އިންޑިއާގެ ”ނެއިބަހުޑް ފަސްޓް“ ސިޔާސަތުގެ އެންމެ ސާފު މިސާލަކީ ރާއްޖެ: ޖައިޝަންކަރު

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު މިއަދު ވިދާޅުވީ، ރާއްޖެއަކީ އިންޑިއާ އިން އަވައްޓެރި ގައުމުތަކަށް އިސްކަން ދިނުމަށް ގެންގުޅޭ ”ނެއިބަހުޑް ފަސްޓް“ ސިޔާސަތުގެ އެންމެ ސާފު މިސާލު ކަމަށެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލާ އެކު ބޭއްވި ރަސްމީ މަޝްވަރާތަކުގައި، ޖައިޝަންކަރު ވަނީ ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މާލީ އަދި އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވާފައެވެ. މީގެ ތެރޭގައި ހިމެނެނީ:400މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއްސްޓޭޓް ބޭންކް […]

ކުރީގެ ތެލުގެ ޓައިކޫން އޯ.ކޭ. ލިމް އަދި އޭނާގެ ދަރިން ބަނގުރޫޓުވެއްޖެ

މިހާރު ބަންދުކޮށްފައިވާ ތެލުގެ ވިޔަފާރީގެ ބޮޑު ކުންފުނި ހިން ލިއޯންގް ގެ ބާނީ، ލިމް އޫން ކުއިން ނުވަތަ އޯ.ކޭ. ލިމް އަދި އޭނާގެ ދެ ދަރިން ދިގު މުއްދަތެއްގެ ޤާނޫނީ މައްސަލައަކަށްފަހު ބަނގުރޫޓުވެއްޖެއެވެ. އެގޮތުން ޑިސެމްބަރ 27 ގައި ޝާއިޢުކުރެވުނު އެ ގައުމުގެ އިލެކްޓްރޯނިކް ސަރުކާރުގެ ގެޒެޓުން ހާމަވިގޮތުގައި ބަނގުރޫޓުވިކަމުގެ އަމުރު ނެރެފައިވަނީ ޑިސެމްބަރ 19 ގައެވެ. 82 އަހަރުގެ ކުރީގެ ތެޔޮ ޓައިކޫން އޭނާގެ ދަރިފުޅު ލިމް ހުއެއި ޗިންގ (57)، އަދި ދަރިފުޅު […]

ކުރިއަށްދާ ހަމަނުޖެހުންތަކުގެ ތެރޭގައި ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އުންމީދުތައް ފަނޑުވެއްޖެ

އިސްރާއީލާއި ހަމާސްއާ ދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލު ނުކުރެވި އޮތުމުން، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ ބްރޯކަރުން ކުރާ މަސައްކަތްތައް އަނެއްކާވެސް ވަނީ ފުނޑުފުނޑުވެފައެވެ. ޑިސެމްބަރު މަހު އުއްމީދުތައް އުފެދިފައި ވާއިރު، ބައިޑަންގެ ވެރިކަމުން ނިމި، އެމެރިކާގެ ރައީސްއަކަށް އަންނަ ޓްރަމްޕް ވަނީ އެއްބަސްވުމަކަށްގެންނަން ޑިޕްލޮމެޓިކް ޕްރެޝަރުކޮށްފަ އެވެ. ހުށަހެޅި އެއްބަސްވުމުގައި ހަނގުރާމަ ހުއްޓާލުމާއި ހަމާސްއިން އަދިވެސް ހިފަހައްޓާފައިވާ އިސްރާއީލުގެ 100 އަށް ވުރެ ގިނަ ރަހީނުން ދޫކޮށްލުން ހިމެނެއެވެ. ނަމަވެސް ބޮޑެތި ހުރަސްތަކުގެ ސަބަބުން އެއްވެސް […]

ސިއްހީ ވުޒާރާއިން ދުންފަތް އުފެއްދުމަށް ބޭނުންކުރާ އާލާތްތައް ހިފެހެއްޓުމަށް ކަސްޓަމްސްއަށް އަންގައިފި

