އިސްލާމީ އިލްމު ތަރުޖަމާކުރުުގެ މަޝްރޫއު: ފުރަތަމަ ފޮތް ތަރުޖަމާކޮށް ޝާއިއުކޮށްފި
އިސްލާމީ އިލްމު ތަރުޖަމާކުރުމަށް އިސްލާމިކް މިނިސްޓްރީން ފެށި މަޝްރޫއުގެ ދަށުން، ފުރަތަމަ ފޮތް ތަރުޖަމާކޮށް ނިންމައި ޝާއިއުކޮށްފިއެވެ. ފަޟީލަތުލް އުސްތާޛުު އައްދަކްތޫރުު ވަހްބަތުއް ޒުޙައިލީ ލިޔުއްވާފައިވާ ”އަލްޢަލާޤާތުއްދައުލިއްޔަތުުފިލްއިސްލާމް“ މި ފޮތް ދިވެހި ބަހަށް ތަރުޖަމާ ކުރެއްވީ އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއެވެ. “އިސްލާމްދީނުގައި ބައިނަލްއަޤްވާމީ ގުޅުންތައް“ ގެ ނަމުން ނަން ދީފައިވާ މި ފޮތުގައި ފުރަތަމަ ހިމަނާފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ބަސްފުޅެވެ. ޑރ.ޝަހީމް ވިދާޅުވެފައިވަނީ އިސްލާމްދީނަކީ އިންސާނާގެ ދިރިއުޅުމުގެ ޙަޔާތުގެ […]
ސްޓެލްކޯއަށް 7 މިލިއަން ޑޮލަރުގެ ގެއްލުންވާ ގޮތަށް އެގްރީމަންޓެއްގައި ސޮއިކުރި މައްސަލައެއް އޭސީސީއަށް
ސްޓެލްކޯއަށް 7 މިލިއަން ޑޮލަރުގެ ގެއްލުންވާ ގޮތަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް ސެޓުލްމަންޓް އެގްރީމަންޓެއްގައި ސޮއިކުރެއްވި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ. ސްޓެލްކޯގެ ކުރީގެ މެނޭޖްމަންޓުން ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަން (ޑީއީސީ) އަށް ބަދަލުގެ ގޮތުގައި 7.8 މިލިއަން ޑޮލަރު ދިނުމަށް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު 14 ގައި އެއްބަސްވުމެއްގައި ސޮއިކުރެއްވި މައްސަލަ މިދިޔަ މަހުގެ ފަހުކޮޅުގައި ވަނީ ރައްޔިތުންގެ މަޖިލިހުގެ ސަމާލުކަމަށް […]
ކޮރަޕްޝަންގެ ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރަން ސަރުކާރަށް ލަފާދޭން ފާސްކޮށްފި
ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މުވައްޒަފުން ވަގުތުން ވަޒީފާއިން ވަކިކުރެވޭނެ ގޮތް ހެދުމަށް, ދައުލަތުގެ ކުންފުނިތަކުގެ ހިއުމަން ރިސޯސަސް އޮނިގަނޑަށް ބަދަލު ގެންނަން ސަރުކާރަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ. ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައި އެ ކޮމިޝަނުން ތަހުގީގުކޮށް ނިމެންދެން ކުންފުނިތަކުގައި މުވައްޒަފުންނަށް މިހާރު ދެމިތިބެވޭ ކަމަށެވެ. ނާޒިމް ވިދާޅުވީ އޭގެ ނަތީޖާއެއްގެ […]
އޭސީސީގެ މެންބަރުން ވަކިކުރަން ގޮވާލައްވައިފި
