އިންޑިއާގެ މިނިސްޓަރު ޑރ. ޖައިޝަންކަރު މިއަދު ރާއްޖެއަށް ވަޑައިގަންނަވަނީ

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ.އެސް ޖައިޝަންކަރު މިއަދު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ. މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޮފޮރިން މިނިސްޓްރީން ބުނީ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، […]

މައްކާގައި ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވާ 2 ދަރިވަރުން ފުރައިފި

މި މަހުގައި މައްކާގައި ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ރާއްޖެއިން ބައިވެރިވާ 2 ދަރިވަރުން ސައޫދީ ޢަރަބިއްޔާއަށް ދިއުމަށް ފުރައިފިއެވެ. އެ ދެ ދަރިވަރުން ސައޫދީ ޢަރަބިއްޔާއަށް ދިއުމަށް ފުރީ އިއްޔެގެ ވަގުތެއްގައެވެ. މައްކާގައި ބާއްވަން ހަމަޖެހިފައިވާ ކިންގް ޢަބްދުލްޢަޒީޒު އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސައިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން (44) ގައި ރާއްޖެއިން ބައިވެރިވާ 2 ދަރިވަރުންނަކީ ޝަޢަފް ޙާމިދު އިބްރާހިމް (މަލާޒް/ޅ.ނައިފަރު) އާއި އަރީކް […]

މޮރިޝަސް ޤުރްއާން މުބާރާތް: ޤުރްއާން އެއްކޮށް ނުބަލައި ކިޔެވުމުގެ ބައިން އަލްޔަސަޢު 3 ވަނައަށް

މޮރިޝަސް ޤުރްއާން މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރި ދަރިވަރު އަލްޔަސަޢު ބިން ޒަމްޒަމް މުޅި ޤުރްއާން އެއްކޮށް ނުބަލައި ކިޔެވުމުގެ ބައިން 3 ވަނަ ހާސިލުކޮށްފިއެވެ. މޮރިޝަސް ޤުރްއާން މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ވާދަކުރި އަލްޔަސަޢު ބިން ޒަމްޒަމް މިހާރު ވަނީ އެނބުރި ރާއްޖެ އައިސްފައެވެ. މޮރިޝަސް ޤުރްއާން މުބާރާތުގައި ދިވެހިރާއްޖޭގެ ފަރާތުން ވާދަކޮށް މުބާރާތުގައި މުޅި ޤުރްއާން އެއްކޮށް ނުބަލާ ކިޔެވުމުގެ ބައިން އަލްޔަސަޢު 3 ވަނަ ހާސިލުކުރުމުން އެކަން ފާހަގަކުރައްވައި އިސްލާމީ ކަންތައްތަކާ ބެހޭ […]

މިއަހަރު ބާއްވާ އިސްލާމީ 6 މަހާސިންތާގެ ކަންކަން ތަރުތީބުކޮށް ނިންމައިފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރު ބާއްވާ އިސްލާމީ 6 މަހާސިންތާގެ ކަންކަން ތަރުތީބުކޮށް ނިންމައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭގެތެރެއިން ފުރަތަމަ މަހާސިންތާ ކަމަށްވާ އިލްމުވެރިންގެ މަހާސިންތާ މި މަހު 24 ގައި އޮންނާނެ ކަމަށެވެ. އެ މަހާސިންތާގައި މައްކާގެ ޙަރަމްފުޅުގެ ފަތުވާ މަޖްލިސްގެ އިސް އިލްމުވެރިޔަކު ބައިބެރިވެލައްވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަހަރު މުހިންމު […]

ޒުވާން ޚަޠީބުންގެ 200 ބައިވެރިންގެ ތަމްރީނު ނިމި, މި މަހުގައި ސަނަދު ދެނީ

ޒުވާން ޚަޠީބުން އުފެއްދެވުމަށްޓަކައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ޚާއްސަ މަޝްރޫއުގެ ދެވަނަ ބުރުގައި ބައިވެރިވި ޒުވާނުންނަށް ބާއްވާ ތަމްރީނު ޕްރޮގުރާމް ނިމި މި މަސްތެރޭ ސަނަދު ދިނުމުގެ ހަފުލާ ބާއްވަން ނިންމައިފިއެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޒުވާން ޚަޠީބުންގެ 200 ބައިވެރިންގެ ތަމްރީނު ނިމި މި މަސްތެރޭ ސަނަދު ދިނުމުގެ ހަފުލާ ބައްވާނެ ކަމަށެވެ. ވަޒީރު ވިދާޅުވީ އޭރުން މި 8 […]

ޑރ.ޝަހީމްގެ ދިފާއުގައި ޕީއެންސީން ބަޔާނެއް: “އެއީ ދޮގު އިލްޒާމުތަކުން ފަހަތަށް ޖެހޭނެ ބޭފުޅެއް ނޫން“

އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ފުރައްސާރަކޮށް ފަތުރަމުން ގެންދަނީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތަކެއް ކަަމަށް ބުނެ, އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް, ސަރުކާރު ހިންގާ ޕީއެންސީން ރޭ ބަޔާނެއް ނެރެފިއެވެ. ޕީއެންސީއިން ޑރ. ޝަހީމްގެ ދިފާއުގައި ބަޔާނެއް ނެރުނީ “ހަސަން ކުރުސީ“ ގެ ނަމުގައި ހިންގާ އެކްސް އެކައުންޓަކުން, ޑރ. ޝަހީމް ބަދުއަޚުލާގީ އަމަލު ހިންގާފައިވާ ކަމަށް ބުނެ އެޑިޓްކޮށްގެން ހަދާފައިވާ ފޭކް ވީޑިއޯއެއް އާންމުކޮށް އެކި ކަންކަމުގައި އެމަނިކުފާނަށް […]

މަތީ ތަޢުލީމުދޭ މަރުކަޒުތަކުން ޕްރޮގްރާމްތައް އިސްތިހާރު ކުރަނީ ހުއްދަ ދީފައިވާ ގޮތަށްތޯ ކަށަވަރުކުރޭ: އެމްކިއުއޭ

މަތީ ތަޢުލީމުދޭ މަރުކަޒުތަކުން އިސްތިހާރު ކުރަމުން ގެންދާ ޕްރޮގްރާމްތަކަށް އެންރޯލްވުމުގެ ކުރިން، އެ ޕްރޮގްރާމް އިސްތިހާރު ކޮށްފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ(އެމްކިއުއޭ) އިން ހުއްދަ ދީފައިވާގޮތަށްކަން ކަށަވަރުކުރުމަށް އެ އޮތޯރިޓީން އިލްތިމާސްކޮށްފިއެވެ. އެމްކިއުއޭއިން ކުރި އިއުލާނެއްްގައި ބުނީ މަތީ ތަޢުލީމާއި ތަމްރީނު ދޭ ގިނަ މަރުކަޒުތަކަކުން ދަނީ އެ މަރުކަޒުތަކުގައި ހިންގުމަށް ބޭނުންވާ ގިނަ ޕްރޮގްރާމްތަކެއް ސޯޝަލް މީޑިއާގެ މަންސަތަކުގައި އިސްތިހާރު ކުރަމުން ކަމަށެވެ. އެހެންކަމުން ކިޔަވާ ދަރިވަރުން އެ ޕްރޮގްރާމަކަށް އެންރޯލް ވުމުގެ ކުރިން، އެ […]

އަޅުގަނޑުމެންގެ ޢަޤީދާއަށް ނުފޫޒު ފޯރުވުމުގެ ޙައްޤެއް އެމީހުންނަކަށް ނޯންނާނެ

ދިވެހިންގެ ޢަޤީދާއަށް ނުފޫޒު ފޯރުވުމުގެ ޙައްޤެއް ބޭރުގެ ފަރާތްތަކަށް ނޯންނާނެ ކަމަށް އައްޝައިޚު ޢަބްދުﷲ ބިން މުޙައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ. އެހެން ދީނެއްގެ ފިކުރާއި ޝިޔާރު ފަތުރަން އުޅުނު ކަމަށް ކަނޑައަޅައި 2019 ވަނަ އަހަރު އުވައިލަން ނިންމި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަލުން ރުޖޫއަ ކުރުމަށް އދ. ގެ ހިއުމަން ރައިޓްސް ކޮމެޓީ (ސީސީޕީއާރު) އިން ވަނީ ގޮވާލައިފައެއެވެ. އެ ސެންޓަރުން އެގޮތަށް ގޮވައިލީ ބައިނަލްއަގުވާމީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ މުއާހަދާ […]

ޑރ. ޝަހީމްގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު ޢަމަލެއް: ޝާހިދު

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަބުރު ކަތިލުމަށް އަސްލެއް ނެތް ވީޑިޔޯ އުފެއްދުމަކީ ނާތަހުޒީބު ޢަމަލެއް ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ކޮންމެ މީހަކީވެސް އިންސާނީ ކަރާމާތެއް އޮންނާނެ މީހެއް ކަމަށާއި ކޮންމެ މީހެއްގެ ވެސް ޢާއިލާއެއް އޮންނާނެ ކަމަށާއި މައިންބަފައިން، ފިރިން އަނބިން ދަރިން ތިބޭނެ ކަމަށެވެ. “ސިޔާސީ އޮއިވަރުގައި ނުވަތަ ޖަޒުބާތާއި ނަފުރަތުގައިޖެހި އަނެކާގެ އަބުރާއި އިއްޒަތް ވެއްޔާއި […]

ވަޒީރުގެ ދިފާއުގައި އިމްރާން: އަބުރު ކަތިލުމަށް ވީޑިޔޯ ހެދުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އަބުރު ކަތިލުމަށް ވީޑިޔޯ ހެދުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިޚު އިމްރާން ވިދާޅުވެއްޖެއެވެ. އިމްރާން މިހެން ވިދާޅުވެފައި މިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް އަންހެނަކާއެކު ބަދުއަޚުލާގީ އަމަލު ހިންގި ކަމަށް ބުނެ, “ހަސަން ކުރުސީ“ ގެ ނަމުގައި ހަދާފައިވާ އެކްސް އެކައުންޓަކުން ވީޑިއޯތަކެއް އާންމުކޮށްފައިވަނިކޮށެވެ. އެގޮތުން އިމްރާން ވިދާޅުވީ ސިޔާސީ ގޮތުން ޚިޔާލު ތަފާތު ވުމަކީ […]