ސިއްހީ ދާއިރާ ހަރުދަނާކުރުމުގެ ގޮތުން، އިމްޕޯޓްކުރެވޭ ހުރިހާ ދުންފަތުގެ އުފެއްދުންތަކެއް ހިފެހެއްޓުމަށް މޯލްޑިވްސް ކަސްޓަމްސްއަށް ސިއްހީ ވުޒާރާއިން އަންގައިފިއެވެ. މިއީ ފާއިތުވި ނޮވެމްބަރުގައި ދުންފަތު ކޮންޓްރޯލް ޤާނޫނަށް ގެނެވުނު އިސްލާހުތަކާ ގުޅިގެން، ވޭޕް އިމްޕޯޓްކުރުމާއި ބޭނުންކުރުން މަނާކުރުމާއެކު، ރާއްޖޭގައި ދުންފަތުގެ އުފެއްދުންތައް އުފެއްދުން މަނާކުރުމަށްފަހު އެޅުނު ފިޔަވަޅެކެވެ. 2024 ވަނަ އަހަރުގެ ޑިސެމްބަރު 24 ވަނަ ދުވަހު ކަސްޓަމްސްގެ ކޮމިޝަނަރ ޖެނެރަލް ފާތިމަތު ދިޔާނާއަށް ފޮނުވާފައިވާ ސިޓީއެއްގެ ސައްހަކަން ސިއްހީ ވުޒާރާއިން ކަށަވަރުކޮށްދީފައިވެއެވެ. ސޯޝަލް މީޑިއާގައި ފުޅާ […]

ޗައިނާ-ދިވެހިރާއްޖޭގެ ވިޔަފާރި އެއްބަސްވުމުން ޚާއްޞަ ފުރުޞަތުތަކެއް ހުޅުވިގެންދާނެ:ސައީދު

2025 ވަނަ އަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފަށާ ޗައިނާ-ދިވެހިރާއްޖޭގެ ވިޔަފާރި އެއްބަސްވުމުން (އެފްޓީއޭ) އެހެން ގައުމުތަކަށް ނުލިބޭ ޚާއްޞަ މަންފާތަކެއް ދިވެހިރާއްޖެއަށް ލިބިގެންދާނެ ކަމަށް އިގްތިޞާދީ ތަރައްގީއާއި ވިޔަފާރީގެ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، އިގްތިޞާދަށް މި އެއްބަސްވުމުން އަންނާނެ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ޚާއްޞަކޮށް ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާގައެވެ. ވަޒީރު ސައީދު ފާހަގަކުރެއްވި ގޮތުގައި 12 ކޮޓަރީގެ ގެސްޓްހައުސްއެއް އެޅުމަށް 39،000 އެމެރިކާ ޑޮލަރާ ހަމައަށް […]

ޗައިނާ-ދިވެހިރާއްޖޭގެ ވިޔަފާރީގެ މިނިވަން އެއްބަސްވުމުން ވިޔަފާރީގެ ފުރުސަތުތައް އިތުރުވެ، އަގުތައް ކުޑަވެގެންދާނެ

ޖެނުއަރީ 1 އިން ފެށިގެން އަމަލުކުރަން ފަށާ ޗައިނާ-ދިވެހިރާއްޖޭގެ ވިޔަފާރީގެ މިނިވަން އެއްބަސްވުމުން (އެފްޓީއޭ) ޗައިނާއިން އެތެރެކުރާ މުދަލުގެ އަގު ހެޔޮވެ، ދިވެހި ވިޔަފާރިތަކަށް ޗައިނާގެ މާކެޓަށް ވަނުމުގެ ފުރުސަތު ލިބި، އިޤްތިޞާދީ ގޮތުން ގިނަ ފައިދާތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. 2017 ވަނަ އަހަރު ސޮއިކުރެވި، ރައްޔިތުންގެ މަޖިލީހުން ފާސްކުރި މި އެއްބަސްވުމަކީ ސަރުކާރު ބަދަލުވުމާ ގުޅިގެން ލަސްވެފައިވާ އެއްބަސްވުމެކެވެ. ނަމަވެސް ރައީސް މުޙައްމަދު މުއިއްޒުގެ ވެރިކަމުގައި އައު މަސައްކަތްތަކެއް ކުރެވި، މިހާރު ވަނީ މި […]

އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންގ:ރާއްޖެއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް

2024 ޑިސެމްބަރ 26 ވަނަ ދުވަހު އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގ އަވަހާރަވުމަކީ، ސަރަޙައްދީ އެއްބާރުލުމާއި ތަރައްޤީއަށް މަސައްކަތްކުރެއްވި ލީޑަރެއްގެ ޒަމާނެއްގެ ނިމުމެކެވެ. ޑރ. ސިންގގެ ބޮޑުވަޒީރުކަމުގެ ދައުރުގައި، އިންޑިއާއަށް އެކަނި ނޫން، ދިވެހިރާއްޖެ ފަދަ ޖެހިގެން އޮންނަ ޤައުމުތަކަށްވެސް ވިސްނުންތޫނު ލީޑަރޝިޕެއް ދެއްކެވިއެވެ. އެމަނިކުފާނުގެ އިސްނެންގެވުންތަކުން ދެ ޤައުމުގެ ގުޅުން ވަރުގަދަވެ، މިއަދާ ހަމައަށްވެސް ދިވެހިންނަށް އޭގެ ފައިދާ ކުރަމުންދެއެވެ. ޑރ. ސިންގ ދިވެހިރާއްޖެއަށް ކޮށްދެއްވި އެންމެ ދެމިހުންނަނިވި އެއް ޚިދުމަތަކީ މާލޭގައި […]

