުލުހުން ބުނީ، އެ ސަރަހައްދަކީ އެއްވެ އުޅުން ގާނޫނީގޮތުން މަނާ ސަރަހައްދަކަށް ވުމާއެކު، އެއްވެ ތިބި ނޫސްވެރިންނަށް އެތަން ދޫކޮށް ދިއުމަށް ތަކުރާރުކޮށް ނަސޭހަތްދީފައި ވާނެކަމަށެވެ. އެހެންކަމާއެކުވެސް، އަމުރަށް […]