ޮކޮރަޕްޝަނާގުޅޭ މައްސަލަތައް ބަލަން އުފައްދާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެންބަރުން ކުރިން ތިބީ ނިދާފައި ކަމަށާއި އެ މީހުން މަގާމުން ވަކިކުރަންޖެހޭ ކަމަށް ވެލިދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ސަރުކާރުގެ ފަރާތުން މަހިބަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް ހުށަހަޅާފައިވާ އިންޝުއަރެންސް ބިލަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭސީސީގެ މެންބަރުން މަގާމުން ވަކިކުރަން އައްބާސް ގޮވައިލެއްވީ ކުރީ ސަރުކާރުގެ ފަހުކޮޅުގައި އުސޫލާ […]
ވެރިންގެ ކައިރީގައި ގިނަ ވާނީ ސަރުކާރު ހަލާކު ކޮށްލަން ކައިރީގައި ތިބެ ވާހަކަ ދައްކާ މީހުން: ޤާސިމް
ވެރިންގެ ކައިރީގައި ގިނަ ވާނީ ސަރުކާރު ހަލާކު ކޮށްލަން ކައިރީގައި ތިބެ ވާހަކަ ދައްކާ މީހުން ކަމަށް މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޤާސިމް މިހެން ވިދާޅުވީ ވަޒީފާ އާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާ ގުޅޭ ގޮތުން ސަލަމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގައި ކުރިއަށް ގެންދިޔަ ބަހުސްގެ ތެރެއިން ކޮންމެ 3 އަހަރަކުން އެއްފަހަރު އެ ފީއަށް ބަދަލު ގެނެވޭ ގޮތަށް އޮތް އޮތުމާ ގުޅޭ ގޮތުންނެވެ. މި ބަހުސްގައި ހިތަދޫ […]
މިފްކޯއަކީ ފައިދާވާ ކުންފުންޏަށް ހެދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން: ޗެއަރމަން
ކުންފުންޏަށް އެންމެ ރަނގަޅު ގޮތް ހޯދަން ސަރުކާރާއި ގުޅިގެން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނަން ކަމަށް މިފްކޯގެ ޗެއާމަން އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. މި މަހުގެ 7 އިން 8 އަށް ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ކުރިއަށް ދިޔަ، ”މިފްކޯ އިފިޝެންސީ އެކްސަސައިޒް“ ނިންމުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޒަމާނީ ވަސީލަތްތަކާއެކު ހިންގުން ހަރުދަނާ ކުންފުންޏަކަށް ބައްޓަން ކުރުމުގައި އެކުންފުނީގެ ބޯޑުގެ ދައުރު ފުރިހަމައަށް އަދާކޮށްދެއްވާނެ ކަމަށެވެ. ސަރުކާރު ހިއްސާވާ […]
މިފްކޯގެ އެފިޝެންސީ އެކްސަސައިޒް: ފައިދާގަ ހިންގައިގެން ދައުލަތަށް ޑިވިޑެންޑް ދައްކާނެ ޕްލޭނެއް
ސްޓްރެޓެޖިކް ޕްލޭނިންގ ވޯކްޝޮޕް 2024 ގެ ދަށުން މިފްކޯގެ އިފިޝެންސީ އެކްސަސައިޒެއް ބާއްވައިފިއެވެ. މިފްކޯގެ މެނޭޖުމެންޓާއި އޮޕަރޭޝަނަލް މުވައްޒަފުންނަށް އަމާޒުކޮށް ހިންގި މި އެކްސަސައިޒް ބާއްވައިފައިވަނީ މި މަހުގެ 7 އިން 8 އަށް ކަނޑުއޮތްގިރި ފިޝް ވިލެޖުގައެވެ. މި އެކްސަސައިޒްގައި މިފްކޯގެ 60 އަށް ވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. އަދި މި އެކްސަސައިޒްގައި މިފްކޯގެ ސައިޓްތަކުގެ އިސް ވެރިންނާއި އިންޖިނިއަރުން ބައިވެރިވިއެވެ. މިފްކޯއިން ހާމަކުރި ގޮތުން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ […]