ތިންވަނަ ކުއާޓަރުގައި ޖެޓް ފިއުލް ވިއްކުން އިތުރުވެއްޖެ:އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު އެންމެ ފަހުގެ ކުއާޓަލީ އިކޮނޮމިކް ބުލެޓިންގައި ވާގޮތުން، މި އަހަރުގެ ތިންވަނަ ކުއާޓަރގައި ދިވެހިރާއްޖޭގެ ޖެޓް ފިއުލް ވިއްކުން ވަނީ ފާހަގަކުރެވޭ މިންވަރަކަށް އިތުރުވެފައެވެ. އެއަރލައިންތަކަށާއި އުޅަނދުފަހަރަށް ޖެޓް ފިއުލް ވިއްކުމުގެ ޒިންމާ އަދާކުރާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އާމްދަނީ ވަނީ ކުރީ ކުއާޓަރާ އަޅާބަލާއިރު 14 އިންސައްތަ އިތުރުވެފައެވެ. މި މުއްދަތުގައި ޖެޓް ފިއުލް ވިއްކައިގެން 5.3 މިލިއަން ޑޮލަރު ލިބިފައިވެއެވެ. މިއީ […]

ހުރިހާ ޕްރޮވިންޝަލް ހޮސްޕިޓަލްތަކެއްގައި ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ޚިދުމަތްލިބޭގޮތް ހަދަނީ

ރާއްޖޭގެ ހުރިހާ ޕްރޮވިންޝަލް ހޮސްޕިޓަލްތަކެއްގައި ސައިކޭޓްރީ އަދި ސްޕީޗް ތެރަޕީގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިއްހީ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. މިއީ ސަރުކާރުން ނަފްސާނީ ބަލިތަކަށް ފަރުވާދިނުމުގެ ޚިދުމަތްތައް ރަނގަޅުކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ. ޕީ.އެސް.އެމް ނިއުސްއަށް ވާހަކަ ދައްކަވަމުން މިނިސްޓަރ ނާޒިމް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގައި ގިނަ ބަޔަކު ނަފްސާނީ ދުޅަހެޔޮކަމުގެ ގޮންޖެހުންތަކާ ކުރިމަތިލާންޖެހެއެވެ. އެހެންނަމަވެސް، މިހާރު ފަރުވާ އަދި އެހީތެރިކަން، ސްޕީޗް ތެރަޕީގެ ޚިދުމަތްތައްވެސް ހިމެނޭގޮތަށް، ލިބެން […]

އަސަދަށް ވަފާތެރިން ސީރިއާގެ އާ ވެރިކަން ކުރާ ބާރުތަކާ ކުރިމަތިލުމެއްގައި 14 މީހަކު މަރާލައިފި

ވެރިކަމުން ދުރުކޮށްފައިވާ ރައީސް ބައްޝާރުލް އަސަދަށް ތާއީދުކުރާ ފަރާތްތަކުން ޓާޓޫސް ސިޓީ ކައިރީގައި ދިން ހަމަލާއެއްގައި އިންޓީރިއާ މިނިސްޓްރީގެ 14 ސިފައިން މަރާލާފައިވާ ކަމަށް ސީރިއާގެ އާ ސަރުކާރުން ބުނެފި އެވެ. މިދިޔަ އަންގާރަ ދުވަހު މެޑިޓެރޭނިއަން ކަނޑުގެ އައްސޭރީގައި އޮންނަ އަލަވީންގެ ބާރުގަދަ ތަނަށް ދިން ހަމަލާގައި އިތުރު ދިހަ މީހަކު ވަނީ ޒަހަމްވެފަ އެވެ. މިއީ މީގެ ދެ ހަފްތާ ކުރިން ހަޔާތު ތަހުރީރު އަލް ޝާމް (އެޗްޓީއެސް) ފެކްޝަނުން އަސަދުގެ ވެރިކަން ވެރިކަމުން […]