ވަޒީރު ޑރ. ޝަހީމް އެތައް ދުވަހެއް ކުރިން ކުރެއްވި “ޙައްޖު ކޯޕަރޭޝަނުގެ ތަސައްވުރު“ ހަގީގަތަކަށް
ދުނިޔޭގެ އެންމެ ނުފޫޒު ގަދަ 500 މުސްލިމު ލީޑަރުންގެ ލިސްޓުގައި އިދާރީ ލީޑަރުންގެ ބައިގައި ނަންފުޅު ހިމެނިވަޑައިގަންނަވާ ރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ބައެއް ތަސައްވުރުތައް ހަގީގަތަކަށް ހައްދަވައިފިއެވެ. މިދިޔަ ފަސް އަހަރުގައި ޑރ. ޝަހީމް ވަނީ ރާއްޖޭގައި އިސްލާމީދީން ނެގެހެއްޓުމާ ގުޅޭ ގޮތުން ގިނަ ތަސައްވުރުތަކެއް ކުރައްވައިފައެވެ. އެމަނިކުފާނުގެ އެ ތަސައްވުރުތައް ލިޔުމުގެ ޒަރީއާއިން މިދިޔަ ދައުރުގައި ވަނީ އާންމު ކުރައްވައިފައެވެ. އޭގެތެރެއިން މި ބަލައިލަނީ މޯލްޑިވްސް ޙައްޖު […]
ހުކުރު ޚުޠުބާ: އަންނަ ހަފްތާއިން ފެށިގެން ޓީވީތަކުން ތަރުޖަމާގެ ސަބްޓައިޓަލް ގެނެސްދެނީ
އަންނަ ހަފްތާއިން ފެށިގެން ޓީވީތަކުން ވެސް ހުކުރު ޚުޠުބާގެ ތަރުޖަމާގެ ސަބްޓައިޓަލް ގެނެސްދޭނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފިއެވެ. އިސްލާމީ މަރުކަޒުގައި ކުރާ ހުކުރު ނަމާދުގެ ލައިވްގައި އިނގިރޭސި ތަރުޖަމާ ފުރަތަމަ ފަހަރަށް އަރުވަން މިހާރު ވަނީ ފަށައިފައެވެ. އެގޮތުން މިދިޔަ ހުކުރު ޚުޠުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ފޭސްބުކް ޕޭޖުގެ ލައިވް އަދި އިސްލާމީ މަރުކަޒުގައި ބަހައްޓާފައިވާ ޓީވީތަކުން ވަނީ ގެނެސްދީފައެވެ. ކުރިއަށް އޮތް ހަފުތާއިން ފެށިގެން ޓީވީ ޗެނަލްތަކަށް […]
ކޮންމެ ހަފުތާއަކު މަދަރުސާ ކުދިންނަށް ރިސާލަތު އަދި ޒަކާތާބެހޭ ސެޝަންތަކެއް ކުރިއަށް ގެންދަނީ
އިސްލާމިކް އެޑިއުކޭޝަން އެންޑް އެވެއަރނެސް ޔުނިޓް އަދި މޯލްޑިވްސް ޒަކާތު ހައުސް ގުޅިގެން ކޮންމެ ހަފުތާއަކު މަދަރުސާ ކުދިންނަށް ރިސާލަތު އަދި ޒަކާތު އެވެއަރނެސް ސިލްސިލާ ސެޝަންތަކެއް ކުރިއަށް ގެންދަން ފަށައިފިއެވެ. އެގޮތުން މިހާރު ވަނީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުންނަށް ޒަކާތުގެ ނިޒާމާ ބެހޭ ގޮތުން ޚާއްސަ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ. މަދަރުސާ ކުދިންނަށް މިފަދަ ސެޝަންތަކެއް ފަށާފައިވާއިރު,އިސް ރަށްވެހިންގެ ނާދީގައި ވެސް އިއްޔެ ވަނީ ރިސާލަތުގެ ޚާއްސަ ސެޝަންއެއް ބާއްވައިފައެވެ. މި ސެޝަން ނަންގަވައި […]